ޚިޔާލު / ރިޔާސީ އިންތިޚާބު 2018

ވޯޓަކީ ރައްޔިތުންގެ ހުކުމް، އެ ހުކުމާ ނުބެހޭތި!

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ވާދަކުރައްވާ އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލް، ދެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމް: ގޮތެއް ނިންމަން ރައްޔިތުންނަށް ހުރަހެއް ނެތި ފުރުސަތު ދޭން ޖެހޭނެ - ފޮޓޯ: މިހާރު

19 ސެޕްޓެމްބަރ 2018 - 09:59

48 comments

އެ ދުވަސް މި އޮތީ އައިސް ޖެހިފަ އެވެ.

ކުރީގެ ހަނދާންތަކާއި މި ފަހުން ކަންކަން ވަމުން ދިޔަ ގޮތުން ޝައްކާއި ވަހުމް އުފެދިއްޖެ އެވެ.

ދައުލަތުގެ މަސްއޫލު ފަރާތްތަކުން ދައްކާ ވާހަކަތަކާއި އަމަލްތައް ހުރީ ދިމާނުވާ މިސްރާބަކަށެވެ. އެކަން އެނގި ކަށަވަރެވެ. އެހެންކަމުން ދެން ވާނެ ގޮތަކާ މެދު ސުވާލު އުފެދުން އޮންނާނީ ވަރަށް ކައިރީގަ އެވެ. މި ތިބެވެނީ އެ ނާޒުކު ފައްތަރު މަތީގަ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ނިމެން ކައިރިވާ އިރު، އާ ގާނޫނުއަސާސީގެ ދަށުން މީގެ ކުރިން ދިވެހިން ނިންމާލި ރިޔާސީ ދެ އިންތިޚާބާއި މިފަހަރުގެ މާހައުލު ހުރިހާ ގޮތަކުން ވެސް ތަފާތެވެ. އާ ޑިމޮކްރަސީގެ ފޯރި އާއި ޖޯޝުގައި 2008 ގެ އިންތިޚާބުގެ ކަންކަން ތާރީޚަށް ވަދެގެން ދިޔައީ، ހަމަހަމަ ކެމްޕޭންގެ ފުރުސަތު ލިބި، ދައުލަތުގެ މަސްއޫލު މުއައްސަސާތަކަށް ވަކި ކޮޅަކަށް ބުރަވެ، ހިތުހުރި ގޮތަކަށް ކަންކަން ކުރެވޭނެ ޖާގަ ނުދީ އެވެ.

އޭގެ ފަސް އަހަރު ފަހުން، 2013 ގެ އިންތިޚާބު ނިމުނީ، މުއައްސަސާތަކުން ވަކި ކޮޅެއް ނަގައި، ވަކި ނަތީޖާއަކަށް މަގު ކޮށައިދޭން އުޅުނު ކަހަލަ ގޮތަކަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުން ބިނާކުރީ "ގަބޫލުކުރަން ދަތި މިންވަރަކަށް" އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓު ލިބިވަޑައިގަތުމުންނޭ ހީވި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނަށް އޭރުގެ އިލެކްޝަންސް ކޮމިޝަނުން ތަބާއަވެގެން ބޭއްވި އާ ފުރަތަމަ ބުރުން ވެސް ގާތްގަނޑަކަށް އެ އަދަދަށް ވޯޓު ހޯއްދެވުމުން، އާންމުންގެ ވޯޓާ "މި ކުޅެގަތީ" ކޮން ކަމެއް ފެނިގެންތޯ ސުވާލު އުފެދުނެވެ.

ފަހަރެއްގައި "ފާޑެއްގެ އައިޓީ މީހަކު" ދެއްކި "އެވެނި މިވެނި ހިސާބުތަކެއް" ގަބޫލުކުރެވޭ ވަރަށް ދައުލަތުގެ ބައެއް އިސް ވެރިންގެ ވިސްނުން ކޮށިވީ އެވެ.

އެކަން ވެސް ނިމި ދިޔައީ އެވެ.

ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން ހޮވިވަޑައިގެން، ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް، މުއައްސަސާތައް ހަމަޔަކަށް އެޅި، ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިނގައިގަންނާނެ ކަމަށް ގަބޫލުކުރެވުނެވެ. އެކަމަކު ހިތާމަ ހުއްޓެވެ؛ ތަޖުރިބާކުރަން ޖެހުނީ ކޮންމެ ކަމެއްގައި ވެސް ސަރުކާރު ކޮޅު ނަގައިގެން ހިންގަމުން ގެންދާ ބާރުތަކާއި މުއައްސަސާތަކެއްގެ ނިންމުންތަކެވެ.

ޕީޕީއެމުން ރޭ، ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާ .---ފޮޓޯ: ރައީސް އޮފީސް

ގާނޫނުއަސާސީގައި ކަށަވަރުކޮށްދޭ އިންސާފެއް، ހަމަހަމަކަމެއް ނެތެވެ. ނުބެހޭ ކަންތަކާ ބެހިގަނެ، ތިބެން ޖެހޭ އިމުން ބޭރުވެ، ދައްކަނީ ގަދަކަމެވެ. ސަރުކާރާ ދެކޮޅަށް މިހާތަނަށް ނިންމާފައިވާ މަދު ކަމެއްގައި ވެސް (މިސާލަކަށް ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ ހުކުމް)، ފެނުނީ ހަމައެކަނި ވެރިޔާއަށް ބޯލަނބައި، ދައުލަތުގެ އަނެއް ވެރިޔާ "ދަމާކޫއްތާފައި" ނެރެ ހުރަގެއަށް ލީ ތަނެވެ.

ޕީޕީއެމާއި ޕީޕީއެމްގެ ސަޕޯޓަރުންނަށް "ގައުމީ ވަންތަކަމަކީ" އެ އެވެ. ޑިމޮކްރަސީއަކީ އެ އެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ ވެސް އެ އެވެ.

"ގައުމީ މަސްލަހަތަކީ" ހަމްދަރުދީއެއް، ލޯތްބެއް، އެކުވެރިކަމެއް، މައާފުކުރުމެއް، ދޫދިނުމުގެ ސިފައެއް ނެތި، ހުސް ހަރުކަށިކަން ދެއްކުން ކަމަށް، އެއްބަޔަކު އެތިބެނީ ގަބޫލުކޮށްގެންނެވެ. އަމިއްލަ ވިސްނުން އެ މިންވަރަށް ޚަރާބުވެފައިވާ މުއައްސަސާތަކެއްގެ އަތްމަތީގައި ހުރިހާ ބާރެއް އޮވެ، އާއެނކެވެ، ގޮސް ހުއްޓެން ޖެހިފައި މި އޮތީ ވޯޓު ފޮށި ކައިރިއަށެވެ. އެއްވެސް ފަރާތެއްގެ މަކަރެއް، އޮޅުވާލުމެއް، ބޭއިންސާފެއް، އެ ވޯޓާ ގުޅިފައި އޮވެގެން ނުވާނެ ކަމަށް، ގާނޫނުއަސާސީ ބުނެ، އަންގާ ހާލުގަ އެވެ.

ބިރުގަންނަނީ ވޯޓު ލާކަށް ނޫނެވެ. ވޯޓު ލާ ފަހުން އެއަށް ދެން ވާނެ ގޮތަކާ މެދުގަ އެވެ. ޒިންމާތަކާ ހަވާލުވެ ތިބި ފަރާތްތަކުން ބުނަނީ "ވަކި ކޮޅަކަށް ނުޖެހޭ" ކަމަށެވެ. ނަމަވެސް ފެންނަނީ "ސަރުކާރު ކޮޅަށް ގޮސް ހުސްވެފައި އޮންނަ ތަނެ"ވެ. އެ ހަގީގަތުން އުފައްދާ ނުތަނަވަސްކަމުގައި މިތިބީ ބެދިފަ އެވެ. މަކަރާއި ހީލަތުގެ ބޮކިތައް ނުޖަހާ ދިމާލެއް ނެތެވެ. އެހެންކަމުން ވޯޓު ލުމަށް ފަހު، ދައުލަތުގެ ބާރުތަކުން އެ ވޯޓާ ކުޅެނުގަންނާނެކަމުގެ ޔަގީންކަން ހިތަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟

