އިބްރާހިމް ދީދީ: އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭ ހާލަތެއް ނޯންނާނެ ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
25 އޯގަސްޓް 2018 - 12:58
މި އަހަރު ރިޔާސީ އިންތިޚާބުގައި މަކަރުނެހެދޭނެ ކަމަށާއި އަދި އެއްވެސް ހާލަތެއްގައި އިންޑިއާ އިން ރާއްޖެ ހިފައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ދީދީ އެގޮތަށް ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީ ގޭގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ އިސް މަގާމުތަކެއް އަދާކުރެއްވުމަށް ފަހު، ރިޓަޔާވެވަޑައިގެންފައިވާ އިބްރާހިމް ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގައި އޮޅުވާލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭ ހާލަތެއް ވެސް ނާންނާނެ ކަމަށް ވިދާޅުވެ ދެން ލިއުއްވީ އެއީ ގާނޫނުތަކާއި މުޅި ނިޒާމާ ވެސް ހިލާފު ކަމެއް ކަމަށެވެ.
"އަވަށްޓެރި ގައުމަކުން އިންތިޚާބު އޮޅުވާލައިފި ނަމަ އެ އިންތިޚާބެއް ގަބޫލުނުކުރުމުގެ ފުރުސަތު އިންޑިއާ އަށް އޮންނާނެ. ޔަގީނުން ވެސް ގައުމަށް އަރައިގަނެވިގެން ނުވާނެ،" އެ ޓްވީޓްގައިވެ އެވެ.
No one can rig the election it will b unconstitutional! India must not invade our nation at any cost,that will b against int law & systems. @Swamy39 India may not accept such an election & government if Election is rigged by a naibour. Definitely no invasion there is a un system pic.twitter.com/VbtMU57kA6
— Ibrahim M Didi (@ibrahimmdidi) August 24, 2018
އިބްރާހިމް ދީދީގެ ޓްވީޓް
ގައުމެއްގެ އެތެރޭގެ އިންތިހާބެއްގައި އޮޅުވާލުންތައް ހުރެއްޖެ ނަމަ އދ. އިން ކަންކުރާ ގޮތުގެ ތަފުސީލެއް ދީދީގެ ޓްވީޓްގައި ހިމަނުއްވާފައިވެ އެވެ.
އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ގޮވާލި މައްސަލާގައި އިދިކޮޅު ރަނިން މޭޓް ފައިސަލް ނަސީމާއި އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ފަހަކަށް އައިސް އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. ދާދި ފަހުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެ އިސްލާހު ވާން ޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
26 August 2018
މިކަހަލަ މަދުބަޔަކު މިތިބެނީ އެއްޗެކެބުނަންކެރޭ. ދެންތިބެނީ ނަޝީދުގެ ޕަޕެޓުން.
ސަކީނާ
25 August 2018
މަކަރު ނުހަދާނެކަން ކިހިނެތް އެނގުނީ. ރަނގަޅުގޮތަކީ މަކަރު ހަދައިގެން ނުވާނެ!. .. އިންތިޙާބްގައި މަކަރު ހެދުންވެސް ގޯސް. އިންޑިއާއިން މިތަން ހިފުންވެސް ގޯސް. އެއްވަރުގެ ދެ ގޯސް.
ބިންބިން
25 August 2018
އިބްރާހިންދީމެން އެބަޖެހޭ ތަންކޮޅެއް ވަރުގަދައަށް ރައްދުދޭން. މިދައްކަނީ މިނިވަންކަމާ އިސްލާންކަމާ ކާފަރުކަމާ ވަރަށް ބިރުވެރި ވާހަކައެއް.
