ޚިޔާލު / ރައްޔިތުންގެ މަޖިލިސް

އަބުރާ ބެހެނީ ވެސް، ކަންބޮޑުވަނީ ވެސް މަޖިލިސް!

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޖަލްސާއެއްގައި: މަޖިލިހުގައި ވާހަކަ ދައްކަން ޖެހެނީ ވެސް އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް.---ފޮޓޯ: މަޖިލިސް

ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރި ގާނޫނާ އެކު، ޕޯޑިއަމްތަކާއި އާންމު އެއްވުންތަކާއި ޓީވީތަކުގައި ސިޔާސީ މީހުން، އެހެން މީހުންގެ އަބުރަށް އަރައިގަތުން ހުއްޓިއްޖެ ކަމަށް ވިދާޅުވެ މަޖިލިހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން އެ ގާނޫނު ވަރަށް ބޮޑަށް ދިފާއު ކުރައްވަ އެވެ. ގާނޫނު ޕްރޮމޯޓް ކުރުމުގައި އެ މެމްބަރުން ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައްކަވާ އެއް ވާހަކައަކީ އެއީ އެވެ. އެކަމަކު އެ މެމްބަރުން އެ ވާހަކަ ދައްކަވަނީ ގާނޫނުގެ ނިވަލުގައި ހުރިހާ އިމްތިޔާޒުތަކެއް ހޯއްދަވައިގެން ތިއްބަވައިގެންނެވެ.

ގާނޫނުއަސާސީގައި ދީފައި އޮތް ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ހެދި ގާނޫނުގެ ދަށުން މަޖިލިހުން ވަނީ ހުރިހާ އިމްތިޔާޒުތަކެއް ހޯދައިފަ އެވެ. އޭގެ ނަތީޖާ އަކީ ގާނޫނީ އިމުގެ ތެރެއިން، ކޮންމެ ކޮންމެ ވާހަކައެއް އާންމުންނާއި މީޑިއާއިން ނުދެއްކޭ ގޮތަށް ހެދުމަށް ފަހު، މަޖިލިހުގައި އެ ހުރިހާ ވާހަކަތަކެއް ވެސް ދެއްކުމެވެ. މަޖިލިހުގައި މީހުންގެ އަބުރަށް ވެސް އަރައިގަންނަންވީ އެވެ. ހަގީގަތާ ހިލާފު، ބޮޑެތި ދޮގުތައް ހަދަންވީ އެވެ. މަޖިލިހުގައި ޖަވާބުދާރީނުވެވޭ މީހުންގެ އަބުރާއި ކަރާމާތަށް ވެސް އަރައިގަންނަންވީ އެވެ. މަޖިލިހުގެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ވެސް ހަމަ އޮތީ މި އުސޫލެވެ.

