ހުޅުމާލެއަށް ދިއުމަށް ބަހަށް މީހުން އަރަނީ-- ފޮޓޯ: މިހާރު
28 ނޮވެމްބަރ 2018 - 15:44
މާލޭގެ ބަސް ޓާމިނަލުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް، ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސިނަމާލެ ބްރިޖު ހުޅުވުމާ އެކު، އެމްޕީއެލްއިން ފެށި ބަސް ދަތުރުތައް މިހާރު ކުރަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހަދާފައިވާ ބަސް ޓާމިނަލުން ފެށިގެން ހުޅުމާލެއަށް އަރާ ހިސާބުގައި ގާއިމް ކޮށްފައިވާ ބަސް ޓާމިނަލާ ހަމައަށެވެ. ހުޅުމާލޭގެ ތެރެއަށް ދާން ބޭނުން ނަމަ އިތުރު ބަހެއް ބޭނުންކުރަން ޖެހެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ، ބަހުގެ ޚިދުމަތަށް އަލަށް ގެންނަ ބަދަލާ އެކު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބަސް އެ އަވަށުގެ ނިރޮޅުމަގު [ހުޅުމާލޭގެ ބޮޑުމަގު] ނިމޭ ހިސާބަށް ދަތުރުކުރާނެ ކަމަށެވެ.
"ދެން އެންޓްރީ ސްޓޮޕްގައި މަޑެއް ނުކުރާނެ. ނެއިބާހުޑްގެ ތެރެއަށް ވަދެގެން ގޮސް ނިރޮޅުމަގު އެއްކޮށް ކަވާ ކުރާނެ. ނިރޮޅުމަގު އެއްކޮށް ކަވާ ކުރީމާ ހުޅުމާލެ ދާ މީހަކަށް ކޮންމެ ފަރާތަކަށް ދިޔަސް އެކްސެސް ވެވޭނެ،" ރަފީއު ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޓްރާންސްޕޯޓް
އޭނާ ވިދާޅުވިގޮތުގައި މާލެއިން ހުޅުމާލެއަށް ކުރާ ބަސް ދަތުރުތަކަށް ބަދަލު ގެނައުމަށްޓަކައި ޕްލޭން ވަނީ އެކުލަވާލައި ނިމިފަ އެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން އެބަދަލު ގެންނާނެ ކަމަށް ރަފީއު ވިދާޅުވި އެވެ. އެއީ ދާއިމީކޮށް ގެންނަ ބަދަލެއް ކަމަށާއި ނަމަވެސް މީހުންގެ ހިޔާލަށް ބަލައި ފަހުން ވެސް ބަދަލު ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބަދަލު ގެނައުމަކީ މި ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، މާލޭގައި ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާއިރު، މާލެއަށް ހާއްސަކޮށް ބަސްތަކެއް ގެނައުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ މިހާރު ބޭނުންކުރާ ބަސްތަކަކީ ބޮޑެތި ބަސްތަކަކަށް ވުމުން މާލޭގައި ދުއްވަން ދަތިވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޖޫ
04 December 2018
ޔާމީންގެ ސަރުކާރުން ކީކޭ ހިތައް އަަރައިގެން އެމްޕީއެލްއަށް މިމަސައްކަތް ހަވާލުކުރީ
ޙިޔާލެއް
30 November 2018
މެޑަމް އައިޝާ އެއްފަހަރުވެސް ވިސްނާލެއްވިންތޯ ތިޔަނަގާލެވެނީ އެތައް ބައެއްގެ ވަޒީފާ ނޫންތޯއޭ.. އެމްޓީސީސީ އިން ޓްރާންސްޕޯޓްގެ ހިދުމަތް ނުދެންޔާ އެ ޑިޕާރޓްމަންޓްގެ ހުރިހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ނޫންތޯ؟
ޖަމީލް
29 November 2018
ހުޅުމާލެ ހުޅުލެ ގުޅުނު ސަރަހައްދު ޓާމިނަލް އަށް ބަސް ނިދްން ތަ؟
އަބްދުﷲ
29 November 2018
އޭރުވެސް ބުނީމޭ މިހުންނަނީ ސެޓްފިކެޓުން ވާކަމެއްނޫނޭ. ދިވެހިންނަށް ހީވާކަހަލަ އިނގިރޭސި ބަހުންބުނީމައޭ އެކަމެއްކުރެވޭނީ.
