ރައީސް ޔާމީން ތިނަދު އަށް ވަޑައިގެންނެވިއިރު މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
11 ސެޕްޓެމްބަރ 2018 - 16:07
ގދ. ތިނަދޫގެ ބިން ބޮޑުކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކި ސަރަހައްދުން އަންނަ ހަފުތާގައި 150 ގޯތި ދޫކުރަން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫގައި މި ސަރުކާރުން ހިންގި ހަ މަޝްރޫއެއްގެ ނިމުން ފާހަގަކުރަން ރައީސް ޔާމީނާ އެކު، އެ ރަށަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ތިނަދޫ ރައްޔިތުންގެ އެއް ކަންބޮޑުވުމަކީ ބިމުގެ ދަތިކަން ކަމަށެވެ. ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި އެކަމަށް އިސްކަމެއް ދެއްވައިގެން އެ ރަށުގައި 50 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީން އަޅުގަނޑަށް ދެންނެވީ، އެ ބިމުގެ އެންމެ ބޮޑު ބޭނުމަކީ ގެދޮރު ބިނާކުރުމާއި ބޯހިޔާވަހިކަމަށް ފުރުސަތު ދިނުން ކަމަށް. އެެހެންވެ އެ ބިމުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 150 ގޯތި ދޫކުރަން އިއުލާން ކުރެއްވުމަށް،" ރައީސް ޔާމީން، ތިނަދޫގައި ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ތިނަދޫން ގޯތި ދޫކުރުމަށް މި ހަފުތާތެރޭގައި ހައުސިން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ފުރުސަތު ހުޅުވައިލާނެ އެވެ.
ރައީސް ޔާމީން ތިނަދޫގައި: އެ ރަށުން އަންނަ ހަފުތާގައި 150 ގޯތި ދޫކުރަން ވަނީ ނިންމާފައި. --ފޮޓޯ/ރައީސް އޮފީސް
މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި އެކަނި ވެސް ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ތިނަދު އަށް ވަނީ ހިންގަވައި ދެއްވާފައި ކަމަށެވެ. އޭގެ ތެރޭގައި އެ ރަށުގެ އިސްލާމީ މަރުކަޒާއި ތީމް ޕާކާއި މަގު ހެދުމާއި ބިން ހިއްކުން ހިމެނޭ ކަން ފާހަގަކުރެއްވި އެވެ.
އެ މަޝްރޫއުތައް ހިންގަން އެމްޑީޕީ އަށް ވެސް ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އެ ވެރިކަމުގައި ތިނަދު އަށް ލިބުނު މޮޅެއް ނެތް ކަމަށް ވިދާޅުވި އެވެ. އެއާޚިލާފަށް ރައީސް ޔާމީންގެ ޒައާމަތުގައި ތިނަދޫގެ ތަރައްގީއަށް ބަލާލާއިރު، އޮތީ ދިގު ލިސްޓެއް ކަމަށް ވިދާޅުވި އެވެ.
މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފި ނަމަ، ތިނަދު އަށް ކުރަން ހުރި ކަންކަން އަދި މާގިނަ ކަމަށް ވިދާޅުވި އެވެ. ތިނަދޫ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ކަމަށާއި ކުރިއަށް އޮތް ވޯޓުގައި އެ ރަށުގެ ބޮޑު އަޣުލަބިއްޔަތެއް އެމަނިކުފާނަށް ލިބޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑާބެ
12 September 2018
މީހަވަރު ތިނަދޫ. އަހަރެމެން ހައްދަން ނޫޅޭތި. ހަމަ އެއްލަކިން ހަވަރަށް..................
