ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައި މުސްތަފާ ވާހަކަ ދައްކަވަނީ. ޕްރައިމަރީއަކާ ނުލައި، ޓިކެޓް ހޯދަން އުޅޭ ކަމަށް ބުނެ 12 މެމްބަރުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައި. .---ފޮޓޯ: ޖުމްހޫރީ ޕާޓީ
06 ނޮވެމްބަރ 2018 - 12:46
އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ކަށަވަރު ކުރައްވަން ޕްރައިމަރީއެއްގައި ވާދަ ކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، އެކި މީސްމީހުން އަމާޒުކުރާ ފާޑުކިޔުންތަކަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީއަށް ތައްޔާރު ކަމަށް މުސްތަފާ މި ވިދާޅުވީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓްދޭން ކޯލިޝަންގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ކަމަށް ބުނާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި، ދޮޅު އަހަރު ވަންދެން މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ގާނޫނާ ޚިލާފަށް ނުދިން މެމްބަރުންގެ ތެރޭގައި އޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ 12 މެމްބަރުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި ކަނޑައެެޅުން ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
މުސްތަފާ އަށް ފާޑުކިޔުން އަމާޒުވީ، 12 މެމްބަރުންނާ އެކު ނަޝީދު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި، ޕްރައިމަރީއަކާ ނުލައި އެ މެމްބަރުންނަށް ޓިކެޓް ކަށަވަރުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ކުރެއްވި ޓުވީޓާ ގުޅިގެންނެވެ.
Miadhu RN aai 12MPs Bahdhalu kurumun vidhaalhuvi 12MPs ge gondi kashavarukoh devvaane kamah..! 12,MPs ge dhaairaa thah e 12 MPs nah libenjeheyne, dhigu koh bunchas kurukoh bunyes Vaahaka akee eii.
— Mohamed Musthafa (@Thimarafushi) November 5, 2018
އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ، ޕްރައިމަރީއަކާ ނުލައި އެއްވެސް މެމްބަރަކަށް ޓިކެޓް ދެއްވުމުގެ ކަށަވަރުކަން، އެ ބައްދަލުވުމުގައި ނަޝީދު ނުދެއްވާ ކަމަށެވެ. އެއާ އެކު، ނަޝީދު ވެސް މިއަދު ވިދާޅުވީ އެހެން ފަހަރުތަކެކޭ އެއްގޮތަށް، މި ފަހަރު ވެސް އެމްޑީޕީގެ އުސޫލަކަށް ވާން ޖެހޭނީ، މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ޕްރައިމަރީއަކުން ކަނޑައެޅުން ކަމަށެވެ.
Miadhu RN aai 12MPs Bahdhalu kurumun vidhaalhuvi 12MPs ge gondi kashavarukoh devvaane kamah..! 12,MPs ge dhaairaa thah e 12 MPs nah libenjeheyne, dhigu koh bunchas kurukoh bunyes Vaahaka akee eii.
— Mohamed Musthafa (@Thimarafushi) November 5, 2018
ނަޝީދު ޔަގީންކަން ދެއްވި ކަމަށް މުސްތޮފާ ކުރެއްވި ޓުވީޓް.
އެ ޓުވީޓް މުސްތޮފާ ކުރެއްވުމާ އެކު، ޕްރައިމަރީއަކާ ނުލައި މުސްތޮފާ އަށް ވެސް ޓިކެޓް ހައްގު ނޫން ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. ހަމަ އެގޮތަށް، ބާކީ ތިއްބެވި 12 މެމްބަރުންނަށް ވެސް ޓިކެޓް ލިބެން ޖެހޭނީ އޮންނަ އުސޫލަކުން، ވާދަކޮށް، ޕްރައިމަރީ ކާމިޔާބުކޮށްގެން ކަމަށާއި އެ އުސޫލާ ޚިާފަށް ނުގެންދެވޭނެ ކަމަށް ދަނީ ބުނަމުންނެވެ.
Habarudhaaru! Dhogu nahahdhavaa! Thimarafushi Musthafa akee Primary akah biru gannaane meeheh noon! Alhugandakee 2009 eh ge fahun emme gina inn Majlis Inthihaabugai vaadha koffa huri faraaiy! Adhi komme dhaurehga gondi gelley ves faraaiy. Rayyithunge votah abadhuves maruhabaa!
