ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތަކަށް ފަހު، ޝަމީމް މިދިޔަ މަހުގެ 15 ގައި ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
06 ނޮވެމްބަރ 2018 - 23:19
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ "ހުއްދަ ނޫން ތަނަކަށް ވަނުން" ކަމަށާއި އެ ތަހުގީގު ފުލުހުން ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް ނައްތައިލި މައްސަލާގައި ސުވާލު ކުރުމަށް ޝަރީފް މިއަދު ހަވީރު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ފުލުހުންނާއި އީސީން ވެސް ބުނެފައިވަނީ ޝަރީފާ ފުލުހުން ސުވާލުކޮށްފައި ވަނީ ވޯޓު ކަރުދާސް ނައްތައިލި ގޮތާ ގުޅޭ ގޮތުން ކަމަށެވެ.
ޗިޓް ދިނުމެއް ނެތި ޝަރީފް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި އިރު، އޭނާއާ އެކު އެ ތަނަށް ވަޑައިގެންނެވި، އިލެކްޝަންސް ކޮމިޝަންގެ ވަކީލް ރިފާތު އަބްދުﷲ ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން މީޑިއާގައި ވިދާޅުވީ، މައްސަލައެއް ބެލުމުގެ ގޮތުން ފުލުހުން ޝަރީފްއާ ސުވާލު ކޮށްފައި ނުވާ ކަމަށެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވި އީސީގެ ވަކީލުންނާ ހަވާލާ ދެއްވައި ޝަމީމް، "މިހާރު" އަށް މިރޭ ވިދާޅުވީ، ފުލުހުން ޝަރީފްއާ ސުވާލު ކޮށްފައި ވަނީ ވޯޓު ކަރުދާސް ބެހެއްޓުމަށް އެ ކޮމިޝަންގައި ހަދާފައިވާ ކޮޓަރިއަކަށް ވަދެވަޑަައިގެންނެވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ހަމަޖެހޭ ކަމެއް ނޫން އޭނާ ވިދާޅުވި އެވެ. އެއީ ޝަރީފް ވަދެވަޑައިގަތުން މަނާ ތަނަކަށް ނުވާއިރު، ހުއްދަ ނޫން ތަނަކަށް ވަން ކަމުގެ ތުހުމަތު ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ ގޭގެ ކޮޓަރި އަކަށް ވަނުން މަނައޭ ބުނުން ފަދަ ކަމެއް،" ފުލުހުން ސެކިއުރިޓީ ބެލެހެއްޓި އީސީގެ އެ ކޮޓަރިއާ ގުޅޭގޮތުން ޝަމީމް ވިދާޅުވި އެވެ.
ތަހުގީގަކަށް މީހަކު ހާޒިރު ކުރާއިރު، ސުވާލު ކުރުމުގައި އަދި ތަހުގީގުން ދޫކޮށްލުމުގައި ވަކި އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށް ގާނޫނުގައި ބުނެފައި ވެ އެވެ. އެގޮތުން، ހާޒިރުކުރާ ސަބަބާއި ކުރެވޭ ތުހުމަތު ލިޔުމުން ދޭން ޖެހެ އެވެ.
"[ޝަރީފްގެ] ސްޓޭޓްމަންޓެއް ނެގި ކަމަށް ވަކީލުން ވިދާޅުވަނީ. އެކަމަކު އޭގައި ސޮއެއް ނުކުރޭ. ޗިޓް ދީގެންނެއް ނޫން ހާޒިރު ކުރީކީ. ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ އެ ކަން ބުނެދޭން ޖެހޭ. އެ ކަމެއް ވެސް ނުކުރޭ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލްކަން ކުރެއްވި ޝަމީމް ވިދާޅުވީ، ފުލުސް އޮފީހަށް ޝަރީފް ހާޒިރު ކޮށްފައި ވަނީ ޗިޓު ދިނުމަކާ ނުލައި ކަމަށް ވާއިރު، ސުވާލުކޮށް ބަޔާން ނެގީ ވެސް ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެހެންވެ، ޝަރީފް ކުށެއް ކުރައްވާފައިވީ ނަމަވެސް ފުލުހުން އެ ކުރި ތަހުގީގުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން، ފުލުހުން ބުނެފައިވަނީ ޝަރީފް ހާޒިރު ކުރީ ވޯޓު ކަރުދާސް ނައްތައިލުމުން އެކަން ސާފު ކުރުމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓު ކަރުދާސް ނައްތައިލީ އެ ކަރުދާސް ބެލެހެއްޓުމަށް ގާނޫނުން ލާޒިމްކުރާ މުއްދަތު ހަމަވެ ހަތް ދުވަސްވީ ފަހުން ކަމަށެވެ. އަދި އެ ކަރުދާހާ ބެހޭ މައްސަލައެއް އެއްވެސް ތަނަކަށް ހުށަހަޅާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުން ބޮޑު ތަފާތަކުން ބަލިވެވަވަޑައިގަތުމާ އެކު، ރައީސް ޔާމީން ވަނީ ވޯޓު ކަރުދާހުގައި މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތު ކުރައްވައި އެ އިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެފަދަ ކަމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީލް
07 November 2018
ހުރިހާ މޮޅެއް މިހާރު ކޯލިޝަނަށް. ބޯ ހަލާކު މަތިމައްޗަށް!
