ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
10 އޮކްޓޯބަރ 2018 - 17:53
ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް ވޯޓުގައި ރައްޔިތުންގެ ނިންމާފައިވާ ގޮތް ބަދަލުކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި އިބޫ ކުރި ހޯއްދެވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
އިބޫ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ކުރި ހޯއްދެވި އިންތިޚާބާ ގުޅިގެން ސަޕޯޓަރުންތަކެއް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް މިއަދު ވައްދައިފަ އެވެ.
މާރިޔާ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅީ ކޮން މައްސަލައެއް ކަމެއް ވެސް ރައީސް ޔާމީންގެ ވަކީލުން މިހާތަނަށް ރައްޔިތުންނަށް ސާފުކޮށްދެއްވާފައި ނުވާ ކަމަށެވެ. މިހާތަނަށް އާއްމުކުރީ އެ މައްސަލަ ހުށަހެޅުން ކަން އެކަނި ކަަން މާރިޔާ ފާހަގަކުރެއްވި އެވެ.
އެކަމަކު، އެ މައްސަލަ ހުށަހެޅީ އިންތިޚާބުގައި ރައީސް ޔާމީން ބަލި ގަބޫލުފުޅު ކުރައްވައި ވެރިކަން ބަދަލުވުމުގެ މަރުހަލާ ވެސް އޮމާންކަމާ އެކު ކުރިއަށް ދަނިކޮށް ކަމަށް މާރިޔާ ވިދާޅުވި އެވެ. ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުންނާއި ރަސްމީ އިދާރާތަކަކުން ވެސް މާރިޔާ ވިދާޅުވި ގޮތުގައި، ވެރިކަން ބަދަލުވެއްޖެ ކަމަށް ގަބޫލުކޮށްފި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް ރައީސް އޮފީހުގައި ހުންނަވައިގެން ގަބޫލުފުޅު ކުރައްވައިފި ރައްޔިތުން އެ ބޭފުޅާ އަށް ވޯޓެއް ނުލާކަން، އެ ބޭފުޅާ އޮތީ ބޮޑުތަނުން ބަލިވެފައި ކަން. އަދި އެކި ތަންތަނުގައި ކީއްވެގެންހޭ ރައްޔިތުން ތިމަންނައަށް ވޯޓު ނުދިނީ ކިޔައިގެން ވެސް ވާހަކަ ދެއްކެވި ތަން ވެސް ފެނިގެން ހިނގައްޖެ،" މާރިޔާ ވިދާޅުވި އެވެ.
"މި ހުރިހާ ހެއްކާއި ގަރީނާ އެއްކޮޅަކަށް އޮވެފައި، ކޯޓަކުން އެ ނޫން އެހެން ގޮތަކަށް ނިންމާވަޑައިގެންފާނެ ކަމަށް ގަބޫލުކުރަން ދަތި،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުން ބަލިވެއްޖެ ކަން ގަބޫލުފުޅު ކުރައްވައި ރައީސް ޔާމީން ވެސް އެކަން އިއުލާން ކުރެއްވުމާ އެކު ފުލުހުންނާއި ސިފައިން ވެސް ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އޮތީ ދީފަ އެވެ.
މާރިޔާ ވިދާޅުވީ، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމާ އެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން ޑިރެކްޓަރު އޮފް ޓްރާންސިޝަނަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށް، އެ އޮފީހުން އެ މަސައްކަތް ވެސް ވަރަށް އޮމާންކަމާ އެކު ކުރިއަށް ދާ ކަމަށެވެ. އެ މަސައްކަތް ހިނގަމުން ދަނިކޮށް، އިންތިޚާބާ ގުޅޭ މައްސަލައެއް ހުށަހެޅުމުން ސިފަވަނީ ރަށުތެރެ ހަލަބޮލިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"އެ [ރަށުތެރެ ހަލަބޮލިކުރުން] ނޫން އެހެން އެއްވެސް ކަމެއް ނެތް. ރައްޔިތުން ތިބީކީ އެ މޫޑަކު ނޫން،" މާރިޔާ ވިދާޅުވި އެވެ.
