ސްރީ ލަންކާ އެއާލައިންސްގެ ބޯޓުތަކެއް
15 އޮކްޓޯބަރ 2018 - 10:50
ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ހިއްސާ، ދުނިޔޭގެ މަޝްހޫރު އެއާލައިނަކަށް ވިއްކާލައި ޖޮއިންޓް ވެންޗާއެއް ހެދުމަށް ފަހު އަލުން ޔޫރަޕަށް ދަތުރުތައް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް މިނިސްޓަރު ޖޯން އަމަރަތުންގާ ވިދާޅުވެއްޖެ އެވެ.
ޔުނިވަސިޓީ އޮފް ކޮލަމްބޯގައި ބޭއްވި ފޯރަމެއްގައި އަމަރަތުންގާ ވިދާޅުވީ ސްރީ ލަންކާ އެއާލައިނަށް ދިމާވި މާލީ ދަތިކަމާ ހެދި މިހާރު ޔޫރަޕްގެ ދަތުރުތައް ހުއްޓިފައިވާ ކަމަށެވެ.
"ކެބިނެޓްގެ އަމާޒަކީ ދުނިޔޭގެ މަޝްހޫރު އެއާލައިނަކާ އެކު، މި އަހަރު ނިމުގެ ކުރިން ޖޮއިންޓް ވެންޗާ ހަދައި ޔޫރަޕަށް އަލުން ދަތުރުތައް ފެށުން،" އަމަރަތުންގާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްރީ ލަންކާ އެއާލައިން ޗައިނާއިން އޮޕަރޭޓްކުރާއިރު ހުސްކޮށް އެންމެ ސީޓެއް ވެސް ނުލިބޭ ކަމަށެވެ. އެހެންވެ ކެބިނެޓުން ބޭނުންވަނީ އިތުރު ބޯޓްތައް ހޯދައިގެން ދަތުރުތައް ފުޅާކުރުމަށެވެ. އެކަމަކު އޭޝިގެ ޑިމާންޑާ އެއްވަރަށް ދަތުރު ނުކުރެވިގެން އުޅެނިކޮށް ޔޫރަޕަށް ދަތުރުތައް ފަަށަން ބޭނުންވަނީ ކީއްވެ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ސްރީ ލަންކާ އެއާލައިނުން ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލިޔަސް ލަންޑަނަށް އަދިވެސް ދަތުރުކުރެ އެވެ. ޔޫރަޕްގެ ދަތުރުތައް ހުއްޓާލަން ނިންމީ ކުންފުންޏަށް ގެއްލުން ކުޑަކޮށް، ވިޔަފާރީގެ ބައިވެރިޔަކު ހޯދުމަށް މަގު ފަހިކުމުގެ ގޮތުންނެވެ.
މީގެ ކުރިން ސްރީ ލަންކާ އެއާލައިން ހިންގީ އެމިރޭޓްސް އާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ. އެކަމަކު ރައީސް ކަމުގެ މަގާމަށް މަހިންދަ ރާޖަޕަކްސަ ވަޑައިގަތުމަށް ފަހު އެމިރޭޓްސްގެ އެއްބަސްވުން އުވާލި އެވެ. އޭގެ ފަހުން 2009 އިން 2016 އަށް ސްރީ ލަންކާ އެއާލައިނަށް 163 ބިލިއަން ރުޕީސްގެ ގެއްލުން ވި އެވެ.
"އެމިރޭޓްސް ސްރީ ލަންކަން އެއާލައިންސް" ހިންގީ ސަރުކާރުން އެއާލައިނަށް އެއްވެސް ހޭދައެއް ކުރަން ނުޖެހޭ ގޮތަށެވެ.
ސްރީ ލަންކާ އެއާލައިންސްގެ ފްލީޓްގައި އޭ330 ގެ 13 ބޯޓާއި އޭ320/321 ގެ 14 ބޯޓު އޮވެ އެވެ. ފްލީޓަށް އޭ350 ގެ ހަތަރު ބޯޓު ހޯދަން ދިން އޯޑަރު ކެންސަލްކުރުމުން 115 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ވެސް ޖެހުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަ
15 October 2018
ހިންގަންނޭގޭމީހުން ވެރިކަމަށް އައީމަވާގޮތް. ރާޖަޕަކްސައަށްޓަކައި ގައުމު ރޮއެ އާދަެސްކުރަނީ މިހާރު.
