އިބްރާހިމް މުހަންމަދު ސޯލިހު (ކ) އަދި ރައީސް އަބްދުﷲ ޔާމީން
18 އޯގަސްޓް 2018 - 10:49
އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށް އަދި ކެންޑިޑޭޓު ނަންބަރު ދޭއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިއަދު ލިބިވަޑައިގެންފި އެވެ.
މިއީ، 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ދެ ކެންޑިޑޭޓުންނާ އެކު ރިޔާސީ އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު (އެންމެ ގިނަ ވޯޓު) ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ. އެހެންކަމުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ބުރެއް ނޯންނައިރު، ފުރަތަމަ ބުރުން ރައީސަކު ހޮވާނެ އެވެ.
ގުރުއަތު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމަންޓް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ގުރުއަތުލުމުގައި ބައިވެރިވެވަޑައިގެން، ގުރު ނެންގެވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން، ޕީޕީއެމްގެ ނައިބު ރައީސް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިބޫގެ ކެމްޕެއިން އެޖެންޓް، ގާނޫނީ ވަކީލް ހިސާން ހުސެއިނެވެ.
ރައީސް އަބްދުﷲ ޔާމީނާއި ޝަހީމް އަތް ގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކޯލިޝަންގެ ކެނޑިޑޭޓަކަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ހަމަޖައްސަވާފައިވާއިރު ރަނިން މޭޓަކަށް ހަމަޖެއްސެވީ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމެވެ. ރައީސް ޔާމީންގެ ރަނިންމޭޓަކީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވިއިރު، ރައީސް ޔާމީނާއި އިބޫގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވަން ނިންމެވި ހުސެއިން ނަސީރުގެ ފޯމް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، ހުސައިން ނަސީރުގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ (ވ) އަދި ރަނިން މޭޓް ފައިސަލް ފޮޓޯއަކަށް ހުއްޓިލައިގެން.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން މީގެ ކުރިން އިއުލާން ކުރެއްވި ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފަ އެވެ.
އިދިކޮޅު ކޯލިޝަނާއި ވެރިކަން ކުރާ ޕީޕީއެމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ރައީސް ޔާމީނާއެކު، މަސައްކަތް ކުރަނީ އެމްޑީއޭ އާއި ޑީއާރުޕީންނެވެ. އެކަމަކު އިބޫގެ ފަހަތުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނަށް ތާއީދު ކުރާ ސަޕޯޓަރުން ދަނީ ބައިވެރިވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މައުމޫން މިހާރު ވެސް ހުންނެވީ ޖަލު ހުކުމްތަކެއްގަ އެވެ. އޭގެ ތެރެއިން ރައީސް މައުމޫން ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. ނަޝީދާއި ގާސިމް އުޅުއްވަނީ ބޭރުގެ ސިޔާސީ ހިމާޔަތް ހޯދަވައިގެންނެވެ.
އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓާއިރު 263،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ
19 August 2018
ހޫނ... 1 ގުރުއަތުން ނެގޭއިރަށް މިތިބަ ކިޔޭ ނުކިޔޭ އެއް ނޭނގި ދިވާނާ ވާއިރު، ނޭނގެނީތަ އަދި އިންތިޚާބު ނުބާއްވާކަން. ކޮންތަރައްޤީ އެއް ވެގެންތަ މިތިބަ އުޅެނީ. ތަރައްޤީވާނަމަ ވައްކަން މަދުވާނެ، އިންސާފު އޮންނާނެ، ޤަތުލު ޢާއްމު ނުވާނެ. ޑްރަގް ނަގާ ޒުވާނުން ނޫޅޭނެ. ދެން ކޮންތަރައްޤީ އެކޭކިޔައިގެންތަ މިތިބަ ދީވާނާ ވަނީ.
ކިޔުންތެރިއެއް
18 August 2018
ދެވަނަ އެއީ މިގައުމުގާ އޭގެ ދެވަނަ އެއްނެތް ފަދަ ބޭފުޅެއް އިންޝާﷲ އިބޫ އާއި އެކު މިގައުމު ކުރިޔަށް ގެންދާށިއެވެ.
އިބުރާހީމް68
18 August 2018
ދެ ކެންޑިޑޭޓުންނާއެކު ރިޔާސީ އިންތިޚާބު ބޭއްވޭގޮތް ވުމަކީ ރައީސްޔާމީންގެ ކުޅަދާނަކަމުން ވީކަމެއް. މިކަމުގެ ސަބަބުން ބަޖެތަށްލުޔެސްލިބިގެންދާނެ. ދިވެހިންނަށް ރަގަޅު ފާގަތި މުސްތަގުބަލަކަށްއެދެން. ޝުކުރިއްޔާ
އަސޭލާް
18 August 2018
މަ އޭރުވެސްބުނިން 1 ނުނަގާށޭ
ޕޮކަންޑިމޭން
18 August 2018
މަށާ މިރަށުގެ ގިނަމީހުންގެ ނަންބަރަކީ އެކެއް
އަސް
18 August 2018
1އެއީ ރަގަޅު ފާހަކައެއް އަންޝާﷲ ރައީސް ޔާމީން ދެވަނަ ދައުރު ކާމިޔާބު ކުރައް ވާނެ
އަނިލް މަނިކު
18 August 2018
ދެވަނަ ބުރެއް އޮވެދާނެ... ބާތިލް ކިޔާ ބައިވެރިއަކު އޮންނާނެ... އޭނާއަށްވެސް ކޮންެވެސް ވޯޓެއް ލިބޭނެ... ވީމާ ޔާމިން އަދި އިބޫއަށްވެސް %50 + 1 ވޯޓު ނުލިބުމުގެޕްރޮބަބިލިޓި އޮންނާނެ
ބެއްޔާ
18 August 2018
ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއްގާ ކޯލިސަނެއްގެ ކެޑިޓޭޓެއްގެ ވާހަކަ ލިޔެފައިނުވާއިރު ނޫސްތަކުގައި ކޮން ކޯލިސަން ކެޑިޑޭޓެކޭހޭ މިކިޔަނީ އެއީ އެމްޑީ ޕީ ރިޔާސީ ކެޑިޑޭޓް ކޯލިސަން ހަދައިގެން މަސައްކަތް ކުރަނީ ކެމްޕެއިންކުރަން އަދި ތިޔަ ކޯލިސަނަކީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނުވާ ހަމަ ހުސްނަމެއް އެމް ޑީ ޕީ އަށް ވެރިކަން ހޯދައިދޭން ކޯލިސަން ހަދައިގެން މަސައްކަތް ކުރިޔަކަސް އެ ނުވާނެ ކޯލިސަން ކެޑިޑޭޓަކަށް އެއީ އަހަރުމެންގެ އެމް ޑީ ޕީ ރިޔާސީ ކެޑީޑޭޓް އިބުރާހިމް މުހަންމަދު ސޯލިހު ސާފުވެއްޖެތަ ދެން އެހެން ނުކިޔާނެކަމަށް ހީކުރަން
އަލީ!
18 August 2018
އިބްރާހިމް މުހައްމަދު ސޯލިޙް
ފިރާ
18 August 2018
ޢިންޝާﷲ 2