3322
07 November 2018
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޙާޟިރުކުރާ ސަބަބު އެންގުމަށްފަހު، އެފަރާތްތައް ޙާޟިރުވުމަށް އެ އިދާރާގެ ފޯނުން ވެސް ގުޅާފައި ފުލުހުންނަށް އެންގިދާނެ. އަދި އެކަން އެގޮތަށް ކުރުމަކަށް އެއްވެސް ޤާނޫނެއް ހުރަހެއް ނާޅާ. އަދި ނަމަވެސް ޗިޓް ފޮނުވުމަކީ އެންމެ ޕްރޮފެޝަނަލް ގޮތް. އޛ ޝަމީމް ހަޤީޤަތް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ ހުތުރުކަމެއް. ހީކޮށްގެން ނުވާނެ، ތިމާމީހާއަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ މައްޗަށް އުފަންވި މީހެއް ކަމަށް.
އެމްޑީޕީ.
07 November 2018
ދެންތިބުނަނީ ފުލުހުންނަކީވެސް ތަންދޮރު ދަންނަ ބައެއް ނޫނޭތަ؟؟؟
ޔަސް
07 November 2018
ވަރަށް ތާހިރު ސަރުކާރެއް ފެންނާނެ ...ހެހެހެ މިހާރު ވެސް އެނގިއްޖެ ކަމެއް ނުވާނެކަން،،،،،
ފިނިފެންމާ ދޯނި
07 November 2018
ކަލޭ ނޭދޭ ކޮން ކަމެއް ގާނޫނާ ޚިލާފެއްނު. އެކަން ނޭނގޭ މީހަކު ހުރިތޯ ސުވާލު ކޮށްލަބަލަ ކަލޭ.
ޜަސްގެފާނު
07 November 2018
ޢާ މާބިޑަށް އެނގިފަ ހުންނަނީ. މީނާ ހިތުން މީނާ ނޫނީ ޤާނޫނު އެނގޭ މީހަކު ނެތް،
ހައިޓް
07 November 2018
އީސީ ސަރިފޫ...... ނެްދޯ ސަލާމެތެއް. މީގެ ކުރިން އެމްޑިޕީ ދުވަނީ . މިހާރު ޕީ ޕީ އެމް ދުވަނީ. ދޯ އީސީ ސަރިފޫ
ނޭންގޭމީހާ
07 November 2018
ޝަރީފުވެސް ނުޖެހޭ ދޯ މީހަކު ހަމަ އަންނާށޭ ބުނާއިރަށް އެދިމާއަކަށް ދުއްވައިގަންނާކަށް! އިޖުރާއަތުތައް ފުރިހަމަ ނުވާކަން އެތަނުގަ އުޅޭ ލޯޔަރުންނަށް ގައިމު އެނގޭނެތާ. ފުލުހުން ކޮށްފައި ވަނީ ގާނޫނާ ޚިލާފު ކަމެއްކަން އެނގޭއިރު ހަމައެކަނި ތިހެން ކިޔާލަ ކިޔާލަ ހުއްޓަކަސް އަދި ނުފުދޭ ދޯ؟ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝަމީމްއަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި ދޯ؟ ފުލުހުންވެސް ބޭނުންހައިގޮތަކަށް ކަންކުރަން ދޫކޮށްލީމަ އެ ދެވެނީ އިމިއުނިޓީ.
ގަލަންވެރިޔާ
07 November 2018
އަދުރޭގެ ކަޓު ބޯއިސްތައް އޭނަ ހިތްހަމަ ޖައްސަން ކުރި ކަމެއް!
ވަތުއޮޑި
07 November 2018
ނަވާޒް ވަކިކޮށްފައި ކޮމިޝަނަރ އަކަށް ހަމްދޫން އައްޔަން ކުރި ސަބަބު ވ.ސާފް ދޯ މިހާރު. އަދި ވޯޓް ނައްތާލުމާގުޅިގެން ފުލުހުންގެ އޮޮޕަރޭޝަން ހެޑް ވަގުތުން ވަގުތަށް ބަދަލުކޮށްފި. އެއީ ސީޕީ އަށް ނޭނގި އިލެޝަންގެ ސެކިއުރިޓިީ ހުއްޓާލުމުން ކަމަށް. ވޯޓް ކަރުދާސް ނައްތާލުމާ ގުޅިގެން އިލެކްޝަންގެ ރައީސް ފުލުހަށް ހާޒިރުވެސް ނުކުރެވޭނެ . ފުލހުންނަށް ސުވާލުވެސް ނުކުރެވޭނެ.
ޢަލިދީދީއައްޑޫސިޓީ
07 November 2018
ފުލުހުންގެ އިދާރާއަކީ، ޕީޕީއެމް ޑިފެކްޝަންގެ "އޯޑަރަށް" އެކްޓިވޭޓް ވާތެނެއްކަން އެންމެނަށް ވެސް އެނގޭ ނޫންތޯ؟ ނައިބުލީޑަރ ގެ ޓްވީޓާ އެކު އީސީޝަރީފު އެހާޟިރުކުރީ. ދެން މިހާވަރުން އެނގޭނެ ނޫންތޯ. ބާކީ 10 ދުވަސް.