އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހަދާފައިވާ އާ ހޮސްޕިޓަލް: މި ހޮސްޕިޓަލަށް ދެން ބޭނުންވަނީ ސާމާނު.---ފޮޓޯ: ހައުސިން މިނިސްޓްރީ
12 ނޮވެމްބަރ 2018 - 15:04
އައްޑޫގައި އަލަށް ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި އެ ތަނަށް މަދުވަނީ ހަމައެކަނި ބޭނުންވާ ސާމާނު ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ އާ ހޮސްޕިޓަލް ގާއިމު ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބާއްވަން ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގަ އެވެ. އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.
ޖުމްލަ 161.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
Raees Yameen Addu city gai binaakohdhevvamun gendhavaa hospital ge masakkai: hospital equipments libumun nimmey kankan fiyavaa hurihaa kameh nimifa. pic.twitter.com/LsykjCfIhq
— Dr.Mohamed Muizzu (@MMuizzu) November 12, 2018
މިނިސްޓަރު މުއިއްޒުގެ ޓްވީޓް.
އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި، ލަސްވެގެން މި އަހަރުގެ މެއި މަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރާ ގޮތަށެވެ. އެ ގޮތުން ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލް މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ނިންމައި ހުޅުވާނެ އެވެ.
ހޮސްޕިޓަލަށް ބޭނުންވާ އިކްޕްމަންޓްގެ ވާހަކަ މުއިއްޒު މިއަދު ފާހަގަ ކުރެއްވި އިރު، މާލޭން ވެސް ނުލިބޭ ފެންވަރުގެ ހިދުމަތްކާ އެކު ހުޅުވާ ހޮސްޕިޓަލަށް ބޭނުންވާ ސާމާނުތައް ހޯދައި އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީީން ބީލަމަށް ހުޅުވައިލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ކޮންވެންޝަން ޓޫރިޒަމް ވެސް ތަރައްގީ ކުރުމުގެ ވިސްނުމުގައި އިމާރާތް ކުރި އީސީސީ، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުން އަންނަ އިރު، އެ ތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް ނަޝީދު އައްޑު އަށް މިދިޔަ ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި ބައްލަވައިލެއްވި އެވެ.
Addu aa hospoitalah thakethi supplykoh dheyne bayaku hoadhany
The most trusted news source in the Maldives
Mihaaru
އައްޑޫ އާ ހޮސްޕިޓަލަށް ތަކެތި ހޯދަން ބިލަމަށްލީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި.
ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ފެއްޓެވި މަސައްކަތްޕުޅު އަލުން ބަދަލު ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި އީސީސީ ހޮސްޕިޓަލަކަށް ނޫން ތަނަކަށް ދެން ހަދަން ނުފެންނަ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ މިހާރު އޮތް މަޝްރޫއު ބާރަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުން. އަލުން އަނބުރާ މިހާރު ކުރި ހަރަދު އުކާލައި ބޭކާރު ކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެކަކަށް ވެސް ފައިދާވާނެ ކަމެއް ނޫން،" ނަޝީދު ފޭދޫގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
13 November 2018
60 ހާސްމީހުނަށް ޓާޝަރީހޮސްޕިޓަލެއްއެޅުމަށް ސައުދީފަންޑާއި ކްވޭތުއެއިޑް އަދި ޢޭޑީބީގެ ޑިވޮލޯޕްމަންޓްލޯނުންފައިސާލިބިފައިވަނިކޮށް “ޖެއްސުމާއި ރުޅިވެރިކަން ބޮޑުކަމުން” ޔާމީން އައްޑޫ މީހުންނަށްދިން ވަރުގަދައަދަބެއްގެގޮތުގައި “އައްޑޫގެރަމްޒު ނުވަތަ ލޭންޑް މާރކް” ކަމުގައިވި އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރ އީސީސީ ނައްތާލެވިއްޖެ. . . ތިތަންބަދަލުކުރާންވީ މި 5 އަހަރުމަރާލެވުނު މީހުންގެ ފޮޓޯ އާއިއެކު އަނިޔާވެރިވެރިންގެ ވާހަކަ ގެނެސްދޭ މިއުޒިއަމަކަށް.
މުއިއްޒޫ
13 November 2018
އައްޑޫ ހޮސްޕިޓަލް މުއިއްޒު ވެއްޖެ މިހާރު އެތަނުގައި ސިކުނޑިވެސް ބަދަލު ކުރެވޭ
ކޯޑިނޭޓަރ
12 November 2018
މުއިއްޒު މީ މަޖާ މީހެއް...
އަލިފް ހ
12 November 2018
މުއިއްޒު ތިކަންކުރަން ފެށި އިރުވެސް ތިތަނަށް މަދުވަނީ ބޭނުންވާ މެޝިނެރީސް އެކަނި. ތަން ހުރީ ނިމިފަ
މަޒް
12 November 2018
އީސީސީ ހަލާކު ކޮށްލވެިއްޖެ. ހިތާމަ ހުރި. ހުރި ކައުންޓަރުވެސް ހުރި އާދައިގެ ވަރު ބަލާބަ
ކަޑަބައި
12 November 2018
ހޮސްޕިޓަލް މިހުރީ ނިމިފަ. މިހާރު މަދީ ހަމައެކަނި ފަރުވާހޯދަން އަންނާނެ ބަލިމީހުން. ސަބަބަކީ ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުމުގެ ސަބަބުން މީހުން ހޭލުންތެރިވެ ބަލިތައް މަދުވުން. އެހެން ނުވާންވީ އެއްވެސް ސަބަބެއްނެތް. ރައީސް ޔާމީނުގެ ސިއްހީ ވައުދު ވަނީ ވަރަށް ބޮޑަށް ފުރިހަމަ ކޮށްދެއްވާފަ!!!!!!
އަލިބެއްޔާ
12 November 2018
ގައުމު އޮތީ ތަރައްގީވެފައި. ނެތީ ފައިސާ.
އީކިއު.
12 November 2018
ވެރިކަންވެސް ވެއްޓިއްޖެ. މަދުވަނީ ވެއްޓުނު ރައީސް.
ށާމާ
12 November 2018
ސާމާނު ހަމަވީމަ، ރާއްޖޭގެ ހުރިހާއިމާރާތަކީވެސް ހޮސްޕިޓާ?
ބޮޑު ތަކުރު
12 November 2018
161.8 މިލިއަން ރުފިޔާއަށް އެތަނުގައި ގުދަނެއް އަޅަން ދީ އެ މަސައްކަތް ނިމުނީތާ ދޯ؟ މަރަުހަބާ!