ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ދަތިކުރުމުގެ ފިޔަވަޅު ނާޅަން އީޔޫގައި އެދެން އިބޫ އަށް ކެރިވަޑައެއް ނުގަންނަވާނެ: ރައީސް

ތިނަދު އަށް ވަޑައިގަތްއިރު މަރުހަބާ ކިޔަން ނުކުތް މީހުންނާ ރައީސް ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިންޒާރުދެމުންދާ ކަމަށާއި އެ އިންޒާރު ދިނުން ރައްޔިތުންގެ ހައްގުގައި ހުއްޓާލަން އެދިވަޑައިގަންނަވަން އިދިކޮޅުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ސަރުކާރުން ހިންގި ބޮޑު ހަ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު އަމާޒުކުރެއްވީ ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ނުފޫޒު ފޯރުވަމުންދާ މައްސަލަ އަށެވެ. ފަހަކަށް އައިސް ހުރިހާ ޖަލްސާތަކެއްގައި މި ވާހަކަފުޅު ތަކުރާރު ކުރައްވަމުން ގެންދަވާއިރު، އީޔޫއާ ގުޅޭ މައްސަލައިގައި ވާދަވެރި ކެންޑިޑޭޓު އިބޫ "ހިމޭނުން" ހުންނެވި ކަމަށް ސިފަކުރައްވައި ރައީސް މިއަދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އަބަދު ގޮވާލަމުންދާއިރު، މި ސަރުކާރުން ބޭނުން ވަނީ ރައްޔިތުންގެ ފައިދާ އަށް އެކި ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތް ހުއްޓުވަން، ރާއްޖެއާ ބެހޭ ގޮތުން ތަފާތު ވާހަކަ ދައްކައި ފިޔަވަޅު އަޅުވަން މަސައްކަތް ކުރަނީ އިދިކޮޅުގައި ތިބި މީހުން ކަމަށް ވިދާޅުވި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕެއިނަށް ވެލިދޫ އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގޮސްތިބި މީހުންނާއި ސަލާމްކުރައްވަނީ--.ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެ މަސައްކަތް ފުޅާކޮށް، އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވަން އިދިކޮޅު ޕާޓީތަކުން މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"އިދިކޮޅުގައި ވާދަކުރާ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހަކަށް ނުކުރުނު ބުނާކަށް ރައްޔިތުންގެ ކުރިމަތީގައި، މިކަން ހުއްޓާލާށެކޭ. ޔޫރަޕްގެ އިއްތިހާދަކަށް ގޮވާލާކަށް ނުކުރެނު މިކަން ހުއްޓާލާށެކޭ. ބޭރުގެ ފަރާތްތަކަށް އިންޒާރުދޭކަށް، އެދޭކަށް ނުކެރުނު ތިމަންނަމެންނަށްޓަކައި، ތިމަންނަމެންގެ ހައްގުގައި މިކަހަލަ ކަންކަން ނުކުރާށޭ،" ރައީސް ވިދާޅުވި އެވެ.

ހަމައެކަނި އެމަނިކުފާނާއި އިބޫ ވާދަކުރައްވާ ރިޔާސީ އިންތިޚާބަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ނުފޯރުވައި، އިންތިހާބު މިނިވަންކަމާ އެކު ކުރިއަށް ގެންދަން ޖާގަ ދެއްވާށޭ ވިދާޅުވާން ވެސް އިބޫ އަށް ކެރިވަޑައިނުގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަދު ވެސް ނުކެރޭނެ އިބްރާހިމް މުހައްމަދު ސޯލިހަކަށް، 23 ވަނަ ދުވަހު ނަގާ ވޯޓާ ހަމައަށް ދަންދެން ވެސް ބުނާކަށް ނުކެރޭނެ، އެއީ އެ މީހުންގެ ތައްޕާހުގައި މިކަން ކުރާތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ތިނަދޫގައި: ވޯޓަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވާ ކަަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވި. --ފޮޓޯ/ރައީސް އޮފީސް

