ބޭންކު ފަޅައިފި މައްސަލައިގެ ތަހުގީގަށް ފުލުހުން މަގެއް ބަންދުކޮށްފައި: ވަގަށް ނެގި ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ހޯދާފައި ވަނީ ފަޅު ގެއެއްގެ ދޮންނަ މެޝިނެއްގެ ތެރެއިން --
21 ނޮވެމްބަރ 2018 - 12:08
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލައި އެތައް މިލިއަން ރުފިޔާއެއް ވަގަށް ގެންދިޔަ އިރު، އެ ތަނުގައި ސެކިއުރިޓީ ބަލަހައްޓާ މީހަކު ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ވިލިނގިލީ ކައުންސިލް މެންބަރު ހަބީބު ހަސަން ވިދާޅުވީ މީގެ ކުރިން ބޭންކްގެ ސެކިއުރިޓީ ބަލަހައްޓަން ގާޑަކު ބަހައްޓާފައި ހުންނަ ކަމަށެވެ. ނަމަވެސް މިހާރު ގާޑަކު ނުހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވައްކަން އިރު ވެސް ގާޑަކު ނެތް. އެކަމަކު ސެކިއުރިޓީ ކެމެރާ ހުރޭ. އަދި އެލާމް ސިސްޓަމެއް ވެސް ހުރޭ،" ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ވައްކަން ކުރި އިރު އެލާމް އެޅިއަޑު ނީވޭ ކަމަށެވެ. އެކަމަކު އެ އެލާމް ސިސްޓަމަކީ ވަރަށް ވަރުގަދަ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"[ފަޅައިލި ފަހުން] އެލާމް ސިސްޓަމް ޓެސްޓު ކުރި އިރު ވަރަށް އަޑުގަދަ. މުޅި ރަށަށް އަޑު އިވުނު. އެހެންވެ ގައިމުވެސް އެލާމް ސިސްޓަމް ހަލާކެއް ނުވޭ ވައްކަން ކުރި ވަގުތަކު،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް ވިލިނގިލީ ބްރާންޗް: ކުރިން ގާޑަކު ބަހައްޓައިގެން ސެކިއުރިޓީ ބެލެހެއްޓި ނަމަވެސް މިހާރު ސެކިއުރިޓީ މީހަކު ނުހުރޭ. --
ފުލުހުންގެ ތަހުގީގު ކުރިއަށްދާ ކަމަށް ބުނެ، އެކަމާ ބެހޭ ގޮތުން ބީއެމްއެލުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.
ބޭންކު ފަޅައިލި މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގުގައި މިހާތަނަށް ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ވަގަށް ނެގި ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ވެސް ވަނީ ހޯދައިފަ އެވެ.
ވަގަށް ނެގި ފައިސާގެ ތެރެއިން އެއްބައި ފެނުނީ ފަޅު ގެއެއްގައި ބަހައްޓާފައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިންނެވެ. އެ ގެއަކީ ވައްކަން ކުރި ބައެއް މީހުންނާ ގުޅުން ހުރި ގެއެއްކަން އެނގިފައިވެ އެވެ.
އެ މައްސަލައިގައި އެއް އާއިލާއެއްގެ ހަތަރު މީހަކު އަދި އެހެން އާއިލާއަކުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެ އެވެ. އަދި ސްރީ ލަންކާ މީހަކާއި ބަނގްލަދޭޝް މީހަކު ވެސް އެ މައްސަލައިގައި ހައްޔަރު ކޮށްފައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ސްރީ ލަންކާގެ ރައްޔިތަކީ ވޯކްޝޮޕެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ވައްކަމުގެ މައްސަލައިގައި އެ ވޯކްޝޮޕުގެ ވެރިޔާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
21 November 2018
ގާޑެއް ހުންނާނީ ފައިސާދީ ގާޑެއްތަނުގައި ބޭންދިއްޔާ! ގާޑެއްނެތަކަސް ދެއަހަރުވީ ކޮންމެގޮތައް ވަރިހަމަވިއްޔާ!
