މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ސެޕްޓެމްބަރ 2018 - 23:14
އިދިކޮޅު އެމްޑީޕީ ހިމެނޭ ގޮތަށް އަލަށް އެކުލަވާލާ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ޖަހަން ޕީޕީއެމްގެ މެމްބަރުން ތައްޔާރަށް ތިއްބެވި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ދުވަހުގެ ކުރިން ބަޖެޓު ތައްޔާރުކޮށް މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، އަންނަ އަހަރު ދައުލަތް ހިންގާނީ އަލަށް އުފެދޭ އިދިކޮޅު ކޯލިޝަންގެ ސަރުކާރު ކަމަށްވާތީ ފިނޭންސް މިނިސްޓްރީން ވަނީ އާ ސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަން ނިންމައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް ބަޖެޓުގައި ބޭނުންވާ އިދާރީ ބަދަލުތަކާއި އާ ސިޔާސަތުތަކުގެ ތަފްސީލް ހިމެނޭހެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތްޕުޅުން ތައްޔާރުކޮށް ދެއްވުމަށް މިއަދު އަންގަވައިފަ އެވެ. އަދި މިކަމުގައި ފިނޭންސް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަރަށް މުހިންމު ވައުދުތަކެއް ވެފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވައުދުތައް ބަޖެޓުގައި ހިމަނަން ޕީޕީއެމްގެ މެމްބަރުން ތައްޔާރަށް ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުގައި، ނިހާން އެންމެ ބޮޑު ވައުދަކަށް ނެންގެވީ އިދިކޮޅު ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރެއްވުމަށް އިބޫ ވެވަޑައިގެންނެވި ވައުދެވެ. އޭގެ އިތުރުން، މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ވައުދާއި ދިވެހިންނަށް މަތީ ތައުލީމް ދިނުމުގެ ވައުދާއި ހެނދުނުގެ ނާސްތާ ކޮންމެ ކުއްޖަކަށް ދިނުމަކީ ވެސް އެމްޑީޕީގެ ވައުދެއް ކަމަށް ނިހާން ވިދާޅުވި އެވެ.
"އެމްޑީޕީގެ ވައުދެއްގެ ގޮތުގައި ބުނި އެތެރޭގެ ދަތުރުފަތުރުގެ އަގު ވަރަށް ބޮޑު ތަނުން ތިރި ކުރާނަމޭ ބުނީމަ ގަބޫލު ކުރެވެނީ މިސާލަކަށް 1500ރ. ގެ ޓިކެޓެއް 700ރ. ނުވަތަ 500ރ. ކުޑަ ކުރާނެ. އެއީ އެބޭފުޅުންނަށް އެގޮތް އޮތީމަ، އެ ވަރުގެ ވައުދެއް ވެވަޑައިގަންނަވާނީ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ބަޖެޓު އެކުލަވާލުމުގެ ވަގުތު އިދިކޮޅު ފަރާތްތަކަށް އަދިވެސް އެބައޮތެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ނިހާން ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 90 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާފައިވާ ކަމަށެވެ. އަދި ދަރަނިވެފައި އޮތް ބަޖެޓު ރަނގަޅު މިންވަރަކަށް ގެނެސްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންނަށް ވެވަޑައިގެންނެވި މިންވަރަކުން އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން ވެސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޔާމީނަކީ މިހާތަނަށް ރައްޔިތުން ދުށް އެންމެ ޑިމޮކްރަޓިކް ރައީސްކަން ހާމަވަމުންދާ ކަމަށެވެ. ރައީސް ޔާމީންގެ ވިސްނުންފުޅަކީ އިބޫގެ ސިޔާސަތުތައް ބަޖެޓުގައި ހިމަނައިގެން ވީހާވެސް ބޮޑަށް އާ ސަރުކާރަށް ފަސޭހަވާނެ މަގުން ކަންކަން ކުރިއަށް ދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ
01 October 2018
ކަލޯ ހާދަ އަވަސް އަރުވައިގަނެގެން ތިޔަ އުޅެނީ. ތިޔަ މީހުންނަށް މަޖްލީހުގެ ގޮނޑީގައި އެދުވަހާ ހަމައަށް ތިބެވޭނެހެން ހީވޭތަ؟ ކަލޯމެން ހެދި ޤާނޫނުތަކުގެ މަތިން ހަނދާން ނެތުނީތަ؟ މަޖްލީހުގެ ގޮނޑީގައި މާކަ ގިނަ ދުވަހަކު އިށީނދެ ވަޑައިގަންނަވަން ފުރުޞަތު އޮތްހެން ހާދަ ހީނުވެއޭ. ތިމަންނާމެންގެ އަމާ ބަފާގެ މުދާކަމުގައި ދެކެމުން އައި ހުރިހާ އެއްޗެއް ބީވެދަނީ. ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތެއް.
ކާސިމްބެ.
