ގޯތި ބޭނުންވެގެން ފޯމް ހުށަހަޅަން ހައުސިން މިނިސްޓްރީ އަށް މިއަދު ގޮސް ތިބި މީހުން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
10 އޮކްޓޯބަރ 2018 - 09:56
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމާ އެކު، ހައުސިން މިނިސްޓްރީ ކައިރީގައި ބޮޑު ކިއުއެއް މިއަދު ދަމާލައިފި އެވެ.
އާ އުސޫލެއް އެކުލަވާލައި، އެ އުސޫލުތައް ހާމަކުރުމަށް ފަހު ގޯތި ވިއްކަން އިއުލާންކުރަން އޭސީސީން އެންގި ނަމަވެސް، އަލުން ފޯމު ބަލައިގަންނަން ހައުސިން މިނިސްޓްރީން މި ފެށީ އެގޮތަށް އެކަން ނުކޮށެވެ. އެކަމަކު ގެދޮރު މައްސަލަ ބޮޑު މާލޭ ރައްޔިތުންގެ އެތައް ހާސް ބަޔަކަށް، ހައުސިން މިނިސްޓްރީން ކަން ކުރަމުން އަންނަ ގޮތާ މެދު ވިސްނައެއް ނުލެވެ އެވެ.
ގޯތި ބޭނުންވެގެން ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީ އަށް މިއަދު ގޮސް ތިބި މީހުން ކިޔޫގައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ފޯމު ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، އިއްޔެ ހަވީރުން ފެށިގެން ރޭ ވަރަށް ދަންވަންދެން ވެސް ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅާފައިވެ އެވެ.
މިއަދު ހެނދުނު ވެސް އޮފީސް ހުޅުވުމުގެ ކުރިން އެތައް ސަތޭކަ ބަހަކު ތިބީ އަނެއްކާވެސް ކިޔޫގަ އެވެ.
ގޯއްޗެއްގެ އަގު ހަތަރު ލައްކަ ރުފިޔާއަށް ހަމަޖައްސައިގެން ފޯމު ބަލައިގަތުން މިދިޔަ ހަފްތާގައި ކުރިއަށް ގެންދަނިކޮށް އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެވެ. އެކަމަކު ފަހުން، އެ ހުއްދަ އޭސީސީން އޮތީ، ވަކި ޝަރުތުތަކާ އެކު، ދީފަ އެވެ.
ގޯތި ބޭނުންވެގެން ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީ އަށް މިއަދު ގޮސް ތިބި މީހުން ކިޔޫގައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މިނިސްޓްރީން ނިންމީ 1000 އަކަފޫޓުގެ 400 ގޯތި، އަކަފޫޓެއް 400ރ. ގެ ރޭޓުން ވިއްކާ ގޮތަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި 400 ގޯތި ލިބޭ މީހުން ކަނޑައަޅާނީ ދަރުބާރުގޭގައި ބާއްވާ ގުރުއަތުލުމެއްގަ އެވެ. އެކަން އޮންނާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަަަފާތި
10 October 2018
މިފޯމްހަމަޖެހޭ ހެން ހިޔެއްނުވެ. ޝަރުޠުގަ ދަރިން ނުވަތަ ބަލާކުދިން ތިބެންޖެހެ. ޢެކަމު ފޯމާއެކު އެމައުލޫމާތު ހުށަހަޅާކަށް ނެތް. ދެން ކިހިނެތް ޝަރުތުހަމަވާ މީހާ އެގޭނީ. އަނބި/ ފިރިމީހާގެ ގެދޮރުވެރިކަން ވެސް ނެތް ޝަރުތަކު. ޢެކަކަށް ފްލެޓް ހުއްޓާ، އަނެކަކު ގޯއްޗަށް ފޯމް އެބަލާ.
ނަގޫރޯޅި
10 October 2018
ދަރިންނޭ.. ތިޔަ ފެންނަނީ ވޯޓުން ދިވެހިރައްޔިތުން ދެއްކި ނަތީޖާ ހަޖަމްނުވެގެން ބަދަލުގައި ރައްޔިތުން ހަނާކުރާތަން.. ތަޅުވާތަން.. ރަތްދަކަ އަވީގަ އެއްވެސް އިންތިޒާމެއްނެތި ލާހުރުވަނީ.. ނަތީޖާގެ ހަސަދަ ފިލުވަނީ..