އަޒީމް
12 September 2018
އެތަށް އަހަރެއް ވަންދެން ބިންދޫނުކޮށް ރައްޔިތުންނަށް ޖެއްސުންކޮށް ނިކަމެތި ދަތިހާލުގަ ޖައްސާފަ، މައިން ބަފައިން އެތައް ގުރުބާނީތަކެއް ވެގެން ބޮޑުކުރި ދަރިން ކޮޅުގެ އެހީ އެމީހުން ނަށް ބޭނުން ޖެހޭ ދުވަސްވަރަށް އެޅުމުން އެ މުސްކުޅި މައިން ބަފައިން ދޫކޮށް މާލެއައުމަށް މަޖޫބޫރުކުވުމަށް ބިންދޫނުކޮށް ހިފަހަށްޓާފަ، ތީމާމެންގެ ވެރިކަން ވޯޓުން ނޮހޮވި ވެއްޓިދާނެ ކަން ޔަގީން ވާން ފެށީމާ، ވޯޓުހޯދަން ރިޝް ވަތު ތިދެނީ...ބިން ދިނަސް ވޯޓެއް ނުލިބޭނެ، ސބަބަކީ އެއީ ކަލޭގެ މުދަލެއް ނޫން ކަލޭބަހަނީ ހިތަށް އެރިމީހަކަށް ހިތަށް އެރިވަގުތަކު... އަހަރެމެން ވޯޓުން ކަލޭ ހޮވައިފިއްޔާ ކަލޭދޫކުރުމަށް ހުއްދަދިން ބިން ކަލޭ ނަގާނެކަމާއި ކަލޭ އަހަރެމެން ފެލާލާނެ ކަން ޔަގީން... މިދަރުގަވެސް މިހަމަސް ފިޔަވައި ދެން ފާއިތުވިތާގަ ކަލޭ އަހަރެމެން ފެލީ ކަރަންޓާއި ކާބޯތަކެތި ފަދަ އަސާސީ ތަކެތީގެ އަގުބޮޑުކޮށްގެން މާލޭ އުސް އިމާރާތްތައް އެޅުމަށް ފައިސާ ހޯދަން،،،،،،، ކަލޭ ދައްކަމުން އައީ ޖައްބާރު ކަމާއި ނުލަފާކަން......
ހާލު
12 September 2018
އާބާދީ ބޮޑުރަށްތަކުގެ ތެރެެއިން މިފަހަރު މުއިއްޒު އަށް އެންމެ މަދުން ވޯޓް ލިބޭނެ ރަށަކަށް ތިނަދޫ ވާނެކަމުގެ ގެރެންޓީ މިދެނީ. ހަތެއް ސުމެއް ދޮންކަލޯ
ހަބީބު
12 September 2018
"މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފި ނަމަ، ތިނަދު އަށް ކުރަން ހުރި ކަންކަން އަދި މާގިނަ ކަމަށް ވިދާޅުވި އެވެ." ވާއު. ތިނަދުއަށް އިތުރަށް އަންނަ ތަރައްޤީ ބަލަން ކެތް މަދުވެފައި.
ދެފަށްރޯނު
12 September 2018
ތިޔައީ އިދިކޮޅުންގެ މަސައްކަތުން ދޫކުރާގޯތި އމޞާލލިހް ގޯތިދޫކުރާ ވާހަކަ ދެއްކީމަ ދެން ތި ތެޅިގަތީ ކާޑު އަގުބޮޑުކުރީމަ އެކަމާ ދެކޮޅަށް ގާސިމް އިބްރާހީމް ވާހަކަދެއްކީމަ ތެޅިގަތީ
ޏަޖީބް
12 September 2018
ކިހާދެރަ ކަމެއް މީތަ ގޯތި ދޫކުރަން ހަމަ އެކަނި އޮތް ވަގުތަކީ..
ޢަބްދުﷲނާފިޒް
11 September 2018
ރަށު ރައްޔިތުންނަށް ރަށުން ގެވަޅު ދިނެއްކަމަކު ރ ޔާމީނަށް ވޯޓު ދޭކަށް ނުޖެހޭނެ، ނުވެސް ދޭނަން، ވަރަށް ސަލާމް. އެހެނެއް ނޫން ރ ޔާމީނުގެ ގެއިން އެޕާޓްމެންޓެއް ދޭނަމަ ދެން ތިކަމާ ވިސްނާނަން.
ތަވީދު
11 September 2018
ތިނަދޫ ގެ ގޯތި ދޫކުރުމަށް މާލޭގަ ހުއްނަ މިނިސްޓަރަކުގެ ހުއްދަ ހޯދަން ޖެހުމަކީ އަޅުވެތި ކަންނޫން ދެންކޮން ކަމެއްތޯ. ރާއްޖެތެރޭ މީހުން މިގޮތަށް މާލެ އަށް އަޅުވެތި ވެގެން ތިބޭނީ ކިހާދުވަހަކުބާ!
ޢައިމިނާ
11 September 2018
އދ.ދިގުރަށު ގޯތިތައްވެސް އެހުރީ ތޯބެއަށް ރައީސްކަމު އެރޭނެ ދުވަހަކަށް މަޑުކޮށްފަ..... އިރާދަ ކުރެއްވިއްުޔާ މީނަގެ ނިމުން ވަރަށް ހިތިވާނެ
އާދަނު
11 September 2018
އިބޫ ގޯތި ދޫކުރާވަހަބުނީމަ ދޯ :) ޝުކުރިއްޔާ އިބޫ