ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަސްކޮށްދޭން އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
29 އޮކްޓޯބަރ 2018 - 11:32
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖައާކޮށް، ވީހާވެސް އަވަހަށް ގޮތެއް ނިންމައިދޭން އެމްޑީޕީން މިއަދު އިލްތިމާސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމް އިއްވާފައި ވަނީ ފެބްރުއަރީ، 2015 ގަ އެވެ. އެ ހުކުމް އަލުން މުރާޖައާ ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ.
ޕީޖީ އޮފީހުން އެދުނީ، ނަޝީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި ފާހަގަކުރެވޭ ކަންކަން ބަލައި އަލުން މުރާޖައާ ކޮށްދިނުމަށެވެ.
ޕީޖީގެ އެ ނިންމެވުމަށް މަރުހަބާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ އުސޫލްތަކާއި ހަމަތަކާ ވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އެ ހުކުމުގައި ހުރި އިޖުރާއީ އަދި މައުޟޫއީ ގޯސްތައް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި ހިއުމަން ރައިޓްސް ކޮމެޓީން ވެސް ފާހަގަކޮށް، ނަޝީދު މިނިވަންކުރަން ގޮވާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުޅަ ހުކުމަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަހަތާއި ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ހައްސާސް މައްސަލައަކަށް ވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ މި ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނިގޮތުގައި ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިއްމު ފިޔަވަޅަކަށް ވާނެ އެވެ. އެހެންވެ އެ މައްސަލައިގައި އަވަސް ނިންމުމެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަކީ މިވަގުތު އެންމެ މުހިއްމު ކަމަށް ވާނެތީ، ވީހާވެސް އަވަހަށް ގޮތެއް ނިންމައިދޭން ވެސް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައި މި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ޕީޖީ އަށް އިލްތިމާސް ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރަށް އިއްޔެ ބަހުސްކުރި އެވެ.
ނަޝީދުގެ ހުކުމް ބާތިލް ކުރުމުގެ ގަރާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވުމާ އެކު ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ބަނީ ބޭރުކޮށްފަ އެވެ.
ނަޝީދުގެ މައްސަލަ މުރާޖައާ ކުރަން ފޮނުވި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ އެ "ހުކުމާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް މުހައްމަދު ނަޝީދުގެ މަސްލަހަތުގައި އެކި ފަރާތްތަކުން މި އޮފީހުގައި އެދެމުންދިއުމެ"ވެ. އެ މައްސަލަ އަކީ "އާންމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ" މައްސަލައެއް ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަ އެމްޑީޕީ
29 October 2018
ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނޭ. ހެހެ
ބޮއިކަޓް ޢަލީ
29 October 2018
މިހާރު ތިބި މަޖުލިސް މެންބަރުންގެ ބަދަލުގައި ކިޔަވައިގެން ތިބި ޤާބިލު އާމީހުނަށް ފުރުސަތު ދެމާ، އިނގިރޭސިން ކިޔަން އުނދަގޫ، އެކަކަށް ޓަކާއި މުޅި ޖަލު ހުސްކޮށްފާނެ. އެވެރިންގެ މުސާރަ ބޮޑު، 15 މަސް ޖަލްސާގައި ބައިވެރިނުވެ
ބޯބުރި
29 October 2018
ހަމަ އަންނަ ގޮތަށް ޖެހޭނީ ޖަލައް ދާން މިގައުމުގެ ގާނޫނު އަށް ވުރެ މަތީގަ ނޫއުޅެ ވޭނެ ނަސީދެއް ކާސިމެއް ކިޔާނެ ކަމެއް ނެތް . މީ އެމްޑީޕީގެ އެކްޓިވިސްޓުން ޖަހާގެން އުޅެ ދަންތޫރަ އެއް އަންނި ޖަލައް ލާން
މީވީގޮތޭ
29 October 2018
އަވަސްކުރަންވީ މިމައްސަލަ އެކައްޏެއް ނޫނެވެ. ދެ ނާޒިމާއި އިމްރާނާއި އަދިވެސް ކިތަންމެ ބަޔަކު ފްރޭމްކޮށް, އިންސާފުން ބޭރުން އަދަބު ދެވެމުން އެބަދެއެވެ.
ޔާނާ
29 October 2018
ކޮންތާކު މިޖެހުނީ؟ އެހެންވެ މީހުން ބުނަނީ ދައްކާ ވާހަކައެއް އިރުއިރު ކޮޅާ ބަދަލުވާ މީހަކަށް ކޮން އިތުބާރެއްހޭ ބަޔަކު ކުރާނީ. ބޭރު ދުނިޔޭގަ އޮތް މަޤުބޫލުކަން ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީވެސް މިއީ، ބުނާ ބަހުގެ އިތުބާރެއް ނޯވޭ. ޤާސިމާ ދުންޔާ އެއްޗެއް ބުނީމާ އެމީހުން ދެކެ އަންނަ ރުޅީގަ އެމީހުންނާ ބަވާލާފަ ހަމަ ޖެހުނުތާގަ. މަވާ ސަލާމް.
ސަކީނާ
29 October 2018
އަވަސްކުރޭ. ބޭއިންސާފުން ކަންކަންވާ ކޮންމެ ދުވަހަކީ އަދި ކޮންމެ ވަގުތުކޮޅަކީ އެކަމުގައި ޝާމިލްވާ އެންމެންނަށް އާޙިރަތްދުވަހު ވޭނާއި އަޒާބު ލިބޭނެ.
މޯދީ
29 October 2018
ދިވެހި ރާއްޖެ ހަލާކު ކުރަނީ ދެތިން ވިޔަފާރި ވެރިންނާ 4 ސިޔާސީ މީހުން ހަމަ އެކަނި އެމީހުން ވިޔަފާރީގެ މަންފާ އަށާއި ސިޔާސީ މީހުން އެމީހުންގެ ސިޔާސީ މަންފާއަށާއި ގައުމު ފޭރެން ވެގެން.
ހާސަރު
29 October 2018
މިއީ ނިމިފާއޮތް ކަމެއް ދެން ކީއްކުރަން ލަސްކުރަންވީ އަވަހަށް ތިއިއްވާ އެއްޗެއް އަޕްލޯޑް ކޮށްލާބަލަ ސްޕްރީމް ކޯޓޫ
ފަޒީލާ
29 October 2018
ޤާސިމާޢި ދުންޔާ ދެއްކީވެސް ރަނގަޅު ވާހަކައެއްނު. މައްސަލަ އަވަސްކުރަން ސުޕުރީމް ކޯޓުގާ އެދުމަކީވެސް އެވާހަކަތައް ގަބޫލުކުރި ކަމުގެ ހެއްކެއް.
ސަންސީ
29 October 2018
ސުޕްރީމް ނިންމުންތައް މިހާގިނަވެގެން އުޅެނީ ކީއްވެ؟ ދެދޮރު ދޭތެރެއިން ނެރޭޒާތުގެ ހުކުމްތައް ސާފުކުރާތީ.