ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާފައި: އެ މަގު ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހު.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
04 ސެޕްޓެމްބަރ 2018 - 10:08
ބްރިޖާ ގުޅޭ މަގުތައް އާއްމުންނަށް ހުޅުވައިލާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި އިއްޔެ ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ. ނަމަވެސް ބައެއް މަސައްކަތްތައް ކުރަމުން އަންނާތީ، އެ މަގު އިއްޔެ ހުޅުވާލާފައެއް ނުވެ އެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރަމުން އަންނަނީ މަގު ފާހަގަތައް ޖެހުމާއި ހޮޅިދަނޑިތަކުގެ ބުޑުއެޅުމުގެ މަސައްކަތް ކަމަށެވެ. އޭގެ އިތުރުން ހުރަސް މަގުތަކާ ގުޅުވާލުމުގެ ކަންތައްތައް ވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިކަންކަން ނިންމައި ސެޕްޓެމްބަރު ހައެއްގައި މަގު އާއްމުންނަށް ހުޅުވާލެވޭނެ،" މުއިއްޒުގެ ޓްވީޓުގައި ވެ އެވެ.
Bridge aa gulhigen hadhaa Boduthakurufaanu gai mihaaru kuriyahdhaa roadmarking masakkathaa,light post thakuge budu elhumuge masakkai adhi huras maguthakaa gulhuvaalumuge masakkai nimmun dhanee baaru speed gai kuriyah.Mikankan nimmaa Sept 6 gai magu ammunnah hulhuvaaleveyne IA
— Dr.Mohamed Muizzu (@MMuizzu) September 4, 2018
މުއިއްޒުގެ ޓްވީޓް
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި އިރު، އެ މަގުގެ އެ ބައި މިހާރު ވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށްފަ އެވެ. އެ މަގު ފުޅާކޮށްފައިވަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށެވެ.
ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އުތުރުން ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގުގެ އުތުރުކަނުން ރާޅުގަނޑު ސަރަހަައްދަށް ނުކުންނަ މަގު) އެވެ.
މިދިިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ބްރިޖް ހުޅުވާފައި ވިޔަސް، އާއްމުންނަށް ބްރިޖް ބޭނުންކުރެވޭނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރޑީނަމްނަމް
05 September 2018
ދެން ޖަންކްޝަންތައް ހޯދަން އަނެއްކާ މަގު ކަފަމާ ދެއްތޮ، މުއިއްޒު؟ މުއިއްޒުއަށް ސަނަދެއް ދިނީ އަޅެފަހެ ކޮންތާކުންތަ؟
އަބްދުއްލާ
04 September 2018
ބްރިޖެ ގެ މަގުގަ ޕާކް ކުރުމުގެ ބަދަލުގާ ހެންވޭރު މަގުގެ ބޭރުން އޮތް ހުސްޖާގައިގަ ޕާކިން ޒޯނެއް ހެއްދެވުން ކިހިނެތްތޯ ؟
މާލެ މީހާ
05 September 2018
ވަރަށް ތާޢީދު. މާގުމަތީ ޕާކުނުކުރެވޭ ގޮތް ހަދާފައި ބީޗުގެ ތަންކޮޅަކާ، ސެނަހިޔާ ކުރިމަތީ ތަންކޮޅެެއްގައި ޕާކިންޒޯނެއް ހަދަންވީ
ކުމުންދޫ އަލީ
04 September 2018
އަޅުގަނޑު އެމްޑިޕީ، އެކަމު ބްރިޖަށާއި ވެންކޯއަށް ޔާމިނަށް ހަމަ އައްސަރިބަހާއި ސާބަސް. ދެން ހުރި ކަންތައްތަކަށް ހަމަ ސުމެއް.
