ދިއްފުށީ ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ސަލާންކުރައްވަނީ - ފޮޓޯ: ހުސައިން ވަހީދު/މިހާރު
01 ޑިސެމްބަރ 2018 - 14:24
މި ފެށޭ ހަފްތާގައި ސިޓީ ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދެވިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޗަމްޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރުފެންފުށި ރިސޯޓާ ގުޅިގެން ކ. ދިއްފުށީގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކުޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށް މަސައްކަތް ކުރާއިރު ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ.
"ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާކުރެވި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން. މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން ދޫކޮށްލެވެން ހުރި ބާރުތައް މި ހަފްތާ ތެރޭގައި ދޫކޮށްލާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ގިނަ ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އާ ސަރުކާރުން މަސައްކަތް ކުރާނީ ކައުންސިލްތައް ބާރުވެރި ކުރުވާ ރައްޔިތުންނަށް ގާތުން ހިދުމަތް ދީގެން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ރައީސް ވިދާޅުވީ އެކަން ކުރުމަށްޓަކައި ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
ލާމާރުކަޒީ ނިޒާމުގެ ތެރެއިން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލި އެވެ. އެގޮތުން ކައުންސިލްތަކުގެ ބައެއް މަސްއޫލިއްޔަތުތައް ވަނީ ސަރުކާރުގެ އެހެން އިދާރާތަކާ ހަވާލުކޮށްފަ އެވެ.
ކުރިން ނަމަ މާލޭ ސިޓީ ކައުންސިލްތަކަށް ވެރިރަށުގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައި އޮތެވެ. އޭގެ ތެރޭގައި ހިމެނޭ މާލޭން ކުނި ނައްތާލުމާއި މަގުތަކާއި ބިންތައް ބެލެހެއްޓުމާއި ވިހާމަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރީގެ ސަރުކާރުން އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
02 December 2018
މައްސަލައަކަށް ވަނީ ބާރުތައް ނުދިނުމެއް ނޫން. ބާރުތައް ދިނުމުން ކުރެވުނު ތަޖުރިބާއަކީ ޕާޓީ ގެ ހަރުގެއަކަށް ތަން ބަދުލެ، ގާނޫނެއް ގަވައިދެއް ނެތި ކަންކަންކޮށް، ބޭކާރު ގޮތުގައި ޚަރަދުތައް ކޮށް، ކޮްރަޕްޝަންގެ ހާއްޔަކަށް ތަން ބަދަލުވެ، ރައްޔިތުންނަށް ލުއި ފަސޭހައެއް ނުލިބުން
ކޮސްގޮވާ
01 December 2018
އަހަރެން ހީކުރީ އެއްމެފުރަތަމަވެސް އިސްލާމީ މަރުކަޒު ގެ ދެފަރާތުގައި އޮއްނަމަގުތަށް ހުޅުވާނެކަމަށް ، އެކަމަކު ވެރިކަމަށް ދެހަފްތާވިއރުވެސް މިކަން ނުވޭ.
ެއަހުމަދު666
02 December 2018
ކީއްކުރަން ދެމަގު ހުޅުވަނީ... ކޮންމެވެސް އެއްމަގެއް ހުޅުވަންފެނެ... ބޮޑައްރަނގަޅީ ސަލްޓަންޕާރކް ސަރަހައްދު ބަންދުކޮއްފަ ބޭއްވިއްޔާ... ހާދަ ހިތްގައިމޭ އެސަރަހައްދު އަދި އިތުރައް ފެހިކުރާނަމަ ރަނގަޅުވާނެ.
