ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާގެ ކޮރަލް ހޯލްޑިންގްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: މިހާރު
04 ނޮވެމްބަރ 2018 - 12:41
ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކަށް ދެއްކި ރަޖިސްޓްރީ ފީ އާއި ޑައުންޕޭމަންޓް އަނބުރާ ހޯދަން އެދުނު މީހުންނަށް އެ ކުންފުނިން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް އެކަމުގައި ވަކާލާތުކުރާ ވަކީލުން މިއަދު ބުނެފި އެވެ.
އެ މައްސަލާގައި ހިލޭ ވަކާލާތު ކޮށްދެއްވާ މަރިޔަމް ޝުނާނާ ވިދާޅުވީ މިހާތަނަށް 182 މީހަކު ރިފަންޑު ހޯދަން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބަޔަކު ބޭނުންވަނީ ރަޖިސްޓްރީ ފީއަށް ދެއްކި 50،000ރ. ހޯދައިދޭށެވެ. އަނެއް ބަޔަކު ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކި ފައިސާ ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޑައުންޕޭމަންޓްގެ ގޮތުގައި ބައެއް މީހުން ވަނީ 400،000ރ ދައްކައިފަ އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހުން ބުކިން ފީ ދެއްކި އެވެ.
ސީ ލައިފާ އެކު ހަދާފައިވާ އެގްރިމެންޓް ބުނާ ގޮތުން އަލުން އެ ފައިސާ އަނބުރާ ހޯދަން އެދެފި ނަމަ ދޭން ޖެހެ އެވެ. އެގޮތުން ބައެއް މީހުންގެ ލާރި މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ގިނަ ބަޔަކަށް ފައިސާ ނުލިބި، ކުންފުނީގެ ވެރިންގެ ފަހަތުން ދުވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ހުޅުމާލޭގައި ސީ ލައިފުން ހަދާ އެޕާޓްމަންޓްތަކަށް ދޫކުރި ބިން -- މިހާރު ފޮޓޯ
ޝުނާނާ ވިދާޅުވީ 182 މީހުންގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ މި ހަފްތާގައި ހުށަހަޅާނެ ކަމަށެވެ.
ސީ ލައިފުން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެހެންކަމުން އެއީ އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ބަޔަކު އޮޅުވާލައިގެން ބަޔަކު އަތުން ލާރި ހޯދަން ކުރި ކަމެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.
ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ދިވެހި ބައެއް ލަވަތައް ޕްރޮޑިއުސްކޮށް، އަދި ބައެއް ލަވަތަކުގައި އެކްޓްކޮށްފައިވާ އަހުމަދު މޫސާ (އަންމަޓީ) އެވެ.
އޭނާ ކުރިން ވިދާޅުވެފައި ވަނީ ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފައިސާދީ ނިންމާފައިވާ ކަމަށެވެ. ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެ މީހުންނަށް މިދިޔަ އޮގަސްޓު މަހުގެ ކުރިން އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެކަމަކު ގިނަ ބަޔަކަށް އަދިވެސް ފައިސާ ނުލިބެ އެވެ.
ސީ ލައިފްގެ މަޝްރޫއުއަކީ މަކަރާއި ހީލަތް ހެދުން ކަމަށް ބަލައި އެ ކުންފުނީގެ ވެރިންނާ މެދު ޖިނާއީ ތަހުގީގެއް ހިންގަން އެދި މިދިޔަ މަހު ފަހުކޮޅު ފުލުހުންނަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި އެޗްޑީސީގެ އިހުމާލު ވެސް އޮތް ކަމަށް ބުނެ މައްސަލަ ބަލައިދޭން އޭސީސީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ ތަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.
އަންމަޓީއާ މިހާރު ފޯނަކުން ނުގުޅެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭނާ މިހާރު އުޅުއްވަނީ ސްރީ ލަންކާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިޒް
05 November 2018
ފްލެޓްއަޅާ ތަންހަވާލުކުރީމަ ބަދަލު ހޯދަން 10 މީހުން 30 މިލިއަން. ފްލެޓްނާޅާ ފިލީމަ 182 މީހުން ބަދަލަށް 20 މިލިއަން. ޢަދުރޭ ޕްލީޒް ހެލްޕް އޮން ދިސް ފިގާސް، ސަމްތިންގ އިޒް ރޯންގް އޭ
ހެހެހެ
04 November 2018
މިއީ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އިއްތިތާހު ކޮށްދެއްވި ހައުސިން ޕްރޮޖެއްޓް! ދެން ރައްޔިތުން ވިސްނާ!
