ގައިދީންތަކެއް: މޭޑޭ މުޒާހަރާއިން ހައްޔަރުކުރި ބަޔަކު ވަނީ ދޫކޮށްލާފައި.-- ފޮޓޯ: ނިޝާން އަލީ
15 ސެޕްޓެމްބަރ 2018 - 13:31
މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ ޖަލަށްލި ޒުވާނަކު ޝަރުތުތަކާއެކު މިނިވަންކޮށްފި އެވެ.
ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ގދ. ގައްދޫ، އުމަރު ގާހިރު، 25، މިނިވަންކުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނި ގޮތުގައި، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މިދިޔަ ބުދަ ދުވަހެވެ.
އުމަރު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖުލައި 25، 2016 ވަނަ ދުވަހެވެ. ނަމަވެސް އިސްތިއުނާފުގެ އަޑުއެހުންތައް ފެށިކަމެއް ސާފެއް ނުވެ އެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ބޮޑު އެއްވުމާ ގުޅިގެން ހައްޔަރުކުރި އިތުރު ބަޔަކު ވެސް މީގެ ކުރިން ދޫކޮށްލާފައި ވެ އެވެ. އޭގެ ތެރޭގައި ލަބާން ޝަރީފާއި ނާސިރާ އަލީ ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
15 September 2018
[[ވަރަށް ހާލުގަ އެބައުޅޭ ޖަލުގައި އެތަކެއްމީހުން! ވަރަށް ދެރަވާގޮތައް އެތަނުގަ އަނިޔާލިބެމުން!]]