ފައިސަލް މިއަދު އުކުޅަހަށް ވަޑައިގެން، ކުޑަ ކުއްޖަކު އުރާލައްވަނީ. - ފޮޓޯ: އެމްޑީޕީ
17 އޯގަސްޓް 2018 - 15:17
އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އުފައްދާ ވެރިކަމެއްގައި ސަލާން ޖަހާކަށް ނުޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިއަދު އއ. އުކުޅަހުގައި ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އުކުޅަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އެބޭފުޅުން ތިއްބަވާއިރު، ދިވެހި އެއްވެސް ރައްޔިތަކު ސަލާން ޖަހަން ނުޖެހޭނެ ކަމަށެވެ. އަދި އާސަންދައިގެ ޚިދުމަތަށް އެދޭ ހިނދު، ޕާޓީ ބަދަލު ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ފައިސަލް މިއަދު އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު މީހުން މަރުހަބާ ދަންނަވަނީ. އޭނާ އަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުތް. - ފޮޓޯ: އެމްޑީޕީ
ސަރުކާރުގެ ވަޒީފާތަކުގައި ތިބޭއިރު، ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ސިޔާސީ ބޭފުޅަކަށް ތަބާވާކަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. މި ކަންކަމަކީ އިދިކޮޅު ހަތަރު ލީޑަރުން ގައުމަށް ދެއްކެވި ނަމޫނާއެއް ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ވިދާޅުވި އެވެ.
- އިދިކޮޅު ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް.
- ބޭނުންވަނީ އަސާސީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން.
- ހެލްތު ސެންޓަރު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރަން މަސައްކަތް ކުރާނަން.
- ހެޔޮ ބަދަލު ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް.
- ސިއްހީ ނިޒާމު ފުޅާ ކުރާނީ ރައްޔިތުންނަށް އަޅާލެވޭނެ ގޮތަށް.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ފައިސަލް މިއަދު އުކުޅަހަށް ވަޑައިގެން ކުޑަ ކުއްޖެއްގެ ކޮލުގައި ފިރުމާލައްވަނީ. - ފޮޓޯ: އެމްޑީޕީ
އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި، ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ރަނުގެ ފުރުސަތު ނަގާލުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުން ހެޔޮ ބަދަލެއް ގެނައުމަށް ވޯޓު ދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ކިތަންމެ ބިރެއް ދެއްކިޔަސް، ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރިއަށް ދިއުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެންގެ ތިބި ޅަ ދަރީންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލެވޭނެ ނިޒާމެއް ގާއިމުކޮށް، އޯގާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދެވޭނެ ހިތްތަކުގެ ވެރި ބަޔަކު، އަޅުގަނޑުމެން ތިޔަބޭފުޅުންނަށްޓަކައި ގެނައުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާ،" ފައިސަލް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ފައިސަލް މިއަދު އުކުޅަހަށް ވަޑައިގެން އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ފިރުމާލައްވައި، ހާލު ބައްލަވަނީ. - ފޮޓޯ: އެމްޑީޕީ
އުކުޅަހުން، އޭނާ އަށް ދެންނެވި ހޫނު މަރުހަބާ އަށް އިޝާރާތް ކުރައްވައި ފައިސަލް ވަނީ "ހިފެހެއްޓުމެއް ނެތް ޝުކުރު" އެ ރަށުގެ ރައްޔިތުންނަށް ދަންނަވައިފަ އެވެ. ފައިސަލް ވިދާޅުވި ގޮތުގައި އެމްޑީޕީން އުކުޅަހުގައި ބޭއްވި ކޮންގްރެސް އިން އެ ރަށު ރައްޔިތުންގެ އަޒުމްގެ ވަރުގަދަ ކަން ފެނިގެން ހިނގައްޖެ އެވެ.