މާދިލް
10 October 2018
ގޯއްޗަށް އެދޭ ފޯމްގައި އަނބި/ ފިރިމީހާގެ ގެދޮރުގެ މަޢުލޫމާތުގެ ބައި ނީދެ. އިއްޔެ އަނބިމީހާ އަށް ފްލެޓް ލިބިފަ އޮއްވާ މިއަދު ފިރިމީހާ ލައިފި ގޯތިފޯމް. މިގޮތަށްފޯމް އޮތީމަ އެ 400 ގޯތިން ވެސް އިތުރު 400 އާއިލާ އަށް ބޯހިޔާ ވަހިކަމެއް ނުލިބޭނެ. މީ އަދި އިސްލާހު ކުރިފޯމް
ފުންއަސަރު
10 October 2018
އަދި މިހާތަނަށް ދުވަހަކުވެސް ބަޔަކު ނުކުރާވަރުގެ ކަމެއް ކުރުމަށް ދެތިން ދުވަސް ދިނީމާ ވާނެ ހައެތި މިވަނީ. ރައްޔިތުން ގަނަތެޅުވުމުގާ މިނޫން ގޮތެއް ނެތީތޯ؟ ތިވަރުގެ ބޮޑުކަމެއް ކުރުމަށް މަހެއްހާ ދުވަސް ދޭންވާނެ. ހޭލާހުރެގެން ބޮޑުކިއުގާ ޖެހިގެންވެސް ހުރެވޭނީ ތިބުނާ ތަނެއް ލިބޭނޭކަމުގެ ޔަގީންކަންވެސް އޮތިއްޔާތާ. ނުބައިން ނުބަޔަށް ހުރިހާ ކަމެއް.
އަރުދަ
10 October 2018
މީ އަސްލު ވަރަށް ގޯސްކަމެއް! ސަރުކާރުން މިކަން ކުރުން ގޯސް! މިކަމަށް އެދީ ފޯމުލުން އަހަރެން މާނަ ކުރަނީ ކަރަޕްޝަންގައި ބައިވެރިވުން ކަމުގައި! އެންމެ ގަދަޔަށް ކަރަޕްޝަނޭ ވަގޭ ގޮވި މާލޭގެ މީހުންތައް ފޯމު ނަގަން ކިޔޫގައި! އަޖައިބުވެ އަންތަރީސްވެއްޖެ މިމާލޭ މީހުން އުޅޭގޮތް ފެނިފައި!
އަންވަރު
10 October 2018
އެހެންތާވާނީ ކަރަޕްޝަނޭ ކިޔަކިޔާތިއްބާ 700 ފުލެޓުވެސް ބެހީ. އަތުލެވޭނެގޮތެއް ކޮބާ. މިހާރު އެދޫކުރި 7000 ފުލެޓުވެސް ޕީޕީއެމް ކުދިންނަށް އެއޮތީ ދީފަ. ވާނެކަމެއް އެބޮތްތަ. އަނެއްކާ ފުލެޓު ލިބުންމީހާ ހިތްހަމަޖައސަން އުޅޭތަން ފެންނާނީ. ގައުމު ވީދާކާތަން ބަލަންނުހުރެ ދެންއެންމެން ދުއްވައިގަންނާނީ ލިބުނު ގޮތަކަށް ހޯދަން. އާސަރުކާރާ ފުލުހުން މިކަން ހުއްޓުވަން އުޅޭތަނެއް ނުފެނޭ.
ފުންއަސަރު
10 October 2018
މިދުވަސްވަރު ކުރާ ތިކަހަލަ ހަމަ ހުރިހާ ކަމެއްވެސް ހުއްޓުވަން ޖެހޭނެ. ފައިސާހޯދަން ބޭނުންނަމަ 1000 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 400 ރުފިޔާގެ ރޭޓަކުން ނުވިއްކާނެ. ތީ ހަމަ ހާމަކަންބޮޑުގޮތެއްގާ ހިންގާ ބޮޑު ޖަރީމާއެއް. މިހާރު ގޯތިބޭނުންވެފާތިބީކީ 400 މީހުނެއްނޫން. އެކަމަކު ތިބޭފުޅުން ދޭން ބޭނުންވަނީ 400 މީހުނަށް ކަމަށް ވެދާނެ. އަދި އެ 400 މީހުންނަކީ ތިބޭފުޅުންގެ މީހުނަށްވެސްވެދާނެ. ކަންކުރަންވާ ރަނގަޅުގޮތުގާ ކަންކުރާނަމަ މަވެސް ބުނީހީ ތީސަޅިކަމެކޭ.