އަރަބި ގައުމުތަކާއި ޗައިނާގެ އިސް ބޭފުޅުންގެ އިސްތިއުމާރެއް، ނުފޫޒެއް އަޅުގަނޑުގެ މައްޗަކަށެއް ނާދޭ. --ރައީސް

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅުން ފޯރުވާ ބޭރުގެ ނުފޫޒުތަކާ އެކު މި އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އިންތިޚާބެއްތޯ ރައްޔިތުން ސުވާލު އުފައްދަން ޖެހެ އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި އިންތިޚާބުތައް ބޭއްވި ކަމަށާއި އެކަމަކު މި އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވާ މިންވަރަށް އެއްވެސް އިންތިޚާބަކަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ މި އިންތިޚާބަށް، ބޭރުގެ މީހުން އެވަރަށް އަތްބާނަނީ ކީއްވެތޯ ރައީސް ސުވާލުކުރެއްވި އެވެ.

ނުފޫޒަށް ބޯލަނބައިފި ނަމަ، ރާއްޖޭގެ ހުރިހާ ކަމެއް ވެސް ދެން ދާނީ، ބޭރު މީހުން ބޭނުންވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަރަބި ގައުމުތަކާއި ޗައިނާގެ ނުފޫޒެއް ނެތް، ދިނީ އެހީ"

މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކުރަނީ އަރަބި އިސްލާމީ ގައުމުތަކާއި ޗައިނާއާ އޮންނަ ގުޅުން ބަދަހިކުރާތީ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ގުޅުންތަކުން އިސްތިއުމާރީ އެއްވެސް ނުފޫޒެއް ރާއްޖެ އަށް ފޯރުވާފައެއް ނުވެ އެވެ.

"އެއިން އެއްވެސް ދައުލަތެއްގެ، އެއްވެސް އިސް ބޭފުޅެއްގެ އިސްތިއުމާރެއް، ނުފޫޒެއް އަޅުގަނޑުގެ މައްޗަކަށެއް ނާދޭ. ދިވެހިރާއްޖެއަކަށް ނާދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ތިނަދޫގެ ހަ މަޝްރޫއު އިފްތިތާހްކުރަން ބޭއްވި ޖަލްސާގައި އެ ރަށުގެ ރައްޔިތުން. --ފޮޓޯ/ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އޭގެ ބަދަލުގައި އެ ގުޅުންތަކުން ދިވެހި ރައްޔިތުންނަށް ކުރީ ފައިދާ އާއި މަންފާ އެވެ. ރާއްޖެ އަށް ދަތިވެފައި ހުރި ހުރިހާ ކަމެއް ހައްލުކުރަން ފައިސާ ދިނީ އެ މީހުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބްރިޖާއި މަގުތަކާއި ބިންތައް ހިއްކައި ދިނީ އެ ގައުމުތަކުގެ އެހީއާ އެކުގަ އެވެ.

"ޑިމޮކްރަސީ ގެންނަން އަޑުއުފުލާ މި ފަރާތްތަކުން ރާއްޖޭގެ ތަރައްގީ އަށް ލިބިފައި ވަނީ ކިހާވަރެއްގެ ފައިސާ ފޮއްޗެއްތޯ ދިރާސާކޮށްލައްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުން ބޭނުން ވަނީ ތަރައްގީ ކަމަށާއި އެ ތަރައްގީ ތިނަދޫން ވެސް ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތިނަދޫ ރައްޔިތުންނަށް އަމާޒުކުރެއްވި ވާހަކަފުޅުގެ ޚުލާސާ:

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ތިނަދު އަށް ދިނީ ގެއްލުމެވެ. އެ ވެރިކަން، ފެބުރުއަރީ 7، 2012 ގައި ބަދަލުވުމާ އެކު ހުޅުޖަހައި އަންދާލި ތަންތަނުގެ ތެރޭގައި ތިނަދޫގެ މުހިއްމު އިމާރާތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެއީ، މުޅި ތިނަދޫ އަށާއި ގައުމަށް ދިން ގެއްލުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ވިސްނުން ގެންގުޅުނީ އެ ހިތްދަތި ކަމުން ތިނަދޫ ރައްޔިތުންނަށް ހިތްހަމަޖެހުމާއި ތަރައްގީ ހޯދައިދޭށެވެ.

