މަޖީދިއްޔާ ސްކޫލުގައި މިއަދު އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހުރިހާ ރަށެއްގައި ފޯރީގައި ދަނީ ކުރިއަށް.-- ފޮޓޯ: ނިޝާން އަލީ /މިހާރު
23 ސެޕްޓެމްބަރ 2018 - 11:32
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިންތިޚާބާ ގުޅިގެން ހިނގާފާނެ ކޮންމެ ކަމަކަށް ކުރިމަތިލުމަށް "ފުލުހުންގެ ފޯސް" އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.
އެހެންވެ، ސުލްހަވެރިކަމާއި އަމާންކަމާ އެކީގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިއުމަށާއި ހަމަޖެހުން ގެއްލޭ ފަދަ ކަމެއް ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. އަދި ގައުމުގެ ދާހިލީ ހަމަޖެހުމަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ވެސް ނުކުރެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް މީހަކު މިއަދު ވޯޓު ލަނީ.-- ފޮޓޯ: ނިޝާތު /މިހާރު
"އިންތިހާބާ އަޅުވާފައި ނުވަތަ އިންތިހާބުގެ ސަބަބުން ކަމެއް ދިމާވިޔަސް، ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ބުރޫ އަރާ ފަދަ ނުވަތަ އަސަރެއް ކުރާ ފަދަ އެއްވެސް ކަމެއް ނުކުރަން އިލްތިމާސް ކުރަން،" ޝިފާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކަށް ބަލާފައި ފޯސް އޮންނާނީ އަބަދުވެސް ތައްޔާރަށް."
ޝިފާން ވަނީ ކޮންމެ ފަސް އަހަރުން އެއް އަހަރަކު، ލިބޭ ފުރުސަތުގެ ބޭނުން ކޮންމެ ރައްޔިތަކު ވެސް ހިފުމަށް އެދިވަޑައިގެންފަ އެވެ. އަދި ވޯޓުލާން އަންނަ ކޮންމެ މީހަކަށް ފުލުހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ފުލުހުން އިއްޔެ އިސްކަންދަރު ކޮށީގައި އަޒުމް އާ ކުރަނީ. - ފޮޓޯ: ޕޮލިސް
ޝިފާން އެގޮތަށް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ބަޔަކު އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށެވެ. ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި، ރިޔާސީ އިންތިޚާބާ ދިމާކޮށް ބައެއް މީހުން ފުލުހުންނަށް ހަމަލަ ދިނުމަށް ވެސް ރާވާފައިވެ އެވެ. ނަމަވެސް، ޝިފާން ވިދާޅުވީ ހަމަނުޖެހުން ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން، "އޮޕަރޭޝަން ބްލޫވޭވް" އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އާދަމް ނަވާޒް އިއްޔެ ވަނީ ފައްޓަވައި ދެއްވައިފަ އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ނަވާޒް ވިދާޅުވީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމާއި ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ހިމަޔާތްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފުލުހުން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އިންތިޚާބުގައި އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން އެންމެ މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ އެއް ބަޔަކީ ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު އަމާންކަމާއި ސުލްޙަވެރިކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުން ވެސް އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ހުރިހާ ފުލުހުންގެ ކިބައިން ނަވާޒް އެދިވަޑައިގެންނެވި އެވެ.
މި އިންތިޚާބުގައި ވޯޓު ލުމަށް ޓަކައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާއިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިޚާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔޫ ހަދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
24 September 2018
ތިމީހުންތައްޔާރަށް ތިބޭ ބަދިގެ ފުއްޑަނުގަ ދެން ރައްޔިތުންފަހާދުވޭ
ކޮތަރުގެ އަސަރު
24 September 2018
ކޮބާ ފުލުހުން ތައްޔާރަށް ތިބެ ޔާމީނު ހޮވިއްޖެތަ؟
ނޫޑުލްސް
24 September 2018
ފުލުހުންނައް ބުނެލަން އޮތީ، ގޯސް ހަދަން ނޫޅެތި. ރައްޔިތުންނަކައް ދެނެއް ގަދަބާރެއް ނުހިންގޭނެ. ދެން ތިބެންޖެހޭނީ ރައްޔިތުންގެ ހިދުމަތުގައި. ހަޖަމް ނުކުރެވެންޔާ ގޭގަ އޮވޭ.
އަޙުމަދު
24 September 2018
ޝިފާން. އަނގަޕަޗަރާ ވާހަކަ ނުދައްކަބަލަ. ތިހެން ގަދަބަސް ބުނާވަރުގެ ހަކަތައެއް ކަލޯމެން ގަޔަކުނެއް، ޢިބޫ އައް ހަމަލާދިން މީހާ ހައްޔަރު ނުކުރެވުނު ކަން އެއީ ކަލޯމެންގެ އަގުވެއްޓުން، ރައްޔިތުންނެއް ނޫޅެ ހަމަނުޖެހުން ހިންގާކަށް، ރައްޔިތުން މަސައްކަތްކުރީ ޚޮދުމުހުތާރު އަނިޔާވެރި ވެރިއެއްގެ ކިބައިން ޤައުމު ސަލާމަތްކުރަން، އެއޮތީ އެކަން ކޮށްފަ، ދެން އަތްޖަހާ.
ޝެލަރީ
24 September 2018
ދިވެހި ރަށްޔިތުންވެސް ތިއްބެވީ ތަށްޔާރުވެ ނިންމައިވެން އެ ރަށްޔިތުންގެ ނިންމުމާ ދެކޮޅަށް ކަމެއްކުރަން ނުވިސްނައްޗޭ
ޙިނި
23 September 2018
ޢިބޫ އައް ހަމަލާދިން މީހާ ހައްޔަރު ނުކުރެވުނު ކުޅޭކުޅޭ ފުލުހުން މިހެން މިބުނަނީ
ކަދުރު
24 September 2018
ޝިފާނޫނޫނޫ ދެންވެސް އިސްލާހުވޭ، ލައްކަދުވަހު ބިރުދެއްކިއްޖެދޯ
ރައްޔިތެއް
23 September 2018
ރައްޔިތުން ނޫޅޭ ހަމަނުޖެހުން ހިންގާކަަށް. ރައްޔިތުން ބޭނުންވަނީ މިނިވަންކަމާ އެކީ ވޯޓުލާ އޭގެ ހައްގު ނަތީޖާާ. ވީމާ ޕޮލިހުންވެސް ނަޒާހައްތެރިކަމާ އެކީ ރައްޔިތުންނަށް މި ވަގުތު މަސައްކަތްކޮށް ދެއްވާ.
ހަސަނު
23 September 2018
މި ވާއެއްޗެއް އެބަ އެނގޭ؟؟ މި ރާއްޖެއަކު ނެތް ފުލުހުން ނޫން ބަޔަކު މައްލަސަ އުފައްދާ.. އިންތިހާބަށް ހުރަސް އަޅާނެ ބަޔަކަށް ވެސް ތިބީ ފުލުހުން... ރޭ އެ ކުރިކަމަކީ އޭގެ މިސާލެއް..
ބިސް
23 September 2018
ތައްޔާރައް ތިބި މީހުންނޭ ޖަރީމާ ހިންގާނީ!!!
ޠަޔާޠީޞް
23 September 2018
ކޮމެންޓް ކުރިން މެދުކަޑާލާފަ ވާތީ އެއްޗެކޭ ބުނެވޭކަށް ނެތް.