ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި. މި މަގުތައް މިރޭ އާއްމުކޮށް ހުޅުވާލާއިރު ޕާކެއް ނުކުރެވޭ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
06 ސެޕްޓެމްބަރ 2018 - 11:21
ސިނަމާލެ ބްރިޖާ ގުޅޭ މަގުތައް ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވައިލާނީ މިރޭ 8:00 ގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ. އެކަމަކު އެ މަގުގައި ވެހިކަލްތައް ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ، ރިންގު ރޯޑު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި، އެ މަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް މިދިޔަ ޖޫން 19 ގައި ގެނައި ވަގުތީ ބަދަލުތައް އުވާލައި، މިރޭ 8:00 ގައި ހުޅުވައިލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ، ރިންގް ރޯޑް އަލުން ބޭނުންކުރަން ފަށާއިރު، އެއީ ހަމައެކަނި އެއްގަމު އުޅަނދު ދުއްވުމާއި ހިނގައިބިނގާވެ އުޅުމަށް ހަމަޖައްސާފައިވާ މަގަކަށް ވާތީ، އިއްޒުއްދީން މަގުން [ކަޅުތުއްކަލާ ކޮށީގެ ހުޅަނގު ދެކުނު] ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދެމެދު އެ މަގުގެ އެއްވެސް ތަނެއްގައި ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ބްރިޖަށް ދަތުރުކުރާ މަގުތައް ތާރު އަޅައިގެން ހަދާފައި. ބްރިޖަށް އަރަން ދަތުރުކުރަންވީ ގޮތާއި ބްރިޖުން ފައިބައިގެން ދަތުރު ކުރެވޭނެ ގޮތް ވަނީ ތީރުން ދައްކައިދީފައި.
އެ އޮތޯރިޓީން ބުނިގޮތުގައި، ބޭރު މަގު ޓްރެފިކަށް އަލުން ހުޅުވާލުމާ އެކު، ކުރިއެކޭ އެއްގޮތަށް ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާ ހަމައިން ފިލިގަސްމަގާ ހަމައަށް އެއްކޮޅަށް، ހުޅަނގުން އިރަށް ދުއްވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފިލިގަސްމަގު މިހާރެކޭ އެއްގޮތަށް އެއްކޮޅަށް، އުތުރުން ދެކުނަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މެހެލި ގޯޅި ފިލިގަސްމަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އެއްކޮޅަށް، ފިލިގަސް މަގުން ވަދެވޭ ގޮތަށް އަދި ނަސަންދުރާ އިރުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ސިނަމާލެ ބްރިޖަށް ދަތުރުކުރަން ތާރު އަޅައިގެން ހެދި މަގަކުން މީހަކު ހިނގާފައި ދަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި އިރު، އެ މަގުގެ އެ ބައި މިހާރު ވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށްފަ އެވެ. އެ މަގު ފުޅާކޮށްފައި ވަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ. އަދި ބްރިޖަށް އަރަން ދަތުރުކުރަންވީ ގޮތާއި ބްރިޖުން ފައިބައިގެން ދަތުރު ކުރެވޭނެ ގޮތް ތީރުން ދައްކައިދީފައި ވެ އެވެ.
ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އުތުރުން ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގުގެ އުތުރުކަނުން ރާޅުގަނޑު ސަރަހަައްދަށް ނުކުންނަ މަގު) އެވެ.
މިދިިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ބްރިޖް ހުޅުވާފައި ވިޔަސް، އާއްމުންނަށް ބްރިޖް ބޭނުންކުރަން ހުޅުވާލަން ނިންމާފައި ވަނީ މާދަމާ އިން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހޖ
06 September 2018
އެއީ ތާރު ކޮޅެއް އަޅާލެވުނީމަ އޭގެ އަސްލު އޮޅުނީ.
އަލްޖިބްރާ
06 September 2018
ތިމަގު އަދި ބަންދު ކުރާނެ ! ތިއޮތީ މޮހޮނަށް ދޯނި ދީފައި !