ރައީސް މިއަދު އިފްތިތާހުކޮށްދެއްވި މަޝްރޫއުތައް:

- އިސްލާމީ މަރުކަޒާއި މިއުޒިއަމް ޕާކު.

- ގޮނޑުދޮށް ހިމާޔާތްކުރުމާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއު.

- ތިނަދޫގައި އިމާރާތް ކޮށްފައިވާ 120 ހައުސިން ޔުނިޓް.

ރައީސް ޔާމީން ތިނަދުއަށް ވަޑައިގަތް ބޭއްވި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ތިނަދޫގެ ރައްޔިތުން އަދިވެސް ބޭނުން ވަނީ އިތުރު މަޝްރޫއުތަކެވެ. އެހެންކަމުން، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ގދ. އަތޮޅުގައި ޓޫރިޒަމް ފުޅާކޮށް، 6،000 އެނދު ތަރައްގީ ކޮށްދެއްވަން ވައުދުވެވަޑައިގަތެވެ.

އެމަނިކުފާނު ވިދާޅުވީ މިހުރިހާ ކަންކަމަށް ވިސްނާއިރު، މި މަހު 23 ގައި އޮންނަ ވޯޓުގައި އެހެން ޗޮއިސެއް ރައްޔިތުންނަށް ނެތް ކަމަށެވެ. އެހެންކަމުން ވޯޓުގައި އެމަނިކުފާނު އިޚްތިޔާރު ކުރައްވަން އެދިވަޑައިގަތެވެ.

75 ކޮމެންޓް, 217 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞައްދާމު

13 September 2018

އޮތީ 2 ޗޮއިސް... އިިސްތިިއުފާ ނުވަތަ ބަލިިވުން.

The name is already taken The name is available. Register?

ހުއްބުލްވަތަން އަސްލު

12 September 2018

ވައްކަމެއް ނުކުރަމޭ އަދި ފަންޑިތަ ހަދާމީހާ ބުނާގޮތް ނަހަދަމޭ ބުނާކަށްވެސް ހަމަ ނުކެރޭނެ ބައެއް ބޭފުޅުންނަކަށް. ވެދުމާ ސަލާމް

The name is already taken The name is available. Register?

އައިލަމް

12 September 2018

ޔާމީނުއެވެ. އިބޫއަކީ މަނިކުފާނު ޖަހާހާ ބެރަކަށް ނަށަންހުރި މީހެއްނޫނެވެ. އަދި ތިޔަކުރާ ބޭކާރު ސުވާލުތަކަށް ޖަވާބުދޭން ހުރި މީހެއްވެސްނޫނެވެ. ވީމާ ކޮސްނުގޮވައި އަނގަ މަޑުން ހުރެވޭތޯ ބަލާށެވެ! އެހެންނޫނީ ދިވެހިންގެ ކުރިމަތީގައި އިތުރަށް ފަޟީޙަތްވެ ބޭޒާރުވެދާނެއެވެ. ވޯޓްލާކަށް ދެން މާގިނަ ދުވަހެއް ނެތެވެ.

The name is already taken The name is available. Register?

ރައްޔިތުން

12 September 2018

ޔާމީނު އާއި ވާދަކޮށް ރައީސް ކަން ކާމިޔާބު ކުރަން ނުކުމެ ހުރި މީހެއް އިބޫ އަކީ، ވީ އިރު ޔަމީނާއި ޔާމީނުގެ ގާތް މީހުން ނުހަމައިން ކަންކުރާތީ އެކަންކަމާއި ގުޅިގެން އެހެން ބަޔަކު އަޅާ ފިޔަވަޅުތަކެއް ނޭޅުމަށް އަދި އިބޫ ބުނާނެތަ؟؟؟ މިއީ ކޮންކަލަ އިމްތިހާން ޕޭޕަރ ހަދަމުންދާ މީހެއް.