"ގޮންޖެހުންތަކާއި އުނދަގޫތަކަށް ކެތްކޮށް، ކާމިޔާބައިގެން ކުރިއަށް ގެންގޮސް ނަތީޖާ ނެރޭނެ ކަން އުކުޅަހުގެ ރައްޔިތުން ވަނީ މުޅި ގައުމަށް ދައްކުވައިދީފައި،" ފައިސަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމާ
18 August 2018
އެމްޑީޕީ މީހުން ސިއްހީ ދާއިރާ އޭކިޔާފަ އަންގަ ތަޅާނެ ކަމެއް ނެތް.......
މަރޭމިތުރާ
17 August 2018
[[އޯގާތެރިކަން ކުރިއަށް ނެރެފީވިއްޔާ ހުރިހާހިތަކަށް ފިކަންލިބޭނެ! އޯގާތެރި ސަރުކާރެކޭ އެންމެންގެ ދޫތަކުން އުފަލުން ބުނާނެ!]]
މަދަނަ
17 August 2018
މަދަނައޭކިޔާ އެއްޗެއް އަންނި ހަދައިގެން ބޭސްފިހާރަތަށް އިނދަޖެހުނީ. ދޭންޖެހޭފައިސާ ނުދީ 3 ޢަހަރުވެގެން ދިޔައީ. އޭގެ ހިތިފެނުނު ގިނަފާމަސީތަކުން މިހާރުވެސް ޢާސަންދަ ދޭން ޖެހިލުންވޭ. އިބޫ ފައިސަލް މާތާހިރުވާނެ އަޗާތެޅިއްޔާ
ވިސްނާލާ
17 August 2018
2008ގަވެސް ތިހެންބުނެގެން ވެރިކަންހޯދީ. ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހޭނެޔޭ ސަލާން ޖަހަނުޖެހުނީ ސިޓީ ހިފައިގެން ދާނެތަނެއްނޭގި ރައްޔިތުމީހާ މަގުމަތިވީ.. ކުރީގަ ތީމުގެޔަށް ދާން ރައްޔިތުމީހާއަށްއެގުނު.. މޑޕ ވެރިކަމުގަ ދާނެދިމާލެއް ނޭގުނުތަނުގަ ދާނެތަނެއްވެސްނެތް.. އެހެންވީމަ ތިއީ ފުއްދާނެ ވައުދެކަން ޔަގީން މިފަހަރުވެސް.. ރައްޔިތުންނޭ ފިސާރި ވިސްނާ މިމީހުންގެ މަކަރުވެރި ހިޔާލީފޮލާތަކަށް.. ތިއީ ތަޖުރިބާ ކުރެވިފަތިބި ހުސްހުލިތަކެއް.. އަލުން ހިތި ތަޖުރިބާއަށް ނޫނެކޭބުނޭ.. ރޔާމީންގެ ތަރައްގީއާ ރައްޔިތުންނަ ދެމުންދާ ހިދުމަތްއިތުރުކުރުމަށް އާދައުރެއްދެމާ.. ގައުމަށް މަންފާކުރާ އާޒަމާނަކަށް ތަންދިނުމަށ ރޔާމިނަށް އާއެކޭބުނަމާ. އިންޝާﷲ ރޔާމީނާ ޑރޝަހީމަށް މިއިންތިހާބު ކާމިޔާބު ކޮއްދެއްވާށި.. އާމީން..
އަސް
17 August 2018
ޑޯޓު ޑޯ ގެ ނަމުގަ ސަލާން ތިޖެހެނީ
ރާއްޖެ
17 August 2018
24 ގަޑި އިރު ޚިދުމަތް ނުދޭ އެއްވެސް ހެލްތް ސެންޓަރެއް ދިވެހިރާއްޖައި ހުރި ނަމަ އެރަށެއް އަންގަވައިދެއްވުން އެދެން... ދުނިޔޭގެ އެންމެ މުއްސަދި އެމެރިކާގައި ވެސް ސަލާން ޖަހާ މަގުމަތީގައި ނިދާ މީހުން އުޅޭ.
