ހެލްތް މިނިސްޓަރު ނާޒިމް (މ)، އެމްއެންޔޫ އާއި އައިޖީއެމްއެޗް އަދި ނާސިން ކައުންސިލްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ހެލްތް މިނިސްޓްރީ
27 އޯގަސްޓް 2018 - 17:02
ވަޒީފާ އަދާކުރަމުން ނަރުހުންނަށް ކިޔެވޭނެ ފުރުސަތު ހޯދައި ދިނުމަށް ހެލްތު މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ އެކު މިއަދު މަޝްވަރާ ކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ، ނަރުހުންގެ ފެންވަރު މަތިކުރުމާ ބެހޭގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިޖީއެމްއެޗާއި ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ އިސްވެރިންނާ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި، ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވަން ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ގޮތާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ބުންޏެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މާލެ އާއި ރަށްރަށުގެ ސިއްހީ ހިދުމަތްތައް އެއް ހަމައަކަށް ގެނައުމަށް ޑޮކްޓަރުންނާ އެއްވަރަށް ނަރުހުންނަކީ ވެސް ގާބިލް ބަޔަކަށް ވާންޖެހޭ ކަމަށެވެ.
ނަރުހުންގެ ފެންވަރު މަތިކުރަން މަޝްވަރާތައް ކުރަމުން އަންނައިރު، މި މަހުގެ އެއްވަނަ ދުވަހު ވަނީ ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށައިފަ އެވެ. އެއާ އެކު، ނަރުހުންގެ މުސާރަ އަށް އެވްރެޖުކޮށް 15 ޕަސެންޓުގެ ކުރިއެރުމެއް ދޭން ވަނީ ނިންމައިފަ އެވެ.
ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑު ހަދާފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެއީ ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭ ގޮތަށާއި ނާސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމުން އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވާ ގޮތަށާއި ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން ހިދުމަތަށް ތައާރަފުވެގެން ދިއުމުގެ އިތުރުން އާއްމު އަދި ހާއްސަ ދާއިރާތަކުގެ މަގާމުގެ ކުރިއެރުން ލިބޭނެ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަރުސް
28 August 2018
ނަރުހުންގެ ޝްޕެޝަލިޓީ ދާއިރާ ތަކުންވެސް ބްލޮކް މޯޑަށް ކިޔެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އުއްމީދު ކުރަން
މަރީ
28 August 2018
ނަރުހުންނަކީ ވަރަށް ހުށިޔާރުކޮށް ތިބެން ޖެހޭ ބައެއް. އެމީހުން ވަޒީފާ އަދާކުރަމުން ކިޔަވަން ދާންވެއްޖެއްޔާ ދެން ވަޒީފާޔަށް އަންނަ އިރު ވަރުބަލިވެފަ ތިބުމަކީވެސް ވެދާނެކަމެއް. އެއީވެސް އިންސާނުން. އެންމެ ރަނގަޅުގޮތަކީ ކިޔަވަން ޕެއިޑް ލީވްއާއެކީ ސްކޮލަޝިޕް ދިނުން. އަދި މީ ދިގުމުއްދަތުގެ އަމާޒަކަށް ހަދައިން އެކަމަށް ފުރިހަމަޔަށް ތައްޔާރުވުން. ހަމަ އެކަނި އިލެކްޝަންގެ ވައުދަކަށް ވީމަ ކަމަކު ނުދާނެ.
ޠަޔާޠީޞް
28 August 2018
ނަރުހުންނަށް މުސާރަ ބޮޑުކުރިކަމަށް ބުނެ ގެއަށް ގެންނަން ލިބޭ މިންވަރު މަދުކުރީ ރައީސް ޔާމީނުގެ ތާއީދުގެއްލުވާލުމުގެ ގޮތުން. ޙެލްތު މިނިސްޓްރީގެ އިސްވެރިން ރާވައިގެންކަމަށް ފެނޭ. ޢެހެން ނޫންނަމަ ވޯޓްދުވަސްވަރާ ދިމާކޮށް މިކަހަލަ ކަމެއް ނުކުރާނެ. ވައިބަ ގުރޫޕްތަކުގައި ނަރުހުންގެ ނުރުހުމުގެ ބަސްތައް އަމާޒުވަނީ ސަރުކާރަށް. އެމީހުން އެދެނީ މުސާރަބޮޑުކޮށްދެވެން ނެތިއްޔާ އިހު އޮތްގޮތަށް ރުޖޫއަކުރަން.