ބޮސް
29 November 2018
ސާބަހޭ މަގޭ އައިޝާ،އައިޝާ އަށް ތިކަން ކުރެވޭނެކަން ދައްކާ ލައްޗޭ
ޙަސަން އަޙްމަދު
29 November 2018
މި ވަގުތައް މާލޭ ރިންގު ރޯޑުގަ ތިޔަ ބަހަށް ދެވެން އޮތް ހިސާބަށް ވެސް ދެވިދާނެ ދަރުބާރުގެ ހިސާބަށް މީހުން ބާލާފަ ވެސް. އެއިރުން ވެސް ހެންވޭރުގަ ހުރި އޮފީސްތަކަށް ދާ މީހުންނަށް ތަންކޮޅެއް ކައިރިވާނެ.
އުނބުށެން
29 November 2018
އުންމީދުކުރި އެއްބަދަލު އަންނާތީ އުފާކުރަމެވެ. ދެން ހަމަޖައްސަންވީ މާލޭގައިވެސް ތާރުއެޅި މަގުތަކުގައި އަވަށަކަށް ތަނެއް ނަމަވެސް ނުވަތަ ދެކުނު ފަރާތުގައި ދެތިން ތަނަކަށް ހުއްޓާގޮތަށާއި، އިތުމަތީކޮޅުން ބުރިޖާއި ކައިރީގައި ތަނަކާއި އުތުރު ފަރާތުން ފެރީޓާމިނަލާ ހަމައަށް ހުއްޓާގޮތަށް ދެ ރޫޓަކުން ދަތުރުކުރާ ބަސްތަކެއް ހަމަޖައްސަންވީއެވެ. ބޭނުންވަނީ އެއްބަހުގައި ހުޅުމާލެއިން ނުވަތަ މާލެއިން ފުރަތަމަ އަރާބަހުގައި ދާންބޭނުންވާ ހިސާބާކައިރިއަށް ދެވުމެވެ.
ފޫހި
29 November 2018
ތިޔަ ސައިކަލްތައް ކުނިބުނިހެން މަޖީދީމަގުގައި ޕާކްކުރުން މަނާކޮށްފަ މަޖީދީމަގު އެކި ހިސާބުތަކުގައި ބަސް ސްޓޮޕް ހެދިދާނެ. އޭރުން ޕްރައިވެޓް ޓްރާންސްޕޯޓަށް ބަރޯސާނުވެދެވޭނީ. ސައިކަލް ދުއްވާމީހުންނަށް ހީވާކަހަލަ އެ ދާތަނަެއްގެ ގޭޓް ކުރިމަތީގައޭ ތިމަންނާ ސައިކަލް ބަހައްޓާނީ. ބޮޑުވަރު. ދެން ރަފީއޫ އަދިވެސް ބޭފުޅާތަ؟
ވޯލް
29 November 2018
ހާބަރުގަ ހަދާފަ ހުރި ކެފޭތަކަކީ ބެކާރު ތަނެއް މިމާލޭގައި ނެތީ ކެފޭތޯ. އެތަނުގައި ބޮޑު ޕަކިން އޭރިޔާއެއް ހެދި ނަމަ، އެހިސަަބު ގަޑުގެ މަގުތަކުގައި ދެފަރާތުގައި ޕަކްކޮށްފަ އޮންނަ ހަތަރު ފުރިޅުލީ އުޅަދުތައް މަދުވެ ޖާގަ ތަނަވަސްވީސް، ކެފެތަކެއް ހަދާފަ އޭރުގެ ސަރުކާރު އެމްޕީނަށް ހުރިހާތަނެއް ކުއްޔައއދީފަ އެމީހުންއަތުން ޑަބަލް އަގުގަ ކެފޭ ހިންގާ ވިޔަފާރިވެރިންނަގާއިގެން ކެފޭ ހިންގީމަ ތަކެތީގެ އަގު ބޮޑުވެ އެބުރަ އުފުލަނީ ރައްޔިތު މީހާ.
މޯޑް
28 November 2018
ކަމަނާ ހާ އެކްޓިވިސް ވަޒީރަކު އަދި ނެތް. އެއްމެ ގާބިލު ނޫން މީހާއޭ ކިޔާ ފާޑްކީ މީހުން މިއަދު އެތިބީ ހެވި ދިލިފަ. ޓެކުސީ ބޯޑް ފުރީ ކޮށްދީ ރަޖިސްޓްރީ ވެރިފާރާތް ބަދަލު ކޮށްދީ. ދެން ގަރާޖް ސިޓީ ފުރީ ކޮށްލީމަ އަހަރަމެން ކަމަނާއަށް ސެލިއުޓް ނުކުރަށްވީ ކީއްވެ. ސުކުރިއްޔާ. ނަހުލާ.