ސިފަ4
25 August 2018
ޑީޑ ފެބް 7 ގަ އަޅުގަނޑު ކުރި މަތީ މަސައްކަތް ކުރެއްވީ އަބަދުވެސް އެވަގުތަކު ހުންނަވާ ވެރި އަކާށް އިޚްލާސް ތެރި ވި ބޭފުޅެއް! ޙައްގުބަސް ވިދާޅުވާނެ. ޥައްކަމެއް ދުވަހަކުވެސް ނުކުރައްވާ
ޑިފެންސް
25 August 2018
ޑީޑީ އާއި އެމްޑީޕީ އަކާ ނުގުޅޭ. މައުމޫން ސަރުކާރުގައި މައުމޫން ވަނީ ދެވަނައެއް ނެތްފަދަ ރަނގަޅު ސްކޮލަޝިޕްތަކެއް ޑީޑީ އަށް ހޯދަ ދީފައި. އަދި އޭގެ ބޭނުން ޑީޑީ ވެސް އެންމެ ރަގަޅު ގޮތުގައި ހިއްޕެވި. ހީވަނީ ރަށުގެ ތާއީދު ގެއްލިދާނެތީ ނުކެރެނީހެން އެހެން ޕާޓީއެއްގައި ހުންނަން.
ޓްރަމްޕް
25 August 2018
ނިކަން ތިހެން ބުނި މީހާ އަށް ޓެގް ކޮއްފަ ޓްވީޓް ކޮއްލަބަލަ. ނުކެރޭނެ. ސުބްރަމާނިއަމް އަކީ އެމްޑީޕީގެ ސަޕޯޓަރެއް.
އޮބާމާ
25 August 2018
މީހަކު ޓެގް ކުރިއްޔާ އިގޭނެތަ؟ އިގެރޭސިން ލިޔުނިއްޔާ އިގޭނެ؟ އަޅެ ޓިވިޓަރ ބަލަން އިގެންޏާ ބަލާލަބަލަ.
އިބުރާހީމްދީ
25 August 2018
އެއޮތީއެއްނު ސުވާމީ ޓެގްކޮއްފަ.. ރަގަޅަށް ބަލާފަ ކޮމެންޓްކޮއްބަލަ..
ސީދީބެ
26 August 2018
ދޮގެއް. ސުވާމީ އަށް ޓެގް ކޮއްފަކާ ނެތް.
ސަމަން
25 August 2018
ކީއްވެގެން ތަ އިިންޑިޔާ އެއްޗެކޭ ބުނާ އިރަށް އިދިކޮޅު ކޯލިޝަން ބޮލުގަ އިލްޒާމް ތަކެއް އެޅެނީ. ފައިސަލް ވެސް އެބުނީތާ އެކަމާ ދެކޮޅޭ
ހުސެން އާދަމް
25 August 2018
އިބޫ އަށް އޯކޭ ރާއްޖެ ރާއްޖެ އަށް ބޭރު ސިފައިން އަންނަން ، ފައިސަލް އަށް ވެސް އިންގިރޭސި ބަހުން އެކަން ކުއްވެރި ކޮއްލާކަށް. ނުކެރުން އިދިކޮޅަކައް ނެތް އިތުބާރެއް.
ދުވާފަރު ދަންޑެހެލު
25 August 2018
ކޮންމެ ޕާާޓީއަކަށް ނިސްބަތްވިޔަސް މިފެންނަނީ ގައުމީ ލޭ. މީ ތިނެއް ނޮވެމްބަރުގައި ރާއްޖެ ދިފާއުކުރުމުގައި ވަރަސް ހީވަގިކަމާއެކު މަސައްކަތްކުރި ބޭފުޅެއް.
ޖަމާލި
25 August 2018
ތިމީހުންގެ ބޮސް ދޯ އެހެންކިޔަނީ..
ކަލޭފާނު
25 August 2018
ސުބުރަމާނިއަމް ބުނީ ނަޝީދުހުރީ ތާއީދުނެތްތަން ފެންނާތީ ވަރަށްބިރުންނޯ އެހެންވީމާ އިބޫބަލިވެއްޖެނަމަ ކޮންމެހެންވެސް ރާއްޖެހިފަންޖެހެޔޯ. އެނޫންގޮތަކުން ނަޝީދަށް ވެރިކަން ލިބޭކަށް ނެތޯ.