މަޑިޝަންކަރު: އޭނާގެ މައްސަލަ ކޯޓުން ބޭރުކޮށްފައި މި ވަނީ މިދިޔަ ހަފްތާގައި ސްރީ ލަންކާގެ މިނިސްޓަރަކު ޖަލަށް ވަޑައިގެން އޭނާއާ ބައްދަލު ކޮށްފައި ވަނިކޮށް --
21 ނޮވެމްބަރ 2018 - 18:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމުގެ އޮޕަރޭޝަނެއް ހިންގަން ރާއްޖެ އައި ކަމަށް ބުނެ ޖަލަށް ލާފައި ހުރި ސްރީ ލަންކާގެ "ސްނައިޕަރު" ލަހިރު މަޑިޝަންކަރުގެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
މަޑިޝަންކަރާ އެކު އެ މައްސަލައިގައި ހިމެނޭ މ. ލިލީ ޕާކް، ފަޒީލް ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.
މަޑިޝަންކަރުގެ ވަކީލު ފަރީޝާ އަބްދުﷲ "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މައްސަލަތައް ކޯޓުން ބޭރުކޮށްލާފައި ވަނީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.
"އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވައިލީ ކަމަށް ބުނީ. ކޯޓުން ލަހިރު ދޫކޮށްލައިފި މިހާރު. އެކަމަކު އަދިވެސް އޭނާ ހުރީ މާލޭ ޖަލުގައި ބަންދުކޮށްފައި،" ވަކީލު ވިދާޅުވި އެވެ.
މަޑިޝަންކަރު ދޫކޮށްލާފައި މި ވަނީ އޭނާއާ ސްރީ ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ބައްދަލު ކުރެއްވި ފަހުންނެވެ.
ޔާމީން އަވަހާރަ ކޮށްލުމުގެ ބޭނުމުގައި މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ދައުވާއާ މެދު ކޯޓުން ގޮތެއް ނިންމިކަން އެނގިފައެއް ނެތެވެ.
ދައުލަތުން ބުނެފައި ވަނީ ޔާމީން އަވަހާރަ ކޮށްލުމަށް ރާވާފައި ވަނީ އަދީބާއި ފަޒީލާއި އިތުރު ބައެއް ކަމަށެވެ. މަޑިޝަންކަރުގެ ދައުރަކީ ޔާމީން އަވަހާރަ ކޮށްލަން އެއްބަސްވެ، ރާއްޖެ އައުމެވެ. އަދި އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އަދީބުގެ އެންގުމަށް ބަޔަކާ ހަވާލު ކުރުން ކަމަށް ދައުލަތުން ކުރިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
22 November 2018
ތިކަމަކީ ޔާމީނުގެ މަގުބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ދައްވުމުން ރައްޔިތުންގެ ލޯތްބާ އިޙުތިރާމު ހޯދުމުގެ ގޮތުން އެބުރި ބޮޑުގޭސްގަނޑެއް. ހަމަ އެފަދައިން މުއްދަތެއް ނެއްގޮތަށް ޖަލުގައި ބަންދުކޮށްގެން މީހުން ގެންގުޅުމަކީވެސް ކޯޓުތަކުން ހިންގަމުން އައި ބޮޑު ޖަރީމާއެއް. މީހަކު މަރާލުމުގެ އޮޕަރޭޝަނެއް ހިންގަން ލަހިރު މަޑިޝަންކަރު އައިނަމަ ލިބުނު ހެކިތަކުގެ މަށްޗަށް ބަލާ އެކަށީގެންވާ ގޮތަށް އެޝަރީއަތް ނުކުރެވުނީ ކީއްވެތޯ.؟ ހެކިނެތީމަ. ހަމަގޭމް.
ހުސޭނުކުޑޭ
22 November 2018
ސުވާލަކީ އެމްޑީޕީ ހާރޑްކޯ އިސްމީހުންނަށް މީނަ އެނގެނީ ކީއްވެތޯ
ވާނުވާ
22 November 2018
މިހާރުގެ ކޯޓު ހިގަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަމާދޭތެރޭ ޝައްކު.....ސަބަބަބަކީ ހުރިހާ ކަމެއް ހިގަނީ މިސަރުކާރުން ބޭނުންވާގޮތަށް....އެކަމު އަސްލު ހަމަ މިހެންބާ ވާންޖެހޭނީ
ސިދުގީ
22 November 2018
ކޯޓުން ބޭނުން ގޮތަކަށް މައްސަލަ ނިންމި ދާނެ. ބޭރުކޮށްލައިފަ އެވެ."އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވައިލެވިދާނެ. އަދި އޭގެ އިތުރުން ތިޔަ މަޑި ޝަންކަރަކީ ދިވެހިރާއްޖެއަށް ދުވަހަކުވެސް އައިސްފައިވާ މީހެއް ނޫންކަމަށްވެސް ކޯޓުން ނިންމިދާނެއެވެ. ތިޔައި ޝަރުޢީ ނިޒާމުގައި ހުރި އެންމެ ފައްކާ ކަމަކީ
ވަޓަލައްޕަން
21 November 2018
ނުރުހޭ ރައީސެއްވެސް އާއްމުފަރުދެއްނަމަވެސް މަރަން ރޭވުމެއް ރާވައިފިނަމަ އެކަން ފުރިހަމައަށް ތަހުގީގުކުރެވެން ޖެހޭނެ
ހަމަސާބަސް
21 November 2018
މިހުރިހާ ދުވަހު ބަންދު ކޮށް ޖަލަށްލެވި އަދި ބަޔަށްފަރާތްތަކަށް ޙުކުމްކުރެވި އުމުރުން ދުވަސްތަކެއް ނުބައި ހުކުމެއްގެ ސަބަބުން ނުވަތަ ނުބައިކޮން ކުރެވުނު ތަޙުޤީގެއްގެ ސަބަބުން ގެއްލިފައި މިވަނީ. މީގެ ޒިންމާ ނަގާނީ ކޮންބައެއްބާ؟ އަދި އރތަހުޤީގު ކުރިމީހުންނަކަށް އަދަބެއް ނުވޭބާ؟
ވަނގާރު
21 November 2018
ތިހެން ދޫކުރަމުން ދޫކުރަމުންގޮސް އަމިއްލަ ޢިއުތިރާފުން އެއްބަސްވެފަތިބިމީހުންދޫނުކޮއްވޭތޯބަލާތި
ހިޔާލު
21 November 2018
ކޯޓުގެވެސް ބޭނުމެއްނެތް
އާދަން ހަސަން ހުސައިން
21 November 2018
އޭނަގެ ވަކީލް ފަރީޝާ ހިމެނޭހެން ރައީސް އިބޫ ކޮމިޝަނެއް ހެދިތާ 24 ގަޑިއިރު ނުވޭ. ނަންވާނީ ރިޒާ
ކަޅިރަވަ
21 November 2018
ހަމަ.ހުރެލާފައި މައްސަލަ ބާޠިލުކޮށްލުމަކީ ކުރިމަގަށް އޮތް ނުރައްކަލެއް. މިހާރު ކޯޓުތައް މިދަނީ މިހާރު އޮތް ސަރުކާރާ އެކުގައި. ހަމައެކަނި ތަފާތަކީ ސަރުކާރު ބަދަލުވިކަން. ހިނގަނީ އެއް އުސޫލަކުން.