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި، ފުލުހުން ކުރާ ތަހުގީގުގެ ލިޔެކިއުންތައް ފުލުހުންގެ އިދާރާގައި ނެތް ކަމަށް ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު މިދިޔަ ހޯމަދުވަހު މަޖިލިހުގައި ވިދާޅުވުމުން އެކަން ފުލުހުން ވަގުތުން ދޮގުކުރުމަކީ މީގެ އެއް ހެއްކެވެ. އޭރުގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒަށް އަމާޒުކޮށް، ރިޔާޒް ރަޝީދު އެ ވާހަކަ ދެއްކެވި ނަމަވެސް ހަގީގަތުގައި އެއީ ވަރަށް ބޮޑު ވާހަކައެކެވެ. ގައުމުގައި މިހާރު ޖަވާބު ނުލިބި ހުރި މައްސަލަތަކުގެ ތެރެއިން ނާޒުކް މައްސަލައެއްގެ ވާހަކަ އެވެ. އެކަމަކު ހަމަ އެ ވާހަކަ ވެސް އެ މެމްބަރުންނަށް އެންމެ ރަނގަޅެވެ. ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ފުލުހުން ފަހުން ބުނުމުން އެކަން ނިމުނީ އެވެ. ގެއްލޭނެ އަބުރެއް ނެތެވެ. މީހެއްގެ ކަރާމާތަކަށް އަރައެއް ނުގަނެވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދަނީ: ެމމްބަރުން ދައްކާ ވާހަކަ އަށް އެއްވެސް ފިޔަވަޅެއް ނޭޅޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ހެދި ގާނޫނަށް މިދިޔަ ބުރާސްފަތިދުވަހު އަމަލުކުރަން ފެށި ފަހުން އެންމެ ބޮޑަށް ފާހަގަވާ ކަމަކީ މަޖިލިހުގައި ބޭނުން ކޮންމެ ވާހަކައެއް ދައްކައި، ކޮންމެ މީހަކާ ދިމާލަށް ވެސް ބޭނުން އެއްޗެއް ގޮވަންވީ ކަމެވެ. ލައިވް އިވެންޓުތަކުގައި މީހުންގެ އަބުރަށް އަރައިގަނެ ނުވަތަ ވަގަށް ގޮވައި މީހަކު ދައްކާ ވާހަކަތައް ބްރޯޑްކާސްޓަރުން ސެންސަރު ކުރަން ޖެހުނު ނަމަވެސް މަޖިލިހުގައި ދައްކާ ވާހަކަތަކަށް އޮތީ ހައްދުން ނެއްޓިފަ އެވެ. ހަގީގަތާ ހިލާފު، އަދި އެހެން މީހުންނަށް ވަގަށް ގޮވައި، ބޮޑެތި އިލްޒާމްތައް މަޖިލިހުގައި އަޅުވަމުންދާއިރު، ގޭގޭގެ ސިޓިން ރޫމްތަކަށް އެ މަންޒަރުތަކާއި އަޑުތައް ކަނޑާލުމެއް ނެތި ފޮނުވެ އެވެ. އެއީ މަނާކަމަކަށް ނުވެ އެވެ. މެމްބަރުން އެ ތިއްބެވީ ގާނޫނީ އިމުގެ ތެރެއިން އެ ޖާގަ ދީގެންނެވެ. އަހަރެމެންނަށް އޮތީ އެ މަންޒަރު ބެލުމެވެ. މި ހުރިހާ ހައްގެއް މެމްބަރުންނަށް މި ހޯދައިދިނީ ގާނޫނުއަސާސީ އާއި ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުންނެވެ.

ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި، ނޫނީ މަޖިލިހުގެ ކޮމިޓީއެއްގައި މަޖިލިހުގެ މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ދެއްކި ވާހަކަައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، އެމީހަކު ކޯޓަކަށް ހާޒިރުކޮށް ނުވަތަ އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް، ނުވަތަ އެމީހަކާ މެދު ދައުވާކޮށްގެން ނުވާނެ ކަމަށެވެ.

ޕީޕީއެމް މެމްބަރު ޖައުފަރު ހުށަހެޅުއްވި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލްގެ ބަދަލުގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް (މ) އެކުލަވައިލި އާ ބިލަށް، ވަގުތީ ކޮމިޓީގައި މަޝްވަރާ ކުރަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ގާނޫނުއަސާސީގައި އެ ބޮޑު އިމްތިޔާޒު މަޖިލިހަށް ދީފައިވާއިރު، ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުން ވެސް މަޖިލިހަށް އެ އިމްތިޔާޒްތައް ލިބިފައިވެ އެވެ. ސަބަބަކީ މަޖިލިހުގައި މެމްބަރުން ދައްކަވާ ކޮންމެ ވާހަކައެއް ސެންސަރު ކުރުމެއް ނެތި، ލައިވް ކުރެވޭތީ އެވެ. މަޖިލިހުގެ މެމްބަރުން ވެސް ވިދާޅުވަނީ މެމްބަރުން ދައްކަވާ ވާހަކަތައް ޓީވީތަކުން ލައިވް ކުރެވޭނެ ކަމަށެވެ. ހާއްސަ އިމްތިޔާޒުތަކެއް ލިބޭތީ އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލިހުގައި ވެސް މެމްބަރުންނަށް އަދި އެހެން މީހަކަށް ވެސް ވާހަކަ ދެއްކޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިންނެވެ. އިސްލާމްދީނުގެ އަސްލަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ވާ ކަންތައްތަކުގެ ތެރެއިން، އެކަމެއްގެ ސައްހަ ކަމާ މެދު ހިލާފު އުފެދިފައި ނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތަކެވެ. އިސްލާމްދީނުގެ އަސްލަށް އަމަލުކުރާ ނަމަ، މަޖިލިހުގައި މީހުންގެ އަބުރާ ނުބެހެވޭނެ އެވެ. މީހުންނަށް ވަގަށް ގޮވައި، ދޮގު ވާހަކައެއް ނުދެއްކޭނެ އެވެ. ނެތިމޮށުމާއި އެހެން މީހުންގެ ހައްގަށް އަރައެއް ނުގަނެވޭނެ އެވެ.