ޞަމްސީހާ
27 August 2018
24 ގަޑިއިރު ހޮސްޕިޓަލް ހުޅުވާފަ 8 ގަޑިއިރު މަސައްކަތް ކުރުމަކީ މައްސަލެއް ނޫން. ފިރިހެނުން 6 ގަޑިއިރު މަސައްކަތް ކުރާއިރު ލިބެނީ 8000 ރުފިޔާ . ނަރުހަކައް ލިބޭ އެއްމެ މދުވެގެން ވެސް 13000. ބޯ ގަޅި ރާއްޖޭ މީހުންނކައް ދުވަހަކުވެސް ރަގަޅު ކަމެއް ނުފެއްނާނެ. ޙިލޭ ބެސްފަރުވާ . ޙިލޭ ކިޔެވުން. މިވރުން ވެސް ށުކުރު ކުރާނެ މިހަކުނުވޭ. ކޮއްމެސް އެއްޗެކޭ ކިޔާފަ ވެރިކަން ވެއްޓޭތޯ އަބަދވެސް ބަލަނީ. ބޯ ހަލާކު
ޝިޔާން
27 August 2018
މި ގައުމުގެ ފިރިހެން ކަލުން މަސައްކަތް ކުރަން ޖެހޭ ގަޑިއަކީ 6 ގަޑިއރު. ނަރުހުން 8 ގަޑިރު. މުސާރަ 15% އުނިކޮށްފަ.
ހަސީނު
27 August 2018
މީހުން މޮޔަހެއްދުން ނޫން ކަމެއް މިވެރިންގެ ނެތެވެ. އިހަކަށް ދުވަހު އަމަލު ކުރަން ފެށި ނަރުހުންގެ މުސާރައިގެ އޮނިގަޑުގައި ވާގޮތުން ކިޔެވުމަށް ވުރެ ނުކިޔެވުން މާރަނގަޅެވެ. އެންރޯލް ނަރުހުންނަށް ވުރެ ރަޖިސްޓާޑް ނަރުހުންގެ މުސާރަ އަދި ސީނިއަރ ރަޖިސްޓާޑް ނަރުހުންގެ މުސާރަ ކުޑައެވެ. މިއީ ކިޔަވައިގެން ތިބި މީހުންނަށް ޖެއްސުން ކުރުން ނޫން ވަކި ކޮންކަމެއް ހެއްޔެވެ. 15% މުސާރަ ބޮޑު ވެއްޖޭ ކިޔާފަ ނޫސް ތަކުގެ ފަލަ ސުރުހީ ތަކަށް އެރި އިރު ގެއަށް ގެންދަން ލިބޭ މިންވަރު ކުރިއަށް ވުރެ އެތައް ގުންއެއް ކުޑައެވެ. އަދި މިވަރަކުން ނިމުނީ އެއް ނޫނެވެ. ސިވިލް ސާވިސް މުއައްޒަފުން މަސައްކުރަން ޖެހޭ ގަޑިއަކީ 6 ގަޑި އިރުކަމުގައި ވީނަމަވެސް ނަރުހުން 8 ގަޑި އިރު މަސައްކަތް ކުރަން ޖެހެއެވެ. ދެން އަތް ޖަހާ.
އެއްމިލިއަން ދެރުފިޔާ
27 August 2018
މީކުރިންވެސް ކުރި ކަމެއް ނޫންތަ؟
ޝާހީ
27 August 2018
އިންޝާﷲ. ﷲގެ އިރާދަފުޅާއިއެކު ބޮޑު ތަފާތަކުން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ރައީސް ޔާމީން.
މަރޭމިތުރާ
27 August 2018
ކޮންމެ ކަމެއް ކުރިޔަސް ކިޔަވަން ފުރުސަތު އޮންނަންވާނޭ! އެންމެ މޮޅަށް ކިޔެވޭތޯ ހިތުގައި އަޒުމެއް އޮންނަންވާނޭ!
ލޯބިޕީޕީއެމް
27 August 2018
ޝުކުރިއްޔާ ހެލްތު މިނިސްޓަރ 3>