13 ނޮވެމްބަރ 2018 - 10:24
ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމު އަލީ އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދައިދެއްވަން، އިންތިހާބީާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ގޮވާލައްވައިފި އެވެ.
އާ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަނބަލުން ދުންޔާ އެގޮތަށް ގޮވާލެއްވި އިރު، އިބޫ ވަނީ ކެމްޕޭން ތެރޭގަ އާއި އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ވެސް، ރިލްވާންގެ މައްސަލަ އަލުން ބައްލަވާނެ ކަމަށް، ވައުދެއްގެ ގޮތުގައި، ވިދާޅުވެފަ އެވެ. އަަދި އަފްރާޝީމާއި ޔާމީންގެ މަރު ފަދަ ގޮތް ނޭނގޭ ހުރިހާ މަރުތަކެއް ވެސް އަލުން ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
I call upon the Government of President @ibusolih @PresElectMv to ensure justice for Rilwan, Yameen & Dr Afrasheem. Law enforcement agencies need to complete these investigations thoroughly & bring the perpetrators to justice. https://t.co/yHhJo2q2qL via @YouTube pic.twitter.com/Qkq9JY7Yj8
— Dunya Maumoon (@dunyamaumoon) November 13, 2018
ދުންޔާގެ ޓުވީޓު
"ގާނޫނު ހިންގާ އިދާރާތަކުން މި މައްސަލަތައް ފުރިހަމައަށް ތަހުގީގުކޮށް ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ،" ޔޫ ޓިއުބްގައި އާއްމުކުރެއްވި ވީޑިއޯ މެސެޖަކާ އެކު ދުންޔާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް ވަރުގަދަކޮށް، ނޫސްވެރިންނާއި ހިޔާލުފާޅުކުރާ މީހުން ހިމާޔަތްކުރަން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި ރާއްޖޭގައި ނޫސްވެރިޔަކު ގެއްލި އަދި އެއް ނޫސްވެރިޔަކު މަރާލާފައިވާ ކަމަށް، ރިލްވާނާއި ޔާމީނަށް އިޝާރަތްކުރައްވާ ދުންޔާ ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މި މައްސަލަތަކުގެ ނިމުމެއް އަޅުނގަނޑުމެންނަށް ފެންނާނެކަމަށް. އަދި ކުރިމަގުގައި މިކަހަލަ ކަމެއް ތަކުރާރު ނުވުން،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ މި ގޮތަށް ވާހަކަދެއްކެވި އިރު ރިލްވާން ގެއްލުވާލި އިރު ފޮރިން މިނިސްޓަރަކީ ދުންޔާ އެވެ. އަދި ރިލްވާން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓްގައި ދެންނެވި ސުވާލަކަށް ފަރުވާކުޑަ ޖަވާބެއް ދެއްވި އިރު އަރިހުގައި ދުންޔާ ހުންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުންތެރި
13 November 2018
ރިލްވާން ގެއްލިގެން ރައީސްއަށް ސުވާލުކުރެވުނު ދުވަހު ކަމަނާ ރައީސް ދެއްވިޖަވާބާއި ގުޅިގެން ބޯޖައްސަވާތަން ފެނުނީ ހާދަ ތަފާތޭ މިހާރު
އިކުތިސާދީ ޗޯރ
13 November 2018
ތިމީހުންގެ ވެރިކަމުގަ އަހަރުމެން ތިހެން ގޮވިން...
މަޑުކޮށްބަލަ
13 November 2018
ހުވާކުރެވުނީމަ ނޫންތަ ތިކަމާ އުޅެން ފެށޭނީ؟
ފަޅުވެރިން
13 November 2018
ކަޅު ތިރީސް އަހަރު ތެރޭގައި މެރި މީހުންނަށް އިންޞާފެއް ލިބޭނީ ކޮން ދުވަހަކުންބާ؟ އީވާން ނަސީމް، 20 ސެޕްޓެމްބަރ 2003 ގައި ޖަލުގައި ބަޑި ޖެހުމުގެ ހާދިސާގައި މަރުވި މީހުން، ޙުސައިން ޞޮލާޙް، މިހެންގޮސް މިއީ ވަރަށް ދިގު ލިސްޓެއް!!
ބައްތިރީސް
13 November 2018
އަޅެ ކަމަނާފުޅުގެ ބޭބެގެ ވެރިކަމުގައި އަދި ކަމަނާފުޅުގެ މިނިސްޓަރު ކަމުގައި ތިކަން ނުބެއްލެވީ ކީއްވެ? މިއަދު އިބޫ އެއުޅުއްވަނީ ކުރާނެކަމެއް ނޭގިގެންތަ ކަމަނާ އަޑުފުޅައް ތިގޮވަނީ?
އަލީ ރާޖާ
13 November 2018
މިމީހުންގެ ފުރާނައިގެ އަގު މާބޮޑީތަ. ކޮބާ ގަތުލު ކުރި އެހެން މީހުންގެ ހައްގުތައް
ABDULLLAH JALEEL
13 November 2018
މި ދުންޔާ ކުއްލިއަކަށް ހާދަ ރައްޔިތު ވެގެންނޭ މިއުޅެން ފެށީ. ޔާމީނުގެ ސަރުކާރުގައި އާރާއި ބާރު އޮތް އިރު ތިއަނގަ ނުހުޅުވައި މިހާރު ކުއްލިއަކަށް ތިގޮތައް އަނގަ ހުޅުވީމައި ސުވާލު އުފެދޭ. އަނެއްކާ އަންނަ އަހަރު ރައްޔުންގެ މަޖްލިހުން ގޮޑިއެއް ހޯދަން ބިސްމަޅި ޖަހަނީ ނޫން ބާ؟
ހުޔާ
13 November 2018
ބަލަގަ ރިޔާޒު ގާތު ނިކަން އަހާބަލަ؟
ހައިސަމް ނނ
13 November 2018
ކޮޔާ ހާދަ ފެންމައްޗެއްގަ އެމަރުތަކަށް ހައްގު ހޯދަން ކީއްވެތަ ތިބާގެ މިނިސްޓަރު ކަމުގައި ނޫޅުނީ
ކިއްލިބާޝާ
13 November 2018
ގޮވިޔަކަސް ނުވާނެ. ހޯދީމަ ހޯދޭނީ.