އިލެކްޝަންސް ކޮމިޝަނާ މެދު އުފެދިފައި އޮތް ޝައްކާއި ވަހުމް ފިލައިގެން ނުދާނެ އެވެ. ކިރިޔާ ވެސް އިންސާފުވެރި ނިންމުމެއް އަންނަ ތަން ފެންނަނީ އެތައް ބައެއްގެ ޕްރެޝަރުގެ ތެރޭގައި "ހިލިހިލާ ޖަހައިގެން"ނެވެ. ވޯޓު ކަރުދާސްކޮޅު ތައްޔާރުކުރަނީ ސަރުކާރާ އިދިކޮޅު މީހުންގެ އަތުގައި އޮއްވާ "ގެއްލިދާނެ" ފަދަ ކެމިކަލެއް ލައިގެންނޭ ބުންޏަސް ބަޔަކަށް ގަބޫލުކުރެވޭ ވަރަށް، އީސީގެ މެމްބަރުންނާ މެދު ޔަގީންކަން އޮތީ ކުޑަވެފަ އެވެ. (އެކަހަލަ ކެމިކަލެއް އުފެއްދިކަން އެނގޭކަށް ނެތެވެ.)

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ވޯޓު މަރުކަޒުގައި، މަންދޫބުންނާއި މޮނިޓަރުންގެ ކުރިމަތީގައި، ވަކިވަކިން ވޯޓު ކަރުދާސް ގުނާ، ނަތީޖާ އިއުލާންކުރާ ނަމަ، ވޯޓު ފޮށިން އީސީ އަށް ހެދޭނެ މާ ބޮޑު ގޮތެއް ނޯންނާނެއޭ ހީކޮށް ހިތްހަމަޖައްސާލެވިދާނެ އެވެ. އެކަމަކު އެހެން ވާކަށް ވެސް ނެތެވެ. ރާއްޖޭގެ ކޯޓުތައް އޮތް ހާލަތާއި ސަލާމަތީ ބާރުތަކުން އަމަލްކުރަމުން ދާ ގޮތުން، ދެއްކި މިސާލުން، ވޯޓަށް ވާނީ އަނެއްކާ ކިހިނެއްތޯ ސުވާލު އުފެދި، ހިތަށް ބިރުވެރިކަން ވަންނަނީ އެވެ.

ސެޕްޓެމްބަރު 8 ގައި ކާނިވާ ސަރަހައްދުގައި އިދިކޮޅު އިއްތިހާދުން ބޭއްވި ކެމްޕެއިން ޖަލްސާ

ދައުލަތުގެ ވެރިން ހަނދާންކުރަން ޖެހެ އެވެ؛ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިޚާބުތަކުގައި ރައްޔިތުން ލާ ވޯޓަކީ ސީދާ ރައްޔިތުން އިއްވާ ހުކުމެވެ. ރައީސް ވެރިކަމުން ދުރުކުރަން ރައްޔިތުންގެ މަޖިލިހުން މަސައްކަތްކުރާ ނަމަ، ނުބެހޭ ކަމަކަށް ވިޔަސް، ކޯޓުތަކާއި ސަލާމަތީ ބާރުތައް ވަދެ ގަޑުބަޑުކުރަން ދައްކާ އުޒުރުތައް، އެ ވޯޓާ ގުޅުވައިގެން ނުދެއްކޭނެ އެވެ. އެހެންކަމުން "ގާނޫނީ ސަރުކާރު ހިމާޔަތްކުރުން،" ސަބަބަކަށް ހަދައި، ވޯޓުގެ ބާރު ކަނޑުވާލުމުގެ ކުޑަ ވެސް އަމަލެއް ހިންގިގެން ނުވާނެ އެވެ. ހިންގަން މަސައްކަތްކޮށްގެން ވެސް ނުވާނެ އެވެ.

