ޚަބަރު / އަލް ޖަޒީރާ

ޒަހީނާ، ހިމާޔަތަށް ވަނީ "އަލްޖަޒީރާ" އަށް

ނޫސްވެރިކަމުގެ މިނިވަންކަމަށް ގިނަ އަދަދެއްގެ ނޫސްވެރިން ރައީސް އޮފީސް ދޮށުގައި އަޑުއުފުލުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޒަހީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.

ކުރިމަތިވި ބިރުވެރިކަމާ އެކު ރާއްޖެ ދޫކޮށް ނުދިޔަ ނަމަ، ނޫސްވެރިޔާ ޒަހީނާ ރަޝީދު ވެސް ވީހީ "ބޮޑު ކުށްވެރިއަކަށެ"ވެ. އޭރުގެ ހާލަތަށް ބަލާއިރު، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާ އެކު ބޮޑު ހުކުމެއްގައި ޖަލުގައި އޮތުން ވެސް އެކަށީގެންވެ އެވެ.

އިންސާފަށް، ހައްގަށް އަޑު އިއްވި ކޮންމެ މީހަކާ ދޭތެރޭ ދުށީ، ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގަ އެވެ. ނޫސްވެރިން ވެސް ފެއްތީ އެ ދަރަޖަ އަށެވެ. އަދަބުު ދެމުން ދިޔައީ، ގާނޫނީ އިމުން ބޭރުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގައި، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެ، ރާއްޖޭގެ މީޑިއާތައް އިނދަޖައްސާލި ގޮތުގެ ސޮފްހާއަކަށް، މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ޒަހީނާ ތަހައްމަލްކުރި ކަންކަން އެކަނި ވެސް ފުދެ އެވެ.

ކުރިމަތިވި ހާލަތުން، އޭނާ ހިމާޔަތް ހޯދީ، ބައިނަލްއަގުވާމީ ނިއުސް އެޖެންސީއެއް ކަމަށްވާ "އަލްޖަޒީރާ"ގެ ދޮރުން އެތެރެވެގެންނެވެ. މިހާރު އޭނާ އަކީ، ދުނިޔޭގެ އެތައް ގައުމެއްގައި، ހިންގާ އަލްޖަޒީރާގެ ނޫސްވެރިއެކެވެ. ސްރީ ލަންކާގައި، ހިނގަމުންދާ ސިޔާސީ ހަމަނުޖެހުން ކަވަރުކުރަން އުޅެފައި ހަފުތާއަކަށް ރާއްޖެ އައީ ވެރިކަން ބަދަލުވެ، ކުރީގެ ހާލަތު ބަދަލުވަމުންދާ ތަން ފެނުމުންނެވެ. އާއިލާ އާއި އެކުވެރިންނާ ބައްދަލުކުރުމަށް ފަހު އަންނަ ހޮނިހިރުދުވަހު އެނބުރި ފުރާނެ އެވެ.

ޒަހީނާ، މި ހަފުތާގައި މާލެ އައުމުން އާއިލާ އިން މަރުހަބާ ކިޔަނީ.

"ރިލްވާންގެ ހައްގުގައި ކުރި މަސައްކަތް"

ނޫސްވެރިން ފަހަތަށް ޖައްސަން ކުރި މަސައްކަތުގެ ތެެރެއިން އެކުގައި މަސައްކަތްކުރި ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލުމަކީ ޒަހީނާ އަށް ކުރިމަތިވި އެންމެ އުނދަގޫ އެއް ހާދިސާ އެވެ.

އެ ތަހުގީގުގައި ފުލުހުން އިހުމާލުވެ، މުއައްސަސާތަކުން ވެސް ކަންކަން ފޮރުވީ އެވެ. އެކަން ވީ ޒަހީނާ އަށް ވެސް ނޫސްވެރިއެއްގެ ގޮތުގައި ހުރެ، ކޮންމެ ގޮތެއް ވަރިހަމަވާން ދޫކޮށްލެވޭވަރަށް ވުރެ މާ ބޮޑު ކަމަކަށެވެ.

