ރައީސް ޔާމީން، ގުރައިދޫގައި މިދިޔަ މަހު ބޭއްވެވި ކެމްޕެއިން ޖަލްސާގައި އެ ދާއިރާގެ މެމްބަރު ހުސެއިން މަނިިކު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
07 ސެޕްޓެމްބަރ 2018 - 09:04
އަދިވެސް ދެމިހުންނެވީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމާ އެކު ކަމަށާއި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި، ހުސައިން މަނިކު އިދިކޮޅު ޕާޓީތަކާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށް ދޭހަވާ ގޮތަށް އަދި އޭނާ މިހާރު ވެސް ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވުމާ ގުޅިގެންނެވެ.
ލަތީފް ވިދާޅުވި ގޮތުގައި، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޕީޕީއެމްގެ މެމްބަރުންތަކެއް އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ހުސައިން މަނިކުގެ އިތުރުން، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ހިމެނިވަޑައިގަންނަވާނެ ކަމަށް ދޭހަވާ ގޮތަށް ލަތީފް ވާހަކަ ދެއްކެވި އެވެ.
ލަތީފްގެ މި ވާހަކަ ދޮގު ކުރައްވަމުން ހުސައިން މަނިކު "މިހާރު" އަށް ވިދާޅުވީ ޕީޕީއެމް ދޫކުރައްވައި، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމުން ބޭނުންވާ ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަން އަބަދު ވެސް ލިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.
"އަޅުގަނޑު ގާތު، ނާހައި ލަތީފް އެފަދަ ހަގީގަތާ ޚިލާފު ވާހަކައެއް ދެއްކެވުމުން ހިތާމަކުރަން،" ހުސައިން މަނިކު ވިދާޅުވި އެވެ.
މިދިޔަ މަހު 26 ގައި ގުރައިދޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕޭން ޖަލްސާގައި އެ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު (ކ) ރައީސް ޔާމީނާ އެކު.---ފޮޓޯ: ރައީސް އޮފީސް
ހުސައިން މަނިކާއި ސަލީމް ވަނީ ދާދި ފަހުން އެ ދެ ބޭފުޅުންގެ ރަށުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމާ އެކު ކެމްޕެއިން ކުރައްވައިފަ އެވެ. އެގޮތުން، މިދިޔަ މަހުގެ 26 ގައި ރައީސް ޔާމީން ކުއްލި ގޮތަކަށް ގުރައިދު އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ހުސައިން މަނިކު ބައިވެރިވެވަޑައިގެން ޕީޕީއެމަށާއި ރައީސް ޔާމީނަށް ތާއީދު ކުރައްވައި ވާހަކަ ވެސް ދެއްކެވި އެވެ.
ސަލީމާއި ހުސައިން މަނިކު ރައީސް ޔާމީނާއި ޕީޕީއެމާ ފެއަށް ޖެހިވަޑައިގަންނަވަން އުޅުއްވާ ވާހަކަ ދޭތެރެދޭތެރެއިން އިވެ އެވެ. އެކަމަކު، އެއިން ކޮންމެ ފަހަރަކު ވެސް އެ ދެބޭފުޅުން އެ ވާހަކަތައް ދޮގުކުރައްވަ އެވެ.
މީގެ ތެރެއިން ހުސައިން މަނިކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ޕާޓީގެ އޭރުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިދިޔަ ފެބްރުއަރީ މަހު ވިދާޅުވުމުން ވެސް ހުސައިން މަނިކު އެ ވާހަކަތައް ދޮގުކުރެއްވި އެވެ. މިހާރު ޖަލަށް ލާފައިވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ އެ ވާހަކަތަކާ މެދު ހިތްހަމަޖަހިވަޑައިނުގެން ހުސައިން މަނިކު "މިހާރު" އަށް އޭރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނާއި ޕީޕީއެމް ދޫކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ދެމިހުންނެވީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
07 September 2018
ތިނޫން ބަޔަކު މިހާރު އެބަތިބިތަ ؟ ސަރުކާރު ނުވަތަ ދައުލަރުގެ ވަޒީފާއެއްގައި ހުންނާންބޭނުންނަމަ ތިޔަ “ޕީއެއްގައި” ޖެހިގަނެގެން ނޫނީ ނުހުރެވޭނެ. . . . . ބޯހިޔާވަހިކަމާއި، ދައުލަތުގެ ވެލްފެއަރގެ އެހީތެރިކަމާއި ކުޑަމިނުން ހައްޖުވީސާ ވެސް ލިބޭނީ ތިޔަ ޕީއެއްގެ މެންބަރުކަމުގެ ފޯމްގައި ސޮއިކޮށްގެން. . . . ކުރީޒަމާނުގައި އެރި “ރަންނަމާރިއެކޭ ތިޔަ ޕީއެކޭ އަހަރުމެންނަށް ތަފާތެއްނެތް” އެކަމަކު ބާރުވެރިކަމާއިއެކު ބިރުވެރިކަމުގެ ތެރެއިން ފޭދިގަނެގެންގޮސް މިދެންނެވި އެންމެން 23 ވަނަދުވަހު ރައްޔިތުންގެ ކެންޑިޑޭޓް އިބޫ 2 ކަށް ވޯޓްއަޅާ ޕީގެ ނަން ދާއިމަށް ފޮހެލާނެ.
ސާދާސީދާ
07 September 2018
ޙުސައިން މަނިކު ދޮންމަނިކަށް ލިބުނު ފަހުފުރުސަތު ގެއްލުވާލީ އަމިއްލައަށް. ދެން މަޖުލިހަކަށް ވެސް ނުހޮވޭނެ!