— Mohamed Musthafa (@Thimarafushi) November 5, 2018
އެ ވާހަކަތަކާ ގުޅިގެން މުސްތޮފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރައިމަރީއަކަށް އޭނާ ބިރެއް ނުގަންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އޭނާ އަކީ 2009 އިން ފެށިގެން މިހާތަނަށް މަޖިލީސް އިންތިޚާބުގައި އެންމެ ގިނައިން ވާދަކުރި ބޭފުޅާ ކަމަށެވެ.
"އަދި ކޮންމެ ދައުރެއްގައި ގޮނޑި ވެސް ގެއްލޭ ފަރާތް. ރައްޔިތުންގެ ވޯޓަށް އަބަދުވެސް މަރުހަބާ،" މުސްތޮފާ ވިދާޅުވި އެވެ.
Nikunnaanee MDP in, Ufanvee ves MDP ah. ⚖️
— Mohamed Musthafa (@Thimarafushi) November 5, 2018
މުސްތޮފާގެ ޓުވީޓް.
މަޖިލީހުގެ އިންތިޚާބަށް މުސްތޮފާ ޝައުގުވެރިވެވަޑައިގަންނަވަނީ، އަނެއްކާވެސް އެމްޑީޕީގެ ޓިކެޓަށް ކަމަށް ވިދާޅުވި އެވެ. ނިމިގެން މިދާ މަޖިލީހުގެ ދައުރުގައި ވެސް އޭނާ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެކަމަކު، ގޮނޑި ގެއްލުނީ ފަހުން ޕީޕީއެމަށް ބަދަލުވެ، އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވެމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހެނީ، އިންސާފުން ބޭރުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިގެން، އެ މެމްބަރުންގެ ދާއިރާތައް ތަމްސީލު ނުކުރެވި ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވުމުން ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. މި ކަންބޮޑުވުން، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވެސް ހުށަހަޅައި، މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. އެކަމަކު، ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ޓިކެޓް ދޭން ލީޑަރުން އެއްބަސްވެވަވަޑައިގެންނެވި ކަމަށް މިހާތަނަށް ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.
އެ މަނިކުފާނު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ކުރިމަތިލާން އެ މެމްބަރުންނަށް އެހީތެރިވެދޭން އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން ކުރިންސުރެ ވަނީ އެއްބަސްވެފަ އެވެ. އެ މެމްބަރުންގެ ތެރޭގައި، ގިނައީ މައުމޫންގެ ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް، ޕްރައިމަރީއަކާ ނުލައި އެއްވެސް މީހަކަށް ދިނުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ވާދަކުރުމެއް ނެތި، ޓިކެޓް ކަށަވަރުކޮށް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް ކަމަށް ބުނެ، އެ މަގަށް މަޖިލީސް އިންތިޚާބުގެ ޓިކެޓް ދިނުމުގެ ކަންކަން ނުގެންދަން ވެސް ސޯޝަލް މީޑިއާގައި އާއްމުން ދަނީ ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަމަނިކު
06 November 2018
ސާބަހޭ މުސްތޮފާ!
ހުއްބުލް ގަލަން
06 November 2018
މުސްތޮފާ ޕްރައިމަރީއަށް ބިރުގަތަސް ނުގަތަސް ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަރައްޔިތުން މުސްތޮފާ ހޮވަން ވަރަށް ބިރުގަނޭ. ސަބަބަކީ އެންމެފަހުންވެސް އެމްޑީޕީގެ ޓިކެޓްގައި ހޮވީމަ މެމްބަރުކަމުގެ ހުވާ ކުރުމުގެ ކުރިން ޑީލް ހަދާފަ ޕީޕީއެމްއަށް ސޮއެކުރީ.
އާޝިޔާ /ތިމަރަފުޝީ
06 November 2018
ޕުރައިމަރީ ކީއްތޯ މުޅި ހަންގަނޑު އާދެ ތޮށިބާލައިގެން އަޔަކަސް ތިޔައިން އެކަކުވެސް ހޮވަން ބޭނުންނުވޭ.. ބޭނުންވަނީ އީސީ ގެ ރައިސު ޝަރީފުމެންފަދަ ތަޢުލީމީ ގާބިލު ސާފުޠޯހިރު ބޭފުޅުން ލަދުންމަރުވެއްޖެ. މުޅި މުޖުތަމަޢުއަށްވެސް ހަރާބު. އަޅުގަނޑު އަދޭހާއި އެކު މުޅި ގައުމުގެ ރައްޔަތުންނަށް ގޮވައިލަން އެއްމެ ދައްވެގެން ޑިގުރީ ނެތް އަދި ދުވަހަކުވެސް ކޮރޮޕުޓު ނުވާ މީހުންހޮވަން..
