ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް އެއާ އިންޑިއާގެ މަތިންދާބޯޓު އިއްޔެ ޖައްސާފައި. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގުކުރަމުން.
08 ސެޕްޓެމްބަރ 2018 - 13:40
އިންޑިއާގެ ޓްރިވެންޑްރަމުން 136 ޕަސިންޖަރުންނާ އެކު އައިސް، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި "އޮޅިގެން" އިއްޔެ މެންދުރު ޖެއްސި އެއާ އިންޑިއާ ބޯޓު ޕައިލެޓުން ސަސްޕެންޑްކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އަލަށް ހަދަމުން އަންނަ ރަންވޭއަކަށް އެ ބޯޓު ޖެއްސި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެ ބޯޓުގައި އެވަގުތު ތިބި ދެ ޕައިލެޓުން ވެސް ސަސްޕެންޑްކޮށް، ފްލައިން ޑިއުޓީސްތަކުން އުނިކޮށްފައިވާ ކަމަށް މީޑިއާ އިން ބުނެފައިވެ އެވެ.
އެއާ އިންޑިއާގެ މުޅިން އާ އޭ-320 ނިއޯ، މަތިންދާބޯޓު އާ ރަންވޭގައި ޖެއްސީ ކީއްވެގެން ކަމެއް ކަމާ ބެހޭ އިދާރާތަކުން ނުބުނެ އެވެ.
އިންޑިއާގެ މަޝްހޫރު އެންޑީޓީވީން ބުނީ އެ ރަންވޭގައި ޖެއްސުމުން ބޯޓުގެ ދެ ފުރޮޅު ފެޅި، ބޯޓުގެ ދުވެލި ހުއްޓުވާ ނިޒާމަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އާ ރަންވޭ އިން އެ ބޯޓު އޭޕްރަންއަށް ގެންދިޔައީ ޓޯކޮށްގެން ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.
އެއާ އިންޑިއާގެ ބޯޓުގެ މައި ދެ ފުރޮޅު ފެޅި ބްރޭކް ސިސްޓަމަށް ގެއްލުންވީ، ބޯޓު ޖެއްސީ ނުބައި ރަންވޭއަކަށް ކަމަށް ޓަވަރުން އެންގުމާ އެކު، ކުއްލިއަކަށް މަޑުކުރަން ހަދައިގެން ކަމަށްވެ އެވެ.
އެމްއޭސީއެލް އިން އިއްޔެ ބުނީ އެ ހާދިސާ ހިނގީ އެއާ ޓްރެފިކް ކޮންޓްރޯލްގެ މައްސަލައަކުން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެމްއޭސީއެލްގެ އޮފިޝަލުން ބުނަނީ އާ ރަންވޭ ސާފުކޮށްފައި އޮތް ނަމަވެސް އެއީ ބޭނުންނުކުރާ ތަނެއްކަން އެނގޭ ގޮތަށް ރަންވޭ މަތީގައި ރަސްގެ ޖަހާފައި ހުރި ފޮތިތައް ވެސް ފެންނާނެ ކަމަށެވެ.
އިންޑިއާގެ ގައުމީ އެއާލައިންގެ ބޯޓު އަދިވެސް އޮތީ ގެއްލުންތައް މަރާމާތުކުރުމަށާއި ތަހުގީގަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙާވިން
09 September 2018
ވަރަށް ދެރަކަމެއް ތިވީ، ތަޙްޤީޤު ރިޕޯޓް ފެނިއްޖެނަމަ އެއަށްފަހު އެއްޗެއް ދަންނަވަން އެނގޭނީ
ހިންދީ
09 September 2018
އާރަންވޭ އާއި ބާރަންވޭ ވަކިކުރަން ނޭގެންޏާ ޕައިލެޓަކަށްވިއަސް ވާނީ ކަނޑުކޮހަކަށް. ފިޓް ނޫން.
ރާޑޯ
08 September 2018
ގަސްތުގަ ޖެއްސީ. ސަސްޕެންޑު ނުކުރިންމަ އަޔާޓާ އާއި އައިކާއޯ އިން މައްސަލަ ބަލާނެ. މިހާރު އިންޑިޔާ އަކަސް ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ.
ކައުންސެލަރު
08 September 2018
ނުރަބޯ ރަނގަޅު! ކީޕްއިޓްއަޕް. އެކަމަކު ހަމައިގަ ހުންނާތި. އަހަރެމެންނަކީ ހިނދުކޮޅު އަންނަބައެއްނޫން.! އަސްލުވެސް ތަނެއް ހަމަފެންނައިރަށް ޖެހޭތަ އެތަނަކަށް ބޭނެން؟! އެބުނީ އެތަނުގަ ބޮޑުއަކުރުން ރަސްގެ ޖަހާފައި އޮއްވަވެސް ވީވަރު. އެހެންވީމާ މިމީހުންގެ ގޮތާބާވަތާ މިހުރީ އެނގޭކަންނު. އެވަރުގެ ބަޔަކަށް އެއާޕޯރޓް މިވިއްކާލީ. ވިއްކާނެއެނުދޯ މޭޒުދަށުން ދެމިވަރެއް ދެނެވެޑިގެންވާނީ ހެއްދެވިފަރާތުން.
ފާތިނާ
08 September 2018
އެމް.އޭ.ސީ.އެލް އިން ޖަހާފަ އޮތީ އެންމެ ރަސްގެއެއް! އެއީ އެކަން ކުރަން އޮންނަ ގޮތެއް ނޫން!
