ޚަބަރު / ނޫސްވެރިކަން

ގޮއްވާލި "ބޮމާ" އެކު ނޫސްވެރިކަން އަޅި އަށް!

ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ގޮވާލައި ނޫސްވެރިން މަޖިލިސް ދޮށަށް މިއަދު ދިއުމުން ފުލުހުން އެކަމަށް ހުރަސްއަޅައި ފަހަތަށް ޖައްސަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލް ފާސް ކުރަން މަޖިލީހުގައި ވޯޓު ނަގަމުން ދިޔަ އިރު ވެސް މަޖިލިސް ދޮށުގައި ނޫސްވެރިން އާދޭސް ކުރަމުން ދިޔައީ ބިލް ފާސް ނުކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ ހަނދާން ކޮށްދިނުމުގައި އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ނޫސްވެރިން ދެމިތިބީ، އެ ބިލަށް ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތައް ކުނިވަށިގަނޑަށް ލައި ޖެއްސުން ކުރަން އެ އަށް ވުރެ ބިލް ހަރުކަށި ކޮށްފައިވާ ކަން ވެސް އެނގި ތިބެ އެވެ. އެކަމަކު މާއްދާ "27ގެ ދިފާއުގައި" ނޫސްވެރިން ނުކުމެ ބޯޑުތައް އަތުގެ ކޮޅަށް ނަގައިގެން ތިބީ ހައްގުތައް ނިގުޅައިގަންނަ ނަމަ، އެކަން ހުއްޓުވުމަކީ ފަރުދީ ޒިންމާއަކަށް ވެސް ވާތީ އެވެ.

ކުރިން ވެސް ހީކުރި ގޮތަށް، ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ ސާފު އަޣުލަބިއްޔަތުން ބިލް ފާސް ކުރި އެވެ. އެ ހަބަރު ލިބުމާ އެކު އެއް ނޫސްވެރިއަކު އަނެއް ނޫސްވެރިއަކަށް ބުނެވުނީ މިހެންނެވެ.

"ހިޔާލު ފާޅު ކުރުން ހަނިކޮށް ނޫސްވެރިކަން މަރާލައިިފި" އެވެ.

ހިޔާލު ފާޅު ކުރުން ހުއްޓުވުމުގެ ބިލް ފާސް ނުކުރަން އެދި ނޫސްވެރިން މަޖިލިސް އިދާރާ ދޮށުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން

މި ބިލް ފާސް ކުރުމަކުން ނޫސްވެރިން ހައިރާނެއް ނުވެ އެވެ. މި ބިލުން ހާސިލްކުރަން ބޭނުންވާ މަގްސަދު، ސަރުކާރުން އޮތީ މެމްބަރުން ލައްވައި ނޫސްވެރިންނަށް މާކުރިން ވެސް ސާފު ކޮށްދީފަ އެވެ.

"ބޭނުމަކީ ސަރުކާރުން ކުރާ ގޯސް އެއްވެސް ވާހަކައެއް ރައްޔިތުންނާ ހަމަ އަށް ނުގެނެވޭނެ ގޮތް ހެދުން. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނުއަސާސީ މުގުރާލައި، ގާނޫނީ ގޮތުން އެ ޖާގަ މި ހޯދީ،" ބިލާ މެދު ކަންބޮޑުވުން ފާޅު ކުރި ނޫސްވެރިއަކު ބުންޏެވެ.

ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު އަދި މީޑިއާ ކައުންސިލްގެ މެމްބަރު ހުސެއިން ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި ބިލް ފާސްކޮށް ރާއްޖޭގެ ނޫސްވެރިކަން އެތައް ދަރަޖައެއް ފަހަތަށް ވައްޓާލައިފި އެވެ. މި ކަމުގެ ހުރިހާ ގެއްލުމެއް އޮތީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހި ރައްޔިތުންނަށެވެ.

"ނޫސްވެރިންގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރު ކުރުވުން. އެކަމަކު ގާނޫނުއަސާސީން ދީފައި އޮތް އެ ހައްގު ގާނޫނު ހަދާ މަޖިލީހުން މި ނިގުޅައިގަތީ،" ހުސެއިން ވިދާޅުވި އެވެ.

"ބިލު އޮތް ގޮތުން މީހެއްގެ ވާހަކައެއް ނުދެއްކޭނޭ، ދައްކަން މި ޖެހެނީ އިމާރާތްތަކުގެ ވާހަކަ. އެކަމަކު ރައްޔިތުން ދައްކާ ޓެކުހަށް ހިޔާނާތްތެރިވާނީ ފިނޭންސް މިނިސްޓްރީގެ އިމާރާތެއް ނޫން. ހައްގުތައް ނިގުޅައިގަންނަނީ ރައީސް އޮފީހުގެ އިމާރާތެއް ނޫން. އެއީ މީހަކު ކުރާ ކަމެއް. އެ ވާހަކަ ނުދެއްކޭނެ ގޮތް މި ހެދީ."

ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ނޫސްވެރިން ގޮވާލަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

"މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު މުހައްމަދު ހަމްދޫންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބިލް ތަސްދީގު ކުރާ ހިސާބުން މި ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ނުދެއްކޭ ވަރަށް ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގެންފައި ވުމެވެ. އަދި އެހެން މީހަކު ދައްކާ ގޯސް ވާހަކައެއްގެ ޒިންމާ ނޫސްވެރިން ނަގަން ޖެހި، ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ހެދުމަކީ ވެސް ބިލާ މެދު އޭނާ ކަންބޮޑުވާ ކަމެކެވެ.

"މީހަކު ވާހަކަ ދެއްކީމަ އެކަމުގެ ޒިންމާ މި ނަގަން ޖެހެނީ ރިޕޯޓް ކުރާ ނޫސްވެރިޔާ. މިއީ ކިހާ ހެއްވާ ކަމެއް. މި ބިލަކީ ނޫސްވެރިކަމަށް ހުރަސްތައް ކުރިމަތި ކުރަމުން ގޮސް ނޫސްވެރިކަން އެކީ ނައްތާލަން ގޮއްވާލި ބޮމެއް. އެއްވެސް ކަމެއް ގޯސްކޮށް ކުރާ ނަމަ އެކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް މިހާރަކު ނެތް،" ހަމްދޫން ވިދާޅުވި އެވެ.

މި ބިލާއެކު، ހަމްދޫން ވިދާޅުވި ގޮތުގައި، ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަޅުޖެހުމުގެ އިތުރުން އުފެއްދުންތެރި ލިއުންތަކާއި ހިޔާލްތައް ފާޅު ކުރެވޭނެ ގޮތެއް ވެސް ނެތެވެ. އެހެންވެ ކަންކަން ކުރިއެރުމުގެ ފުރުސަތު ވެސް ހަނިވެގެން ދިޔައީ ކަމަށް އޭނާ ދެކެ އެވެ.

މިނިވަން ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ނޫސްވެރިންގެ ކަރުގައި ހިފައި މަރާލަން ހެދި ބިލުން ގެއްލުން ލިބޭނީ ނޫސްވެރިންނަށް އެކަންޏެއް ނޫނެވެ. އެއަށް ވުރެ ބޮޑު ނުރައްކަލެއް މި ބިލަށް ވޯޓު ދެއްވި 31 މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ދެކެ އެވެ.