ކޮރަޕްޝން
04 September 2018
މަާލޭގެ ރިންގު ރޯޑުގަ ތާރުއަޅާފަ ހުރި އިރު 4 ހިސާބުގަ ހަތަރު ގޮތަށް ތާރުހުރީ..ދަރުބާރުގޭ ފުރަގަހުގަ މިހާރުވެސް ނައޓާފަ...ރަސްފަންނުގެ ދުވާ ޓްރެކާ މާބްލްތަކަށް ވީހެން ހަމަ، އނެއްކާ އަނެއް ލޯން ނަގާ ތާރުގަނޑު ރަނގަޅުކުރަން
ބޭބެ
04 September 2018
ހަޖަމު!! ހަޖަމުކުރަން ދަސްކޮށްބަލަ!!
ސައިނީ
04 September 2018
ދިވެހިން ލައްވާ ކަމެއް ކުރުވީމަ ކަޑިކަން އެކަނު ޗައިނާ މީހުން ލައްވާ ހެދިނަމަ ފުރިހަމަ ވީސް
ބާރޑީނަމްނަމް
05 September 2018
ސައިނީ ބުރޯ ތިޔަ މަގެއް ނިންމަންވެގެން ރަންވޭގައި ތާރުއަޅާ ޗައިނާ މީހުން ގެނެސްގެން އެޅީ. އެކަމަކު މުއިއްޒުގެ ޕްލޭންގައި ޖަންކްސަން ހުޅުވަން އަދި އެގްޒޯސްޓްކުރަން ޖެހެނީ މަގު ކޮންނަން!
ޑިމޮކްރަޓިސްޓް
04 September 2018
މަގުތައް އަވަސްއަރުވާލާފަ ނިންމިއްޔޭ ބުނާއިރު ބަލާބަލަ ތި އަޅާފައޮތްތާރު.. މަތީގައަޅަންޖެހޭ ފައިނަލްފަށަލަ އެހެރީނާޅާ މިހާރުވެސް ތާރުގަހުރި ހިލަތައް އެހެރަނެއްޓެނީ.. މަ ބުނީތީގޮސް ފެރީޓާމިނަލް ސަރަހައްދުން ފެށިގެންގޮސް ބަލާބަލަ.. މުއިއްޒޫ މަބުނީތީ މިވާހަކައިގެ ހަގީގަތްބަލާބަލަ.. އާންމުންވެސް ގޮސް ބަލާބަލަ.. އަނެއްކާވެސް ޖެހޭނީ މަރާމާތަށް ބަންދުކުރަން..
ނައްބެ
04 September 2018
ލ އަތޮޅު ގަ އެއޮއް ފެންވަރަން ތާރު ނޭޅެންޔާ ނޭޅިއްޔާ ރަގަޅު ވާނީ. ނަމެއްގަ ތާރު އެޅިމޭ ބުނަން ތިއޮތީ ކޮންކުރިޓް މިކްސް ގަޑެއް ހެން ތާރު އަޅާފަ.
ނައީމް
04 September 2018
އެސްބީއައި ކުރިންމަތިން އަޅާފަ އެއޮތް ތާރު މަގުގެ އަޑި ގުޑަން ހެދި ތާރު ތައް ނެއްޓޭނެ ހެން ހީވަނީ މަހެއް ނުވަނީސް. ތިމަގު ނިމުނު އިރުވެސް ހީވަނީ ތާރު ގަޑު ހަލާކު ވެފަހެން.
އަލިފް
04 September 2018
ލޯނު ތަކުގެ ޖުމްލަ އަދަދު ހާމަ ކޮށްދޭށެވެ.
ވިސާމް
04 September 2018
ތިއޮއް އަޅާފަ އޮތް ތާރު ގަޑެއް އެކަމަކުވާ. ވަރައް ގިނަ ތާރު އެޅި މަގު ދެކުނިން އެކަމްކު އަދި މިވަރު ކަމެއް ނުދެކެން.
އަވަސްޚިދުމަތް
04 September 2018
މިއީ ރައްޔިތުންގެ ބޮތަކަށް ލޯނު ނަގައިގެން އަދި ޓެކުހަށް ދެއްކިލާރިން ބައެއްގަ ބޮޑުއަގުގަ ކުރެވުނުކަންތައް މީގެ ފޭރާން ހުރި ގޮތާ މީގެ އަގު ނުބައްދަލްކަމުން ކައްޕީގެ ވާހަކަ ދެއްކޭކަށް ނެތެވެ.