ޚަބަރު / އިލެކްޝަންސް ކޮމިޝަން

75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި

ޕީޕީއެމުން ރޭ ބޭއްވި މުޒާހާރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ރޭ ވަނީ ރައީސް ވިދާޅުވެފައި -- ފޮޓޯ / މިހާރު

ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ރިޔާސީ އިންތިޚާބު އިލެކްޝަންސް ކޮމިޝަން (އީސީ) ން އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އެ ކޮމިޝަންގެ މެމްބަރުންނަށް ކޮށް، ހަގީގަތާ ޚިލާފު ވާހަކަތަކަކުން ކޮމިޝަނުގެ އަގު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމް 75،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ފިޔަވަޅު އެޅީ އިއްޔެ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުގަ އެވެ.

ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އިންތިޚާބުން ބަލިވީ، އީސީގެ މެމްބަރުން ރިޝްވަތު ނަގައިގެންނެވެ. ވޯޓު ލުމުގެ ތެރޭގައި މަކަރު ހެދުމުގެ ފުރުސަތު ކޮމިޝަންގެ މެމްބަރުން ފަހިކޮށް ދިން ކަމުގެ ތުހުމަތާ އެކު އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ.

އެކަމަކު، އެެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ހެކިތަކަށް ބަލައި ސުޕްރީމް ކޯޓުން ނިންމީ، އިންތިޚާބު ބާތިލް ކުރެވޭނެ ތަނެއް ނެތް ކަމަށެވެ.

މި ހުކުމަށް ފަހު، އީސީން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ، އެ ކޮމިޝަންގެ މެމްބަރުންނަށް ތުހުމަތުކޮށް، އިންތިޚާބު އޮޅުވައިލީ ކަމަށް އުފުލި އަޑުތަކުގައި ހަގީގަތެއް ނެތް ކަން ސުޕްރީމް ކޯޓުގެ ހުކުމާ އެކު ސާފުވާނެ ކަމަށެވެ. އެހެންވިޔަސް، ހަގީގަތާ ޚިލާފު ތުހުމަތުތަކުން ކޮމިޝަންގެ އަގު ވައްޓާލާފައިވާތީ ޕީޕީއެމާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"މުޒާހަރާ، ނުވަތަ މައުލޫމާތު ދޭ ސެޝަންތަކެއްގެ ނަމުގައި ނަމަވެސް ހަގީގަތާ ޚިލާފު ވާހަކަ ދައްކައި ކޮމިޝަންގެ މެމްބަރުންނާއި މުޅި ކޮމިޝަންގެ އިންޓެގްރިޓީ ގެއްލޭ ފަދަ ގޮތްގޮތަށް ތުހުމަތު ނުކުރަން މީގެ ކުރިން ސިޓީ ފޮނުވައި، އެކަން ނުހުއްޓައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް [ޕީޕީއެމަށް] ދެންނެވިން. އިއްޔެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި، އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް 75،000 ރުފިޔާ އިން ޕީޕީއެމް ޖޫރިމަނާ ކުރަން މިވަނީ ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބެވެ. އެ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

41 ކޮމެންޓް, 152 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައީދުތުރީ

17 December 2018

1997, Raees Maumoon, HulhuMale’ Mashroou fattavai dhevvun Adhi 12 May 2004, HulhuMale’ gai meehun dhiriulhen feshun މީމިގައުމުގައި ސަރުކާރުން ރި ޔަލްސްޓޭޓް ބިޒްނަސް ފެއްޓެވި ދުވަސް. (ރަށްޔަތުންނަށް)

The name is already taken The name is available. Register?

މ.ކޮއި

24 October 2018

ހަމަކުރަންވީ ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކުމަކީ ހާކިމާ ވަރައް ރުޅިގަދަވާ ކަމެއް އަބުރުގެ ދައުވާވެސް ހާކިމާ ކުރައްވާފަ އެބަހަރި މާޒީގަ

The name is already taken The name is available. Register?

