19 އޮކްޓޯބަރ 2018 - 08:50
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށާއި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާލައްވާނީ އިންސާފު ލިބުމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އަޑުއިއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންނަށް އިންސާފު ލިބެންދެން މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ޕީޕީއެމުން މިހާރު ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، އިއްޔެ ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކަމަނާ އަށް މަރުހަބާ ދަންނަވަން ރައީސް ޔާމީން ރަސްމީ ފާލަން ދޮށުގައި..---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. ރައީސް ޔާމީނާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،705 ވޯޓު ލިބިވަޑައިގަތެވެ. އެކަމަކު، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، ޕީޕީއެމުން ކޮންމެ ރެއަކު ދަނީ އަޑުއުފުލަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ކުރިންނާއި ވޯޓުލުން އޮތް ދުވަހު، އިލެކްޝަންސް ކޮމިޝަނުން އިސްވެ އޮވެ، "ޝައްކެއް ނެތް މިންވަރަށް" ނަތީޖާ އޮޅުވައިލަން މަސައްކަތް ކުރި ކަމަށް ބުނެ، އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގައި ކޯޓުގައި ބޭއްވި އަޑުއެހުންތައް ނިމި، ހުކުމަށް ވަނީ ތައްޔާރުވެފަ އެވެ.
ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން އަބްދުއްރަހީމް ރޭ ވިދާޅުވީ ރައީސް ޔާމީން ފުރިޔަ ނުދީ ހިފަހައްޓާފައި ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ބިނާކޮށް ކަމަށް ބުނެ، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
އެހެންވެ، މިފަދަ ވާހަކަތަކަށް މުއައްސަސާތަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފާތުން އިއްޔެ ރާއްޖެ ވަޑައިގަތުމުން މަރުހާބާ ދަންނަވަން އެއްވި މީހުންނާ އެކަމަނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މި ވާހަކަތައް ދައްކަވާ ބޭފުޅުންނަކީ ދުވަހަކު ވެސް ތެދެއް ހައްދަވާ ބޭފުޅުންނެއް ނޫން. އެބޭފުޅުން ތެދެއް ހެދެން އޮތް ތަނެއްގައި ވެސް ތެދެއް ނަހަދާނެ، ހަދާނީ ދޮގު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމަކަށް ރައީސް ޔާމީނަށް އެތެރެ ނުވެވޭ ގޮތަށް ހަމަޖެއްސި ކަމަށް ބުނެ، ވާހަކަ ދައްކަނީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ވާހަކަތަކުން ޕީޕީއެމް މެމްބަރުންގެ އަޒުމަށް ބަދަލު އައިސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަންނަވާލަން އޮތީ ރައީސް ޔާމީން އެއްވެސް އިރެއްގައި ފިއްލަވާކަށް ރާއްވަވާފައި ނެތޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި އަބްދުއްރަހީމް ދެއްކެވީ، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިއްޔެ ހެނދުނު ރާއްޖެ ވަޑައިގަތުމެވެ. އަދި ރައީސް ޔާމީން ފިއްލަވަން އުޅުއްވި ނަމަ، އަނބިކަނބަލުން ގައުމަށް ގެންނަވަންވީ ކީއްވެތޯ އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ.
