ޚަބަރު / ސުޕްރީމް ކޯޓް

ޕީޕީއެމް މައްސަލައިގެ ފައިލް ނެގީ ޝަކުވާ ބަލަމުންދާތީ: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓު ސަރަހައްދުގައި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބާރުތައް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާއްމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގީ އެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން އަންނާތީ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި އެ ޕާޓީގެ އާއްމު މެމްބަރެއް ކަމުގައިވާ ގދ. ތިނަދޫ ބީޗް ރެސްޓް، އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި ފަށާފައިވަނިކޮށް މިއަދު ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލައިގެ ފައިލްތައް ގެންގޮސްފައި ކަމަށް ސިވިލް ކޯޓުން ވަކީލުންނަށް އަންގާފަ އެވެ.

ޕީޕީއެމް ތެރޭގައި މައްސަލަ ޖެހި އެޕާޓީ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުންވެސް މީގެ ކުރިން ވަނީ ރައީސް ޔާމީނާ އެއްކޮޅަށް ނިންމާފަ އެވެ.

PPM Maumoon aa havaalukuran hushahelhi massalaige file supreme court ah

PPM Maumoon aa havaalukuran hushahelhi massalaige file supreme court ah

The most trusted news source in the Maldives

Mihaaru

ޕީޕީއެމް މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގުން--

ރައީސް ޔާމީނަށް ރިޔާސީ އިންތިޙާބު ނާކާމިޔާބުވުމާއެކު ޕާޓީގެ މުސްތަޝާރުކަން ގެއްލޭތީ އެ ޕާޓީގެ ކުއްލި ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ދީފައިވާއިރު އެ ކޮންގްރެސް ސައްހަ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެއާއެކު އެ ޕާޓީގެ ބާރުތައް މައުމޫނާ ހަވާލު ކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް މިއަދު ސުޕްރީމް ކޯޓަށް ގެންގޮސްފައިވާއިރު އެ ކޯޓުން މިއަދު ބުނީ އެކަން ކުރީ އެ ޤަޟިއްޔާއާ ގުޅޭގޮތުން އެކޯޓަށް ހުށަހަޅާފައިވާ ޝަކުވާއެއް ބަލަމުން އަންނާތީ ކަމަށެވެ. ޝަކުވާ ހުށަހެޅީ ކާކުކަމެއް އެ ކޯޓަކުން ނުބުނެ އެވެ.

އެ މައްސަލައިގެ ޝަރީއަތް މި މަހު 15ގައި ސިވިލް ކޯޓުގައި ފެށުމަށް ފަހު އިތުރު އަޑުއެހުމެއް މިހާތަނަށް ނުބާއްވަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު ޗުއްޓީ އަށް ވަޑައިގަތުމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލައިގެ ފައިލް ގެންދިޔަ އިރު އަންނަ ބުރާސްފަތި ދުވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

21 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 4%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާފު

30 October 2018

ބުރޯ ފައިލް އުފުއްލެވުމަކީ ތަހްޒީބު ކިތައް ގައުމުތަކުގެ ޖުޑީޝަރީގައި ކުރާ ކަމެއްތޯ؟ ސާފު ކޮށްލަ ދީބަލަ މިތާ އެންބަސީތަކަށް ގޮއްސަ ނަމަވެސް. އަހާލާނީ މަތީ މަރުހަލާއިން ދަށު މަރުހަލާއަށް ވަންނަ މައްސަލަތައް އުފުއްލަވާތޯ ނުވަތަ ނޫންތޯ؟ ޖަވާބު މިތާ ޖަހާލާ1

The name is already taken The name is available. Register?

8888

30 October 2018

މަގާމް ކަށަވަރު ކުރަން އެކަންވެސް ކޮށްދިނީ ތިމަންނަ މެންނޭ ބުނާކަށް ނޫންތޯ؟ ދެން ނުބަލަން ޖެހޭ އެއްޗެހި ބަލަންޏާ ގާބިލްކަން ނެތީމަ ފިޔަވަޅު އެޅީމަ ނިމުނީނު. އުފުއްލަވާ ތިރި ކުރުމަކުން އަސްލު މައްސަލަ ހައްލެއް ނުވޭތާ!