މަގުމައްޗަށް ވެސް ނުކުތީ އެވެ. ރިލްވާނަށް ވީ ގޮތެއް ހޯދަން މުއައްސަސާތަކުގެ ތެރެއަށް ވަދެ، އެކަމުގައި ވަމުންދިޔަ އިހުމާލުތައް ވެސް ހާވައި އާއްމުންނަށް ތިލަކުރި އެވެ.

ސިޔާސީ ވިސްނުމަކުން ނޫނެވެ؛ ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، ރިލްވާނާއި އާއިލާ އަށް އިންސާފު ހޯދައި ދިނުމުގެ ގޮތުންނެވެ.

ރިލްވާނަށް އިންސާފު ހޯދަން ގޮވާލައި ބޭއްވި އެއްވުމެއްގައި، ޒަހީނާ އާއި އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދު.

އެކަމަކު ޒަހީނާ އަށް އޮތް ނުރައްކާ ބޮޑުވާން ފެށީ އެ ހިސާބުންނެވެ. "ރިލްވާނަށް ހެދި ގޮތް ހަދާލާނެ" ކަމަށް ބުނެ ފޯނަށް މެސެޖްތައް ފޮނުވި އެވެ. އެ މަސައްކަތުގައި ބިރުން ފަސްޖެހޭވަރު ކޮށްލި އެވެ.

"މަގުމަތިން ހިނގާފައި ދާއިރު ވެސް އަބަދުވެސް ހުންނަނީ ސިހިސިހި. ބިރުވެރިކަން އޮތް މިންވަރުން ހަމަ ހީވަނީ ފަހަތުން މީހަކު އަންނަނީއޭ،" ޒަހީނާ ބުންޏެވެ.

އޭނާ ބުނީ އެ ދުވަސްވަރު، ރޭގަނޑު ބޭރަށް ނުކުތުން މަދުކުރި ކަމަށެވެ. އެކަމަކު ވެސް ރިލްވާނަށް ހައްގު ހޯދަން ކުރި މަސައްކަތް، އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނާ އެކު ކުރިއަށް ގެންދިޔަ އެވެ.

ނޫސްވެރިންނަށް ދެން ކުރިމަތިކުރަމުން ދިޔަ ކަންކަމާ ދެކޮޅަށް ވެސް އަޑު އުފުލި އެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ދުވަހަކަށް ނަމަވެސް ޖަލަށް ވެސް ދާން ޖެހުނެވެ. ނޫސްވެރިކަމަށް ހުރަސްއަޅަން އަބުރުގެ ގާނޫނު ފާސްކުރަން އުޅުމާއި ނޫސްވެރިން ހައްޔަރުކޮށް ނުހައްގު ދައުވާތައް އުފުލުމާއި "ހަވީރު" ބަންދުކުރުން ފަދަ ކަންކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ރައީސް އޮފީސް ކުރިމަތީގައި ބޯޑުތައް ހިފައިގެން ނޫސްވެރިން އިށީނީ އެވެ.

ޒަހީނާ ވެސް ހިމެނޭ ގޮތަށް ގިނަ ނޫސްވެރިންތަކެއް ހައްޔަރުކުރި އެވެ. ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކުރުމުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރާ އެކު ޖެހުނީ ދޫކޮށްލާށެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގައި މިނިވަން ނޫހުގެ ނޫސްވެރިން އަޑު އުފުލަނީ.

ސްޓީލިން ޕެރެޑައިސް: "ބޮޑު ނުރައްކަލަކަށް"

ޒަހީނާ، އަމިއްލަ ގައުމު ދޫކޮށް ދާން މަޖުބޫރުވީ، އަލްޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ "ސްޓީލިން ޕެރެޑައިސް" އެވެ.

ތަހުގީގީ އެ ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށެވެ. ނުއަގުގައި ރަށްތައް ވިއްކައިގެން ރައީސް ޔާމީން ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެވަޑައިގަތުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުއްވައިގެން ކޮންޓްރޯލްކުރެއްވުމާއި ގޭންގުތައް އޮޕަރޭޓްކުރައްވާ ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތަހުގީގަށް އެމަނިކުފާނު ނުފޫޒު ފޯރުއްވި ކަމަށް ވެސް ޑޮކިއުމެންޓްރީގައި ތުހުމަތުކުރެ އެވެ. އެކި މީހުން ސައިކަލްތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވެ އެވެ. ސަރުކާރުން ހިންގަމުން ދިޔަ ޖަރީމާތަކުގެ ތެރެއަށް އަލްޖަޒީރާ އިން ފީނައި ޑޮކިއުމެންޓްރީއެއް ހެދުންވީ ސަރުކާރަށް ގަބޫލުކުރަން އުނދަގޫވި ކަމަކަށެވެ.