މި ވާހަކަ މިހެން ބުނުމުން ހައިރާންވާނެ ކަމެއް ނެތެވެ. މިއީ ރޯމާދުވާލު މަޖިލިހުގައި ހިނގާ ކަންތައްތަކެވެ. ބަޔަކު ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު ހައިރާންވާން ޖެހެނީ އަބުރާ ބެހުން ހުއްޓުވުމުގެ ނަމުގައި ގާނޫނެއް ހެދިއިރު، އާންމުން އެއަށް އަމަލުކުރަން މަޖުބޫރުކޮށް، މަޖިލިހަށް އެ ހުރިހާ ކަމެއް ހުއްދަ ކަމަށް ދޭހަވާ ގޮތަށް މަޖިލިހުގައި ކަން ކުރާތީ އެވެ. އެކަން ހުއްޓުވާނެ ފަރާތެއް ނެތީމަ އެވެ. ހުއްޓުވަން ވެސް ހަމަ ތިބީ މަޖިލިހުގެ މެމްބަރުންނެވެ. އެކަމަކު އެކަމެއް ވާކަށް ނެތެވެ. އާންމު ޖަލްސާތަކާއި ޓީވީތަކުގެ ސްޓޫޑިއޯތަކުގައި ނުދެއްކޭ ނުވަތަ ޓީވީތަކުން ސެންސަރުކުރަންޖެހޭ ހުރިހާ ވާހަކަތައް ދައްކަން މަޖިލިހުގެ ތަޅުން ބޭނުންކުރަންވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

މަޖިލިހުގެ ގަވައިދަށް ބަލާއިރު ވެސް، މަޖިލިހުގެ މެމްބަރުންގެ ހައްގުތަކަށާއި އަބުރަށް އުނިކަން އަންނަ މައްސަލަތައް ހިމެނެނީ މަޖިލިހުގެ އިމްތިޔާޒުގެ ގޮތުގަ އެވެ. އާންމު މީހަކު ވެސް މަޖިލިހުގެ ނުވަތަ މެމްބަރެއްގެ ހައްގަށް ނުވަތަ އަބުރަށް އަރައިގެންފި ނަމަ، އެ މައްސަލަ މަޖިލިހުން ބެލޭނެ އެވެ. އެކަމަކު އެންމެ ހެއްވާ ކަމަކީ މަޖިލިހުގައި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ އަބުރާ ބެހި، ކަރާމާތް ގެއްލުވައިލިޔަސް މައްސަލައެއް ނެތުމެވެ.

ތެދެކެވެ. މަޖިލިހުގައި ތިއްބަވަނީ ސިޔާސީ ބޭފުޅުންނެވެ. އެކަމަކު ކޮންމެ ފަދަ ވާހަކައެއް ދައްކަވާފައި އެއީ ސިޔާސީ ވާހަކައެކޭ ވިދާޅުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ސިޔާސީ ބޭފުޅުން ވީމާ ފާޑުވިދާޅުވާންޖެހޭ ކަންތައްތައް ހުންނާނެ އެވެ. އެކަމަކު އެއީ މަޖިލިހުގައި އަބުރާ ބެހުމާއި ދޮގުހެދުން ފަދަ ކަންކަން ކުރުމުގެ ލައިސަންސް އަކަށް ވެގެން ނުވާނެ އެވެ.

