ކުރީގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ނޮވެމްބަރ 2018 - 14:29
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރު އެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
ސާޅީސް ނުވަ މެމްބަރުން ސޮއިކުރައްވައި، ނަޝީދު މިނިވަން ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅި ފަހުން، ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ސުޕްރީމް ކޯޓުގައި ވަނީ އެދިވަޑައިގެންފަ އެވެ. އަދި ޕީޖީން އެ ގޮތަށް އެދިވަޑައިގަތުމާ ގުޅިގެން، ސުޕްރީމް ކޯޓުން ވަނީ ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުން ފާސްކޮށްފަ އެވެ.
އެއާއެކު، އެ މަނިކުފާނު މިހާރު އުޅުއްވަނީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގަ އެވެ.
ނަޝީދުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ގަރާރު ދިރާސާ ކުރިއިރު، ނަޝީދެކޭ އެއްގޮތަށް ހުކުމްކޮށްފައި ތިބި އެހެން މީހުންގެ މައްސަލަތައް މުރާޖައާކޮށް، އެމީހުން މިނިވަންކޮށް، އިންސާފު ގާއިމުކޮށް ދިނުމަށް ޕީޖީއަށާއި ސުޕްރީމް ކޯޓަށް ގޮވާލާފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވީ ފެބްރުއަރީ، 2015ގަ، އެވެ. އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް އދ. ގެ ވޯކިން ގްރޫޕުން ވެސް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި، އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ ނަމުގައި މިނިވަން ނޫސްވެރިކަން ހަނި ކުރެވޭ ގޮތަށް މަޖިލީހުން ފާސް ކުރި އަބުރުގެ ގާނޫނު އުވައިލުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި ބިލް ބަލައިގަނެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
އަބުރުގެ ގާނޫނު އުވައިލުމުގެ ބިލް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ. މި ބިލް ބަލައިގަތުމާ ގުޅިގެން ރިޔާސަތުން ވަނީ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
12 November 2018
ބަޔަކު މީހުން ހިތުގަ ޖެހިއްޖެ ..
ނެކްސްޓް
12 November 2018
ޖަލުގަ ނޯއްނާން ޔަމީންއާ ޑީލް އަޅުވައިގެ ފިލިމީހާ. މިމީހާގެ ޖަރީމާތައް ބަލަން ޖެހޭ. މީނަގެ ނުފޫޒުން މަޖުލިހުގައި ފާސްކުރި ބަލުތަކުގެ ސަބަބުން މިގައުމަށް ވީގެއްލުން ބަލާ ތަހުގީގުކުރަންޖެހޭ
ޖުމުހޫރީ މައިދާނުން
12 November 2018
ހަޑި ހާވަނީ
ދޮށީކޮއި ޢަލީގެ މުޙައްމަދު
12 November 2018
މިހާރު ބޭނުން މަޖިލިސް އެކަނީ ކޯޓްތަކެއް ބޭނުމެއް ނޫން މަޖިލީހުން ޝަރީޔަތް ކުރާނީވެސް ހުކުމް އިއްވާނީވެސް ބާތިލްކުރާނީވެސް ކޯޓްތައް އުވާލާ މުއްދަތު ޖަހާނީވެސް
ފަޤީރުކަލޯ!
12 November 2018
އަންނި އެކަންޏެއްނޫން! ރައްޔިތުންގެ މަޖިލިސްވެސް އެއީ ޤައުމަށް ޖެހިފައިވާ ބޮޑު ކަމެކެވެ. ޤައުމަށް ފައިދާ ހުރިއެއްވެސް ކަމެއް ނުކުރާނެއެވެ. އަޑުގަދަ މީހާއަށް ރުށްގިނަކޮށްދިނުން ނޫންކަމެއް އެމީހުން ނުކުރޭ!