ޝޮކްތެރަޕީ
15 October 2018
ފަނާކުރާ ސަރުކާރު އައިމާ މިހެންވާނީ. ހަގީގަތަކީ މިސަރަހައްދުގަވެސް ސިރީލަންކާގެ އިޔާލައިން ވަރުގެ އިޔަލައިންނެ ނެ މިސަރަހައްދުގަވެސް. ބޭނުމަކީ ރާޖަޕަސްސާގެ އަގުވައްޓާލުން. ތިމާގެއަމިލްލަ ޖީބަ ފައިސާލުން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
15 October 2018
ގައިމު ޗައިނާގެ އެކިމަންޒިލްތަކަށް މޯލްޑިވިއަން ކުރާދަތުރުތަކުން ކުންފުންޏަށް ލިބޭ ފައިދާއެއްނެތް. . . . ނޭޝަނަލް ފްލޭގް ކެރިޔާރ ޝެޑިއުލް ދަތުރުތަކެއްގެ ގޮތުގައި އެހެންބަޔަކަށް މާލީ މަންފާލިބޭގޮތަށް ޗައިނާ ތައިލެންޑް އަށާއި އިންޑިޔާފަދަ ބައެއް އެހެންމަލްޒިލްތަކަށް ކުރާދަތުރުތަކުގރ ހަޤީގަތް ދެނެގަންނާންޖެހޭ. . . . ކާމިޔާބު ކަމާއިއެކު 2 އަހަރު ކޮލަމްބޯ ގޭން ޝެޑިއުލް ދަތުރު ޔޫއެލް ކޮށްފައިވަނީ މޯލްޑިވިއަން ވައިބްލް ނުވާނެތީ ދޫކޮށްފަ ވަނިކޮށް.
އިސްތަށި ސިޓީ ގޫބައްޑާސިޓީ
15 October 2018
ގައިމު ޗައިނާގެ އެކިމަންޒިލްތަކަށް މޯލްޑިވިއަން ކުރާދަތުރުތަކުން ކުންފުންޏަށް ލިބޭ ފައިދާއެއްނެތް. . . . ނޭޝަނަލް ފްލޭގް ކެރިޔާރ ޝެޑިއުލް ދަތުރުތަކެއްގެ ގޮތުގައި އެހެންބަޔަކަށް މާލީ މަންފާލިބޭގޮތަށް ޗައިނާ ތައިލެންޑް އަށާއި އިންޑިޔާފަދަ ބައެއް އެހެންމަލްޒިލްތަކަށް ކުރާދަތުރުތަކުގރ ހަޤީގަތް ދެނެގަންނާންޖެހޭ. . . . ކާމިޔާބު ކަމާއިއެކު 2 އަހަރު ކޮލަމްބޯ ގޭން ޝެޑިއުލް ދަތުރު ޔޫއެލް ކޮށްފައިވަނީ މޯލްޑިވިއަން ވައިބްލް ނުވާނެތީ ދޫކޮށްފަ ވަނިކޮ
އޮރެންޖް
15 October 2018
"އޭނާ ވިދާޅުވީ ސްރީ ލަންކާ އެއާލައިން ޗައިނާއިން އޮޕަރޭޓްކުރާއިރު ހުސްކޮށް އެންމެ ސީޓެއް ވެސް ނުލިބޭ ކަމަށެވެ. އެހެންވެ ކެބިނެޓުން ބޭނުންވަނީ އިތުރު ބޯޓްތައް ހޯދައިގެން ދަތުރުތައް ފުޅާކުރުމަށެވެ". އެކަމަކު އަހަރެމެންގެ ޑިމޮކްރަސީ އެކްޓިވިސްޓުންނެއް މި މާރކެޓްގެ އަގު ވަޒަނެއް ނުކުރޭ.
ހަސަން /ހިތަދޫ އައްޑޫ
15 October 2018
ވަރައް އުފާވެރި ޚަބަރެއް، މިއަދާއި ހަމައަށްވެސް ހިފަހައްޓައިފައިވާ އެކުސެލެންޓު ތައިމު އާދެ މުޅިދުނިޔެއިން އެއްމެ ބަރާބަރައް ދަތުރު އިންޓައިމުގައި ކުރާ އެއާރލައިނަކީ އެއާރލަންކާ ކަމައް ވިދިވިދިގެން 3 އަހަރުގެ ރެކޯރޑު، އަދެ! މިތަރީޚީ ރެކޮރޑު ހިފެހެއްޓުމަކީ ތިޔަ ކުންފުނީގެ އިތުބާރު އަބަދުވެސް ކުރިޔައް އޮތުމުގެ މުހިއްމުކަމެއް.. ފައިސާގެ ދަތިކަން ހުއްޓަކަސް ބެސްޓު އެއަރ ލަިނާރއެއް..
ހާޖަރާ
15 October 2018
އެންމެން އިނދަ.
ކިއްލިބާޝާ
15 October 2018
މީ މިއަދުގެ ދުނިޔޭގެ ހަގީގަތަކީ.