އެ ޑޮކިއުމެންޓްރީ އަށް ރާއްޖެ އިން އެހީތެރިވެދިން އެކަކީ ޒަހީނާ އެވެ.

"އެކި ގޮތްގޮތުން މިނިވަން ނޫހަށް ލިބިފައި ހުރި ހެކިތައް، އަލްޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީއާ ހިއްސާކުރީ. ސަރުކާރުގެ އިސް ވެރިން ހިމެނޭ ކޮރަޕްޝަންގެ އެ އަމަލުތައް މިނިވަން ނޫހުން ހާމަކޮށްފި ނަމަ، ދެން އަމަލުކުރާނެ ގޮތް ވެސް އެނގޭތީ،" ޒަހީނާ ބުންޏެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ނޫސްވެރިން އިހުތިޖާޖުގައި ޒަހީނާ ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ

މިނިވަން ނޫހުގައި ކުރިން މަސައްކަތް ކުރި ވިލް ޖޯޑަންގެ އެ ޑޮކިއުމެންޓްރީ އާއްމުކުރިޔަ ނުދޭން، ކުރެވުނު ކަމެއް ސަރުކާރުން ކުރި އެވެ. ބިރު ދެއްކުމުގެ ގޮތުން، މިނިވަން ނޫހުގެ އޮފީސް ވެސް ބަލައި ފާސްކުރި އެވެ.

އޭރު އޮތީ، އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ފާސްކޮށްގެން އެތައް ފިޔަވަޅެއް އެޅުމުގެ މަގުމަތީގަ އެވެ. ކޮންމެ ރެއަކު މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ޓީވީތަކުގައި ދެއްކީ ޑޮކިއުމެންޓްރީގެ ވާހަކަ އެވެ.

"ސަރުކާރުން މީހެއްގެ ފަހަތުން އުޅެންޏާ ވަރަށް އުނދަގޫވާނެ ސަލާމަތްވާން. މިސާލަކަށް ހައްޔަރުކުރަން އުޅެންޏާ، ކަމެއްގެ ތެރޭގައި ބައްދަން އުޅެންޏާ ވަރަށް އުނދަގޫ ކަމަކަށް އޭރު އޮތީ ވެފައި އެކަމަކުން ރެކެން. ޑޮކިއުމެންޓްރީއާ ގުޅުވައިގެން ޓީވީތަކަށް އަރާ ބިރު ވެސް ދައްކަމުން އޭރު ދިޔައީ. އެހެންވެ ކުޑަ ދުވަސްކޮޅަކަށް ބޭރަށް ދިޔައީ،" ޒަހީނާ ބުންޏެވެ.

މީޑިއާ އަށް ހުރަސްތައް ކުރިމަތިކުރުމުން ނޫސްވެރިން އިހުތިޖާޖުގައި ޒަހީނާ ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ޑޮކިއުމެންޓްރީ އާއްމުކުރިއިރު ޒަހީނާ ހުރީ ރާއްޖެ އިން ބޭރުގަ އެވެ. ބޭރު ދުނިޔޭގައި ސަރުކާރު ފަޟީހަތްވި ޑޮކިއުމެންޓްރީ އަށް ފަހު ރާއްޖެ ނުދިޔައީ، ޒަހީނާ ބުނިގޮތުގައި، ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. އެ ޑޮކިއުމެންޓްރީއާ ގުޅިގެން ތަހުގީގު ފަށައި، ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ވެސް ހައްޔަރުކުރަން ދިޔައީ ގޮވަމުންނެވެ.