"ރާއްޖޭގައި މި އޮންނަނީ ވަރަށް ހަލަބޮލި ސިޔާސީ މަސްރަހެއް. ސިޔާސީ މަސްރަހު އެކި ގޮތްގޮތަށް ބަދަލުވާއިރު، މި ބިލަށް ވޯޓު ދެއްވި މެމްބަރުންނަށް އަނިޔާއެއް ކުރިމަތިވެއްޖެ ނަމަ އޭގެ ވާހަކަ ދައްކަން ތިބީ ކޮން ބައެއްތޯ؟ ހަމަ އަޅުގަނޑުމެން ނޫސްވެރިން. މި ބިލާއެކު އަޅުގަނޑުމެން ކިހިނެއްތޯ އެކަން ކުރާނީ،" ޒަހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި "ގާނޫނު ހަދާ މަޖިލީހުން ރާއްޖޭގެ ގާނޫނީ ވެރިކަން މިއަދު ފުނޑާލައިފި" ކަމަށެވެ. އަދި މިއަދުގެ ވޯޓުގައި އެންމެ ބޮޑަށް ހާމަވި އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބައެއް މެމްބަރުންނަކީ ރައްޔިތުންގެ އަޑު އަހާ ބައެއް ނޫން ކަމެވެ.

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލް ފާސްކޮށް ރާއްޖޭގެ ނޫސްވެރިކަން އެތައް ގުނައެއް ފަހަތަށް ޖައްސާފައިވާ ކަމަށް ނޫސްވެރިން ދެކޭ. --ފޮޓޯ: މިހާރު

ބިލެއް ފާސްކުރިއަސް، ނޫސްވެރިން ދެކޭ ގޮތުގައި، ރާއްޖޭގެ ނޫސްވެރިކަން އޮބިއެއްނޭޅުވޭނެ އެވެ. އެ ޒަމާން ދޫކޮށް، ޒަމާނީ ނޫސްވެރިކަމެއް ހޯދީ މި ދުވަސް ދެކޭކަށެއް ނޫނެވެ.

"ޒުވާން ނޫސްވެރިން ޖަލަށް ލައިގެން އެއްވެސް ކަމަކަށް ހައްލެއް ނުހޯދޭނެ. ޒުވާން ނޫސްވެރިން ހިތުގައި ނަފްރަތު އުފެއްދީމަ ކަންކަން މާ ގޯސްވާނެ،" ހުސެއިން ވިދާޅުވި އެވެ.

މި ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 78 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެމްބަރުންނެވެ. އަބުރުގެ ބިލްގެ ނަމުގައި އޮތް ނަމަވެސް، މިއީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ދީފައި އޮތް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، ގާނޫނުއަސާސީގެ މުޅި ރޫހާ ހިލާފަށް ހަނިކުރާ ބިލެއްގެ ގޮތުގައި ނޫސްވެރިން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކެލާ ދާއިރާގެ އަލީ އާރިފް ބިލަށް ހުށަހެޅުއްވީ ކުރި އަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި އިސްލާހުތަކެކެވެ. އެ ބިލް ފާސްކުރީ އެ އިސްލާހުތަކާ އެކުގަ އެވެ.

މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު ބިލު މަޖިލީހުން ފާސްވީ ދިރާސާކުރި 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި ތިއްބެވި ސަރުކާރު މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރި ގޮތުގެ އިތުރުން އެއް އިސްލާހާ އެކުގަ އެވެ. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކޮމެޓީ އަށް އިސްލާހުތައް ހުށަހެޅުއްވި އިރު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްދީފައި ނެތެވެ. މިހާރު ބިލް އޮތީ ޖައުފަރު ދާވޫދު ހުށަހެޅުއްވި އިރަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި ގޮތަކަށެވެ.

44 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސެޓުލް

10 August 2016

އަބުރާއި ބެހޭ ބިލް ފާސް ވުމުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްވެރިކަމަށް ހީނަރު ކަމެއް ނާންނާނެއެވެ. ބޮޑަށް ބެލެވެނީ މިހާރަށް ވުރެން ބޮޑަށް ޒިންމާ ދާރު ގޮތެއްގައި އެކަން ނޫސްވެރިން ކުރާނެ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާ ސްޓްރީމް ލައިން ކުރެވި ސޯޝަލް މީޑިއާ އަކީ އެއީ ހަމައެކަނި ސޯޝަލް ކަންކަމަށް ޚާއްސަ ކުރެވިފައިވާ ތަނަކަށް ވެގެން ދާނެއެވެ. މިބިލްގެ ސަބަބުން ރާއްޖޭގެ ޒުވާން ކޮމިއުނިޓީ އަށް ވާނުވާ ނޭނގި ސިޔާސީ ކަންކަމުގެ ތެރެއަށް ބޭނިގެން އުޅޭތީވެ އެކަން ކަން ހަމައަކަށް އެޅިގެން ދާނެއެވެ.