އާއެނކެވެ. ހިތުގައި އޮތީ ޝައްކާއި ވަހުމެވެ. އެ ވާހަކަ ސީދާ އަދި ސާދާކޮށް ދެއްކުމަކީ ކުށެއް ނޫނެވެ. އެ ޝައްކާއި ވަހުމުގެ ތެރޭގައި ހުއްޓާ/ތިއްބާ ދުވަސް އައިސް މި އޮތީ ޖެހިފަ އެވެ. ކެމްޕޭން ރެލީތަކުގައި، ޕީޕީއެމްގެ ވެރިން، 30،000، 40،000، 50،000 މީހުން "މި ތިބީ މި ބިން ފުރާލާފައޭ" ގޮވިޔަސް މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ވޯޓު ލުމަށް ފަހު ދެން އެ ވޯޓަކަށް ހަދާލާނެ ގޮތެކެވެ.

ސްކޫލް ދޮށުން ވަރަށް ގާތް ރައްޓެއްސަކާ ދިމާވި އެވެ. އިންތިހާބުގެ ކަންކަން ދަނީ ކިހިނެއްހޭ އޭނާ އެހުމުން "ދެން އެކަން ވެސް ކުރިއަށް ދާނެ ނޫންހޭ" ބުނެ ޖަވާބު ދިނުމާ އެކު، ފޯނާ ކުޅެމުން، ދެން އޭނާ ބުނެލި ވާހަކައިން ހިތަށްއެރީ "އެ ބުނީ އަޅެ ކީކޭ ހެއްޔެވެ؟"

"ވޯޓުން ބަލިވިޔަސް ހުވާކުރާނީ ޔާމީން،" އޭނާ ވަރަށް ކެރިގެން ބުންޏެވެ.

މިއީ މި ދުވަސްކޮޅު ޕީޕީއެމްގެ މީހުން ގަބޫލުކުރާ ގޮތެކެވެ. އެކަމަކު މިއީ ދުނިޔޭގައި މިހާތަނަށް ހިނގި ކަމެއް ނޫނެވެ. ވޯޓުން ބަލިވެގެން، ހުވާކުރީ ކޮން ވެރިއެއް ހެއްޔެވެ؟ އަޑުއަހަނީ، އެނގެނީ، މަކަރު ހަދައިގެން ނަމަވެސް މޮޅުވެ ހުވާކުރާ ވެރިންގެ ވާހަކަ އެވެ.

މޮޅުވަން ޖެހޭނީ މިނިވަންކަމާއި ހަމަހަމަކަމާ އެކު، އެއްވެސް ބިރެއް، ނުފޫޒެއް، ހުރަހެއް ނެތި ރައްޔިތުން ލާ ވޯޓަކުންނެވެ. އެ ވޯޓު ގުނުމާއި ނަތީޖާ އިއުލާންކުރުމުގައި ވެސް، ނުފޫޒެއް، ހުރަހެއް، ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިމެނިގެން ނުވާނެ އެވެ. އެފަދަ މާހައުލެއްގައި އާދިއްތަ ދުވަހު ނަތީޖާ އިއުލާންކުރާ ފަހުން، ދައުލަތުގެ އެހެން ބާރުތައް އޭގެ ތެރެއަށް ވަދެ، ރައްޔިތުންގެ ހުކުމް ބޮލާލައި ޖަހަން ނުވިސްނާށެވެ. އެގޮތަށް ވިސްނާ ނަމަ، ރޭވުންތައް ރާވަމުން ދާ ނަމަ، އެކަން އަވަހަށް ހުއްޓާލާށެވެ!

ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެ އެވެ؛ ކޮންމެ ފަސް އަހަރަކުން ގައުމުގެ އެންމެ މަތީ ވެރިޔާ އާއި ދެން ގެންނާނެ ވެރިޔަކާ މެދު ގޮތެއް ނިންމާނީ ރައްޔިތުންނެވެ. އެއީ ސުޕްރީމް ކޯޓު، އިލެކްޝަންސް ކޮމިޝަން، ބަންޑާރަނައިބު، ޕްރޮސެކިއުޓަ ޖެނެރަލް، އަދި ސިފައިންނާއި ފުލުހުންނާ ބެހޭ ކަމެއް ނޫނެވެ.

48 ކޮމެންޓް, 523 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 6%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޒީމް

24 September 2018

ވަރަށް ފުރިހަމަ ލިއުމެއް..

The name is already taken The name is available. Register?

