ރައީސް ޔާމީން މިލަންދޫގައި. އެމަނިކުފާނުގެ އަބުރާ ބެހުނު ކަމަށް ބުނެ، އެމްޑީޕީ އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ރާއްޖެ ޓީވީއާ ދެކޮޅަށް ދައުވާ ކުރަން ވަނީ ނިންމާފައި.--ފޮޓޯ/ރައީސް އޮފީސް
05 ސެޕްޓެމްބަރ 2018 - 21:57
ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްގުތަކާއި ޒާތީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީ އާއި ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް އެމަނިކުފާނު ނިންމަވައިފި އެވެ.
އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރައްވަން ރައީސް ޔާމީން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވައިދާ ޚިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ. އަދި ރާއްޖެ ޓީވީއާ ދެކޮޅަށް ފިޔަވަޅު އަޅަނީ ޕްރެސް ކޮންފަރެންސް ދެއްކުމާ ގުޅިގެންނެވެ.
އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީންގެ ލީގަލް ޓީމުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީގެ މައްޗަށް ދައުވާ ކުރުމަށާއި އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް އެދި ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅުން، ގާނޫނުއަސާސީ އާއި އަބުރުގެ ގާނޫނާ ޚިލާފަށް ރައީސް ޔާމީންގެ ހައްގަށް އަރައިގެންފައިވާތީ، އެބޭފުޅުންގެ މައްޗަށް އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާ އާއި އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މައުލޫމާތުތައް އަބުރުގެ ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައި ވާތީ ގާނޫނުއަސާސީ އާއި އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީގެ މައްޗަށް، ގެއްލުމުގެ ބަދަލު ހޯދައިދިނުމުގެ ދައުވާ ކުރުމަށް މުއައްސަސާތަކަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމަށް ރައީސް ޔާމީންގެ ލީގަލް ޓީމުން ވަނީ ނިންމައިފަ އެވެ.
އެ ޓީމުން ވަނީ ރައީސް ޔާމީނަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުން ކަށަވަރުކޮށްދީފައި އޮތް ހައްގަށް އަރައިގެންފައިވާތީ އެ ގާނޫނުގެ ދަށުން އެމްޑީޕީ އަދި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފަ އެވެ.
އަދި ރައީސް ޔާމީންގެ ހައްގަށް އަރައިގެންފައިވާތީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ރާއްޖެ ޓީވީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލްޤާޒީ
13 September 2018
23 ސެޕްޓެމްބަރގެ ކުރިން ތިމައްސަލަ ނިންމަން ޖެހޭނެ ކަމަށް ފަނޑިޔާރުންނަށް އަންގަވައިފީންތޯ؟
އަޙުމަދު
09 September 2018
ތިޔަބުނާ ދައުވާ އެއް ކޮށްގެންވެސް ފައިސާފޮއްޗެއް ލިބޭތޯ އަވަހަށް ބައްލަވާ، ނަމަވެސް އެމް.އެމް ޕީ އާރ ސީގެ ޚިޔާނާތުގެ ތެރެއިންނަމަވެސް ނަހަމަގޮތުގައި މަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ 1 މިލިޔަން ޑޮލަރުވެސް އަވަހަށް ދައުލާތާ ހަވާލުކުރައްވާފައި ތިކަމާއުޅުން ބުއްދިވެރި. ފައިސާފޮށްޗެއް ދީފިއްޔާ އޭގައި ހިފާނަން، ދޭމީހާކުރެން ކޮންގޮތަކަށް ހޯދިއެއްޗެއްތޯވެސް އަހާނަން،
ޚަލީލް
07 September 2018
އާނ! ޑިސްލައިކް ފަޅި ބޮޑީ އެކަމް މި ކޮމެންޓްގަވެސް!
ޚަލީލް
07 September 2018
ކޮމެންޓައް ލިބިފަހުރި ލައިކްސް އެންޑް ޑިސްލައިކްސް ކޮމްޕެއަރ ކޮއްލާފަ ދެން މިތަނަށް ތިކަހަލަ ކޮމެންޓް ކުރުން ހުއްޓާލަން ވީނު! އެއްވެސް މަގުބޫލުކަލަމެއް ނެތް! ރައީސް ބުނި ހުޅުމާލެ އެއީ ނިއު މަދީނާ އެކޯ, ދެން އެވެސް ކަލޭ ގަބޫލުކުރަން ދޯ?
ާަáބùރù
07 September 2018
ޙެހެހެހެހެ
ރީތި މޫސަ
07 September 2018
ފުލުހުން ރައީސާ އެކަމާގުޅުމެއްނެތޭ ބުނީމަވެސް އަދިވެސް ސާފެއްނުވޭދޯ އަބުރުގެ ދައުވާ ކުރެވެންޖެހޭ ފިޔަވަޅުވެސް އެޅެންޖެހޭނެ އެއްވެސްމީހަކަށް ބޭނުންހާވާހަކައެއް ދެކެވިގެންނުވާނެ
އަޙުމަދު
06 September 2018
ހެޔޮމީހާއަށް . ބުނެލަން އޮތީ މިޤައުމުގަ އޮންނަން ވާނީ ހަމައެކަނި އެބޭފުޅާގެ އަބުރުފުޅު. އެހެންމީހެއްގެ އަބުރެއް އަބުރުފުލެއްވެސް ނޯންނާނެ، ރައްޔިތުންގެ މުދަލާ ފައިސާއަށް ވީގޮތެއްވީ، އެކައުންޓަށް 1 މިލިޔަން ޑޮލަރުވެސް ވަނީ،
ކަދުރޭ18
06 September 2018
ރައްޔިތުންގެ ފައިސާއިން މިލިޔަނުންޑޮލަރު އެހެންބަޔަކު މެދުވެރިކޮށް ނަމަވެސް އަމިއްލަ އެކައުންޓަށް ޖަމާކޮށް މިފަދައެތައް ޖަރީމާއެއް އެންމެން ކުރިމަތީ ފާޅުގަ ކުރަމުންދާނަމަ ކޮން އަބުރެއްތޯ އޮންނާނީ؟
ވަރަށްމަޝްހޫރު
06 September 2018
ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއްނޫން =އަމިއްލަ އިޢުތިރާފުން =
ޝަހީދު
06 September 2018
މިހާރު ކަންކަން ހިނގަމުންދާ ގޮތުން، އަބުރު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެންނަން ޖެހިއްޖެ ކަމަށް ޤަބޫލު ކުރަމެވެ. އެހެން ޤައުމުތަކުގައިވެސް ޤައުމުގެ ވެރިޔާގެ އަބުރަށް އަރައިގަތުމުން ބޮޑެތި އަދަބުތައް ކަނޑައެޅިފައި އޮވެއެވެ. އެފަދަ އަދަބުތަކެއް ޤާނޫނަށް އިތުރުކުރަން ފެނެއެވެ. ރަޢީސްގެ ކެތްތެރިކަމަށް ސާބަސް ދަންނަވަމެވެ.
އެސްޕަނިޔޯލް
06 September 2018
އެއީ ކޮން ގައުމެއްގައި އޮތް ގާނޫނެއްތޯ؟