ޒަހީނާ ބުނިގޮތުގައި ރިލްވާނަށް ހައްގު ހޯދަން މަސައްކަތް ކުރި، ޔާމީން ރަޝީދު، އަނިޔާވެރި ގޮތަކަށް މަރާލުން ވެސް ވީ ވަރަށް ދެރަވި ކަމަކަށެވެ.

ރާއްޖޭގައި ފުރޮޅެމުން ދިޔަ ކަންކަމާ ދުރުގައި ހުންނަން ޖެހުމަކީ ނޫސްވެރިއެއްގެ ގޮތުން ޒަހީނާ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، ބޭރުގައި ހުރެގެން ވެސް ބައެއް މަސައްކަތްތައް ކުރި އެވެ.

ރާއްޖޭގެ ބައެއް މައްސަލަތަކާ މެދު ލިއުނެވެ. ރާއްޖޭގެ ފަޅުރަށްތައް ނުއަގުގައި ކުއްޔަށް ދިން މީހުންނާއި އަގުތަކާއި އެ ޑީލްތައް ހިންގި ގޮތާ ގުޅޭ ގޮތުން، އޮގަނައިޒް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީޕީއާރު)ން ހިންގި ތަހުގީގުގައި ވެސް ބައިވެރިވެ އެކަން ހާމަކުރުމުގައި ވެސް އެހީވި އެވެ.

ބޭރުގައި އުނދަގޫ، އާ ތަޖުރިބާއެއް

މިނިވަން ނޫހުގެ އެޑިޓަރުގެ މަގާމުން އިސްތިއުފާ ދިނީ، ދުރުގައި ހުރެގެން ނިއުސްރޫމް ހިންގަން އުނދަގޫ ކަމުންނެވެ.

ޒަހީނާ: ނޫސްވެރިއެއްގެ ގޮތުގައި އޭނާ މިހާރު ކުރަނީ މުޅިން ތަފާތު، އާ ތަޖުރިބާއެއް.

"އެހެން ގައުމުތަކާ އަޅާބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން އެއްފަހަރާ ރާއްޖޭގައި ހިނގައި ދިޔައީ. މިސާލަކަށް އެތައް ބަޔަކު ޖަލަށް ލާފައި ވަނިކޮށް، ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު. ނޫސްވެރިންނަށް އެ ހުރިހާ ކަންކަމަކީ ވެސް ހަމަ ޝައުގުވެރި، ލިޔަން ބޭނުންވާނެ ކަންކަން،" ޒަހީނާ ބުންޏެވެ.

"މިސާލަކަށް، އެންމެން ބަލަން ތިބޭއިރު ގޯސްކޮށް ކަންކަން ކުރަނީ. ގާނޫނުގައި ވަކި ގޮތަކަށް އޮއްވައި އެއާ ޚިލާފުވަނީ. އެކަމަކު ވެރިން ބުނަނީ ރަނގަޅޭ. މިކަހަލަ ކޮންމެ ކަމަކީ ރާއްޖޭގެ ނޫސްވެރިންނަށް ކަަވަރުކުރަން ލިބޭ."

ދިވެހި ނޫސްވެރިންނާ އެކު ޒަހީނާ: ނޫސްވެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް އޭނާ ކުރި.

ޒަހީނާ ބުނިގޮތުގައި އަލްޖަޒީރާ އިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެތަނުގައި މަސައްކަތް ކުރިއަސް އަމިއްލަ ގައުމުގައި ހުރެ ނޫސްވެރިކަން ކުރިއިރު ލިބުނު ހިތްހަމަޖެހުމެއް ނުލިބެ އެވެ. އެކަމަކު، ރާއްޖޭގައި ހިނގަމުންދާ ހާދިސާތަކާ މެދު ބޭރުގެ ނޫސްވެރިންނަށް އޮންނަ ޝައުގެއްގެ ބޮޑުކަމުން، ކަންކަން އޮޅުންފިލުވައި ހަދާތީ އުފާވާ ކަމަށް ބުންޏެވެ.