އަބުރާ ބެހުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި އެކަމުން މުޅި މުޖުތަމައު ސަލާމަތް ކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުއެއް ބިނާކުރަން ލާޒިމް ކަމެއް ކަމަށް މި ބުނަނީ ވެސް ރައްޔިތުންގެ މަޖިލިހުންނެވެ. އެކަމަކު އެންމެ ގިނައިން އެކަން ކުރާތަން ވެސް މިހާރު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މި ފެންނަނީ މަޖިލިހުންނެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހެދި ހަރުކަށި ގާނޫނު ވުޖޫދަށް އައި ފަހުން އަދި އެކަން މާ ބޮޑަށް ފާހަގަވާން ފަށައިފި އެވެ. މިކަން އިސްލާހު ކުރަން ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދު ބަދަލުކުރުމުގެ ބާރު ވެސް އޮތީ ހަމަ މަޖިލިހަށެވެ. އާންމުންނަށް ދެއްކި ނަމޫނާއާ އެއްގޮތަށް އަމިއްލަ އަޚުލާގީ މިންގަނޑު ހިފަހައްޓައި އެހެން މީހުންގެ އަބުރާއި އިއްޒަތާއި ކަރާމާތަށް އަރައި ނުގަތުމަކީ ހަމަ އެ މަޖިލިހުގެ ޒިންމާއަކަށް ނުވާނެ ހެއްޔެވެ؟

8 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 5%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

17 August 2016

މި ރިޕޯޓު ލިޔުއްވި ބޭފުޅާއަށް ނޭނގެނީ ކަންނޭގެ ރާއްޖޭގެ ޤާނޫނުތައް ދެ މުއައްސަސާއެއްގެ މައްޗަށް ނުހިންގޭނެކަން. މަޖިލީސް އާއި ޕޮލިސް ސާވިސް. ޤާނޫނު އަސާސީގެ ފަހު މާއްދާގައި އޮންނާނެ ލިޔެފަ.

The name is already taken The name is available. Register?

ޢަބޭ

17 August 2016

އަބުރާ ބެހެނީ ވެސް، ކަންބޮޑުވަނީ ވެސް މަޖިލިސް! ބޯކޮޅު މަށްޗައްހުރި އަދި ބުއްދި ސަލާމަތުންހުރި މީހަކުވީޔާ މީ ތެދެއްކަން ގަބޫލްކުރާނެ

The name is already taken The name is available. Register?

ކކ

17 August 2016

ދުންފަތާއި ސިގިރެބި ބުއިން ހުއްޓުވުމުގެ ޤާނޫނު ތަންފީޒު ކުރަން އުޅުނިއްޔާ މާރަގަޅުވާނެ މިހާރުވެސް މާލޭގެ މަގެއްގެ ޕޭމެންޓުން ކުޑަކުއްޖަކަށް ހިގާލާފަ ދެވޭވަރެއްނުވާނެ ޕޭމެންޓުމަތީގައި ތިބެގެން ބޭރުމީހުންވެސް އެބޯ ސިގިރަޓީގެ ދުމުގެ ސަބަބުން މިކަން ހުއްޓުވަން އެބަޖެހޭ!

The name is already taken The name is available. Register?

ގގ

17 August 2016

ރައްޔިތުންގެ ތަނަކަށް މަޖިލިސް ހަދަން އެބަޖެހޭ މަޖިލިސްގެ ޤަވާދު އެއީ ރައްޔިތުން ސައްލާކޮށްގެ ހަދާ އެއްޗަކަށް ވާންއެބަޖެހޭ ބަޔެއްދުވަސް ދުވަހުގައި ރައްޔިތުންގެ ތެރެއިން ދާން ބޭނުން މީހުން އެތަނަށްގޮސް ސައްލާކުރާތަނަކަށް މަޖިލިސް ވާންއެބަޖެހޭ، މިހާރު މަޖިލިސަކީ މަދުބަޔެއްގެ ތަނެއް ގިނަ ރައްޔިތުންގެ ތަނެއްގެ ސިފައެއްނެތް!