ލޯމާފާނު
18 August 2018
އެމްޑިޕީގެ ވެރިކަމުގައި ރާއްޖޭގެ ސިއްހީމަރުކަޒުތައް ރޯދަ މަހު ހަރަދު ކުޑަ ކުރަން ވެގެން ބަންދު ކުރި އިރު ބަލި މީހަކު ކުއްލިޔަކަށް ޑޮކްޓަރަށް ދައްކަން އައިމަ ނިދަން އަރާ އޮވެފަވެސް އެތަން ހުޅުފާފަ ޚިދުމަތް ދިނިން. އެއީ ވެސް ޒަމާނެއް.
ފައި
17 August 2018
ސިއްހީނިޒާމުރައްޔިތުންނަށްއަޅާލެވޭގޮތަށްބަންޓައް ކުރާނަމޭބުނާއިރުކޮބާދަރިންނުލިބޭމީހުންނަށް ދޭއަޅާލުންއެމީހުންތިބެނީބާކީކޮއްފަކޮއްމެމީހަކުވެސް ވެރިކަމަށްއާދެވުނީމައެއްވެސްކަމެއްހަދާން ހުންނަކަމަކަށްނަހަދާހުސްވައުދުތައްނުކުރިއްޔާ ރަގަޅުވާނީތިއުޅެނީއަމިއްލައެދުމާގެންރައްޔިތުން ދެކެލޯބިވާއެއްވެސްވެރިއަކުނެތް
--- ޝަރީފު
17 August 2018
މާލޭ ގައި ސަލާން ޖަހާ މީހުން ވަރަށް ތަނަވަސް! ވާމްކޯ ވަޒީފާ ގައި އުޅެފާ ބާޒާރަށް ގޮސް ސަލާން ޖަހާ ތަން ފެނޭ
ކައްތުބޭ
17 August 2018
ތެދެއް އާދޭސް ކުރަންޖެހޭނީ!
ގައުމު...
17 August 2018
ޥ ބރާބަރު! ރާއްޖެތެރޭ މިހާ މަލެ ނައިސް ބޭސްފަރުވާ އަތޮޅުން ކުރެވޭގޮތް ހައްދަވާ... ޢައިޖޯއެމްއެޗެ އަތޮޅު ތެރެއަށް ބަދަލު ކުރައްވާ!!!
ވިސްނާލާ
17 August 2018
އޖމޗ އެއްނޫން އަތޮޅަށް ގެންނަންވީ.. ކިމްސް ހޮސްޕިޓަލާ އަމްރިތާ ހޮސްޕިޓަލް.. ދޮޅުއަހަރުން ގެނެވޭނީ މިތަންތަން.. ހިތްކިތައްމެ ފޮނިވިޔަސް އެބަޔަކުގެ ގައުމު ގުދުރަތީގޮތުން ބެހިފައޮތްގޮތާ އާބާދީއާ ގައުމުންލިބޭ އާމްދަނީއާ މިއީ ދުނިޔޭގެ އެހެންގައުމުތަކުގަވެސް މިފަދަބޮޑެތި އުމްރާނީ ކަންތައްތަ ރާވާހިންގާ މީހުންބަލާ ޙިދުމަތްދޭގޮތް.. އެއްމެގިނައިންދާ އަވައްޓެރި ގައުމުތަކަށްބަލާ.. އެއީ ދުނިޔޭގެ ގިނަދުވަސްވީ ހަޡާރަތްތަ.. ކޮލަމްބޯގެ ހުރިފަދަ އެއްވެސް ސިއްހީ ހިދުމަތެނެތް ނޫރައްލިޔާގަ.. ގޯލް ޕެރަދެނިޔާ ޓުރިންކޮމަލީ. އަދިމިއަށްވުރެވެސް ހާލުދެރަ ކިރިދިއައްލާފަދަ އަވައްތަ.. މިރާއްޖެ މިހިސާބަށް އައިއިރު އެކަހަލަ އަވައްތަކަށްވުރެ ހުރިހާގޮތަކުން ރަގަޅު ރައްރަށުގެ ސިއްހީހިދުމަތް.. ފަންނީމީހުންނާ ވަސީލަތްގިނަ އެގައުމުތަކުގަ.