މަޖިލީހުގެ އިދާރާގެ ގޭޓުމަތިން ފުންމާލައިގެން އެތަނުގެ ތެރެއަށް ވަދެވަޑައިގެންނެވި މަހްލޫފް އުފުލާލައިގެން ސިފައިން ނެރެނީ.---ފޮޓޯ: މިހާރު
28 ނޮވެމްބަރ 2018 - 19:44
މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި ޒިންމާވާން ޖެހޭ ފުލުހުންނާއި ސިފައިން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.
ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ އިމްތިޔާޒް ކޮމިޓީއަށް އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެސްއޯ ފުލުހުންނާއި ސިފައިން އެ މެމްބަރުންގެ ގަޔަށް އަތްލައި، މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހުގެ އިދާރާ އިން ބޭރުކޮށްލީ "ދަމައި ކޫއްތާފައި" ކަމަށް އެ މައްސަލައިގައިވެ އެވެ.
މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ބުނެ، އެ ދުވަހު މަޖިލީހަށް ވެންނެވުމަށް މަސައްކަތް ކުރެއްވީ މިހާރު ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި މެމްބަރުންނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު މެމްބަރުން މަޖިލިހަށް ވަންނަވަން އުޅުއްވި ނަމަވެސް، އޭރުގެ ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލިހުގެ ރިޔާސަތުން އެ ދުވަހަށް އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.
އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި މެމްބަރުން މަޖިލީހަށް ވަނުމާއި ނުކުތުމަކީ ކޮންމެ ދުވަހެއްގެ، ކޮންމެ ވަގުތެއްގައި ވެސް ހުއްދަ ކަމެކެވެ. އެހެންވެ، މެމްބަރުން މަޖިލީހަށް ވަނުން މަނާކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އެ މައްސަލައިގައިވެ އެވެ. އަދި އެ ދުވަހު މަޖިލީހަށް މެމްބަރުން ނުވަދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން އަންގާފައި ނެތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިންތިގެ ހުށައެޅުއްވުމުގައި ބުނެފައި ވަނީ ސިފައިންނާއި ފުލުހުން މަޖިލީހުގެ އިދާރާ އަށް ވަދެ، މެމްބަރުންގެ ގަޔަށް އަތްލައި، އަނިޔާވެރިވުމުގެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި އެ ދުވަހުގެ ފަހުން ވެސް މެމްބަރުންނަށް ހުރަސް އަޅައި، މަޖިލީހުގެ ދޮރާށި މަތިން ބޭރަށް "ހޫރާލުމުގެ" އެތައް އަމަލެއް ސިފައިން ހިންގާފައިވާ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
އިންތި ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުން މެމްބަރުންނާ މެދު އަމަލުކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށެވެ.
އެދުވަހު މަޖިލިސް ތެރޭގަ އާއި ބޭރުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް އަނިޔާވި އެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ، ބައެއް މެމްބަރުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ވެސް އުފުލި އެވެ. އެކަމަކު ޕީޖީން މިހާރު ވަނީ އެ މައްސަލަތައް އަނބުރާ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޫގުލާ
29 November 2018
ސްޕްރީމް ކޯޓުން އެންމެ ފަހުންކުރި އަމުރުގައިވާގޮތުން ސިފައިންނާ ފުލުހުންނަށް ތިހެން ނުހެދޭނެ ކަމަށްއޮތީ..
ލަދު
29 November 2018
ތިކަން ކުރަންވީތާ ކިތަންމެ ދުވަހެއް. ސައިޒު އޮޅިފަވާ 2 މުއައްސަސާ އެއީ.
ރަށުމީހާ
29 November 2018
އިންސާފަކީ ވަކިބަޔަކައް އޮންނައެއްޗަކައް ވެގެން ނުވާނެ. ކޮންމެ ދިވެއްސަކީ އިންސާފުކުރިމަތީ ހަމަހަމަ އެއްޗެއް.
Nashid
29 November 2018
ލެޓްސް ސީ .. ވާގޮޔް
ހަސަދަ
29 November 2018
އަނހަ. ހިތްތިރިކަން ދޯ މިފެންނަނީ
ފިޑޯޑިޑޯ
29 November 2018
އެކަން ކުރުވި ކޮމާންޑަރުން ހޯދާ.. އެވެރިން ހާޒިރުކުރޭ....
މީހާ2
29 November 2018
މޮޔައިންދޯ މަޖިލީހުގައި އުޅެނީ
އަޖައިބު
29 November 2018
ފާރުމަތިން ވަނީމަ ނެރެންޖެހޭނީވެސް ފާރުމަތިންނެއްނު. ހަހހަހހަހަހަހަ. ރީތިކޮށް ތިބިނަމަ ނުވާނެއްނު އެކަހަލަ އަނިޔާއެއް. މުޅި ސިފައިންގެ އާއި ފުލުސް އޮފީސް ގެންދަންވީނު. މަޖިލީހުގަ ތިބޭ މެންބަރުންނަކީ ހުސް އަލިފުން
އާރމީ
29 November 2018
ސިފައިންނާއި ފުލުހުންނާއި ކުޅެން ނޫޅޭތި ވެރިކަން ވައްޓާލަން މާގިނަ އިރުތަކެއް ނުނަގާނެ
އިބްޝާ
29 November 2018
ކޮމާންޑުކުރި މީހުނެކޭ އެއްގޮތަށް އެކަމުގައިބައިވެރިވި ފުލުހުންނާ ސިފައިން ވެސް ފަރުދީގޮތުން ޒިން ނަގަންޖެހޭ .. އެއިން ކޮންމެމީހަކުވެސް މަސްއޫލިއްޔަތަށް ނެރެނީ ގާނޫނުއަސާސީއާއި ގާނޫނުގަ އެމީހުން ކޮމާންޑު ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންކަން ( އެމީހުން ޖަނަރޭޓުވާންޖެހޭނެ ހާލަތްތައް ) އެތައްފަހަކަށް ކިޔައިދީ ފިލާވަޅްގޮތަށް ދަސްކުރުވާ ރަގަޅަށް ހޭލުންތެރި ކޮށްފަ .. އިތުރަށް މީޑިއާތަކުންވެސް ތާއަބަދު ދިޔައީ އެކަން ހަދާންކޮށްދެމުން ..
ހުޅެވިހަނދު
29 November 2018
މިހާރު ހިންގަނީ ޤާނޫނީ ވެރިކަންދޯ ވަރަށް ތާހިރެއްނުން ރިޝްވަތުން ފުރިފަ
ހަބޭސްބޭބެ
29 November 2018
ސިފައިންގެ ގާނޫނޫ 2008/1 ކިޔާލާ އެއްފަހަރު. އެންމެ ސިފައިންގެ މީހަކުވެސް ތިޔަ ކޮމިޓީ އަކަށް ހާޒިރެއް ނުކުރެވޭނެ. ބަޑީބޭހާ ނުކުޅޭ......