(ކ-ވ) އާޒިމް، އަމްރު އަދި ރިޒްވީ
30 ނޮވެމްބަރ 2018 - 14:42
ސަރުކާރުގެ ތިން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ތިން ބޭފުޅަކު އިއްޔެ ހަމަޖައްސައިފި އެވެ.
އެ ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސީ، ގ. ހައްދުންމަތީ ދެކުނުގޭ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޓީސީީސީގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަދި އެމްޑީޕީގެ ސިޔާސަތުތައް އަދި ކޯލިޝަނުން ވެރިކަމަށް އަންނަން ވެގެން އެ ކޯލިޝަންގެ މައިގަނޑު ސިޔާސަތުތައް ލިޔުއްވި ކޮމިޓީގެ ވެސް އިސް ބޭފުޅެކެވެ.
މީގެ އިތުރުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި، މ. ސީނު ކަރަންކާގޭ އާދަމް އާޒިމެވެ.
އަދި ވައިގެ އުދުހުންތަކާ ބެހޭ ސަރުކާރުގެ ކުންފުނި، އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ ގ. ޔުރެނަސް، މުހައްމަދު ރިޒްވީ އެވެ.
ރިޒްވީ އަކީ އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ މޯލްޑިވިއަން ހޮލިޑޭސްގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވާތާ ހަތަރު އަހަރު ވެފައިވާ ބޭފުޅެކެވެ. އައިލެންޑް އޭވިއޭޝަންގެ އެމްޑީ ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް ވެސް ރިޒްވީ ހުންނެވީ މޯލްޑިވިއަން ހޮލިޑޭސްގެ ވަޒީފާގަ އެވެ. އޭނާ ވަނީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އަދި ޓޫރިޒަމް، އޭވިއޭޝަން ދާއިރާގައި ރިޒްވީ މަސައްކަތް ކުރައްވާތާ 14 އަހަރު ވަނީ ވެފަ އެވެ.
މި މަހުގެ 17 ގައި ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މެނޭޖިން ޑިރެކްޓަރު މީގެ ކުރިން އައްޔަން ކުރައްވާފައި ވަނީ އެމްއެމްޕީއާރްސީ އަށް އެކަންޏެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވީ ތޮއްޔިބް މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
02 December 2018
ފަރެސްމާތޮޑާމެންބަރު ހުސެން ގެ ކުންފުންޏަކުން އެސްޓީއޯއަށް ބައެއްބޭސް ގަންނަމުންދަނީ. މިހާރު މިސަރުކާރު އައުމުން އޭނަ ވަރަށް އަގުބޮޑުކޮށް ބޭސްތައްވިއްކަމުންދަނީ. އެއީ އާއްމުކޮށް އެއްމެ ގިނައިން ގަންނަންޖެހޭބޭސްތައް. އަގުބޮޑުކުރުމުގެސަބަބުން މިހާރު ބޭސްތައްވެސް ލިބެނީ އަގުބޮޑުކޮށް. އާސަންދައިން ލިބުނުކަމުގައިވިޔަސް މީބަލަންޖެހޭކަމެއް. އަދިވެސް މމި މީހުންގެ އުޅުމެއް އިސްލާހެއްނުވޭ. ޖުމްހޫރީޕާޓީއަށް ސޮއިކުރިޔަސް.
އަލްމުދިސް
02 December 2018
ސަރުކާރުގެ ކުންފުނިތަކުގެ އެމް.ޑީ ކަމަށް އައްޔަންކުރާ މީހުންނަށް ނުވަތަ ޢައްޔަންވާ އުޅޭ މީހުންނަށް އެގެންޖެހޭ އެމީހުންނަކީ އެމަޤާމާއި ޙަވާލުވުމަށްފަހު 24/7 ޒިންމާވާންޖެހޭނެ ބައެއްކަމަށް. ނޭގެއޭ އެގިގެންވީކަމެއްނޫނޭ. ތިކަންކުރީ އެގްރީމެންޓެއްގެ ދަށުންނޭ ކިޔައިގެން ބަހަނާ ދައްކާކަށް ފުރުޞަތު ދީގެން ނުވާނެ.
ބަތސް
02 December 2018
މިހާރު ގިން ކުންފުނިތަކުގެ ޑިޕާޓްމަންޓް ވެރިންނަށް ތިބީ ޔާމީނު ލާފަ ތިބި ވެރިން. ސަރުކާރު ވެއްޓޭއިރަށް ކޮޅުބަދަލުކޮށްގެން ތިބީ. އެ ހުރިހާ އެންމެން ދުރުކޮށް ތައުލީމީ ތަޖުރިބާހުރި ވެރިން އައްޔަން ކޮށްގެން ނޫނީ އިބޫގެ ވެރިކަން ރަނގަޅު މިސްރާބަކަށް ނުގެންދެވޭނެ.