The name is already taken The name is available. Register?

ފަޅި ސިކުންތު

10 August 2016

ފާޅުގާ "މަ ލާރިގޯނި ހިފައިގެން ބެހިން" ބުނި މެމްބަރާ މެދު ކަހާތަން ހިރުވާވެސް ނުލިއިރު، މި ބިލަކީ މުހިންމު އެއްޗެއްތޯ އަމިއްލަ ޒަމީރުއާ ސުވާލު ކޮއްލަބަލަ؟

The name is already taken The name is available. Register?

ވަސްވާސް

09 August 2016

އަބުރާ ބެހިގެން ނަގާ ޖޫރިމަނާ ދޭން ޖެހެނީ އަބުރު ގެއްލުނު މީހާގެ ބަދަލުގަ ސަރުކާރަށް.... ވީމާ މި ބިލު ފާސް ކުރީ ކީއްވެކަން އެބަ އެނގޭނު.....

The name is already taken The name is available. Register?

ނުކި

09 August 2016

ރައީސް އޮފީހުގެ ހަތަރު ފާރު 800 މިލިޔަން ޑޮލަރު ކާލައިފި. ލޮލް އޯކޭ އެއްނު! ފާރު ދޭބަލަ ނިކަން ދައުވާކުރަން!

The name is already taken The name is available. Register?

އެނޮނީމަ

10 August 2016

ނޭގޭތަ ތިބުނި ފާރުގެ ފަރާތުން ދައުލަތަށް ނުކި މައްޗަށް އަބުރުގެ ދައުވާކުރެވިދާނެ. އެއީ ތިބުނީ ރައީސްއޮފީހުގެ ހަތަރުފާރޭވިއްޔަ. އެތަނަކީ ދައުލަތުގެ ތަނެއްނުން.ދޯ މިހެނވެސް ނުވާނެޔެކޭ މިހާރަކު ނުބުމެވޭނެ. މިތާ ހަދާފަނުހަދާނެކަމެއް ކޮށްފަނުކުރާނެކަމެއް ނޭގޭނެ. ބިރުބޮޑު ކަލޭނޭ.

The name is already taken The name is available. Register?

މުރާސިލް

09 August 2016

ނޫސްވެރިންގެ ނަމުގައި ތިޔަ ތަނަށް ނިކުމެ ތިބިތަން ފެންނަނީ މުޅީންވެސް ކެނެރީގޭ ނަޝީދަށް މަރުފަލި ޖަހައިދޭން ނިކުމެ ތިބޭ އެކްޓިވިސްޓުންނެވެ. މީހުންގެ އަބުރު ކަތިލައިގެން ނޫންގޮތަކަށް ނޫސްވެރިކަން ކުރަން ނޭންގޭ މީހުންނަށް ވާނީ އެއީ ބޮމަކަށެވެ. އެހެންނަމަވެސް މިކަމުން އުފާވެރިކަން ލިބޭނީ ކުށެއް ނެތި އަބުރު ކަތިލެވެމުން ދިޔަ ދިވެހި ރައްޔިތުންނަށެވެ. ކޮންމެ ކަމެއްގައިވެސް ހަމަ އަކާއި އުސޫލުތަކެއް ހުންނަން ޖެހޭކަން ޤަބޫލުނުކުރެވޭ ބަޔަކަށް ނޫސްވެރިކަމެއް ނުކުރެވޭނެއެވެ.

The name is already taken The name is available. Register?

އަޙްމަދު

09 August 2016

މަޖިލީހުގައި ވެސް އަބުރާ ބެހެވިގެން ނުވާނެ.

The name is already taken The name is available. Register?