ރައްޔިތުކަލޯ
04 November 2018
ތި އަންމަޓީ އަކީ މީގެ 15 ވަރަކަށް އަހަރު ކުރިނ ޖަލަށް ލާފައިވާ މީހެކެވެ. ޢެދުވަސްވަރު ރާއްޖޭގެ ގިނަ ނޫސް މަޖައްލާތަކުގައި އެވާހަކަ ވަރަށް ތަފްސީލުކޮށް ލިޔެފައިވެއެވެ. ޖަލުން ސަލާމަތްވިއިރު ހުރީ ދިގު ތުނބުޅި ލާފައި ދީނީ އިލްމުވެރިއަކަށް ވެފައެވެ. މައްކާއަށް ގޮސް އެތަނުގައި މަދަހަ ސީޑީގެ ވީޑިއޯ ހަދައިގެން އޭގެ ވިޔަފާރި ވެސް ކުރިއެވެ.
އަހްމަދު
04 November 2018
އެޗްޑީސީ ޒިންމާވާންޖެހޭކަންތަށްވަރަށްގިނަ ހާއްސަކޮށް ގާސިމްސޭޓަށް ފުލެޓުއަޅަންދިންބޮޑުބިން ފުލެޓެއްނާޅާ ބާއްވާފައޮތްމަށްސަލަ
އަމީލް
04 November 2018
ގުޑްލަކް އަންމަޓީ.
ޒަމީރު
04 November 2018
ސީލައިފުގަ ލާރިނެތިއްޔާ އެ ފައިސާ އެމީހުންނައް ޒަކަތުފަންޑުން ދައްކައިދޭންވީނުންތޯ
ސުކުރީ
04 November 2018
ހުރިހާލާރިއެއް ތަޅާއަޅި ބުރުވާލީދޯ. ރައްޔިތުންނަށް ކިހާބޮޑު ނިކަމެތިކަމެއް. ދާއޮހޮރުވައިގެން ކުޑަގޮޅީގަ ނިދައިގެން 10 އަހަރުން ސޭވްކުރި ލާރިކޮޅުވިޔާ ފެންފޮދަކާ ނުލާ ދިރުވާލީ
ރެފިއުޖީ
04 November 2018
އެޗްޑީސީގެ ޒިންމާވެސް ވަކި ކުޑައެއްނޫން. ޟިފަދަ ކަމެއް ނުވާވަރު ބަޔަކާ އެއްވެސް ބިޑެއް ނުކޮށް ބީލަމަށްނުލާ ބިންތައް ކުންފުނި ތަކަށް ބަހާލި އިރުވެސް އެނގެންވާނެ އެޗްޑީސީގެވެސް ޒިންމާއެއް އޮންނާނެކަން. ރައްޔިތުންނަށް މިހާ ގެެއްލުންދީފަ އެކަމަށް ހުއްދަދިން މީހުންނާ މެދުވެސް ތަހުގީގު ކުރެވެންޖެހޭ
ނިކަމެތި ހަސަނު
04 November 2018
ކިހިނެތް ތޯ އިންގޭނީ މީ މަކަރުވެރި ބަޔެއްކަން. ރާއްޖޭގެ ރައީސު ބިންގާއަޅުއްވާ ދެއްވާ.. ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އެޗްޑީސީން ބިންދީ ގެން މުޅި މީޑިއާގަ އިއުލާން ކޮން އެހާ ހާމަކަން ބޮޑުކޮށް ގޯތި ވިއްކަން އޮފީސް ހަދައިގެން ތިބެ މިވަރުގެ މަކަރެއް ހަދާނެ ކަމަށް ހިތައްވެސް ނާރާ.! ދައުލަތުގެ ވެރީން މިކަން އެގިތިބެ މިފަދަ ކަމެއް ކުރުވީ ކީއްކުރަން ތޯ..؟ ރައީސަށް ވެސް މިވަރުގެ ބައެއްކަން ނޭގެނީ ތޯ ބިންގާ އެޅިއިރު.. ހަމަ ގޮވާލާއިރަށް ބިންގާ އަޅަނީ ތޯ.؟
އަލީއާދަން
04 November 2018
މިބާވަތުގެ މީހުންނާއިހުރެ، ރަގަޅަށް ހެޔޮގޮތުގަ ބަޔަކު މަސައްކަތެއް ކުރަން ރޭވިޔަސް ދެން އިތުބާރު ކުރުން ދަތިވާނެ. ކިހާ ދެރަކަމެއް. ކޮން ފެންވަރެއްގަ މަކަރާއި ހީލަތް ނަހަދާނީ. ދުނިޔޭގަ ރަގަޅަށް އުޅެފިއްޔާ ކީއްތަވާނީ.