އަބްދޫ
02 December 2018
2008 ގަ އައި އެމްޑީޕީ ސަރުކާރުން އެސްޓީއޯގެ ވިޔަފާރިތައް ބަހާލި އޭގެ ފަހުން އަދި ކިރިޔާ އެސްޓީއޯ އަށް ހިންދަމާލެވުނީ . މިފަހަރު ބަހާނުލާ އެސްޓީއޯ އިން ވިޔަފާރި ދަމަހައްޓާނެ ކަމަށް އުންމީދު ކުރަން. ގައުމުގާ ހިމެނޭ މަދު މީހެއްގެ ޖީބު ބަރުކުރުމަށް ވުރެ ޢާންމު ހުރިހާ ރައްޔިތުންގެ ފައިދާ އަށް ކުންފުނި ތައް ހިންގަންޖެހޭނީ . އަދި ދަވްލަތަށް ފައިދާވެ ބަޖެޓްގެ އާމްދަނީ އިތުރުކޮށް ދިނުމުގެރޫހުގާ ކުންފުނި ހިންގަންޖެހޭނީ
އަބްދޫ
02 December 2018
ބޭރުގެ އުދުހުން ބޮޑުފައިދާ ލިބޭނަމަ އެތެރޭގެ އުދުހުން އަގުހެޔޮކުރެވޭނީ .ސަބްސިޑީ ނުދެވޭނެ.
ޥަލީއަހުދުޗާސް
01 December 2018
ތި އަމްރަކީ ކޮންމެހެންވެސް އެމްޑީޕީން އަށްވަންޏާ ކޮންމެހެންވެސް ސީއީއޯކަން ކޮންމެހެންވެސްދޭން މަޖުބޫރުމީހަކީތަ؟
މާރަނގާ - އައްޑޫ ސިޓީ
01 December 2018
އިދިކީލިވިސްނުމާއި “ނުވާނެކަމުގެ ފިކުރުން ފުރިފައިތިބިބައެއްގެއަތްމައްޗަށް މިފަދަނާޒުކު ވިޔަފާރިއެއްދޫކޮށްލުމަކީ ސޯލިޙްގެވެރިކަމުގައި ރެނދުއަޅާ ދާއިމަށްނުބައިތާކިހަލެއް ބޮލުގަ އަޅާންޖެހިދާނެކަމެއް” ކަންޔަޤީން. ޗެއަރމަންހިމެނޭގޮތުން ތިތަނުގެބޯޑާއި މެނޭޖްމަންޓްއެކަށް “ނުވާނެ” ކަމަށްބުނެގެއްލުންވާނެތީ ގޭން ކޮލަމްބޯ ދަތުރުކުރުމަށްދެކޮޅުހެދި. * * ފައިދާ ނުވަތަ ބްރޭކްއިވަންގަ ސްރީލަންގެ ހަފުތާއަކު 3 ޝެޑިއުލް ދަތުރު ގަމަށް ކުރާތާ 2 އަހަރު ވެއްޖެ.!
ސޭޓު1
01 December 2018
މާތްކަލާނގެ އާއިވަކީލު
މާރަނގާ - އައްޑޫ ސިޓީ
01 December 2018
ސޯލިޙްގެ ވައުދުނާމާގައި “އެތެރޭގެ އުދުހުން ބޮޑުތަނުން ހެޔޮކުރާނަން” ކަމަށް ބުނެފައިވޭ. އެކަން ކުރުމަށްޓަކާ މޯލްޑިވިއަން އެފިޝަންޓް ހަރަދުކުޑަ އަދި މާކެޓްގައި ވާދަކުރެވޭނެ ތަނަކަށްހަދާ ކުންފުޏަށް ލިބެންޖެހޭ ބޮޑުފައިދާ އެހެންބަޔަކަށްލިބޜގޮތަށް ޗައިނާ، ބެންކޮކް އިންޑިޔާފަދަ ޤައުމުތަކަށް ކުރާ ދަރުރުތަކުގެ ހަޤީގަތް ދެނެގަންނާންޖެހޭ. * * ފިލާގަނޑު މަތިން މަންތިރި ނެގުމަށްފަހު މަނާފުކެއް މަންތިރިއަކަށް ހެދުމުން މަންތިރި ނެގުމުގެ ބޭނުން ކެޑޭނެ.
ހަކީމް
01 December 2018
ތިޔަބުނީ ވަރަށް ހެޔޮކޮއް .. ކަންކުރި ގޮތާދިމާވޭ ... ހުސް ރައްޓެހިން އެހެންވީމަ އިތުރަށް ދެން އެއްޗެއް ނުބުނާނަން.
ޢެޓޮމް
01 December 2018
މަކަރާއި ހީލަތް ނުހަދާނެކަމަށް އުންމީދުކުރަން ކުރިންވެސް ގެނާ ސިމެންތި ދިނީ ބޭބެގެ ކުންފުންޏަށް