ސޭޓް ވައިފް
21 November 2018
އަދިވެސް ބޮޑު ޕަސެންޓުން އިންޓަރެސްޓް ނަގާ ރައްޔަތުން ޖަނާކުރެވޭތޯބަލާ
މާރަނގާ - އައްޑޫ ސިޓީ
21 November 2018
ރާއްޖޭގެއެންމެ ދުވަސްވީބޭންކް އެސްބީއައި، ހަބީބްބޭންކާއި، ބީއޯސީ، އެމްސީބީ އަދި އެމްއައިބީއާއި ޗަމްޕާބޭންކް ފަޅައެއްނުލެވޭނެ. * * ކުނިކަހަޅަށް އެކިކުލަކުލައިގެ ޕްލާސްޓިކްކާރޑް ދޫކޮށް އޭގެރައްކާތެރިކަންނުބެލެހެއްޓުނުބަޔަކަށް ބޭންކްސެކިއުރިޓީ ނުބެލެހެއްޓޭނެ. * * އެތައް މިލިޔަން ރުފިޔާހަރަދުކޮށް ބޭރުބަޔަކު ލައްވާ ކޮންމެ 100 ފޫޓަކުން އޭޓީއެމް ބެހެއްޓުމަކީ ހަށިފުޅާކުރާންޖެހޭވަރު ކަމެއްނޫން. “އެންމެ ފުރަތަމަ” ޖެހިކަމުގައިވިޔަސް ތިއީ ސަބްޒީރޯ ބޭންކެއް.
ލަރީ
21 November 2018
މިއީ ތަންދޮރު ނުދަންނަ މީހުން ކައުންސިލް ތަކަށް ނުލާންވީ ސަބަބު. ކްރައިސިސް މެނޭޖްމަންޓަކީ ކޮބާކަން ނޭގޭ މީހުން، މީނަ މީ ކާކުތޯ ބޭންކުގެ ކަންކަމުގައި މި މަގާމުގައި ހުރެގެން ވާހަކަ ދައްކަން.. ބޭންކުގެ ސެކިއުރިޓީ އާއި ބެހޭގޮތުން ކޮމެންޓް ކުރަންޖެހޭނީ ބޭންކް އިން ..ނޮޓް ދި ކައުންސިލް.... ވ ސަލާމް.
އަލީ ރާޖާ
21 November 2018
އެހެންވެ އިންސައިޑް ޖޮބެކޭ އަލީ ރާޖާ މިބުނަނީ.
ސިކުޑި
21 November 2018
ބޯހަމަ ނެތީ ... ތި ބެހިނަމަ ރަށު އެންމެންނައް
Aseyla
21 November 2018
ޜާވާގެން ރޭވިގެން
ގޮރުނުދޯރު
21 November 2018
އެލާމް ސިސްޓަމާ ކެމެރާ ސިސްޓަމް ސަރުކާރުގެ ހުރިހާ ތަނެއްގަ ހުރޭ އެކަމަކު އެސިސްޓަމްތައް ނުބަލަހައްޓާތީ ކަމެއް ޖެހޭ ދުވަހަކު އެއްވެސް ބޭނުމެއް ނުފުދޭ އިމާރޓްތައްވެސް ސަރުކާރުގަ އަޅަނީ މިގޮތަށް އަޅަން ބަޖެޓް އޮވޭ މަރާމާތުކޮށް ބެލެހެއްޓޭނެ ނިޒާމެއް ނޯވޭ ރިޖަނަލް ބުރޏްތި ތަކުގެ މެނޭޖަރަށަ ޑިމޯޝަނެއް އަތުވެފާނެ ކަމަށް ފެނޭ ވަﷲ އައުލަމް
އަސްލު ޚަބަރު
21 November 2018
ކައުންސިލް މެންބަރެއް ވިޔަސް ދޮގު މައުލޫމާތުދީ މޯހުން ބަދުނާމް މުކުރުން ރަގަޅީ، އެލާމް އޮންގައި ހުރިކަން އެގޭނީ ޕޮލިހުންނަށާ ބޭންކަށް، ކައުންސިލަށް އެގޭނީ މި ދެފަރާތުން ކައުންސިލާ މައުލޫމާތު ހިއްސާ ކުރުމުން،މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންހާމަ ނުކުރޭ، ފައިސާ ފެނުނު އަދަދު ހަމަ އެކަނި ހިއްސާކުރީ،
ލމއއ
21 November 2018
ދޮންނަ މެޝިނަށް ފައިސާއެޅީ މަނީ ލޯންޑާކުރަން ވެގެން ކަންނޭގެ.
ސުންސިް
21 November 2018
ބެސްޓް ޖޯކް އޮފްދަ ސެންޗަރީ. ކަލޭ ތިއީ ކްރިއޭޓިވް މައިންޑެއްގެ ވެރިއެއް. ބްރޯ ޔޫއާއރ ދަ ބެސްޓް.