ހަޑިގިއްލާ

21 September 2018

ވޭތުވެދިޔަ 10 އަހަރު ދިވެހިރާއްޖޭގައި ކަންހިނގައި ދިޔަގޮތް ވަރަށް ސާފުކޮށް ހުލާސާ ކޮށްދިން ލިޔުމެއް! އިތުރު ވާހަކައެއް ދައްކާކަށް ނެތިން!

The name is already taken The name is available. Register?

ޑެމްހާ

19 September 2018

ޢަނިޔާވެރިކަމުގަ 5 އަހަރު ހޭދަކޮށްފީމު...ދެން މިކަންނިންމާނީ ވޯޓުން...ކިތަންމެ ވަރަކަށް ކުރި އަނިޔާތަކުގެ މަންޒަރު ފޮރުވަން ތަރައްގީގެ ފާރެއްރޭނިއަސް މިއަޒުމެއް ނުގުޑުވޭނެ... ރައްޔިތުން ތިބީ ހޭލާ...މިކަންނިންމާނަން...އިންޝާﷲ

The name is already taken The name is available. Register?

ހުށޭނު

19 September 2018

ﷲ ގަންދީ ބުނަން! މިފަހަރު ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެ މޑޕ ހިވައިފިއްޔާ އަހަރެން، ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން ނިންމާނަން ދިވެހިންނަކީ ނުވިސްނޭ، ބޯކާލަން ފަސޭހަ، ވާނުޥަ ނޭނގޭ ބައެއްކަމަށް! މީހަކު މި ރާއްޖެ ތަރައްޤީކޮށް ނިންމާ ވަރުބަލި ވާތަން ތި ފެންނަނީ! ޤައުމު ގައުމަކަށް ހަދާތަން ތި ފެންނަނީ!!! ލޯ ހުޅުވަބަލަ!

The name is already taken The name is available. Register?

އަބްދޫ

19 September 2018

170000 ލިބުނަސް ހުވާކުރަންވާނީ ޔާމީން . ސަބަބަކީ ގައުމު އަލުވެތި ކުރަންބޭނުންނުވާތީ އާއި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލާ ޔޫރަޕުންގެ ޕަޕެޓަކު ގެ އަތްމައްޗަށް ރާއްޖެ ދިޔަ ނުދިނުން. ކްރިސްޓިއަންދީން ރާއްޖެ އަށް އަޔަ ނުދިނުން.

The name is already taken The name is available. Register?

ދެރަ

19 September 2018

އެމް.ޑީ.ޕީ އަށް ވެރިކަން ލިބިއްޖެއްޔާ މިގައުމު އަނެއްކާވެސް އަތުންބީވެގެން ހަރުދަނާ މީހެއްވެސް ނެތީއޭ ޕާޓީތެރޭ.

The name is already taken The name is available. Register?

ރަނގަޅުތޯ

19 September 2018

ކަލޯމެން އެމްޑީޕީ ހާދަ ބިރުން ތިއުޅެނީ. ކަލޯމެނަށް ހީވަނީ ދޯ ފުއާދު ތައުފީޤު ހެދިގޮތަށް މަކަރުހަދާނެކަމަށް. ބަލަ މަކަރު ހަދަންޖެހޭވަރަށްވުރެ ޔާމީނުގެ ތާއީދު މާބޮޑޭ.

The name is already taken The name is available. Register?

ކަރަންވީރް ޑޮގްރާ

19 September 2018

ޕީޕީއެމް އާ ނުބެހެޗޭ މިޤައުމުގަ ފަސާދަ އުފެއްދީ އެމްޑީޕީ

The name is already taken The name is available. Register?

ރަދީފް

19 September 2018

ވަަރަށް ފުރިހަމަ ލިޔުމެއް.އަދި އެހާމަ ރަނގަޅަށް ރިއަލިޓީ ޗެކްކުރެވިފައިވާ ލިޔުމެއް.މިފަދަ އާޓިކަލްތައް ގިނައިން ލިޔެ ރައްޔަތުން އެވެއާ ކުރަންވީ.ޝުކުރިއްޔާ މޫސާ ލަތީފް.ވ.ވެދުން

The name is already taken The name is available. Register?

ނިހާސް

19 September 2018

ދެންކަލޭ ޗާޕު ކުރަންވީނު އެއޮތީ ކޮއްފަ ދެންލަލަލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454