އިބްރާ
10 October 2018
ކަލޭމެންނަށް ކަމުދާނެ މިކަންވެސަ އެމްޑީޕީންކުރިނަމަ
ހުއްބުލް ގަލަން
10 October 2018
ސަރުކާރާއި ހަވާލުވާން ތައްޔާރުވަމުންދާ ކޯލިޝަންގެ ސަރުކާރުން މިކަމަށް ޕްރެސް ކޮންފަރެންސެއް ބާއްވައި މުއިއްޒުގެ ގޯތި ލިސްޓަށާއި ފްލެޓް ލިސްޓަށް އަމަލު ނުކުރާނެކަމުގެ ގެރެންޓީ ރައްޔިތުންނަށް ދޭންވެއްޖެދޯ. އަލަށް އެކުލަވާލެވޭ ކޯލިޝަން ސަރުކާރުން މިހާރު ސަރުކާރުގައިތިބި މީހުން ހިންގާ ޖަރީމާތަކުގައި ބައިވެރިވެގެން ނުވާނެ.
ދިވެހ
10 October 2018
ހަމަތެދެއް. މާރިޔާ(ސްޕޯކްސް ޕާސަން) ހަނު ހުންނާތީ ހައިރާންވޭ. ފޯމުލާން ކިއުގަ ހުއްޓަ އަލުން ހުޅުވާލާނެ ކަމަށް މާރިޔާ ނޫސްކޮންފެރެންސް ބާއްވާފަ ބުނީމަ ފޯމް ނުލާ ދިޔައީ. އެކަމަކު ލިސްޓުތައް އިއުލާންކޮށް ބަހަންފެށީމަވެސް އަޅަވެސް ނުލާ އިއްތިހާދުގެ ފަރާތުން.
މާރިޔާގެ ފެމިލީ
10 October 2018
މާރިޔާވެސް ހުރީ ފޯމުލާންގޮސް ތޯއްޗެއް
ނުކުރާނެ
10 October 2018
ނުކުރާނެ ތިޔަ ކަމެއް! އެހާ އިޚްލާޞްތެރި މީހުންނެއް ނޫން އުޅެނީކީ! އެހެން ނަމަ މިމާލޭގައި މިގައުމުގައި އެންމެ ކަރަޕްޝަން ބޮޑު ރައީސްގެ ސަރުކާރުން ހުޅުވާލާ މިކަހަލަ ކަރަޕްޝަން ބޮޑު އަމަލެއްގައި އެނގި ތިބެ ބައިވެރިވާން މާލޭ ރައްޔިތުން ނުދާނެ! އެކަމު ކިޔޫގައި އެންމެ ގިނައީ ކަރަޕްޝަނޭ ވަގޭ ވައްކަމޭ ކީ މީހުން! ފޫހިކަމުގެ ކޮލެއްނެތް މިމާލޭ މީހުންގެ
އުމަރުބެ
10 October 2018
ފޯމް ސްކޭން ކޮށްފައިވެސް ފޮނުވިދާނެ، އަދި ފޯމުތަށް ސިޓީއުރައަކަށް ލާފައި ފޮނުވިދާނެ، އެއިރުން ސިޓީއުރަ ކަނޑައި ބަލާއިރު ބޭނުންވާ އެއްޗެހި ނެތިއްޔާ ފޯނުކޮށްފައި އެތަކެތި ހޯދިދާނެނޫންތޯ، އަވީގައި ހުރިހައި މީހުން ކިޔޫގައި ތިބެންޖެހޭތޯ ދަރުބާރުގޭގައި ތިޔަކަންތަށް ކުރަންވީނޫންތޯ؟
ބޮޑުރިޔާ
10 October 2018
އަހަރެން އަޖައިބުވަނީ މިވަރަށް ކުޑައަގެއްގައި ގޯތިވިއްކެން އޮއްވާ މިހާދުވަސްވާއިރުވެސް އެކަންނުކޮށް އޮންނާތީ ހުޅުމާލެ 1 ،2 ފުރެންދެން ބިންތަށް އެއޮތީ ކޮތަރުބިސްއަޅަން އަދި ކޮންމެ އިންތިހާބަކާ ދިމާކޮށް ރައްޔިތުންގުނބޯހައްދަން ދެން ކިއުގާ ފޯމް ހިފައިގެން ގޮސް މިތިބެނީ އެކަމަކު ނަމްބަރެއްނުލިބެ މިކަންވެސް ހަރުދަނާވާނެނަމަދޯ އަހަރެން އުންމީދު ކުރަން 1000 އަކަފޫޓްގެ ބިންކޮޅެއް ޖަޒީރާގަ މާލުއި ކޮންލިބޭނެކަމަށް
ޖަބީން
10 October 2018
ތަނެެއްގަ ޖަރީމާއެއް ހިންގަންޔާ އެކަމަކަށް ބޯ ކޮއްޕާލާ މީހުންވެސް މަދެއްނޫންތާ! ތި ގޯތިތައްވެސް ގަނެވޭނީ ގެދޮރުހުރި ލާރި ލިބޭމީހުނައް. ކިހާ ދެރަ ކަމެއް