"އަލްޖަޒީރާގެ ފުރަތަމަ ދުވަސްކޮޅު ވެސް ރާއްޖޭގައި ހުރެގެން މިކުރާ މަސައްކަތުން އުފަލާއި ހިތްހަމަޖެހުން ހޯދަން އުނދަގޫވީ. ރާއްޖޭގައި އަސްލު، ނޫސްވެރިން ލިޔާ އެއްޗެހިން ވަރަށް ބޮޑެތި ތަފާތުތަކެއް ފެނޭ. ކުރާ މަސައްކަތުގެ މަންފާ، ނުވަތަ ފައިދާ ރައްޔިތުންނަށް ކުރޭ،" ޒަހީނާ ބުންޏެވެ.

"ކުރިމަތިކުރާ ހުރަސްތަކާ އެކު ވެސް ރާއްޖޭގެ ނޫސްވެރިން ވަރަށް ގަދަ."

"ރާއްޖެ ވަރަށް މިސްވޭ. އެކަމަކު މިވަގުތު އަލްޖަޒީރާގައި މި މަޑުކޮށްލަނީ ތަފާތު ތަޖުރިބާއެއް ކޮށްލަން،" ޒަހީނާ ބުންޏެވެ.

21 ކޮމެންޓް, 239 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 5%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުމަދު ޝާހު ަަލީ

08 July 2024

ހާދަ ހެއްވައޭ ފޯނަށް މެސެޖް ކުރޢ މީހާ އިނގޭނެ މައްސަލަ ނުޖެއްސީ ކީންވެ ގައިމު އިންޒާރހ ދިން މީހާ އިނގުމަކީ ވަރަށް ބޮޑުވައރެއް

The name is already taken The name is available. Register?

ހަމަނޭވާ

11 September 2023

މިހާޜުއޮތްގޮތް ނޭގޭ ކުޑަކުއްޖެއްވެސް ނެތް

The name is already taken The name is available. Register?

ޒަހީނާ

15 November 2018

ފެށޭ ސަރުކާރުގެ އަޑިވެސްކޮނެ ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ޝާއިރާ

15 November 2018

ނޫސްވެރިންނޭ ކިޔަސް ގިނަ މީހުންނަކީ އެކްޓްވިސްޓުން.

The name is already taken The name is available. Register?

ޕޮކަޑިމޭން

15 November 2018

މިނިވަން އިންސާފުވެރި ނޫސްވެރިކަމަކީ އެނޫސްވެރިޔަކު ތާއީދުކުރާ ސިޔާސީ ފިކުރު ޕްރޮމޯޓް ކުރުމެއްނޫން، މިނިވަން އިންސާފުވެރި ނޫސްވެރިކަމޭ ކިޔާފަ ކުރާ ކަންކަމުގެ ސަބަބުން އަނެކާގެ މިނިވަންކަމަށް އަރައިގަނެވިގެން ނުވާނެ، ރާއްޖޭގަ މިނިވަން އިންސާފުވެރި ނޫސްވެރިކަމޭ ކިޔާފަ އުޅޭ ނޫސްވެރިންނަކީ ތިމާގެ މިނިވަންކަން ފެށެނީ އަނެކާގެ މިނިވަންކަން ނިއުޅައިގަނެވޭ ހިސާބުން ކަމަށް ޤަބޫލުކޮށްގެން މަސައްކަތްކުރާ ބައެއް، "ޖާނަލިޒަމް އިޒް ނޮޓް އަ ކްރައިމް"

The name is already taken The name is available. Register?

އަލިމަނިކު

15 November 2018

އަނެކާގެ "މިނިވަން" ކަމަކީ އެމީހަކު ގާނޫނާއި ގަވާއިދަށް ޚިލާފަށް ކުރާ ހުރިހާ ނުބައި ނުލަފާކަންތަށްތަކުގެ ނިވައިފަތްގަނޑަކަށް ނޫނެވެ!

The name is already taken The name is available. Register?

ކެރޭނެތަ

14 November 2018

ތިޔަހާ ހިތްވަރު ގަދަ ވިއްޔާ މި ސަރުކާރަށްވެސް ފާރަލައިގެން ބަލާނެ ކަމަށް ހީކުރަން... ކިހާ ވަރަކަށްކަން އިންސާފުވެރި ނޫސްވެރިކަމެއް ކުރެވެނީ އޭރުން އެނގޭނީ. ނަޝީދު ސަރުކާރުގައިވެސް ފަޅުރަށްތައް ނުހައްގުން ބެހި...އެކަމާ ވާހަކައެއް އޭރު ބުނިބާ؟

The name is already taken The name is available. Register?

