09 އޮކްޓޯބަރ 2018 - 18:00
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ޖަލު ހުކުމް އިއްވާފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ރައީސް ނަޝީދު އަންނަ މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ހުކުމް ކޮށްފައި ވަނީ ނާއިންސާފުންކަން މުޅި ރާއްޖެއާއި ދުނިޔެ ހެކިވާ ކަމަށެވެ. އެހެންކަމުން ކަރެކްޝަންގެ ބެލުމުގެ ދަށަށް ރައީސް ނަޝީދު ގެންދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
November 1 Rajje vadaigannavaane kamah Nasheed vidhaalhu vejje
The most trusted news source in the Maldives
Mihaaru
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާން ކުރުން--
"ރައީސް ނަޝީދު ވަޑައިގަންނަވާއިރު އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި މިނިވަނެއް ގޮތުގައި އެ ހުންނަވަނީ. އަދި މުޅި ދިވެހިރާއްޖެ ދެކޭނީ އެގޮތަށް. ރައީސް ނަޝީދު ވަޑައިގެން ސިޔާސީ އަދި ސިވިލް ރައިޓްސް ބޭނުން ކުރުމަށް އިރާދަކުރެއްވިއްޔާ އެއްވެސް ހުރަހެއް ނޯންނާނެ ރައީސް ނަޝީދު ނޮވެމްބަރު 1 ގައި ވަޑައިގަންނަވާއިރު،" ހަސަން ލަތީފް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި. ދައުލަތުގެ އެއްވެސް އިދާރާއަކުން ރައީސް ނަޝީދުގެ ހަށިކޮޅުގައި އަތްލެވޭ ގޮތަކަށް ނޫން ވަޑައިގަންނަވާނީކީ."
ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އެއީ ކޯޓަށް ގޮސްގެންތޯ ނުވަތަ ކިހިނެއް ކަމެއް ވިދާޅެއްނުވެ އެވެ.
ރާއްޖެ ވަޑައިގަތުމަށް ނަޝީދު ނިންމެވި އިރު، ޖަލަށް ލާފައި ތިބި އިދިކޮޅު ބައެއް ލީޑަރުން މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. އެ ގޮތުން، ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ހުކުމް ކޮށްފައި ހުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް އިއްވާފައިވާ ހުކުމުން ނޮވެމްބަރު 1 އަކަށް ވާނީ ތިން އަހަރާއި ހަ މަހާއި 10 ދުވަހެވެ. އޭގެ ތެރެއިން ގިނަ ދުވަސްތައް އުޅުއްވާފައިވަނީ ހުކުމް ތަންފީޒު ނުކުރައްވައި ރާއްޖެއިން ބޭރުގަ އެވެ.
ޖަލުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ބޮޑުވުމުން، ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވަމުން ގެންދަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ވަރަށް ގިނައިން އަވައްޓެރި ލަންކާ އަށް ވަޑައިގެން، ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭ
10 October 2018
އައްޑޫއަށްދާ މައިގަޑު ސަބަބަކީ މި ވެރިކަމުގައި ދެކުނުގައި ވަކި ކުޑަ ދައިލަތެއްގެ ގޮތުގައި ހަދަން ނަސީދު ގެންގުޅޭ ވިސްނުންފުޅުގެ ސާފު ހެއްކެއް. ދިވެހި ދައުލަތުގެ ދަށުގައިވާ ކުޑަ ދައުލަތުގައި ވަކި ދިފާއީ ބާރެއް އަދި ވަކި ފުލުހުން، ކަސްޓަމް، ސިވިލް ސާވިސް، އަދި އިގްތިޞާދުވެސް. ބޭނުމަކީ މައި ސަރުކާރު ވެއްޓުނަސް ވެރިކަން ދިފާއުކުރަން ފަސޭހަކުރަން އަދި އެފަދަ ހާލަތެއްގައި ވަކިވެގަނެ މިނިވަންކަން އިއުލާންކުރުން.
