ރައީސް ޔާމީން، މިއަދު ދަނގެއްޗަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެއްވި މީހުންނާ ސަލާމް ކުރައްވަނީ.
03 ސެޕްޓެމްބަރ 2018 - 10:33
ރައީސް އަބްދުﷲ ޔާމީން، އއ. އާއި އދ. ގެ ބައެއް ރަށްރަށަށް އަދި ދ. ކުޑަހުވަދު އަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ވަނީ ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވައިފަ އެވެ. އަދި ދަނގެތީގައި ގާއިމު ކޮށްފައިވާ ފެނުގެ ޚިދުމަތް ވެސް އިފްތިތާހު ކޮށްދެއްވި އެވެ.
ދަނގެއްޗަށް ފަހު، ދެން ރައީސް ޔާމީން ވަޑައިގަންނަވާނީ އދ. މަހިބަދޫ އާއި މާމިގިއްޔާއި އއ. މަތިވެރި އާއި ތޮއްޑު އާއި ދ. ކުޑަހުވަދު އަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަ ކޮށްދެއްވާނެ އެވެ. އަދި މާމިގިލީގެ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި މަތިވެރި އާއި ތޮއްޑު އާއި ކުޑަހުވަދޫގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޔާމީން މިދިޔަ ހަފުތާގައި ވަނީ ޅ. އަތޮޅުގެ ރަށްރަށަށް ވެސް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރ.ނަޝީދު
03 September 2018
ރޔ އަކީ ހަމަ ލާމަސީލު ރައީސެއް. މީ ތަރައްޤީ އަކީ
ނިހަ
03 September 2018
މަގޭ ވޮޓު ރައިސް ޔާމިން އައް
ކޮތަރުގެ އަސަރު
03 September 2018
މަނިކުފާނު ރަށްތަކަށް ތިޔަ ކުރައްވާ ދަތުރު ތަކުގައި ރައްޔިތުންނާއި ވަކިން ބައްދަލު ނުކޮށް ފިއްލަވައިގެން ތިޔަ އުޅުއްވާނީ މަނިކުފާނު މާމޮޅުމީހަކަށް ވެގެން ވޯޓް ދޭނެ ކަމަށް ތޯއެވެ. މަނިކުފާނު ތިޔަގޮތަށް ބޮޑާވެ ކިބުރުވެރިވެގެން ލިބޭނެ ވޯޓެއް އަދި ވޯޓްދޭނެ މީހަކުވެސްނެތެވެ. ރައްޔިތުންނަށް ފިއްލަވައިގެން ރައީސް މައުމޫނު ޖަލުގައި ބާއްވައިގެން މުޅި ޤައުމު ޚަރާބުގެ މަގަށް ތިޔަހިންގަވަނީ އެއްގޮތުން ނުވީއްޔާ އަނެއްގޮތުންވެސް ވެރިކަން ބޭނުން ވެގެންނެވެ. ރައްޔިތުން ވޯޓް ދޭނީ ރައްޔިތުންގެ ހާލު ކައިރިން ބައްލަވާ ޚުލްގު ހެޔޮމީހަކަށެވެ.
ތެރަސްފުޅި
03 September 2018
ބުރޯ މިރަށުގަ އެބައޮތް އަމީނު ދައުރުގަ ހެދި ދަނޑެއް، ހުޅުވަން އަންނަގަ. ކެންޕއެިން ކުރުމުގެނަމުގަ ދައުލަތުގެ މުދާ ބޭނުންކޮއްގެން ނާންނާތި އަންނަންވާނީ ދަނޑުހުޅުވުމުގެ ނަމުގަ، އޭރުން ލިޔެކިޔުމުން ދައްކާނީ ރަނގަޅަށް.
މޯޑް
03 September 2018
ކޮބާ އިދިކޮޅޭމެންނަށް ފެނޭތޭ! ރައީސް އދ ގައި ތަގްރީރު ނުކޮށްގެން އުޅުނީ އެހެރީ އދ ގައި ތަގްރީރުކުރަން ގޮސް އެންމެފަހުން!
ަަބޫސް
03 September 2018
ހަޖަމް ކުރަން ދަތިވިޔަސް މިފަސް އަހަރަކީ ރާއްޖެ ތަރައްްޤީގެއިންގިލާބެއް ގެނުވި ފަސްއަހަރު ސާބަހޭ ރައީސް ޔާމީން !!!!
ހާއި
03 September 2018
މަގޭ ވޯޓު މިފަހަރު ރައީސް ޔާމީންއަށް
ސާށަ
03 September 2018
ސާބަހޭ ރައީސް ޔާމީން
ހަޑިގިއްލާ
03 September 2018
ދ. އަތޮޅާއި ކުޑަހުވަދޫ ރައްޔިތުންގެ ނިންމުން ވަރަށްސާފު. އަތޮޅުކައުންސިލްގެ ހުރިހާ ގޮނޑިއަކާއީ އެމްޑީޕީޓިކެޓުގަ ކުޑަހުވަދޫ ކައުންސިލަށް ވާދަކުރެއްވި ހުރިހާ މެންބަރުން ރައްޔެތުންވަނީ ބޮޑުތަފާތަކުން ހޮއްވަވައި ދެއްވާފަ.. ރައްޔެތުންބުނަނީ ކުޑަހުވަދޫގެ މަގުތަކާއި، ބިންހިއްކުމާއި އަދި އެއާޕޯޓުގެ ހަޤީގީ ބާނީއަކީ އަންނިކަމަށް... ޔާމިންގެ މިދައުރުގަ ރައްޔެތުންނަށް އެއްވެސް ޕްރޮޖެކްޓެއް ހިންގާފަ ނުވާކަމަށް
ތަރައްޤީ
03 September 2018
ސާބަހޭ ރައީސް ތިކުރައްވާ މަސައްކަތަށް. މާލެއެކޭ އެއްގޮތަށް ރާއްޖެ ތެރެވެސް ތަރައްޤީ