މި ސަރުކާރުގެ "ހިޔާ" މަޝްރޫއު އިން ފްލެޓް ހޯދަން ފޯމު ހުށަހަޅަނީ. ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 ނޮވެމްބަރ 2018 - 14:43
ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން އަލަތު ކައިވެނި ކެޓަގަރީއަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އަލަތު ކައިވެނި ކެޓަގަރީއަށް ކުރިމަތިލި މީހުންގެ އަދަދު، ފްލެޓުތައް ދިނުމަށް ނިންމާފައިވާ އަދަދަށް ވުރެ މަދު ކަމަށެވެ. އެހެންވެ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ފްލެޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އަލަތު ކެޓަގަރީއަށް ފޯމު ލި އެއްވެސް މީހެއް އުނި ނުވާނެ. ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ލިބޭނެ،" ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެއް ކޮޓަރީގެ ފްލެޓު ލިބޭ އަލަތު ކައިވެނީގެ ކެޓަގަރީގެ ވަގުތީ ލިސްޓު ހައުސިން މިނިސްޓްރީން މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ. އަދި ޝަކުވާ ހުށަހަޅަން ހަފުތާއެއްހާ ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ދާއިމީ ލިސްޓު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އަލަތު ކައިވެނި ކެޓަގަރީން ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ލިބުމާ ގުޅިގެން، މާ ބޮޑެތި ޝަކުވާތަކެއް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު، އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލުން ޝަކުވާއަށް ހުޅުވާލީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ފްލެޓް ދޫކުރާ ކެޓަގަރީތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީއަށް ފޯމް ހުށަހެޅި އެންމެންނަށް ފްލެޓު ދިނުމަށް ނިންމައިފަ އެވެ. އަދި ޓީޗަރުންގެ ކެޓަގަރީއަށް ފޯމްލި ހުރިހާ ޓީޗަރުންނަށް ފްލެޓު ދިނުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، 11،000 އަށްވުރެ ގިނަ މީހުންނަށް ފްލެޓު ވަނީ ލިބިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ 44،000 ރައްޔިތުންގެ ބޯހިޔާވަހިކަމެވެ. އެކަމަކު، އެމީހުންނަށް ފްލެޓު ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކުރިން ދިން ނަމަވެސް، މިފަހަރު ނުދޭނެ ކަމުގެ އިޝާރާތެއް މުއިއްޒު ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮކެޓް ސައިންސް
05 November 2018
ފުލެޓު ހަދާނިމި ފުލެޓު ދޭން ބަލާއިރު ކުރި ކައިވެނި ރޫޅި ހުސްހަށިބައިކޮން ތިބެއްޖެއްޔާވެސް ހަމަ އެފުލެޓަށް ޝަރުތު ހަމަވޭބާވައެވެ. މުއިއްޒުއެވެ މޮޔަ ވާހަކަ ނުދައްކަބަލާށެވެ. ވުޖޫދަށް ނާންނަތަނަކަށް މީހުންވައްދަން މިހާރު ޝަރުތު ހަމަވާކަމެއް އެގޭނީ ކާކަށް ހެއްޔެވެ. މަށަށް އެގޭކަމަކީ ތިހަދާ ފުލެޓެއް ހަދާނިމުމަށްފަހު ފުލެޓަށް އެދި އަލުން ފޯމު ހުށަހަޅަން ޖެހޭނެކަމެވެ.