"ހުރިހާ ކަމެއް އެކި ގޮތްގޮތަށް ކުރިއަށް ގެންދަވާފައި ނުކުމެވަޑައިގެން މާކަނާ ކަލޯތާ ހެދިފައި، ކޯޓަށް ވަދެވަޑައިގެން އެ ކަހަލަ ކަންތައް ކުރެއްވުމުން އެއީ އަޅުގަނޑަށް ފާހަގަވަނީ ސުޕްރީމް ކޯޓު ވެސް ކުޑައިމީސްކުރުން ހެން،" މާރިޔާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
11 October 2018
ކަނބުލޯ ތީ ޙަޤީޤަތަކީ، އެކަމުވެސް ވެދާނެތާ އެއީ ރައްޔިތުން ނިންމިގޮތް ނޫންކަމަށްވެސް. އޭރުންވެސް އެހުރީ ވޯޓުފޮށިތަކާއި ވޯޓުތަށް ގުނައި ހިސްބުކޮށް އަލުން ބެލީމާ އެނިމުނީނޫން.
ޟަރި
11 October 2018
ރައްޔިތުން މިއެދެނީ . އަމާން ވެއްޓަކައް އާދޭސް ކޮއްފަ އެދެން .. ގޭންގް ތަކުން ސަލާމައި ކޮށް ދެއްވާ .. މި ގައުމް
ބޭބެ
10 October 2018
ވޯޓުން ވައްކަން ކުރީމާ އެއީ ރައްޔިތުންގެ ނިންމުމޭ ނުބުނެވޭނެ!! ކަލޭމެން ޓީމްތައަ ހަދައިގެން ދުވާލު ހަތަރުދަމު ސަރުކާރުގެ އެކި މުއައްސަސާތަކަށްވަދެ ތިގެންދަނީ ބިރު ދައްކަމުން!! އެކަން ކަލޭމެންނަށް ފަހުމު އެބަވޭތަ؟ ކިހާ ދެރަކަމެއް!! ވޯޓް ރަގަނޅަަށް ދިޔަނަމަ ވޯޓްލާ ނިމިގެން ހަފްތާއެއްތެރޭ އިލެކްޝަން ކަމިޝަންގެ ރައިސް ފިޔަވާ ހުރިހާ މެމްބަރުން ލަންކާއަށްގޮސް ނިޒާމުގެތެއިން ފިލާކަށް ނުޖެހުނީސް!!
ޙައްގުބަސް
10 October 2018
އިލެކްޝަންސް ކަމިޝަންގެ ރައިސް ފިޔަވާ އެހެން ހުރިހާ މެމްބަރުން ރާއްޖެއިން ބޭރަށްގޮސްގެން އެއުޅެނީ ނިޒާމުގެތެރެއިން ފިލަން!! އެއީ ކަމާބެހޭ އިދާރާއަކުން މިމީހުން ހައްޔަރުކޮށް ތަހްގީގު ހިންގަފާނެތީކަމަށް ބެލެވެނީ!! މިއީ ވަރަށްބޮޑަށް ރާވައިގެން ކޮށްފައިވާކަމެއްކަމަށް ބެލެވެނީ!! ވޯޓުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ!!
ރަންބުއްދި
10 October 2018
ޢެމީހަކު ގަބޫލު ނުކުރާ ހުކުމެއް ކުރުމުން ކުއއވެރިވަނީ ފަނޑިޔާރު..ދެންފެންނަނީ ކޯޓުގެ ފުރާޅު ޓިނުނަގާތަން.ތިމަން އިލެކްޝަނުން މޮޅުނުވާ ނަތީޖާއެއް ނުކުތީމަ ކުށްވެރިވަނީ މެމްބަރުން.ފާރުފަޅާ ވަދެ މެންބަރުން އުފުރާލުމުގެ ކުރިން އެމީހުން ފިލީ.އެއްކުޅި ކުރިއަށް ޖެހީ
ދޮގެއްތަ؟
11 October 2018
ރަންބުއްދި ވެފަ ތިބޭ މީހުންނަކަށް، ފަނޑިޔާރުން ވަގަށް ނެގި މީހުން ނޭނގޭނެ.