"އޭގެން އެނގިގެން ދިޔަ އެއްޗަކީ ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާ އެކު ރައްޔިތުންނާ އެކީގައި ކަން. އެފަދަ ހިތްވަރު ގަދަ ލީޑަރަކު ރާއްޖޭގެ ތާރީޚުގައި ދެކިފައެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
24 October 2018
އަދުރޭ ބޭނުންވެގެން ތިއުޅޭ އިންސާފު ލިބޭނީ ކޮންދުވަކުންތޯ އެވެ ؟ މިލިޔަނުން މިލިޔަނުން ޚަރަދުކޮށްގެން ގަތް ފުލެޓް ތަކުގެ މައްސަލަ ބަލާ ދުވަހަކުން ތޯއެވެ. މިޙާރު ފުއްޕާފަ ތިއުޅޭ ޕީ.ޕީ އެމް މައުމޫނަށް ލިބުމާއެކު ހަތާ ތަލާލީމަ ކުޅަނދުރަށް ވާހެން އަދުރޭމެނަށް ވެގެންދާނީ، ކެންޕޭނަށް ލިބުނު ފައިސާ ކޮޅުގެ ތެރެއިން ބައެއް ރައްކާކޮށްފައިހުރިނަމަ ދެންޖެހޭނީ އެފައިސާކޮލުވެސް ނަގަން،
ބޮސް
21 October 2018
އިންސާފް އަދި ލިބޭނެ ހިތްވަރުކުރޭ މިއުޅޭ އަމިއްލަ އެދުން ފޯވެފަ ތިބި ބައިގަނޑު (މަޙްލޫފް، އިލްހާމް، ބާޣީ ރިޔާޒް ) މެންގެ ކިބައިން
މިނިވަންކަން
21 October 2018
ތިޔަ އުޅެނީ މީހުންގެ ސަމާލުކަން ގެއްލުވާލަން ކަލޭމެން ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަ މީހުން ދައްކައި ކަލޭމެނާ ޤާނޫނު އަރާ ހަމަކުރާކަން އެނގޭތީ އެވާހަކަތަކުގެ ރާގު ބަދަލްކުރުމަށް ހިންގާ ކުޅިގަނޑެއްތީ އަދުރޭވެސް އާއިކާ އެކީ މެލޭސިޔާއަށްފޮނުވާލައިގެން ތިޔަ ކުންނަނީ ޤާނޫނަށް ބިރުން ކަލޭމެން ހިންގި ޖަރީމާއަކާ ކަލޭމެންވެސް ކުރިމަތިލާން ޖެހޭނެ
އަހްމަދު
21 October 2018
އަދުރޭ އިންސާފު ލަލެއަށް ލިބޭނެ އޭރުންވާނީ ޤައްދާރަކަށް އަދި ޚިޔާނާތްތެރިއަކަށް އަދި ދާންޖެހޭނީ ޖަލަށް
އުނބުށެން
21 October 2018
ތިޔަ ބުނަނީ މިހާރު ކޯޓުގައި އޮތް މައްސަލަ ތިޔަ ޕާޓީގެ އަސްލު ވެރިންނާ ހަވާލުކުރުމަށް ނިމެންދެންތޯއެވެ. އެހިސާބަށް މިހާރު ތިފެންނަ އަސްލު ޒައިޒުގެ މުޒާހަރާ، ނޫން މައުލޫމާތު ދިނުމުގެ ސެސަންތައް ކުރިޔަށް ގެންދަވާނެ ވާހަކަތޯއެވެ.
އައިމިނާ
21 October 2018
މާނައަކީ ތިޔަބައިމީހުންގެ މިރައީސްގެ ސަރުކާރުން ތިޔަބައިމީހުންނަށްވެސް އިންސާފު ނުލިބެނީއޭ. ރަނގަޅު.
ހުއްބުލްވަތަނު
20 October 2018
އެހެން ގައުމުތަކުގެ ރައީސުން މަގުމަތިން ދުރުވާއިރު އެއްވެފައި ތިބޭމީހުން ކިޔަނީ މަރުހަބާ ގެ ގޮވެލިފަތި ، ނަމަވެސް ރާއްޖޭގެ މިހާރުގެ ރައީސަށް ގޮވަނީ އެހެން ގޮވެލިފަތިވަރެއް ، މިއީ ޔޯލަ ވާހަކައެއް ނޫން ! ވޯޓް މައްސަލައިގެ ދެވަނަދުވަހު އަޑުއެހުމަށް ގައުމުގެ ރައީސް ވަޑައިގަތުމުން އަޅުގަނޑަށް ހަމަރޮވުނު ، މިވަރުވެގެން ދާނީ ރައީސްއަށް ވެސް ގޯސްތަކެއް ހެއްދެވިގެން ކަމަށް ދެކެން !
މެޑަމްބޭދަމް
20 October 2018
މެޑަމް އުމްރާއަށް 10 ފޮށި ގެންދެވިޔޯ. އަނބުރާ ގެންނެވީ ކިތައް ފޮށި ބާ؟
ބޮކި ބޮކި
20 October 2018
ތާއިދެއްނެތޯ ރައީސް ޔާމީނަށް ހެހެ ތާއިދެއްނެތޯ ރައީސް ޔާމީނަށް ހެހެ
ޣައްސާން
20 October 2018
ޝުކުރިއްޔާ އަދުރޭ. އިންސާފު ލޮބުކުން މަސައްކަތް ހުއްޓާލާނީއެއްނޫން. ތިޔަކުޅޭ ކުޅިވަރު ހުއްޓޭނީ އިނގޭތޯ. އިންސާފަކީ ތިޔަ ކުރި ކަންތަކުގެ ޙައްޤު ޖަޒާ ލިބުން. އަނބި މީހާ ނޭހިޔަސް، ހިލޭ އަންހެނުންނަށް ނުވިޔަސް، ޖަލަށް ވަންނަން ޖެހި، މުޖުތަމައާ އޮތް ގުޅުން ކެނޑުމުން އެ ޖެހުނީ ފުލްސްޓޮޕް