ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން 2016 ވަނަ އަހަރު ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ޔާމީނަށް ކުރެއްވި ތާއިދު އަނބުރާ ގެންދެވީ އެ ދުވަހު --މިހާރު ފައިލް ފޮޓޯ
27 އޮކްޓޯބަރ 2018 - 14:26
ޕާޓީއަށް އައްޔަންކުރެއްވި ގާނޫނީ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ ހަތް ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫޫމު މިއަދު ފޮނުއްވައިފި އެވެ.
ޕީޕީއެމަށް ހަތް އަހުރުވުމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީއަށް ގާނޫނީ ގޮތުން އިންތިޚާބު ކުރެއްވި ރައީސްގެ ހައިސިއްޔަތުން އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ދުވަހުގެ ތަހުނިޔާ އާއި އުޖާލާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ޕާޓީއަށް ހަތް އަހަރު ފުރުނުއިރު ޕާޓީގެ ލީޑަޝިޕާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ކޮންގްރްސް ބަލައިނުގަންނަން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމާއެކުގަ އެވެ. އެ ކޮންގްރެސް ބަލައިނުގަންނަން އީސީން ނިންމީ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކޮންގްރެސް ބާއްވާފައިވާތީ އެވެ.
On the 7th anniversary of PPM which falls today, I, as its sole lawfully elected President, wish its entire membership a happy anniversary and a prosperous future.
— Maumoon Abdul Gayoom (@maumoonagayoom) October 27, 2018
މައުމޫން ކުރެއްވި ޓްވީޓް
ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ޕީޕީއެމް ހަވާލުކުރީ، އެމަނިކުފާނާ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހުގަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިބެއްޔާ
28 October 2018
ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް މައުމޫނަށާއި ޕާޓީގެ އެންމެހާ މެންބަރުން އަރިސްކުރަން
ގޮއްޔެ
28 October 2018
މައުމޫނު ތިހެން ވިދާޅުވެގެން އަނެއްކާ ޖަލަށްނުގެންދާނެބާ؟ ޔާމީނު ނިކަން ކޯފާވާނެ މައުމޫނު ތިހެން ވިދާޅުވެގެން.
އުކުނި ދީދީ /ފެދޫ
28 October 2018
އިގޭތަ؟ ރާއްޖޭގައި ރަންހުންނާނެ! މިއީ ވޯލްކޭނިކް މައުންޓެއިން ގޮވައިގެން އުފެދިފައިވާ ރާއްޖެއެއް! ވަޅު ކޮންނަންވީ! ތެލެއްނޫން ނަގަންވީ! ދެރައީ ރައީސް ޔާމީނު ނެތީމަ! ހުރި ނަމަ ކޮނުނީސް!ސައިންޓިފިކު ހޯދުންތައް ދައްކާގޮދުތައި ރަންއެއްމެ ގިނަކަމަށް ދައްކަނީ އންދެރިމައުގެ ގޯތިތެރޭގައި..
ދޮންބީފާނު
28 October 2018
އަހަރުމެންނަށް ތަހުނިޔާ ކިޔާނެ ކަމެއް ނެތް ބޮޑު ފޫހި. ނަޝީދަށް ތަހުނިޔާ ކިޔަން ތައްޔާރުވޭ. އަހަރުމެންނާ އަޅައިގަނެގެން ނޫޅޭ. މިހާރު ފުދި، އިތުރުވެސް ވެއްޖެ. ދެން ހެޔޮ.
އުދުހޭ
27 October 2018
އަހަރީދުވަސްވެސް ޔާމީނަށް ނޭންގެނީބާ؟ އެހެން މީހެއްގެ އެއްޗެއް ނޭންގުން އެއީ މައްސަލައެއްނޫން.
ގެދާނޯމޮސް
27 October 2018
މިހާރު އޮތް ޤާނޫނު ބަދަލުނުކޮށް ޓްވީކުރަން ނުކުންނެވި ގޮތެއްވެސް އެބަޖެހޭ ރައްޔިތުން ބަލަން.
އަމީލް
27 October 2018
ޕީ.ޕީ.އެމް. ގެ މުޝްތަޝާރަކީ ރައިސް ޔާމީން.
ހަކީމް
27 October 2018
ޕޕމ ޑީ ފެކްޝަން އަށް މި މެސެޖް ލިބުނު ބާ ...
އިއްސާފު
27 October 2018
މި ގައުމުގެ އެއްމެ ބޮޑު ބާގީ.
މިރުޒާގު / ހިތަދޫ / އައްޑޫ ސިޓީ
27 October 2018
އައްޑޫ ސިޓީ މިލަފުޒު ފެނުމުން މައުމޫނުގެ އިތުރުން މާލެ ހާރޑު ލައިނު މީހުން ރުޅި އަންނަކަން އެގޭތީވެ ލިއުނީ..މައުމޫނު ދެން މިހާރު ރަނގަޅުވާނީ އަޅުކަމާއިގެން އުޅުއްވިއްޔާ ސިޔާސީ ކަންތައްރާއްޖޭގެ އަތޮޅުތަކުގެޒުވާނުންގެ މައްޗަށް ދޫކޮށް އިބޫ އަދި ފައިޒަކް އަށް ދުއްޕާން ނުކޮށް ދުރުގައި ތިބުމަށް ނަސޭހަތްތެރިވަން. އަޅުގަނޑު ގެ ހަޔާތުގައި ވަނީ ދުނިޔޭގެ 91 ގައުމަށް ދެވި އެގައުމުތަކުގެ ކަންތައް ތަޖުރިބާ ކުރެވިފައި. މިހާ ތަފާތުގޮތަކަށް ރައްޔަތުންހަނާނުކުރޭ
ޢަދީބު
27 October 2018
ބުރޯ މަވެސް މީ މާލެއައްޑޫ މީހެއް، ހުދުމުހުތާރު ވެރިކަން ދިރުވަނީ އަތޮޅު ތަކުގެ ރައްޔިތުން ހާއްސަކޮއް ކުދި ރައްތަކުން، ޒަމާން ބަދަލުވެއްޖެ މާލޭގަ އުޅޭ ގިނަމީހުން ހުދުމުހުތާރު ވެރިކަމާ އިދިކޮޅު
އަސްތާ ޒުވާނާ
27 October 2018
ދެކޮމެންޓް ދޭތެރޭ 107 ން 91 އަށް ދަށް ދިޔައީ..!! އަމިއްލަ ނަފްސު ސާބިތު ކޮށްގެން ކަމެއް ކުރުން އެހެން މީހުނަށް ހުރަސްއަޅަން އުޅުމަށްވުރެ ރަނގަޅުވާނެ. މިނިވަންކަމުގެ ބެނުން ހިއްޕަވާ ރައީސްކަމަށްވެސް ފައިނަންގަވާ. ރައްޔިތުންގެ ބައެއް އާނބަސް އެއީ.