ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވެ ތިބި ބައެއް މީހުން.--ފޮޓޯ:ހުސެއިން ވަހީދު/ މިހާރު
21 އޮކްޓޯބަރ 2018 - 23:57
މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޕީޕީއެމަށް އާ ދިރުމަކާއެކު ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް ފޮނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަބްުދުއްރަހީމް (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ޕީޕީއެމުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ލީޑަރު އަދުރޭ ވިދާޅުވީ ކޯޓުން ނިންމި ނިންމުމަށް އެ ޕާޓީން އިހުތިރާމް ކުރާ ކަމަށެވެ. އެ ޕާޓީއަކީ ކޯޓުގެ ހުކުމްތަކަށް އިހުތިރާމްކުރާ ޕާޓީއެއް ކަމަށާއިނއެ އުސޫލުގެ ތެރެއިން މިއަދުގެ ހުކުމަށް ވެސް އިހުތިރާމް ކުރާ ކަމަށް ވިދާޅުވި އެވެ.
ކޯޓުގެ ހުކުމަށް އިހުތިރާމްކުރި ކަމުގައި ވިއަސް އޭގެ މާނައަކީ އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލުން ނޫން ކަމަށް ވިދާޅުވި އެވެ. އޭނާ ވަނީ އިންތިޚާބާ ގުޅޭގޮތުން ޕީޕީއެމުން ފާހަގަކުރާ ކަންތައްތައް "ކަށަވަރުކުރުމުގެ މަސައްކަތް" ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ގަބޫލު ކުރެވޭ ނަމަ، ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަން ބެލުމަށް ހުރަހެއް ނެތް ކަމަށާއި ޖިނާއީ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ އާންމު އުސޫލުގެ ތެރެއިން އެ މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ބެލިދާނެ ކަމަށް ހުކުމުގައިވެ އެވެ.
އަދުރޭ ވިދާޅުވީ އެ ހުކުމުން ވެސް ޕީޕިއެމްގެ މެމްބަރުންނަށް ރަނގަޅު ދޮރެއް ހުޅުވައިދީފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ހުކުމަށްފަހު އަޅުގަނޑުމެން މަސައްކަތް ހުއްޓައެއް ނުލަމޭ. އެ ހުކުމުގައި އަޅުގަނޑުމެންނަށް ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައިގެން ވެސް އަޅުގަނޑުމެން މި އިންތިޚާބުން، އަޅުގަނޑުމެން ގެއްލިގެން މި އުޅޭ ހައްގުތައް ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނަމޭ،" އަދުރޭ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައްކަމުންދާ ވާހަކަތައް ގަބޫލުނުކުރުމަށާއި އެމަނިކުފާނު ހުންނަވާނީ ރާއްޖޭގައި ދިވެހި ރައްޔިތުންނާއެކުގައި ކަމަށް ވެސް ޕްރެސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވި އެވެ.
"އިދިކޮޅުގައި ހުންނަވަން ވިއަސް އަދި ސަރުކާރުގައި ހުންނަވަން ވިއަސް އެމަނިކުފާނުގެ މައިގަނޑު މަސައްކަތަކީ ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން. އެ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް އެމަނިކުފާނު ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ، އަދި އެމަނިކުފާނާއެކު ސާބިތުވެ ޕީޕީއެމް ވަރަށް ވަރުގަދައަށް އެބައޮތް،" އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމް ދެން އޮންނާނީ ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ކަމަށާއި ސަރުކާރު ހިންގާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޕީޕީއެމުން އަބަދު ވެސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. މި ސަރުކާރުން ވަރަށް ބޮޑު ތަރައްގީއެއް ގެނެސްފައިވާ ކަމަށާއި އެ ޕާޓީގެ މެމްބަރުން ތިއްބަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެރު
22 October 2018
ޢަދުރޭ އަަށް ވަރައްސަލާމް ޕީޕީއެމް ގެ ލީޑާރޝިޕް ދެންއޮންނާނީ މައުމޫން އަތުގަކަމަށްބެލެވެނީ އޭރުން ކަލޭމެންވާނީބޮޑުތަނުން ބާކީ
މުޙުއްމާ
22 October 2018
އަދުރޭ ދެން ތި ކޮސްގޮވުން ހުއްޓާލާފަ ސިކުޑި ރަގަޅުތޯ ބަލަން ޑޮކްޓަރަކަށް ދައްކަބަލަ.