01 October 2018
ގޮންޖަހާފާ ބުނެފާނަން. މިހާރު ސަރުކާރުހިންގަން ހަވާލުވާންއުޅޭ ކޯލިޝަނަށް 100 ދުވަސް ހަމަވަންދެންވެސް މައްސަލައެއް ނުޖެހި ކުރިޔަށް ދާކަށް ލާހިކު ކުޅަދާނައެއްނޫން. ބޮޑެތީން މިންޖުވެ ނިމޭއިރު ދެރަވަރު ސޮރުން އަދިވެސް، ދެންވެސް، ތިބޭނީ ޖަލުގޮޅީގަ. އެމީހުންނާ އަޅާލާނޭ މީހަކު ނުވާނެ. ޔަގީން.
ހާޖަރާ
01 October 2018
އެމީހުންވީ ވައުދުތައް ފުއްދުމަށް 15 އަހަރު ބޭނުންވާނެ. އެހެންވީމާ 15 އަހަރުން ވައުދު ފުއްދާ ގޮތަށޤ ނިހާންވެސް އެއްބަސްވާންވާނެ. އެހެންނޫނީ ކޯލިޝަން ސަރުކާރުން ވީ ވައުދުތައް ފުއްދާކަށް ލާހިކު ކުޅަދާނައެއްނޫން. ނަމުގާ ކޯލިޝަން. ކަމުގަ އެމްޑީޕީ.
ފުނާ
01 October 2018
މީދެން ކާކު ނުސީދާ ބަސް ކޯލިސަނައް ބުނަން އަމިއްލަ ދައިރާގެ ވެސް ތާއީދެއް ނެތް ، ގޮޑީގެ ފަހު ދުވަސް ތަށް ގުނަމުން އެދަނީ
ފެނޭތޭތޭ
01 October 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ބަތްކައްކާ
01 October 2018
ބޭފުޅާއަށް ނުފެންނާތީތަ އަހަރުމެންނަށް ފެނޭހޭ ތިއއަހަނީ. އަހަރުމެންނަށް ފެނޭ. ޕޕމ ބެކްސައިޑްގަ ކިކެއްޖަހާ ފައަސާލާފަ އޮންނާނީ. ދެންޖަޒީރާރާއްޖޭގަ އަހަރުމެންނާއެކީ މަހަށް ދާން ހިނގާ.
ވެލިދޫ މީހާ
01 October 2018
ލޯ ހުރިއްޔާ ފެންނާނެ އެއް ނޫން ، ކަލޭ ހަމަތަ ކޯޑިނޭޓާރ؟ ވެރިކަން ދޫވީމަ މޮޔަވީތަ؟
ބޫމް
01 October 2018
ކުރިން އެހެރަ ވާހަކަ ގިނަ ކޯޑިނޭޓަރު މިހާރު ލިޔާނެ އެއްޗެއް ނެތި މޮޔައަކުހެން އެކައްޗެއް މި ކިޔަނީ. " އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ. އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ. އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ........."
އައްޑޫ
01 October 2018
ކަލޭމެން އޮޑީގަ މާލިމީއެއްނެތް! ހުރީ ފަސްތަނުން ބަނދެވިފައިވާ ޤަބުރެއް!
ޕްކަޅާލި
01 October 2018
ނިހާނު ބޭނުން ނުވިޔަސް 2019 ގެ ބަޖެޓު ބައްޓަންކުރާނީ ކޯލިޝަނުގެ ޕޮލިސީތަކާ އެއްގޮތަށް
ali hameed
01 October 2018
ކަލޭގެ ސަރުކާރެއްތަ
ހޮޓްކިންގ
01 October 2018
މަގުމަތީ ދެމި ބެނާތަކެއްގައި ހުރި ވައުދުތަކުގެ ފޮޓޯނަގައިގެން އެ ހުރިހާ ވައުދު ފުއްދާނެ ކަމުގެ އުއްމީދުގަ މިހުރީ. ހީކުރަން ވެރިކަމާއި ހަވާލުވާން ދުވަހުންފެށިގެން ވައުދު ފުއްދަން ފަށާނެކަމަށް. އެކަމަކު ހުރިހާ ރައްޔިތުންނަށް އަދުލު ވެރިވުން ކަމަށް ވިދާޅުވި އިރު ޖަލު ހުކުމް ކުރި 6 އިސް ވެރިން ދޫކޮށްލުމަށްފަހު ދެން ޖަލުގައި ތިބީ ދިވެހި ރައްޔިތުން ކަމުގައި ނުދެކޭނަމަ އެއްކަލަ ހަމަހަމަ ކަން ފުރަތަމަވެސް ގެއްލުނީދޯ؟
Shiyam
01 October 2018
ބޮޑުން ނަށް ބަހާފަ ރައްޔިތުން ނަށް މުކޮސް
ޔަސް
01 October 2018
ސާބަހޭ ނިހާން ތިޔަ ހިތްވަރަށް އައްސަރިބަހާސާބަސް ރައްދު ކުރަން
ފާއިޒް
01 October 2018
އެތެރޭގެ އުދުހުމުގެ ވައުދު" އަގު ކުޑަކުރާ" ނުފުއްދޭނެ. ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާއެއްވެސް ނުދެވޭނެ.