26 ސެޕްޓެމްބަރ 2018 - 14:37
ބައެއް އޮފީސްތަކުން ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ރެކޯޑްތައް ބަލަހައްޓާ ގައުމީ އަރުޝީފުން މިއަދު ބުނެފި އެވެ.
ގައުމީ އަރުޝީފުގެ އިދާރީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާތިރު ވިދާޅުވީ ލިޔެކިޔުންތަކެއް ނައްތާލާ މައްސަލަ އެއްވެސް ފަރާތަކުން އެ އިދާރާ އަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ލިޔެކިޔުންތަކެއް ނައްތާލާކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް [ލިޔެކިޔުންތަކެއް ނައްތާލާކަމުގެ]. އަދި އެކަން ސާބިތުކޮށްދެވިފައި ވެސް ނެތް. ހުށަހަޅުއްވާފައި ސާބިތުކޮށްދޭން ވީ ނޫންތޯ؟،" ތާރީހު ދިރާސާ ކުރައްވާ ޝާތިރު ވިދާޅުވި އެވެ.
Liyekiyunthah naththaalaa kamah bune kanboduvun faalhu koffi
The most trusted news source in the Maldives
Mihaaru
ލިޔެކިޔުން ނައްތާލާކަމަށް ބުނުމުން--
ދައުލަތުގެ ރެކޯޑުގެ ކަންތައްތައް ބަލަހައްޓައި ލިޔުންތައް މަރުކަޒީ ކުރުމުގެ ކަންކަން ލާޒިމްކޮށްފައި ވަނީ ގައުމީ އަރުޝީފަށެވެ. ގައުމީ އަރުޝީފުގެ ގަވާއިދު ބުނާގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމާއި ފޮޓޯތަކާއި ޗާޓްތަކާއި ރިކޯޑްތަކާއި މައުލޫމާތު ނައްތާލެވޭނީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް ޖެނެރަލް އަށް އެކަން އަންގައި ހުއްދަ ހޯދައިގެން ކަމަށެވެ.
މިފަހުން އެއްވެސް ލިޔެކިޔުމެއް ނައްތާލުމަށް ހުށަހަޅާފައިނުވާ ކަމަށް ޝާތިރު ވިދާޅުވި އެވެ.
އެފަދަ ކަމެއް ކުރާނަމަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު އެ އިދާރާ އަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުން މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަގުތުން ހިނގާ ކަމެއްގައި ކިހިނެއްތޯ ފިޔަވަޅު އަޅާނީ. އަޅުގަނޑުމެން ޖެހޭނީ ދައުލަތުގެ ތަހުގީގު ކުރާ ފަރާތް ފުލުހުން ކަމަށްވާތީ ފަހުނުނާމާއެއްގެ ތެރެއިން ވެސް ފުލުހުން މެދުވެރިކޮށް އަޅުގަނޑުމެންނަށް ގެންދެވޭނީ،" ޝާތިރު ވިދާޅުވި އެވެ.
ބައެއް ލިޔެކިޔުން ނައްތާލަން އުޅޭ މައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުގެ އެއްވެސް ލިޔުމެއް ނައްތާލާ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.
Muhinmu evves liyekiyumeh nahthaehnulaane: Muaz
The most trusted news source in the Maldives
Mihaaru
މުހިންމު ލިޔުމެއް ނައްތައެއް ނުލަން: މުއިއްޒު
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސަރުކާރުގެ އެއްވެސް މުހިންމު ލިޔެކިޔުމެއް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި ކުނިބުންޏަށްވާ ލިޔެކިޔުން ނައްތާލުމަށް ކޮންމެ އޮފީހެއްގައި ވެސް އަބަދުވެސް ޝްރެޑަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަމީނާ
26 September 2018
ހަހަހަ. ފުޅަށްބުޑުންދަންޏާ ހަސަނަށް ހީވާނީ މިއިޅެނީ ކެޔޮގަޑު ކާލަށެ. ޢަޅެ މޮޔަނުވާނެތަ. މާރިޔާއަށް އެލިޔުން ތަކަކީ ކޮންއެއްޗެއްކަން އެނގެންޏާ ބުނަންވީނު.
ކާކު
26 September 2018
މީދެން ކާކު މިވަގުތު އަނގަ ހުޅުވަން.
ކަކުނިބޯ
26 September 2018
ބަލަ އެގޭނެ ސަރުކާރު ހަވާލުކުރީމާ އެގޭނެ ބެކްއަޕްތަކުން އެގޭނެ....ސެޕް ސިސްޓަމްއިންވެސް އެގޭނެ ޑޮކިޔުމަންޓް ޑިލީޓްކުރިއްޔާ އެލޮގްވެސް އެގޭނެ މިއަދު ތިހެންބުނެ ރެކެވުނަސް ވަކިވަކިން ސަރުކާރުން ދައުވާކުރަންފަށާފިއްޔާ ތިބޭފުޅުންނާ އެމަސައްކަތެއް ކުރިބަޔަކު މޮޔަވާވަރުވާނެ އެގޭނެ އެގޭނޭ މިބުނީ
ނަސްރީނާ
26 September 2018
ކަލޭގެ ދުވަސްތިދިޔައީ،
ޖައިސާމް
26 September 2018
އެނގޭ ކަމެއް އޮވޭތަ؟
އަމައްޔާއި
26 September 2018
ބަލަ ޝާތިރު. ފަހަތު ފަޔަށް ބުރަނުވެ ކުރީފަޔަށް ބުރަވެބަލަ. މިބުނި ބަހުގެ މައުނައަކީ ބަޔަކު މައްސަލަ ހުށަހެޅީމަ ބަލަން ނުތިބެ ގޮނޑިން ތެދުވެގެން ގޮސް އެބުނާ ލިޔުންތައް އޮފީސްތަކުން ނައްތާލަމުން ދޭތޯ ބަލާބަލާށޭ.
އަލީބެއްޔާ
26 September 2018
މިމީހުންގެ ވާހަކަ މިހުންނަނީ ކިހިނެތްތަ؟ ދިފާއު ކުރާގޮތައް ވާހަކަ މިހުންނަނީ."ހުށަހަޅުއްވާފައި ސާބިތުކޮށްދޭން ވީ ނޫންތޯ؟" ޖެލެންޖް މިކުރަނީ. މީގެ ކުރިން އެއްވެސް އެއްޗެއް ނައްތާލާތީ މީހަކު ވާހަކައެއް ދެއްކިތަ؟ އެހެންވިއްޔާ، މިކަން ތިއިދާރާގެ ސަމާލުކަމަށް އައިސް އެކަން ބަލަންވީ ނޫންތޯ؟ މިސަރުކާރަށް މީހުން ޝައްކު ކުރާނެ، އެވާހަކަ ދައްކާނެ. ތިކަހަލަ އިދާރާތަކަކީ ނިއުޓްރަލްކޮށް ވާހަކައާއި އަމަލުތައް ހުންނަންޖެހޭ ބައެއްކަމަށް ދެކެން.
ފަޔަަ.
26 September 2018
ނައްތާލިއަސް ނައްތާނުލިޔަސް ތިޔަބޭފުޅުންންނަކަށް ނާންގާނެ.