މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު: އަންނަ މަހު 7 ގައި ބްރިޖު އާއްމުކޮށް ހުޅުވާލުމުން، ކުރިއެކޭ އެއްގޮތަށް އެ ސަރަހައްދުގައި ރާޅާއެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި.
29 އޯގަސްޓް 2018 - 21:42
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު އާއްމުންނަށް ހުޅުވާލުމާ އެކު، އެ ސަރަހައްދުގައި ކުރިއެކޭ ވެސް އެއްގޮތަށް ރާޅާ އަޅަން ފުރުސަތު ދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖުގެ މަސައްކަތް ފެށުމާ އެކު، އެ ސަރަހައްދުގައި ރާޅާ އެޅުން މަނާކުރުމުން ރާޅާ އަޅާ މީހުން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ މައްސަލައިގައި، ހައުސިން މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކަށް ޝަކުވާ ވެސް ހުށަހެޅި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ކުރިން ވެސް ނިންމާފައި އޮތީ ރާޅާ އަޅާ މީހުންނަށް ލޮނުޒިޔާރަތްކޮޅުގައި ފުރުސަތު ދިނުމަށެވެ.
"އެކަން މަނާކުރީ ސަލާމަތީ ސަބަބުތަކަކަށްޓަކައި. އެހެންވީމާ ރާޅާ އަޅާ ކުދިން ބްރިޖު ހުޅުވުމާ އެކު، އުފަލާއެކު ރާޅާ އަޅަންވީ،" މުއިއްޒު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ އެހީއާ އެކު އަޅާފައިވާ ބްރިޖު ހުޅުވަން ނިންމާފައި ވަނީ މާދަމާ ރެ އެވެ. އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ކުލަގަދަ ރަސްމިއްޔާތުތައް މާދަމާ އިން ފެށިގެން ހަފުތާއަކަށް ދިގު ދެމިގެންދާނެ އެވެ. އާއްމު ދަތުރުތަކަށް ބްރިޖު ހުޅުވާލާނީ އަންނަ މަހުގެ 7 ގައި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަޅު
30 August 2018
ޜާޅާއަޅަން ދަސްކޮއްދޭ ބަޔެއް އުޅޭނަމަ. ފަތަން ދަސްކޮއްދޭ ގޮތައް. ކުޑަކުދިން ކުރަން ވަރައް ސަޅިކަމެއްމީ.
ދަނީ
30 August 2018
ދެން ހަޖަމް...!!! ބްރިޖަކަށް އިނދިކޮޅުން ދައްކާނެ ހުއްޖަތެއް އަދި ވާހަކައެއްވެސް ނެތް.. ނޭޅޭނޭ ބުނިއެތި އެއޮތީ އަޅާފައި.. ދެ ލަލަލާ
ހިޔާލުއސދ
30 August 2018
އަޅުގަނޑުމެން މިތިބީ ވަރަށް ހިތްދަތިކަމާއި ހިތާމާއިގައި، ތިއިން ފަޅިވަރެއްވެސް މިއިން ރަށަކަށް ހޭދަކުރިނަމަ ނިކަމެތި ރައްޔިތުން ޒަރޫރީ ޚިދުމަތްތަކަށް ސަލާންޖަހަން މާލެދާކަށް ނުޖެހޭނެ.
ހުދުކާޅު ހުދުހުދު
30 August 2018
ސިންގަޕޫރު ވެސް ކުރިއަރައިގެން ދިޔައީ މިފަދަ އިޚުލާސްތެރި ތެދުވެރި ސަރުކާރެއްގެ ސަބަބުން ވީމާ ދިވެހިރައްޔިތުން މިސަރުކާރު ދަމަހައްޓާނެ، އިދިކޮޅުން ވަގަށް ގޮވާ ހެދުމަކުން އެއީ ކީއްވެ ކުރާކަމެއްކަން ދިވެހި ރައްޔިތުންނަށް މިހާރު އެބަ އެނގޭ! މިކޮމެންޓަށް ބޭނުންވަނީ ޑިސްލައިކް. ލައިކް ބޭނުމެއްނޫން !
ކުންތާ
30 August 2018
ވަރަށް ގިނަ ބިޓުންވެސް ދެން ވާނެ ރާޅާ އަޅާކުދިންނަށް! ޔަގީން 2018
ކެންޑްރިކް
01 September 2018
ރާޅެއް އެތާކު ނުނަގާނެ!! އޮއެވަރު ނެއްތާކު ކޮންރާޅެއް ނަގާނީ... މިތިބީ ހުސް މޮޔައިން
ޑޯގް
30 August 2018
މިވަރެއްނެތް! ޔަގީން 2018
ގަބޭ
30 August 2018
ކޮން އުފަލެއް. ޜީތިކޮއް ވެރިކަމެއް ކުރެވުނީކީނޫން ހުރިހާ ސިޔާސީ މީހުން ޖަލުގަ، ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން ބަގާވާތަކުން ވައްޓާލީ އަޑި ނެންގޭ ކިބަޅި މެގަ ޕުރޮޖެކްޓު ތަކުން ޕުރޮޖެކްޓުތައް 2 ގުނަ 3 ގުނަ އަގުބޮޑުވަނީ
ދިވެހި
30 August 2018
ސިޔާސީއެއް ނޫން. ކުއްވެރިން. ކުއްވެރިވެގެން ޖަލަށް ލީމަ އެއީ ސިޔާސީ އެއްނޫން.
ކުޑަމަނިކު
30 August 2018
އުފަލާއެކީ ނޫންގޮތަކަށް ރާޅާއަޅަން ކުދިން ދޭބާ؟
ވޭވް
30 August 2018
ތިތާ ކިހިނެތް ރާޅާ އަޅާނީދެން... ކުރީގަ އެއްއަތަކަށް ރާޅުނަގާ ވަރުނުލާ ރާޅުގަނޑަކީ މިހާރު ހަތަރެސް ފަރާތުން ރާޅުނަގާ ވާނުވާގަނޑެއް... ނުވީތާކަށް ބުރިޖުގަ ބާކީ އޮތްހާ ހިލައެއް ތިތަނައް އަޅާއަޅާގޮސް ދޮންވެލި ބީޗް އެއޮތީ ޕެބަލް ހިލަ ބީޗަކަށްވެފަ... ދެ ލޯ ހުރިބަޔަކު ގޮސްބެލީމަ ފެންނާނެ މި މަންޒަރު...
ހަސަނު2
30 August 2018
އޮޅުވާ ނުލާ ކުރިންވެސް 3 ފަރާތުން ރާޅު ނަގާ ތަނެއް ތީ.. ތިތަނަކީ ދޮންވެލި ބޭޗެއް އޮތް ތަނެއް ނޫން ކުރިން .. ބުރިޖު ހަދަން ފެށިފަހުން ތިތަނަށް ބީޗެއް އެރީވެސް.
ބަގޭ
29 August 2018
ރާޅާ އެޅުމުގެ މުބާރާތެއް ބާއްވަން އަވަސް ވެލަންވީ. ލޮނުޒިޔާރަތް ކޮޅުގެ އުފާވެރިކަން ޖޯށާއެކީ އާކޮށްލަމާ...