ހަބަރުދާރު
06 November 2018
މުސްތޮފާމީ އެންމެފަހުން ފަހަރުވެސް ޓިކެޓުދިނީމަ ހޮވިގެން އަނެއްދުވަހު ޕާޓީބަދަލުކުރި މީހެއް. މިފަހަރު ނޯޗާންސް. މަނަވަރެއްގެފޮޓޯއެއް ލާފަ ހަބަރުދާރުޖަހާފަ ޓުވީޓުކުރިޔަސް އަދި ނުފުދޭ.
ދޮންތުއްތު.
06 November 2018
ތި 12 މެމްބަރުންނަކަށް ދެނެއް ދިވެހިންނެއް މައާފެއް ނުކުރާނެ މަޖިލީހަކަށް ނުވައްދާނެ މިއީ ޔަގީންވާކަމެއް،
ސަފްލާ
06 November 2018
މި 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ޙައްޤުތޯ މިއީ މިއަދުގެ ބޮޑު ސުވާލެކެވެ. ޙަޤީޤަތަކީ ކޯލިޝަނުގެ ލީޑަރުން ރޫޙީ ގޮތެއްގައި އެކަމަށް އެއްބަސްވެފައިވާކަމެވެ. އެ އެއްބަސްވުމަކީ އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ނާއިންސާފާއި ބޭއިންސާފާއި އަނިޔާއާޢި ބިރުދެއްކުމުގެ ކުރިމަތީގައި އެބޭފުޅުން ދެއްކެވި ހިތްވަރާއި ކޯލިޝަނުގެ ވިސްނުމާއެކު ސާބިތުވެ ތިބި ތިބުމާ އެކަމުގެ ސަބަބުން ރައީސް ޔާމީންގެ ވެރިކަން ނިކަމެތިވެ މައިގަނޑު ސަބަބަށްވުމެވެ.
ސަފްލާ
06 November 2018
މި 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ޙައްޤުތޯ މިއީ މިއަދުގެ ބޮޑު ސުވާލެކެވެ. ޙަޤީޤަތަކީ ކޯލިޝަނުގެ ލީޑަރުން ރޫޙީ ގޮތެއްގައި އެކަމަށް އެއްބަސްވެފައިވާކަމެވެ. އެ އެއްބަސްވުމަކީ އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ނާއިންސާފާއި ބޭއިންސާފާއި އަނިޔާއާޢި ބިރުދެއްކުމުގެ ކުރިމަތީގައި އެބޭފުޅުން ދެއްކެވި ހިތްވަރާއި ކޯލިޝަނުގެ ވިސްނުމާއެކު ސާބިތުވެ ތިބި ތިބުމާ އެކަމުގެ ސަބަބުން ރައީސް ޔާމީންގެ ވެރިކަން ނިކަމެތިވެ މައިގަނޑު ސަބަބަށްވުމެވެ.
ޝެލަރީ
06 November 2018
ނުޖެހޭނެ އެއްވެސް މީހަކަށް ތަބަކަކަށްލާފައި ޓިކެޓް ދޭކަށް ނޫޖެހޭނެ އެފަދަ އެންގުމަކަށް ތަބާނުވެސްވާނަން ވަރަށް ސާފްކޮށް މިބުނީ
ހުސީނާ
06 November 2018
އެހެންވިއްޔާ އެހެން ނުބުނާނީ. މިބުނީ ދޭނަމޭ ނުބުނާނީއޭ. އޯކޭ.
ގޮއްޔެ
06 November 2018
ތިހެން ވާންޖެހޭނެ. ޕްރައިމަރީއަށް ބިރުނުގަނެ ޕްރައިމަރީގައި ވާދަކޮށްގެން މަޖްލީހަށް ނުކުތުމަކީ ދާއިރާގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ
އިސްތަންބޫލް
06 November 2018
މައްސަލައަކީ ބިރުގަތުމާއި ނުގަތުމެއް ނޫން. މައްސަލަ އަކީ އަނެކުންގެ ޙައްގު.