އޮބާމާ
07 September 2018
ޔާ ޤައުމު! ޔާ ޤައުމު! ރޭގަ މަށަށް ހުވަފެނުން ފެނުނީ ތިނަދޫ ނިހާނާއި ފޮނަދޫ އަދުރޭއާ ދެމީހުން އަރާތިބި އޮޑި ފެތިގެން އުޅޭތަން. މި ހުވަފެނުގެ ތައުބީރު އަޅެ ކޮންމެވެސް ކުއްޖަކު ކިޔާދީބަލަ.
އަހްމަދް
07 September 2018
އަޅުގަނޑުވެސް މިހުރީ ޕީޕީއެމް ގައި، ނަމަވެސް ވޯޓް ދޭނީ އިބޫއަށް ނަމްބަރު 2 އަށް.
ތާރާ
07 September 2018
ވޯޓް ދެއްވަން ބޭނުން މީހަކައް ވޯޓް ދެއްވާ. ވެރިކަމަކީ މާތްﷲ އިރާދަކުރައްވާ އަޅަކައް ދެއްވާ ނިޢުމަތެއް، އަމާނާތެއް.
ތަމީމް
07 September 2018
ފަޒާދު އިދިކޮޅާ ރަސްމީކޮށް ގުޅެންދެން ވެސް، އޭނޭ އައީ އެކަން ދޮގުކުރަމުން . އެކަމް އެއްމެ ފަހުވަގުތު ކިހިނެއްވީ؟ ހަމަ ގުޅުނީ. ދޮންމަނިކު، ރެޑްވޭވް ސަލީމް، ބާރަށު ޝުޖާއު، އަލިބެ، ކަނޑިތީމު މުހައްމަދު، ކުއްޓި ނަޝީދު، ރިޔާޒް ރަޝީދު، މުބީން، ޓޮމް، ފަލާހް ވެސް އިދިކޮޅާ ގުޅޭނެ، އިންޝާ ﷲ..! ބާކީ 17 ދުވަސް. އިންޝާ ﷲ ހައްގަށް ނަސްރު ލިބި، އިބޫ އިންތިހާބު ކާމިޔާބު ކުރައްވާނެ...
ގު_ އިޒު
07 September 2018
ބަލަ ހުސެއިނާ ކަލޭ ހާދަ ބިރެކޭ ތިގަންނަނީ؟ 23 ގެ ފަހުން ޕާޓީގައި އެކަކުވެސް ނުހުންނާނެ ؟ އެކަލޭގެ އޮންނާނީ ޖަލުގައި
2111
07 September 2018
ވެރިކަމުން ފައިބާ އެންމެ ޖަލަށް ލަންނާ 2018ގެ 5 އަހަރު ފަހުން ރާއްޖެ އަކު އެމްޑީ ޕީ އެއް ނޯންނާ. އެކަމަށް މާތްﷲ ހަޒްރަތަށް ދުއާ ކުރާނަން. އަސްލު މިގައުމުގެ އިޖްތިމާއި ފޭރަން ހަލާކޮށްލި ސީރިއާއަށް ހެދޭތޯ ބަލާ ބަޔަކީ އަންނި އާއި އޭނާގެ އައުވާނުން
ދަތްނެތްކުއްޖާ
07 September 2018
ހުސެން މަނިކެއް ކާސިމެއް ހާމިދެއް ސަލީމެއް ކިޔާނެ ކަމެއްނެތް. އޭގެ ތެރެއިން އެއްވެސް ބޭފުޅަކު ގެންނާނެ ކަމެއް ނެތް. ބޭކާރު ބޯ ގިނަ ކުރާކަށް މަމެން ބޭނުމެއްނުވޭ. ﷲގެ އިރާދަ ފުޅާއި ވާޤިފުޅާއި އެކު މިފަހަރު ރައްޔިތުން އެއްލަކިން މިކަން ނިންމާނެ.
ސަނީލއޯން
07 September 2018
މިކަހަލަ ދިއުޅިއެއްނުވާ ވާހަކަ ދެއްކުންނޫންކަމެއް އަޅެ އޮވޭތޯ
ކޯޑިނޭޓަރ
07 September 2018
ޔާމީނާ އެކު ހުންނަވާ . ޢެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާ ލިބުމުން ރައީސް ޔާމީނަށް ބަލި ޤަބޫލު ކުރުމަށް އެތެރޭގައި ތިއްބަވައިގެން އެދި ލައްވާ ޕްރެޝަރ ކުރައްވާ... އެހެންނޫނީ ފައި ވިއްދާފަ ކޯޓުތަކާ ފުލުހުންނާ ސިފައިން ނެރެގެން ހަޑިއެއް ހޭވުމަކީ ވެދާނެ ކަމެއް..
ރޮކެޓް ސައިންސް
07 September 2018
ފިތި ބާރުވެގެން ޔާމިން ކައިރީހުއްޓަސް އުންމީދު ކުރަނީ އިދިކޮޅާ ގުޅޭނެކަމަށެވެ. ޔަގީނުން ވެސް ޔާމިން ބަލިވެއެވެ. ވަގުތު ފާއިތު ނުވަނީސް އިދިކޮޅާ ގުޅުން ބުއްދިވެރިއެވެ. އެހެން ނުނޫނަސް ޔާމިން މިހާރު އިތުބާރެއްވެސް ނުކުރާނެއެވެ. ތިއީ އިދިކޮޅުމީހުންގެ ޖާސޫސެއްކަމަށް އޭނާ ގަބޫލުކުރާނެއެވެ