The name is already taken The name is available. Register?

އަލީދ

30 October 2018

ޝަކުވާ އެއް އޮވެއްޖެއްޔާ ބަލަންދެން މައްސަލަ މަޑެޖައްސާލަން އެންގިދާނެ. އެކަމަކު ގެންދިއުން؟

The name is already taken The name is available. Register?

ވިސްނާފައި

30 October 2018

އެންޓީ ޑިދެކްޝަން ޤާނޫނު ބާތިލް ކުރުމާއި ނުކުރުމާއި މި ކަމާއި ގުޅުމެއް އެބަ ހުއްޓެވެ. މަޖްލީހުގެ މެޖީރިޓީ ޖޭޕީ އަށް ދިއުމާއި ނުދިއުމާ މިކަމާއި ގުޅުން އެބަ ހުއްޓެވެ. ޟަހްލީހުގެ ރައީސް ކަމަށް ޤާސިމު ގެނައުމާއި ނުގެނައުމާ މިކަމާ ގުޅުން އެބަ ހުއްޓެވެ. ޖެއެސްސީ ގެ މަސްލަހަތު ވެސް މިކަމާ ގުޅުން އެބަ ހުއްޓެވެ.މިއީ އަޅުގަޑު މިކަން ގެސް ކުރާ ގިތެވެ.ޚިޔާލެ ކެވެ.

The name is already taken The name is available. Register?

ބޮލުން ކުޅޭ ޑަބަލް ޑީޑީ

30 October 2018

މިކަމާ މެދު ޔާމީނު ވެސް އަދި މައުމޫނު ވެސް އުއްމީދު ކުރައްވާނެ ކަމެއް ނެތެވެ.މިއީ ޤާސިމު އުފާ ކުރަން ޖެހޭ ކަމެކެވެ.

The name is already taken The name is available. Register?

ޤައުމެއް ނެތް

30 October 2018

ޤާސިމަށް ލިބުނު ކާމިޔާބެއް..12 މެމްބަރުން ދާނެ އެހެން ތަނެއް ނެތީ އެވެ. މަޖްލީހުގެ ރައީސް ކަން ވެސް ލޮބުނީ އެވެ.ޖޭއެސްސީ ވެސް ލިބުނީ އެވެ. ފަޅު ރަށް ތަށް ވެސް ލިބުނީ އެވެ.ޓެކުސް ފްރީ ވީއެވެ.

The name is already taken The name is available. Register?

ޝުޖާއު ދީދީ

30 October 2018

މި ކަމުގެ ބެނިފެޓް އޮތީ ޖޭޕީ އަށާއި ޖުޑީޝަރީ އަށެވެ. ޤާސިމު ޖޭއެސްސީ ކޮންޓްރޯލް ކުރާ ފޯމިއުލާ އަކަށް އަޚުގަޑު ވަރަށް ތާއީދު ކުރަމެވެ.

The name is already taken The name is available. Register?

ނުރަގަޅު އަނަލު

30 October 2018

މިޒާތުގެ ޝަރީއަތް ފެށެން ވާނީ ދަށު ލޯޓުން ނެވެ.ދެ ބަޔެއްގެ ދެމެދު ހިގާ މިޒާތުގެ ޝަރީއަތް ތަށް ހިނގުމަށް ސުޕްރީމް ކޯޓުން ޖާގަ ދޭން ވާބެއެވެ.

The name is already taken The name is available. Register?

ދަށު ކޯޓް

30 October 2018

5 މީހަކު ދެކެ ސިޔާސީ ބޭފުޅުން މިގަންނަ ބިރެއްގެ ބޮޑު ކަމާއެވެ. ނިކަން ސައިޒް ކޮއްލަ ބަލާށެވެ.

The name is already taken The name is available. Register?

ސޭޓް

30 October 2018

"ވިކިފައި"

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454