ހޮޓްކިންގ
10 October 2018
ހަސަންގެ ވާހަކަތަކަށް އެއްވެސް އިތުބާރެއް ނުކުރަން. އިންތިޚާބަށް ކައިރިވީއިރު ނަޝީދަށް ކެންޑިޑެންސީ ލިބޭނެކަމަށްވެސް ތި ހަސަން ވަރަށް ނާރު ނަގާފައި ނޫސްކޮންފަރެންސެއްގައި ބުނި. އެކަމަކު އެކަންވެސް އެހެން ނުވި. ދެން އޮތީ ޤާނޫނީ ވެރިކަމެއް ހިނގާ ގައުމެއްގައި ޤާނޫނަށްވުރެން މަތީގައި ނަޝީދު މިނިވަން ވަނީ ކިހިނެތްތޯ. ޙަސަން މަޑުން ހުރުން އެދެން.
އަޖީތު
10 October 2018
މިވެރިކަން ބަލިކުރެވުނީ ނަޝީދުގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން.
ސަމްސޫނު
10 October 2018
ނަޝީދު އަކީ މިގައުމުގައި ހުރި ބޮޑު ޤައްދާރެއް.
ރާވެރިބެ
10 October 2018
ތީ އުފާވެރި ޚަބަރެއް ... އެހެން ވީމާ އުންމީދުކުރަނީ ގައުމު ހަލަބޮލިކޮށް ލާދީނިއްޔަތު ފަތުރައް ފުރުޞަތު ލިބޭގޮތަށް މިނިވަން ނުވާނެކަމަށް ...
މީށް
10 October 2018
މީނަޔަކަށް ކެތެއްނުވާނެ އިބޫ ވެރިއަކަށް ހުރެގެން. މި ހަސަދަވެރިޔާ މިއުޅެނީ ހަޖަމް ނުވެެގެން. އަހަރެމެންބޭނުމެއްނޫން ތީނާ މިގައުމުގެ ވެރިކަމަށް އަންނާކަށްވެސް. ތާއީދު އޮންނާނީ އިބޫއަށް
ސްޕްރިން ކޯޓް
10 October 2018
މިއީ ގާނޫނީ ބާރުހިންގާ ތަނެއްތައް؟
އަސްރަފް
10 October 2018
ގައުުމުގެ ހަލާކުތީ. މިވެރިކަންވެސް ތި ނިމުނީ
m ހަސަން
10 October 2018
ހާދަ އަނިޔާވެރި އޭ.. ނިކަމެތި ރައްޔިތުމީހާ ހުކުމް ތަންފީޒު ކުރަން ޖެހެނީ.. އެހެން ދީންތަށް ފަތުރާ ބޮޑުން އިސްތިސްނާ. ކަޑަ.. ދޯ..
ވަތުބަތާނަ
10 October 2018
ޙަސަން ލަޠީފަކީ ގާނޫނީ ވަކީލެއްކަމާމެދު ސުވާލު އުފެދޭ؟ އެއީ ދިވެހިރާއްޖޭގައި އޮންނަ ގާނޫތަކުގެ ދަށުން އޭނާ ކުށްވެރިވެގެން އެހުރީ ޖަލަށް ޙުކުމް ކޮށްފަ! މައިބަދައިގެ އޮޕަރޭޝަނެއް ކުރަހަށޭ ކިޔައިގެން ބުހުތާން ދޮގުތަކެއް ހަދަައިގެން ފިލައިގެން ގޮސް އެހުރީ! އޭނާގެ ޖަލުޙުކުމަށް 3 މަރުހަލާ ނިމިފައި! ދެން އޮތްގޮތަކީ އިބްރާހީމް މުޙައްމަދު ޞާލިޙު ޙުވައި ކުރައްވައި އަފޫޢާމެއްގެ ދަށުން މިނިވަންވުން. އެކަމަކު ދެން ޖަލުގައި ތިބި އެހެން މީހުންނޯ؟؟؟؟؟؟؟