ކަލޭފާނު
08 September 2018
ކޮޅެއްގަ 3 ރަސްގެ ޖަހާފައޮތް. އިތުރަށް ރަސްގެޖަހަންއޮތީ ވޯޓކަރުދާހުގަ އިދިކޮޅަށް.
ސަނދުވަ
08 September 2018
ތިޔަކަން އަޅުގަނޑަށް ސިފަކުރެވެނީ، އިލެކްޝަންތެރޭގައި އިންޑިއާ އާރމީން ހަތިޔާރާއެކު، ރާއްޖެއަށް އައިސް، ރާއްޖެއަށް ހަނގުރާމަ ފެށުމުގެ ޢަލާމާތެއްގެ ގޮތުގައެވެ. ތިޔަކަން ތިޔަކުރީ، އިންޑިއާ އާރމީ ފޯސްގެ ފްލައިޓް ހަތިޔާރާއެކު އައިސް ވައްޓާލާހާ ވަރު ހުރިތޯ ބެލުމެވެ. ދިވެހި ޤައުމާއި، ރައްޔިތުންނަށް އަޅުގަނޑުގެ މި ވިސްނުން ސިފަކުރެއްވެނީ ކޮންގޮތަކަށްތޯ؟
ވެލިދޫ މީހާ
08 September 2018
އިންޑިއާ އާރމީން ހެހެހެހެހެ، ހިނދުކޮޅުގަތޯ ތިހުންނެވީ ، ބަލަމީ މިނިވަން ގައުމެއް، ދިވެހިން ނަކީ ހިތްވަރު ގަދަ ބައެއް
ހަސަން މުއީން
08 September 2018
އެއާރ ޕޯރޓް ސޭފްޓީ ސެކްސަން ތިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަން ޔަގީން. ނޮން އޮޕަރޭސަނަލް ރަންވޭ، ޓެކްސީވޭތަކުގާ، ދުރަށް ފެންނަ ގޮތަށް، އައިކާއޯ ގެ މިންގަޑު ތަކާއި އެއްގޮތަށް، ރަގަޅަށް މާކިންގްސް ހުރީ ޖެހިފާތޯ ބަލަން ޖެހޭ. ބައެއްގެ ފަރުވާ ކުޑަވެގެން، މިފަދަ އިން ކަންތަށް ނުކުރެވި ހުރެފިނަމަ، މިފަދަ ކަމަކުން އެތަށްބައެއްގެ ފުރާނަ ގެއްލިގެން ދިޔުން ވަރަށް ކައިރި.
ދަލޭކަ
08 September 2018
ގޮސްބަލަންވީނު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރަސްގެޖަހާފައޮންނާނީ.
ޛާނިމް
08 September 2018
ކޮން ރުޅިިއެއް އައްނާކައް ވަރަށް ފުރަތަމަ ބޯޓަކައް އޭ38 ޖެއްސިއްޖެއެއްނު.
ބޮސް
08 September 2018
އޭ 38ކޭ......ނޭގުނަސް ފުއްޕާތި!
ެައަޖާއިބް
08 September 2018
އަޖާއިބް!! މިހާރު މިހިނގި 2 ހާދިސާގައި ވެސް އެއަރ ޓްރެފިކް ކޮންޓްރޯލްގެ އެއްވެސް ޒިންމާއެއް ނެތް
ސޭކުސްތާނު
08 September 2018
ދެން ރަނގަޅެއްނޫންތަ ގައިމު ހާކިމާ ވިދާޅުވި ވޯޓުގެކުރިން ބޮޑެތި ބޯޓުފަހަރު އާ ރަންވޭގަޖައްސާނެއޭ.
މަމެން
08 September 2018
ކޮންމެ ކަމެއްގައި ވެސް މަލާމާތާއި ފުރައްސާރަ
ނުރަބޯ
08 September 2018
އޭގެ މާނައަކީ އަދި ޓެސެޓް ފްލައިޓްވެސް ނުޖައްސާ ތަނަކަށް ކޮންމެ ކޮންމެ މީހަކު އައިސް ކޮފިގަންނާށެކޭ ނޫންދޯ ހޭބަލިވެގެން.
ރާއްޖެ
08 September 2018
އެބޯޓްގަ ތިބި 200 މީހުން މަރުވި ނަމަ ވެސް ކަލޭމެން ބުނާނެ އެއީ ޔާމީނު ކުރި ކަމެކޭ.
ޅޭމެން
08 September 2018
ހަޖަމުކުރެވޭތޯ ހިތްވަރުކުރޭ. ކޮންމެ ކަމެއްގައި ވެސް މަލާމާތާއި ފުރައްސާރަ ކުރުމަކީ ޑިމޮކުރަސީގައި ކަންހިނގާގޮތޭ.
ބޯހަލާކުވެ
08 September 2018
ބަލަ ޖެއްސުން ތި ކުރަނީ، ވިސްނާލިންތަ އެންމެ ފަހަރަކުވެސް އިއްޔެގަ އެހިނގާ ދިޔައީ ކިހާ ނުރައްކާތެރި ކަމެއްކަން. އަހަރުން ސުކުރު ކުރަން އެއްވެސް މީހަކަށް އަނިޔާ އެއް ނުވީތީ! ކީކުރާނީ މީ އަހަރެމެން ދިވެހިންގެ ހާލަތު، ދެން ވަރަށް ދެރަވޭ.