The name is already taken The name is available. Register?

މުހައްމަދު

17 August 2016

އަހަރެން ހީކުރީ އަބުރާބެހުމުގެ ބިލު ފާސްކޮށް ތަސްދީޤުކުރީމާ ދެން އެއަށްފަހު ގޭގައި ދަރިންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ދައްކަވާ ވާހަކަފުޅު އަޑުއަހާލަން ހިތްހަމަޖެހިގެން ސިޓިންގ ރޫމުގައި އިދެވިދާނެކަމުގައެވެ. އެކަމަކު މަޖިލީހުން ފެންނަ މަންޒަރުތަކަށް ބަލާއިރު މިއީ އަދިވެސް ބިލާހެކެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

The name is already taken The name is available. Register?

ޕޮޒިބުލް

17 August 2016

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުުރުމުގެ ގާނޫނުން އެއްގޮތަކަށް ވެސް ރައްޔިތުންނަށް ޚިޔާލު ފާޅު ކުުރުން ގެއްލިގެން ނުދެއެވެ. އެއީ ވަރަށް ބޮޑު މިސްއަންޑަރސްޓޭންޑިންގް އެކެވެ. ޚިޔާލު ފާޅު ކުރަންވީ އަނެކެއްގެ އަބުރު ކަތިނުލާ. މިރާއްޖޭގައި އާންމު ކޮށް އޮންނަނީ އެކަކު ވައްޓާލާފައި އަނެކަަކު ކުރިއެރުން، މީ ސިވިލް ސާރވިސްގެ ޕީއެސްއިން ފެށިގެން ގޮސް އެންމެ ދަށަށް އަދި ސިޔާސީ މީހުން ވެސް އަދި އާންމު ކުންފުނި ތަކުގެ މީހުންގެ ވެސް ކަލްޗަރ އަކީ. މިކަން ކަން ހަމައަކަށް އެޅޭނީ އަބުރާއި ބެހޭ ބިލް ގާނޫނަކަށް ހަދައިގެންނެވެ. މިކަމުގައި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ވެސް އެބަޖެހޭ މަޖްލީހުގެ ފްލޯރ ގައި ވެސް ނަމޫނާ ދައްކަން. އެނޫންނަމަ މިކަން ހަމައަކަށް އެޅިގެން ނުދާނެއެވެ. ރައްޔިތުންގެ މަޖްލީހުގެ ސަރުކާރުގެ ފަޅީގެ އެމްޕީން ނަމޫނާ ދައްކައިފިނަމަ ދެން މަޑުމަޑުން ރާއްޖޭގައި މީހުންގެ އަބުރާއި ބެހުމަށް ނިމުމެއް އައުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ.

The name is already taken The name is available. Register?

Sanam

17 August 2016

އެއަރ ޕޯޓް ތަކުގައި ކުރިން ހުންނާނެ ސްމޯކިންގް ރޫމްތައް. ޢެތަނުގައި ސިނގިރެޓް ބޯމީހުން ހުރިހާ މީހުންވެސް އެކަކު ބޭރުކުރާ ދުން އަނެކަކު އެތެރެއަށް ދަމާލައި އެތަނުން ނިކުންނައިރު މުޅިމީހާ ހުންނާނީ ތަޢައްޔަރުވެފައި. އެހާލުގައި އުޅެމުންވެސަް ދަރިންކައިރީ ބުނާނީ ދުންފަތުގެ އިސްތިއުމާލު ނުކުރާށޭ. ޢެއީ ގޯސްކަމެކޭ.

The name is already taken The name is available. Register?

ތުއްތޮންބެ

17 August 2016

ބައްލަވަ! މިހާރުވެސް އެއާޕޯޓް ތަކުގަ ސްމޯކިންގ ރޫމް ހުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454