ރަށުމީހާ
05 November 2018
މުއިއްޒު އަކަށް ދެވޭނެ ފުލެޓެއް މިހާރަކު ނޯންނާނެ މިހާރަކު ތަންކޮޅެއް ފޭގަ ހުރޭ
އައްމި
05 November 2018
މީގައި މުހިންމީ އަލަތު ކާވެނިތޯ ގިނަދުވަސް ވަންދެން މާލޭގައި ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ފްލެޓް ލިބުން މާ އައުލާކަން ބޮޑު، ކާވެނި ކޮންގެން އުޅޭތާ އެތަކެއް އަހަރުވެފައިވާ މީހުންނަށް ފްލެޓު ދޭން ރަގަޅުވާނެ އަލަތު ކާވެނި ކޮންގެން އުޅޭ ދެމަފިރިންނަށް ވުރެ،
ހަސަދު
05 November 2018
އަލަތު ކައިވެނި ދެމަފިރިންގެ ދަރިން ބޮޑެތިވާ އިރުވެސް ފުލެޓަކަށް ނުވަދެވޭނެ. މުއިއް ކަަންކަން ކުރައްވަނީ އިދިކޮޅަށް. ފުރަތަމަ އަޅާނީ ފުލެޓް ދެން އެތަނަށް ވަންނާނެ މީހުން ހޮވާނީ. ޑަބަލް މުއިއްޒު މެން ކަންކަން ކުރައްވާ ގޮތް ދޮތްތޯ.
ސައި
05 November 2018
އަންނިވެރިކަމުގަ ފުލެޓުނުލިބުނީ ލިބޭމުސާރަ ކުޑަވީމާ ވަހީދުވެރިކަމުގަ ފުލެޓު ނުލިބުނީ ފިރިމީހާގެ 300 އަކަފޫޓުގެ ތަންކޮޅެއްއޮވެފަ ދަރިންނެތީމާ ޔާމީންވެރިކަމުގަ ފުލެޓުނުލިބެނީ 40 އަހަރުންމަތީމީހުން ބާކީކުރީމާ މިހާރު މާލޭގައުޅޭތާ 28 އަހަރު ކޮބާތޯ އަހަރުމެންގެ ހައްގު އެއްމެން ބޭނުމެއްނުވާނެ ދަފުތަރުގަ ޖެހޭކައް އުއްމީދުކުރަނީ އިބޫސަރުކާރުގަ އަހަރުމެންނަށްވެސް ބޯހިޔާވަހިކަމެއް ލިބޭނެ ކަމަށް
ހާސަރު
05 November 2018
މި ފްލެޓް ތައް ހުރިތަނެއް އެގޭ އެކަކުވެސް އެބަހުރިތަ!؟ ހަމަ ގައިމުވެސް ނިމިފަ ހުރި ތަނެއް އަދި ކައިރި މުސްތަގްބަލެއްގާ ނިމޭނެ ތަނެއް ހުޅުމާލެއަކުނެތް!
ހަސަންސް
05 November 2018
އަލަތު ކައިވެނި ކުރި ދެމަފިރިން ފޯމުލި.. ހުރިހާ ދެމަފިރިންކުރެ ކޮންމެ ދެމަފިރިއަކަށް ދެ ފުލެޓު އެއޮތީ ލިބިފަ.. ދެނޯ؟؟
ބަލަ މަށޯ
05 November 2018
ޔާމީނުގެ ދައުރުގަ ކައިވެނި ކުރި މީހުންނަށް ދަރިޔަކު ނެތަސް ފުލެޓް...ކައިވެނި ކޮށްގެން 10 ނުވަތަ 12 އަހަރުވެފަ ދެތިން ހަތަރު ދަރިން ތިބި މީހުންނަށް ފްލެޓެއް ނުލިބޭ..ތިހާ ވަރަކަށް އިންސާފުން ކަންތައް ކުރެވޭނީ..
އެހާރާއި މިހާރު
05 November 2018
މަގޭ މާމައަށްވެސް ލިބެންވާނެތާ. އޭނާ މީގެ 60 އަހަރު ކުރިން އިނދެ އެތައް ދަރިންނެއް ލިިބިފަ އެބަ ތިބި.
އުދުހޭ
05 November 2018
ތިޔަ ގޮތަށް ފްލެޓޭކިޔާފަ ކަރުދާހެއް އަޅުގަނޑަށްވެސް ދެވިދާނެ. 2090 ގަ ފްލެޓް ލިބޭނެކަމަށް.
ޟޑޑ2
05 November 2018
ގެޒެޓުގައި އަލައް ޖެހި ވަގުތީ ލިސްޓް ބައެއް ނުހުޅުވޭ. 0 kb ފައިލްވެސް އެބަހުރި