ޕްރޮގްރެސް
22 October 2018
ސާބަހޭ ޕީޕީއެމް!
ނޫސް ބަލާމީހާ
22 October 2018
ޕީޕިއމް ދިރިދާނެ . އަދުރޭމެން ފޭލިވާނެ . ޕީއޭ އަށް ވަޑައިގެން ކުރިންވެސް އުޅުނު ގޮތަށް ދެ ކެނަ އެއތަން ކޮށްގެން އުޅެވޭތޯ ވިސްނަންވޫން މާރަނގަޅުވާނެ . އެކަމަކު ޖަލުވެސް އަދުރޭމެން ބޮޑުމީހާއަށާ އަދުރޭއަށާ ނިހާނަށްއިންތިޒޜުކެރޭއެބަ.
ހޯނު
22 October 2018
ދެންވެސް ހޯމްވޯކު ހަދާބަލަ. ޔާނު ބުންޏެއްނުން ތިމަންނައަކަށް ރައްޔިތުން ދަހެއް ނުވިޔޭ؟ ބޮސްއަށްޓަކައި ރަގަޅު ކޭސް ސްޓަޑީއެއް ހަދާފަ ރީތިކޮށް ކިޔައިދީބަލަ. އޭރުންނެއްނުން ދެންވެސް ރައްޔިތުން ދަސްވާނީ؟ އަދުރޭމެންނަށް އަނެއްކާ ކޭސް ސްޓަޑީގެ އިސްޕެލިންގު އެނގޭބާ؟
މުހައްމަދު ރަޝީދު އަލީ
22 October 2018
ނާކާމިޔާބު ލިބުމުން ޕީއެމްޑީ އަށް ލިބެނީ ދިރުން ............. ހައް ހައް ހައް
މޫސާފުޅު
22 October 2018
ތިޔަ އަދުރޭމެންނާހެދި މިފަހަރު ޕީޕީއެމަށް ހުރިހާވެސް ދެރައެއް ލިބުނީ. ޒަމާނަށް ނުފެތޭ ޢިލްމެއްނެތް މީހުންނަކަށް މިހާރު ތިކަންކަމެއް ނުވާނެ. އޮތީ އަނގައެއް. ކުރާނެކަމެއްނެތް. ކުރަން އެނގޭ ކަމަކީ އެފަހަރަކު ހުންނަފަޅިއެއްގެ ވެރިންނަށް ޚުޝާމަދުކުރުމާ ލަވަހެދުން.
ހުހުހޫ
22 October 2018
ދެން އިބޫ އޯ. ޒަމާނީ ތައުލީމު އެބަހުރިބާ.ކޮމެންޓް ޖަހާލަދޭތި.އާންމުކޮށް ޖަހާ ނުދިނަސް
ހަރުގަޑު
22 October 2018
ޓިނު ވަގަށް ނެގީ ކޮން ހިތްވަރެއް ލިބިގެންތޯ؟
މަހާރެހެންދި
22 October 2018
އަނގައިން ދެރަ ނުވާތި.
ދެކޭމީހާކިޔާމީހާ
22 October 2018
"ކޯޓުގެ ހުކުމަށް އިހުތިރާމްކުރި ކަމުގައި ވިއަސް އޭގެ މާނައަކީ އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލުން ނޫން ކަމަށް ވިދާޅުވި އެވެ." މީގެމާނައަކީ، ކޯޓުން ކަންކުރީ އިންސާފަކުންނޫނޭއެވެ. އަހަރުމެން މިކަހަލައެއްޗެއް ބުނެފިނަމަ، ކޯޓުގެޙުރުމަތްކެނޑިކަމުގައިވެ، އަމުރެއްނެރެ، ބަންދުކޮށް އަދަބުދޭނެއެވެ! މީނައާއިމެދު ފިޔަވަޅު ނާޅާނަމަ، އެހެންމީހުނާއިމެދު ފިޔަވަޅުއަޅައިގެންނުވާނެއެވެ!