މާރަނގާ - އައްޑޫ ސިޓީ
01 December 2018
ކްރިސްޓިއަންދީނަކާހެދި އިޤިރޭސިންގެ، މިލިޓަރީބޭހެކޭ އަޅުވެތިކަމޭކިޔައިގެން އިންޑިޔާގެއެހީއެއްހޯދެންނެތް. * * އެކަމަކު އައްޑޫގެ 30 ހާސްމީހުނާ، ދެކުނުގެ 60 ހާސްމީހުނަށް ސާފުބޯފެނާއިނަރުދަމާ ސިއްޙީހިދުމަތްނުދީ “ފައިސާއެއްނެތް” ކަމަށްބުނެ އަދި މަޖިލީހުގެ ގޮނޑިގަނޑު ދަމައިގަންނާން އައިޑެންޓިޓީގެއްލޭގޮތަށް ވަޒަނުންވެސްއެބަބޭރުކުރޭ. * * އެހީއެއްވެދެވެންނެތްނަމަ “ލާމަރުކަޒީ ބާރުދޭށޭބުނީމަ ކުރަނީއިންކާރު” އެކަމަކު މިނިވަންކަންގެއްލިދާނެތީޔޯ ކަންބޮޑުވަނީ؟
1234
01 December 2018
މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަން އެބަޖެހޭ. ސިޓީ ކައުންސިލުން ނެއްޓިއޮޔަދީގެން ނުވާނެ. މިފަހަރު ކޮންނެވެސް އެއްގޮތަކަށް ނިންމަން އެބަޖެހޭ. މައްސަލައަކީ ގާނޫނު ހެދިފައި ހުއްޓަސް އެޔަކުންވާ ކަމެއްނޯވެ. މަގުގެ ޓްރެފިކާއި ޕާކުކުރަން ހައްލުކުރަން މަގުމަތި ބަލާކަށް ނުޖެހޭ. ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު އެތެރެ ކޮށްފައި ހުންނަނީ ގަރާޖު ރަޖިސްޓްރީ ކޮށްގެން. ވައްދަބަލަ ގަރާޖައް. ހައްލުވީއެއްނުން. ކޮނަހާ ވާހަކައެއްތަ ދައްކާކަށް..
މަފް
01 December 2018
ރާއްޖޭގަ ކައުންސިލަރުންގެ ފެންވަރު ރަޅުކުރަންޖެހޭ. ފެންވަރު ރަގަޅު ބަޔަކު ކުރިމަތި ލާނީވެސް ގިނަދުވަހަށް ވަޒީފާގަ ހުރެވޭނެކަން ޔަގީންވަންޏާ. 3 އަހަރު މާކުޑަ. މަޖުލިސް މެންބަރުން 3 އަހަރުން ބަދަލުކުރުން މާރަގަޅުވާނެ.
އަލިހަންޖާ
01 December 2018
ތި ދެން ހަތަރެސް ކަން ހަމަވީ... ޕާޓީ ޖަގަހައަށް ވެ ނިމުނީ. ތީގެ ފޮނިމީރުކަން ލިބޭނީ ޕާޓީ ކުދިންކޮޅަށް އެކަނި... މީ މާޒީން ފެނިފައިވާ މަންޒަރުތަށް.
މާރަނގާ - އައްޑޫ ސިޓީ
01 December 2018
ލާމަރުކަޒީ ބާރުވެރިކަން ނުދީފިނަމަ މާލޭ ސަރުކާރަށް ގިނަހުރަސްތަކަކާއި ކުރިމަތިލާންޖެހޭނެ. * * ބަދަލަކީ ޤަބޫލު ކުރާން ގިނަމީހުނަށް އުދަގޫ އެއްޗެއް. ތިޔަބަދަލަށް “ސަރުކާރު އެތެރެއިންނާއި ދައުލަތުގެ ކުންފުނިތަކުން އަޅާހުރަސްތައް ނައްތާލުމަށްޓަކާ” ހއ އިން ފާދިއްޕޮޅަށް ނޯތްޒޯން، މާލެއާއިއެކު ނިލަންދެއަތޮޅުގެނިޔަލަށް ސެންޓްރަލް ޒޯން، ކޮޅުމަޑުލުން އައްޑުއަށް ސަދާރންޒޯން ކަޑައަޅާ ރައީސްއަށް ރިޕޯޓްކުރެއްވުމަށް ސަރަހައްދީ ޤަވަރުނަރުން އައްޔަންކުރައްވަވާ.
ކިއްލިބާޝާ
01 December 2018
ހަފްތާއެއްތެރޭގާ ދެން ގައުމު މި ހަލާކުވީ.
ބަބުރަންޖީ ހާޖީ
01 December 2018
ބޯސަކަރާތް ބައެއްގެ އަތަށް ކަނޑި ނުދޭށެވެ.