އިބްޝާ

14 November 2018

އާސަރުކާރަށް ފާރަލާންވީ ޒަހީނާ އެކަންޏެއްނޫން ، އަދި ތިބޭފުޅާމާބޮޑަށް އެކަމާއުޅުއްވަން ޖެހޭ .. ބޭނުން ސުވާލެއް ކުރްއްވާ ، އުފަލާއެކު ޖަވާބު ދެއްވުމުގެ ހިއްވަރު އެބޭފުޅުންގެ ހުންނާނެ ..

The name is already taken The name is available. Register?

އައްޔަބެއްޔާ

14 November 2018

ކޮބާ 2014 ވަނަ އަހަރު ސެޕްޓެންބަރު ހިސާބުގަ މިނިވަން ނޫހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލަ ދޮރަށް ކަތިވަޅި ޖެހި މައްސަލަ؟ ބަޔަކު ހައްޔަރުވެސް ކުރި. އެކަމަކު މަ ހަނދާންވާ ގޮތުން ހޯމް މިނިސްޓަރާ އިސްލާމިކް މިނިސްޓަރާ އެއްކޮށްވެސް ފެނުނު އެމީހަކު.

The name is already taken The name is available. Register?

ދޮށީކޮއި ޢަލީގެ މުޙައްމަދު

15 November 2018

ކޮބާ ރެޑްވޭވް ބިއްލޫރި ގަނޑު ދުވަސް ދުވަހުން ތެޅި މައްސަލަ؟ ކޮބާ ދިޓިވީ ބިއްލޫރި ތައް ތެޅި މައްސަލަ؟ ކޮބާ ދިޓީވީ ރޯކުރި މައްސަލަ؟ ކޮބާ ވީ.ޓީވީ ތަޅާ ސުންނާފަތި ކޮށް ރޯކުރި މައްސަލަ؟ އަދިވެސް ބައިވަރު

The name is already taken The name is available. Register?

ޖަރީމާރާއްޖެ

14 November 2018

ނޫސްވެރިކަމުގެ މިނިވަންކަމޭ ޔާމީނޭ، ކިޔާއިރު މިނިވަންކަން ހޯދައިދޭ ސަރުކާރު ފަށަނީވެސް ނޫސްވެރިން ނުވައްދައި ބާކީކޮށްފައި. ކޮބާތޯ މިނިވަން ނޫސްވެރިކަން. ގައުމުގެ އެންމެ ބޮޑު އިވެންޓަށް ނޫސްވެރިން ނުވައްދާއިރު އެވާހަކަ ދައްކަން މިހާރަށް ކެރޭތޯ. މިހާރަކީ ވަކިފަރާތަކަށް ބުރަވެ ޙަޤީޤަތްއޮޅުވާލައި ތިމާ ބޭނުންވާ ގޮތަކަށް ލިޔުންތައް ލިޔާ ބަޔެއް. މިއީތޯ މިނިވަން ނޫސްވެރިކަމަކީ. މިނިވަންނޫސްވެރިކަމަކީ ޙަޤީޤަތް އޮޅުވާލާފައި ތިމާ ބޭނުންވާގޮތް ހާމަކުރުންތޯ.

The name is already taken The name is available. Register?

Ahmed

14 November 2018

ޒަހީނާ ! ހިތްވަރުގަދަ ކަނބަލެއް.

The name is already taken The name is available. Register?

މޙއމދ

15 November 2018

ޒަހީނާ....ލޯބި ކަނބަލެއް. :*

The name is already taken The name is available. Register?

ޠޔފދ

14 November 2018

ފަޚުރުވެރިވޭ ދިވެއްސަކަށްވީތީ. ރައީސް ޔާމީނަކަށް މިއީ ޒުވާނުންނަކަށް ނުވި. ޒުވާނުންގެ ތެރެއިން ކުށަށް އަރައިގަންނަ މީހުން ގާތް ކުރެއްވި. ވަރަށް ބޮޑު ގޯހެއް ދެއްތޮ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454