ކުނޫޒް މާމަ
10 October 2018
ވޯޓް ލުން ބަރާބަރު،އެކަމަކު މައްސަލަ އަކީ ވޯޓް ނަތީޖާ އިއުލާން ކުރި އިރު ދެފުއް ފެންނަ ގޮތަށް ކަން ކަން ހިނގައި ފައި ނުވާތީ،ޝައްކު ކުރެވޭ އެތަށް ކަމެއް ކޮށްފައި އެބަހުރި،އެކަން ކަން ބަލާ ދިނުމަށް އެއޮތީ މައްސަލަ ވައްދާފައި ކޯޓައް،ދެން ގޮތް ނިންމާނީ ކޯޓުން،ރައްޔިތުން ވޯޓް ލައިފައި ވަނީ އެއްވެސް ބަޔަކު އެއިން ވައްކަން ކުރާކަން ނޫން،މިނިވަން އިންސާފު ވެރި އިންތިހާބު އެއީ ރައްޔިތުން ބޭނުން ވާގޮތް،
މޮންތީ
10 October 2018
މާރިޔަތޫ މޮޔަފުޅުވީތޯ! ތީދެން އަޅެކާކު ވާހަކަ ދައްކަން!
ހައްހައްހައް
11 October 2018
އެއީ؟ އެއީ އެފް.ޕީ.އައިޑީ އެއްނު.
ނަސީދު
10 October 2018
ވޯޓް އޯކޭއޭ އެކަމަކު ވޯޓުން ވައްކަންކުރީމާ ކަނޑައީ
އަހްމަދުބޭ
10 October 2018
ކޯޓުންރައްޔިތުންގެނިންމުން ބަދަލެއްނުކުރާނެ އެކަ އިންތިހާބުތެރޭގައި އޮޅުވާލުންތަކެއް އޮޅުވާލައި ގާނޫނާ ހިލާފުކަންތައްތަކެއް ހިގައިފަވާނަމަ އެކަމެއްބަލައި އަދުވެރިހައްލެއް ގެންނައްޖެހޭނެދޯ
ބަލާތި
10 October 2018
ރައްޔިތުންގެ ނިންމުމެއް ނޫން ވޯޓް އިން ވައްކަން ކުރުމަކީ އެއީ ރައްޔިތުންގެ ނިންމުމެއް ނޫނެވެ. އެއީ ވަގުވޯޓް އެވެ. އެނުވާނެ ރައްޔިތުންގެ ނިންމުމަކަށް. ބުއްދީގެ ހަމަ ތަކުން ބަލާއިރު ހިނގަ ހިނގާ އޮތް ރައްޔިތުންގެ ތާއީދު އިންތިހާ އަށް އޮތް ސަރުކާރެއް ރިޔާސީ އިންތިޚާބުގައި ވާދަ ކުރާއިރު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭނެއޭ ރާއްޖޭގެ ކުޑަ އާބާދީ އެއް ހިމެނޭ ދެ އަތޮޅުން އެކަނި ކަމަށް ސަރުކާރަށް މެޖޯރިޓީ ވޯޓް ލިބޭނީ ގަބޫލުނުކުރެވޭނެއޭ އެކަން ބަލަންވީ
ނޫނު ރާ
10 October 2018
ރައީސް ޔާމީން ބޭނުންފުޅުވީ ހަމައެކަނި ޕީޕީ ކުދިންގެ ވޯޓް. އެހެންމީހުނަށް ބަވަނީ، ޖެއްސުން ކުރަނީ، މަޖުބުރުން ޖަލްސާތަކަށް ފޮނުވަނީ. ދެން ކިހިނެއް ވޯޓް ދެނީ؟
އިން
12 October 2018
ވޯޓުން ވައްކަން ކުރިގޮތް ޕީޕީ ކުދިން ބުނެލަދީބަލަ
ތިމަންނަ
10 October 2018
ކޮންމެހެން ސޯޓް ބާލައިގެން ވޯޓަކަށް ދާނެކަމެއް ނެތެވެ. ތިހުންނެވީ ހޮވި ، އިތުރުވެފައޭ ، ހަމަ " ދިގު ގޮޑިން" ވިދާޅުވީމާ ނިމުނީއެވެ.
ޙިންނަވަރު
10 October 2018
މަށަށް ހަމަ ހީވަނީ 2ވަނަ ދައުރަކަށް ހުވައި ޖެހޭނީ ރައީސް ޔަމީނުހެން..އެއީ ރައްޔިތުން ނައް އޮޅިގެން ވޯޓް ލެވުނަސް އިބޫ އަށް ވޯޓް ލެވިފަ އޮތީ .ހަގީގަތަކީ އިބޫ އަށް ވޯޓް ލާންޖެހޭނެ އެއްވެސް ސަބަބެއް ނެތް .އެއީ އެއްވެސް އަސްލެއްނެތް ވޯޓެއް.