ރޭނިގޭ އާދަންބެގެ އަހުމަދުގެ މުހަންމަދު
06 September 2018
އެ އޯކޭ ވާނެ...ހުޅުވާ
ސަންފްލާވަރު
06 September 2018
ކޮބާހޭ ތިޔަ މަގުތަ ކުގަ ހުރި ޖަންކްޝަންތަށް، ތާރު އަޑީގަބާ؟
ބާރޑީނަމްނަމް
06 September 2018
އެއެއްޗެހި ޕުރެޝަރު ގަދަވެގެން ބޮމެއްހެން ގޮވައިގެން މަގުފަޅާ ނިކުތީމައި ފެންނާނެ. އޭރުން ބޮންހެދިއްޔޭ ކިޔާ ހިސާބުގަނޑު އެންމެން ކަންނޭގެ ޖަލަށް ކޮއްޕާލާނީ. މުއިއްޒުވާހިރު ކެއްކޮއްލައިގެން ޑްރާމާ ބަލަން ތިބެމާ.
ފޮނިކަލޯ
06 September 2018
އެއީ، މުއިއްޒު ގެ ރަނގަޅުކަމަކީ ހުޅުވާނެ ފަހުން ބަންދު ކުރަން ޖެހުނު ކަމުގައިވިޔަސް ، ގަލޮޅު ކުރީގެ ބާއިންޖީނުގޭ ސަރަހައްދު ގައި ހެދި ލެޑުޕާރކައް ވީގޮތް ނުވެއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު
ނޯ ޕާކިން
06 September 2018
ދުނިޔޭގެ ކޮން ގައުމެއްގަތަ ވެހިކަލްގަ އައިސް ކޮންމެ މީހަކު ގޭ ދޮރުމަތީ ޕާކުކުރަނީ؟ ! ޓެކްސީވެސް މިޖެހެނީ ސީދާ ގޭގެ ދޮރުމައްޗަށް ކައިރި ކުރަން. 10 ފޫޓަށް ހިނގަންވެސް ލަދު ގަނޭ! ތަންކޮޅެއް ބޮޑުވަރުދޯ. ޕާކުރަން ހަދައިފަ ހުންނަ ނުވަތަ ޕާކުކުރަން ހުއްދަ ތަންތަނުގަ ވެހިކަލް ބާއްވާފަ ދާތަނަކަށް ދާންވީނުން. މާލޭގެ މަގުތަށް ފުރިގެން މިއުޅެނީ މަގު ހަނިވެގެންނެއް ނޫން... މަގުގެ ދެފަރާތުގަ ގަވާއިދާ ޚިލާފަށް ޕާކު ކުރާތީ. ގަވާއިދު ތަންފީޒުކޮށް މަގުގެ އެއްފަރާތުގަ ނޫންގޮތަކަށް ޕާކުވިޔަ ނުދެނިކޮށް މާލޭގެ މަގުތަކަށް ލުއިވާނެ. ވެހިކަލް ކޮންމެތަނެއްގަ ޕާކުކުރިޔަސް ފީއެއްދައްކާ ގޮތަށް ހަދަނިކޮށް ގިނަވެގެން އުޅޭ ވެހިކަލް ގޭތެރެއަށް ވައްދަން ފަށާނެ.
ޏދޖދ
06 September 2018
އެތެރެވާ ކޮންމެ ކާރަކައް މަގުމަތީގާ ޕާކިން އޮންނަން ޖެހޭ... އެހެން ވެއްޖިޢްޔާ އެތެރެ ކުރުވިޔަނުދީ...
ޢަހްމަދު
06 September 2018
ކިހާ ދެރަކަމެއްތަ މިހާރުވެސް މިއުޅެނީ މި މާލޭގަ ޕާރކްކުރާނެ ތަންކޮޅެއް ނުލިބިގެން
ޓަސްޓަސް
06 September 2018
ކަލޭ ގެ ގެ އިންނަނީ އެތާތަ ތިހާ ރުޅި ތިއަންނަނީ؟
މެސީ
06 September 2018
ދިވެހިންހާ ކެއްތެރިކަން ކުޑަ ބައެއް ނުދެކެން، ރުކުގަ އަންނަ ގޮބޮޅިވެސް މިރި ނުވެ ކާށި ވޭތޯއްޗެ!!!!
މިހާރުގެ ކިޔުންތެރިޔާ
06 September 2018
އެންމެ ގިނައިން ޕާކްކޮށްފައި ހުންނާނީ ޖީ ޖަހާފައި ހުންނަ އުޅަނދުތަކެވެ. ވައި 2018 އެއްނު. އެއްވެސް ކަމެއް ނުވާ.
ބީކޭކޭ
06 September 2018
ޕާކުނުކުރެވޭ މަގު ކޮންމަގު!
ށިމށ
06 September 2018
ސިރާތު މަގު