އަބްދޫ
12 November 2018
ނަސީދު މިނިވަން ކުރަން ފާސްކުރި ގަރާރަކީ ގާނޫނުއަސާސިގެ 115 ވަނަމާއްދާގެ ޒ އާއީ މައާފްދިނުމާ އަދަބަށް ލުއިދިނުމުގެ ގާނޫނާ . ގާނޫނުއަސާސީގެ 18،17،20 މި މާއްދާތަކާ ވެސް ހިލާފު ގަރާރެއް . ވީމާ ގާނޫނުއަސާސި ބުނާގޮތުން ގާނޫނުއަސާސީގެ މާއްދާއެއް ވެސް އަކުރަކާވެސް ހިލާފު ވާކޮންމެ ނިންމުމަކީ އަދި ހިލާފުވާ ކޮންމެގާނުނަކީވެސް ބާތލް އެއްޗެއް . ވީމާ މިގަރާރު ވަނީ . ގާނޫންއަސާސ އާހިލާފް ފާސްކުރުމަކަށް 95 ވަނަ މާއްދާ ބައްލަވާ.ގަރާރަު ވާންޖެހެނީ ކޯންޗަކަށް.
ދުރު
12 November 2018
މި އީ ހާދަ ފިޑި މީހެކޭ. ހިތުން މަންޑޭލާ.... އެކަމަކު 1 އަހަރުވެސް ޖަލުގަ ނޮއޮވެވުނު. މަންޑޭލާ ރައްޔިތުން ނަށް މިނިވަން ކަން ހޯދައިދިނިމައް އުމުރު ހުސްކުރީ ޖަލުގަ
އީކިއު.
12 November 2018
ހަޖަމް ހަޖަމް
ލަކީ
12 November 2018
އޭ އީކިއޫ.. އަހަރެމެންނަށްތަ ހަޖަމްނުވެގެން މިއުޅެނީ؟ ކަލޭމެންގެ ހިތްތަކުގެ ރާޖާއަކަށް ޖަލުގަ އޮންނަން ހަޖަމްނުވީ..
އަބްދޫ
12 November 2018
މަޖިލީހަކީ މީހުން މިނިވަންކުރަން ގަރާރު ފާސް ކުރެވޭނެ ތަނެއްނޫން . ނަސީދަކީ ކުށް ކުރަން އާދަވެފާހުރިމީހެއް . އެއީ ޓެރަރިޒަމާ ވައްކަމުގެ ހުކުމެއް އައިސް ތަންފީޒު ވެފާ އޮތުމުން. ގާޒީމައްސަލާގަ ދައުވާ ނުކޮށް ދޫކުރުމުގެ އިހްތިޔާރު މިފަދަ މީހަކަށް ދިނުން ގާނޫނުގާނެތް . ވީމާ ސަރީއަތުން ކޮށްފައިވާހުކުމް ރިވިޔު ކުރިޔަސް ސަރުއީ ހުކުމް ނަސީދުގެ މައްޗަށް ތަންފީޒުވވާންޖެހޭނެ. މަޖިލީހުގެ ގަރާރަކީ ބޭކާރު އެއްޗެއް .
ައާދަނުގެދަރި
12 November 2018
ބޮނޑިބަތް ކެއްކުން މެކުހަށް ޖަހާފަދޯ!
ޔާސްމީން
12 November 2018
އަގުލަބިއްޔަތުން ކިތަންމެފާހެއް ކުރިޔަސް ކޮއްފަ އޮތް ޝަރީއަތެއްގެ ހުކުމް ބަދަލުކުރެވޭނީ ޝަރީއަތައް ހުޝައެޅުނު ހެކިތަކާއި އަދި ހިންގުނު ތަހުގީގުތަކުން ކުއްވެރިނުވާކަމުގައި ވެގެން އެކަނި އެވެ. އެހެން ނޫނީ މިރާއްޖެ އަކީ ސަދޫމް އަކީ އެއްވެސް ތަފާތެއް ނޯންނާނެ.