ިއިތުބާރު

09 August 2016

ދެން ކީއްކުރަން ތިއުޅެނީ. ޚިޔާލު ފާޅުނުކުރެވެންޏާ. ދެން މަޑަކުންވެސް ނުތިބެވޭނެ. ޚިޔާލުފާޅުކުރާ ހިތުން ދީ. ކިއަންކޭ ތެ ކިޔަނޫ. އެނގޭކަމަކީ، ޖަލަށްވެސް ލާނެ. ފައިސާވެސް ދައްކަން ޖެހޭނެ. އާކަމެއްނޫން މީކީ. ތިއުޅެނީ އެއްވެސް ކަމެއްވެގެނެއްނޫން. ހުސް އާޓު. ކަލޭމެންގެ ވެރިންނަށް ގައިމު ފާޑު ކިޔާކަށް ނުކެރޭނެ. ދެން ކޮން ފާޑެއްގެ ބައެއްތަ؟ ފޮނުއަރުވަނީވެސް އާޓު ދައްކަންވެގެން. ނޫހެއް މިރާއްޖެއަކު ކުރިއަކުން ނުނެރޭތަ؟ މިހާރު މިއުޅޭ ނޫސްވެރިންނަށްވުރެ މާ ގަޓުހުރި ނޫސްވެރިން ކުރިން މިރާއްޖޭގަ އުޅުނު. ބަލާބަލަ އަލްމަރުޙޫމް ޒާހިރު ނަސީރު ނަމޫނާއަކަށް. ތިތާކު ނެތް ނަމޫނާއަކަށް ބަލާނެ ނޫސްވެރިއެއްވެސް އަގެއްހުރި މީހަކުވެސް. ދެންވެސް ބަސްއަހައިގެން ތިބެބަލަ،

The name is already taken The name is available. Register?

މަޒް

09 August 2016

ހަދަންވީ ގޮތަކީ މި ކަމާ ދޮކޮޅު އެންމެން ޔާމީނުގެ އަބުރާ ބެހި ޖޫރިމަނާ ނުދައްކާ ޖަލަށް ދާންވީ.. ހަމަ ޔަގީނުންވެސް 15 ނުވަތަ 20 ހާސް މީހުން ޖަލަށް ލައިގެން ނުގެންގުޅެވޭނެ. ތިޔަ އަބުރުގެ ބިލް އިސާހިތަކު ބާތިލް ކުރަން މަޖުބޫރު ވާނެ.. ވަރަށް ސަލާން ހުރިހާ މެމްބަރުން

The name is already taken The name is available. Register?

ކަމާ

10 August 2016

އަމްދަކުން ނޫޅެ ބަޔަކު ޔާމީނާ. ބެހޭކަށް ތިތަނަށް އެއްވެ ތިއުޅެނީ އެކަން ނުވެގެން ފުމެނަގާ މީހުންނަކީ...

The name is already taken The name is available. Register?

ތީކީ

09 August 2016

ތީކީ ނޫސްވެރިންނެއް ނޫން. ސިޔާސީ އެކްޓިވިސްޓުން. ޖާނަލަިޒަމަށް ހުރަސް އެޅިގެން ހަގީގީ ޖާނަލިސްޓުންނެއް ނޫޅޭ. އަހަރެމެން ނޫޅެން އޮޅިގެނެއް ކަލޭމެންނާއި ކަލޭމެން އޮޕަރޭޓް ކުރަމުން އަންނަގޮތް.

The name is already taken The name is available. Register?

ައަހުމަދު

09 August 2016

އަބުރާ ބެހުން ހުއްޓުވުމުގެ ނަމުގަ އަސްލު ފާސްއެކުރީ ޤާނޫނު އަސާސީގެ 27،28 ވަނަ މާއްދާއިން ލިބޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެދުއްވާލީ ޕީޕީއެމް މީހުން. ކޮންމެ ކަމެއްގެ ކުރިޔަށް ދީން ގެނައީމަ އެހެރީ ނިމިފަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454