ރައްޔިތުން

23 October 2018

ތީ އަދި ކޯންޗެއް އަވަހަށްދީ ނިންމާލާ

The name is already taken The name is available. Register?

ޙިނި

23 October 2018

75000 ރުގިޔާއިން އެތާ ވާހަކަފައްކާ މީހުން ޖޫރިމަނާކޮއްބަލަ

The name is already taken The name is available. Register?

ލޮކިމަސް

23 October 2018

ޕީޕީ އުވިދާނެ ކަމާމެދު ސައްކެއްނެތް. ތިޔަ ޕާޓީ ހިންގާނީކާކު. ދެންޖޫރިމަނާ ފައިސާވެސް ނުދެއްކޭނެކަންނޭންގެ.

The name is already taken The name is available. Register?

ސައްތާރު

22 October 2018

ކޮބާތަ ކޯޑިނޭޓަރު އޭނާގެ ހިލަމެއްވެސް ނުވޭ މިވރަށް ކަންކަން ހިނގާއިރު..އަނެއްކާ ކޯމާއެއްގަބާ

The name is already taken The name is available. Register?

ޖޯކު ރާއްޖެ

22 October 2018

މީ ހަމަ ޖޯކެއް، ކީއްވެބާ އެމްޑީޕީ ނުވަތަ އިދިކޮޅުކޯލިޝަން އިއްތިހާބުގެ ކުރިން ކުރިތުހުމަތު ތަކައް ޖޫރިމަނާނުކުރީ؟ ހުރިހާވެރިންވެސް ޒާތީ، ސަހަލު އެކަކުވެސް ނެތް. މިއޮތީ ވާގައުމެއް. ދެން އަތްޖަހާ.

The name is already taken The name is available. Register?

ޜާވެރިބެ

22 October 2018

ކީއްވެބާ ވޯޓްގެ ކުރިން ކޯޅޭޝަނުން ކޮމިޝަނާ އިދިކޮޅަށް ގޮވި އެއްޗެއްސަށް ފިޔަވަޅު ނޭޅީ ...

The name is already taken The name is available. Register?

Ek@m@ku

22 October 2018

އިދިކޮޅުން އޭރުވެސް ގޮވީ ތެދު. 96000ވޯޓް މަކަރުނަހަދާ ޔާމީން އަކަށް ނުލިބޭނެ. ޝަރީފަށް ކުރެވޭވަރު ކޮށްދީފި.

The name is already taken The name is available. Register?

ރާވެރިބެ

22 October 2018

މިއޮތީ މަގޭ އަތުގަ ޖެހިފަ ... ފިސާރި ކުޅި ދައްކާލާނަން ... އާނދޮގެއް ... މީ މިއަދު ގައުމުގެ ހާލަތަކީ ... ގިނަބަޔަކު މިކަމާ މިކުރަނީ އުފާ ...

The name is already taken The name is available. Register?

ޖޭސީ

22 October 2018

އިންތިހާބުގެ ކުރިން އިދިކޮޅުން ދެއްކިވާހަކަތައްމި. މީ.ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އިދިކޮޅުން ކުރީކީ ތިޔަހެނެއްނޫން. ނަތީޖާ މިއޮތިއޭ ދެންހަދަން ވީ ކިހިނެއްތޯ އަހަން ޔާމީނަށާ، ސަލާމަތީ ބާރުތަކަށް ގުޅަން ޖެހުނީ ކީއްވެ؟ ރައްޔިތުން ވޯޓްއަޅާ، އެތާ ގުނާ، އެތާގަ ނަތީޖާ އިޢްލާނު ކުރީމަ ދެން އިލެކްޝަނަކަށް ތެޅޭނެ ބަޑިއެއް ނޯންނާނެދޯ؟ ކޮންމެ ގޮތަކަށް ވޯޓްލިޔަސް ހުވާކުރާނީ ޔާމީނޯ، ލޮލް. ޝަރީފު ފަކީރުކީއްކުރާނީ؟ ވިސްނާލަބަލަ ނިކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454