The name is already taken The name is available. Register?

ކުނި

12 September 2018

ސްޕްރީމްކޯޓުގެ ފުރާޅުން ޓިނުނަގައިގެން ފަނޑިޔާރުން ވަގަށް ނަގައިފި ހުރިހާ ގާނޫނަކާ ގަވާއިދެއް ސަސްޕެންޑްކޮށްގެން ގާނޫނީ އިމުންބޭޜުން އެހެންވީމާ އެކަމަށް މީނައަށް ފިޔަވަޅު އަޅަންވީ އަޅަންޖެހޭ

The name is already taken The name is available. Register?

ހުނި

12 September 2018

މަޖިލީހުގެ 12 މެނަބަރުންގެ ގޮނޑި ނުހަނު ބުރަމަސައްކަތުން ގެއްލުވާލީ ތިމަންނާއޭބުނެފި 60000 ރައްޔިތުންގެ ހައްގަށް އަރައިގަނެފައިވާތީ ފިޔަވަޅުއަޅަންވީ

The name is already taken The name is available. Register?

ތެމާ

12 September 2018

މިސަރުކާރުގެ ވަރިންނަ މަނިކުފާނަށް ފިޔަވަޅުއަޅަންޖެހެނީ ކޯޓުރަކަށް އަތްބާނައިގެން މީހުންނަށް ނުހައްގުން ހުކުންކުރުވައިގެން ޖަލަށްލައިގެން އުޅޭތީ އަނިޔާއާދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ

The name is already taken The name is available. Register?

މުރާސިލު

12 September 2018

އިބޫވެސް، އެންމެންވެސް އެދެންވީ ޚުދުމުހުތާރު ސަރުކާރުގެ ބޭފުޅުންނާމެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށެވެ. ލަފާކުރެވޭގޮތުން އީޔޫ އިން އެބަލަނީ އިންސާފުވެރި އިންތިޚާބެއް ބާއްވާތޯއެވެ. އެހެންނަމަވެސް އިންސާފުވެރި އިންތިޚާބެއް ބާއްވާނެކަމުގެ ކުލަވަރު ފެންނަން ނެތުމާއެކު ދިވެހިން ބޭނުންވަނީ ވީއެންމެ އަވަހަކަށް އެބައިމީހުންނާމެދު ދަތިކުރުމުގެ އަޅައިގެންނަމަވެސް ދިވެހިންނަށް އިންސާފުވެރި އިންތިޚާބެއް ލިބުމެވެ.

The name is already taken The name is available. Register?

ޝަހުސު

12 September 2018

ރާއީސް ހީފުޅު ނުކުރަށްވާތި ރާއްޖޭގެ ރަށްރަށުގަ ދިރި އުޅެނީ ހުސް މޮޔަންކަމަށް! ރޯބުހުތާނު ދޮގު ވާހަކަ ދައްކަން! ފިޔަވަޅު އަޅަން އަޅަން އުޅެނީ، ބޮޑު އަދަދުން ވައްކަން ކުރި މީހުންނަށް!

The name is already taken The name is available. Register?

ޢާސިދާ

12 September 2018

ޚޮންމެހެން އިނގިރޭސިބަހުން ބުނާކަށް ނުޖެހޭނެ އެކަން ކުރާނެގޮތް އޭނާގެ ހިތުގައި ރަނގަޅައް އޮތީމަ ނިމުނީ..ތިބުނާ ގޮތުން މިއަދު ރޯދައަށޭ މަމިހުރީވެސް އިނގިރޭސި ބަހުން މީޑިޔާތަކަށް ދޭންޖެހޭތަ ..އިސްތިހާރު ކުރުމެއް ނޯވޭ...އޯކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454