ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމުގެ ވަކި ހިސާބަކުން އިބޫ ފުންމާލައްވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
25 ސެޕްޓެމްބަރ 2018 - 11:50
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު، މަސައްކަތްކޮށް، ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ބުނެފި އެވެ.
އީޔޫގެ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހާލަތު ކުރިމަގުގައި އީޔޫ އިން ކައިރިން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އަލަށް އުފެދޭ ސަރުކާރާ އެކީ ގާތުން މަސައްކަތްކޮށް، ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް އީޔޫގެ ބަޔާނުގައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދަށް އިޝާރާތްކޮށް، އީޔޫ އިން ބުނީ އެހާ ގިނަ ބަޔަކު ވޯޓުލާން ނުކުތީ ޑިމޮކްރަސީ ބޭނުންވެ، ރައްޔިތުންގެ އުންމީދުތަކެއް ހުރުމުން ކަމަށެވެ.
"ގާތްގަނޑަކަށް 90 ޕަސަންޓު މީހުން ވޯޓުލާން ނުކުތުމަކީ ދިވެހިން ޑިމޮކްރަސީ ބޭނުންވާ ކަމާއި އުންމީދުތަކެއް ހުރި ކަން ހާމަކޮށްދޭ ކަމެއް،" އީޔޫ އިން ބުންޏެވެ.
އީޔޫ އިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދަންނަވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ. މިއީ މިހާ ގިނަ ބަޔަކު ރާއްޖޭގެ އިންތިޚާބެއްގައި ވޯޓުލި ފަހަރެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އީޔޫ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އީޔޫ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރޫސޭޑާ
25 September 2018
ތެދެއް. އަހަރުމެން މިހާރު ބޭނުން ވަނީ ކަލޭމެން ތި ޕްރޮމޯޓްކޮއް ފަތުރަމުން ގެންދާ ޑިމޮކްރަސީ. އަހަރުމެންގެ ފުރިހަމަ އިސްލާމްދީނަކު ނެތް ވިއްޔާ ވެރިކަން ހިންގާނެ ގޮތެއް.
ޝިފާގު
25 September 2018
އިންސާނީ ހައްގުގެ ނަމުގައި މިގައުމުގައި ރަސްމީގޮތުން އެހެން ދީންތަކަށް އަޅުކަން ކުރުމުގެ ފުރުސަތު ދިނުމުގެ ވާހަކަ އެޖެންޑާއެއް ނުކުރެވޭނެ. އެހިސާބުން ވެރިކަން ފުރޮޅާލާނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
25 September 2018
ޓެކްސް ނިޒާމްގެ ތެރެއިން ހާއްސައިނާޔަތްތައްދީގެން ހަމައެކަނި އީޔޫމެންބަރު ޤައުމުތަކުގެ ޕަބްލިކް ޝެއަރލިސްޓެޑް ކުންފުނިތަކަށް ހުޅުވާލައިގެން ހުވަދޫ ގައި 50 އަދި 10 ރަށް 50 އަހަރުގެ މުއްދަތަށް އެންމެ ބޮޑު އިންވެސްޓްމަންޓެއްގެންނަ އަދި 90 އިން ސައްތަ ދިވެހިން ވަޒީފާގައިގެންގުޅުމަށް ލާޒިމްކޮށް ކުއްޔަށް ދިނުމަށް ހުޅުވާލާ ޔޯރަޕާއި ރާއްޖެއާއި ދެމެދު އޮތް ބްރިޖް ވަރުގަދަ ކުރެއްވުން ރަނގަޅު. އިބޫ އަށް ތިއޮތީ ފުރުސަތު ހުޅުވިފަ. ކުރިއަށް ވަޑައިގަންނަވާ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
25 September 2018
ދެކުނުން ހުވަދޫ އަރޮޅުން 50 ރަށް އަދި އުތުރުން އިހަވަންދިއްޕޮޅުން 10 ރަށް.
