ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު
28 ނޮވެމްބަރ 2018 - 18:33
ދުބާއީއަށް ކުރައްވާ ދަތުރުގައި ވެސް ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަމަށް އެހީ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޔުނައިޓް އަރަބް އެމިރޭޓްސް އަށް އޭނާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަމަށް ބޭނުންވާ ފަންޑު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝާހިދުގެ މި ދަތުރުގައި މިހާރަށް ވުރެ ފަސޭހައިން ދިވެހިންނަށް ޔޫއޭއީއަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާ މެދު ވެސް މަޝްވަރާ ކުރައްވާނެ އެވެ.
ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުތަކުގައި އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާ އަށެވެ. އިންޑިއާގެ ވެރިންނާ އެކު ވެސް ރާއްޖެ އިން ވަނީ ބަޖެޓް ސަޕޯޓަށާއި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މަޝްވަރާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައުހޫބް
14 January 2019
ކުޑަކަކޫ ޖަހައިގެން ސަލާން ނުޖަހަނީސް ޖަޒީރާ ނުވެވޭނެ.. އަދި ފުރިހަމައައް ޖަޒީރާވެވޭނީ ރައްޔިތުންނާއި ވެރީން ފީ ގޯނި އަނދެގެން ސަލާންޖަހަން ނިކުތީމަ.. ޖަޒީރާ ކުރުމަކީ މިއީ..
ރަފާސް
14 January 2019
ހުރިހާ ދިމާލަކުން ސަލާން ޖަހަނީތޯ.. ބަލަގަ އަލައް ނިންމާ ރިސޯޓުތަކުގެ އާމްދަނީ އާއި އެޔާޕޯޓުގެ އެކްސްޕޭންޝަނުން ލިބޭނެ އާމްދަނީ ރަނގަޅުގޮތުގަ ބޭނުންކޮއްގެން ދެކޮޅުޖައްސަބަލަ އިންޑިޔާއާއި ދެންވެސް ހުރި ތަނަކުން ދަރަނި ނެގުމުގެ ބަދަލުގައި.
ސަލާންޖަހަނީ
29 November 2018
ސަލާންޖަހަނީ
އާދީ
29 November 2018
ދިވެހިރާއްޖެ ބަޑަށް ޖެހުނީތަ ދާހާ ޤައުމެއް ކައިރިއަށް ސަލާން ޖަހަން. ލަދުން ބޯ ހަލާކު
ހޮޓްކިންގ
29 November 2018
ވެރިކަމަށް އައިދުވަހުން ފެށިގެން ސަލާންޖެހުން ކަމަކީ. މީގައި ދަރަނި މިނަގަނީ ދަރިނި ބޮޑުވެގެން އެވާހަކަ ދެއްކި މީހުން. މަށަށް ހީނުވޭ އިންޑިއާފިޔަވައި ބަޔަކު އެއްވެސް ފައިސާ ދޭނެކަމަށް. އިންޑިއާއިންދޭނެ މިރާއްޖޭގެ ދާޚިލީ ކަންކަމަށް އިތުރަށް ވަދެ އަޅުވެތި ކުރަން ލިބޭނެ ރަނގަޅު ފުރުސަތަކަށްވާތީ.
ލޯނޭ
28 November 2018
މަބުނީ މާލީ އެހީ އާއި ލޯނު ގެ ތަފާތަކީ ނަން ތޯ؟ އާސަރުކާރުން ލޯނު ނުނަގާނެ. ޔާމީނު އެކަނި މިގައުމުގަ ލޯނު ނެގީ.
އިންސާފް
28 November 2018
ތިތަންތަނުން ބަޖެޓް ސަޕޯރޓް ހޯދުން ރަނގަޅު. ނަމަވެސް އިންޑިއާ އާއި ދުރުވޭ..
މާރަނގާ - އައްޑޫ ސިޓީ
28 November 2018
ތިނުބައިއާދަ ދޫކޮށްލާ.! އަހަރުމެންތިކަންކަމުންބަރީއަވެ ތިކަމަށްތާއީދެއް ނުކުރާނަން. * * ސޯލިޙް ވެރިކަމެއް އަހަރުމެންގެމައްޗަށް ކޮށްދޭނަމަ ތ އަތޮޅުން އައްޑުއަށް ފުޅާދާއިރާއެއްގައި ޓްއަރިޒަމްގެނައުމަށާއި އަމިއްލަ ސީޕްލޭންފްލީޓެއް ހޯދުމަށް އަދި ގަމުގެ އެއަރޕޯޓް ފުލްފްލޭޖްގައި އޮޕަރޭޝަނަށްގެނެސް ޓްއަރިސްޓުންގެނެސް ފްރެޝްޓޫނާ ޔޯރޮޕަށާއި އެމަރިކާ ގަލްފަށް އެކްސްޕޯޓްކުރުމަށް ލާމަރުކަޒީބާރުވެރިކަން އަހަރުމެންނަށްދީ. ސަލާމްޖެހުމަކީ ލަދުވެތިއަމަލެއް.
ޗާބޫކުން
28 November 2018
ޔޫއޭއީ އިން މާލީ އެހީ ހޯދުން ކުވޭތުން މާލީ އެހީ ހޯދުން ގަތަރުން މާލީ އެހީ ހޯދުން ސައުދީން މާލީ އެހީ ހޯދުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ އެގައުމު ތަކުން ދޭ އެހީގައި ވެއިޓް ވެސް ބޮޑުވާނެއޭ އެކަމަކު އިންޑިއާގެ އެހީ އަކީ އެއީ އެމެން ހިލޭ ދިން ނަމަވެސް މަމެން ބޭނުންވާ އެއްޗެއް ނޫނޭ އެކަން ފެންނާން އެއޮތީ އައިޖީއެމްއެޗް އިން އިންޑިއާ އިން އެއް ބިލިއަން ޑޮލަރުގެ ލޯން އެހީ ރިޒަރވޭޝަންސް ތަކާއި އެކު ހޯދުން އެއީ ރާއްޖޭގެ އިގްތިސާދުގައި ޗާބޫކުން..
ޙާހަހަހަހަހުހުހުހހ
28 November 2018
ބޭރުގެ ގައިމުތަކާ ގުޅުން ބަދަހިކުރަނިއްޔޯ. ހާހާހަހަހަހަހަ.