ސޭކުސްތޭނިޔަން
25 September 2018
އިނގިރޭސިން އަޑީގައި ތިބެގެން އުފެއްދި ސުވަދީބް އައިލެންޑް ނާސިރުގެ ސަރުކާރުން އުވާލި އިރު އިނގިރޭސިން ކީއްވެގެންތަ ކަލޭމެނަށް އެހީ ނުވީ؟
ޞުހާ
25 September 2018
އިސްތިއުމާރީ ބާރުތަކުން ކުރާކަންކަން ފެނޭބާ....
ހޮޓްކިންގ
25 September 2018
އީޔޫއާއެކު މަސައްކަތް ކުރޭ. އޭރުން ހުރިހާ މިނިވަންކަމެއް ލިބޭނެ. އެއީ ބޭނުންވީގޮތް. އެހިސާބުން ދެން ނުގޮވާތި ތިމާމެންގެ ދީނޭ ލަދޭ ހަޔާތޭ.
ޕެޕާ
25 September 2018
އިބޫގެ ސަރުކާރެއްގައި މިހާރުގެ ފޮރިންގ ޕޮލިސީ ރިވިއު ކުރާނެ ކަމަށް ހީކުރަން. އެއްވެސް ފަރާތަކައް މާބޮޑައް ބުރަ ނުވާ ގޮތަކަށް. އިންޑިޔާ އާ ޗައިނާ އަދި އީޔޫއާ ވެސް ގުޅުން ބަދަހި ކުރުމަކުން މައްސަލައެއްނެތް. އެއްވެސް ގައުމެއްގެ (ޚާއްސަކޮށް އިންޑިޔާގެ) ގޮނޑި ކޮއްކޮ ސަރުކާކަރަކައް ނުވާނެ ކަމައް އުންމީދުކުރަން.
ނާމް
25 September 2018
އެއްވެސް ފަރާތަކަށް ބުރަނުވެ ކޮޅެއް ނުނަގާ ހިންގީ މައުމޫން ސަރުކާރު. އެކަމު ރައްޔިތުން ތަރައްގީ ބޭނުންވީމާ ޖެހޭނީ ކޮންމެވެސް ބަޔަކާ ތަންކޮޅެއް ބޮޑަށް ގުޅުން ބަދަހިކުރަން. ރާއްޖޭގެ ފައިދާ ކުރިން އިންޑިއާއިން ނެގި ގޮތް ދިރާސާކޮށް އެއަށްވުރެ ބުއްދިވެރިކޮށް އިންޑިއާގެ އެހީ ބަލައިގަންނަން ދެން ޖެހޭނީ. މިހާރު ރާއްޖެއަކީ ޗައިނާގެ ބާރު މިހިސާބުގަ ފެތުރުނަނުދޭން އެމެރިކާއިން އިންޑިއާއާ އެކުވެގެން ހިންގާ ކަންތައްގަޑުގެ މެދުތެރޭ އޮތް ގައުމެއް.
އަޙްމަދު1818
25 September 2018
ލަނޑަޔާ ވާނީ ލަނޑަޔާ!!! މީ ވަރަށް ވާހަކަ..
ސަރީފު
25 September 2018
މީ ޢީޔޫ އިންޑިއާ އިގްލެންޑް އަދި އެމެރިކާގެ ސަރުކާރެއް މިހާރު މިވީ އެމީހުންގެ ގޮޑި ކޮއްކޮ އަކަށް..ދެން ތިބޭ ބަލަން. އެގޭ ހަގީގަތަކީ އިންޑިއާއި އެކު ތަރައްގީ ނުގެނެވޭނެކަން..ހަމަޔަގީން.
މޯޑް
25 September 2018
އީޔޫގެ ޝަރުތުތައް އެނގުނީމަ މިޔޮއްހާދުވަހު ގާތުން ބަލަމުނެ ގެންދިޔަ ސަބަބު އެނގޭނީ!
ދިވެހިންގެ
25 September 2018
ގުޅިލާމެހިފައިވާ ދުނިޔެއެއްގައި އެންމެންނާވެސް ގުޅިގެން މަސައްކަތްކުރާތި އިބޫ. މިއީ އުންމީދަކީ.