ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަފްޒަލް އައްޔަން ކުރައްވައި، އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ފަތްކޮޅު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
02 ޑިސެމްބަރ 2018 - 19:16
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އަހުމަދު އަފްޒަލް އިބްރާހީމަށް އެމްޑީޕީގެ އެކްޓްވިސްޓުން ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި މިދިޔަ ބުދަ ދުވަހު ސްޓޭޓް މިނިސްޓަރުކަމަށް އަފްޒަލް އައްޔަން ކުރައްވާފައިވާއިރު، އެމްޑީޕީގެ ބައެއް އެކްޓްވިސްޓުން ވަނީ ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި އޭނާ މިދިޔަ ސަރުކާރުގެ ދުވަސްވަރު ހުންނެވިއިރު 1.5 މިލިއަން ރުފިޔާގެ ހިޔާނާތެއް ވެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެއީ ޔުނިސެފްގެ އެހީގައި ޗައިޑް ހެލްޕްލައިން ކޯލްސެންޓަރުު (1412) ގާއިމް ކުރުމުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތު ކުރެ އެވެ.
މި ތުހުމަތާ ގުޅިގެން، އަފްޒަލް އޭސީސީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާގެ އަބުރު ގެއްލުވައިލުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެހެންވެ، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، އޭނާއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ބަލައި ގޮތެއް ނިންމައި ދިނުމަށް އަފްޒަލް ވަނީ އެދިވަޑައިގެންފަ އެވެ.
މައުމޫނަށް ތާއީދުކުރާ މީހުން އިސްވެ އުފައްދާފައިވާ އެމްއާރްއެމުން ބުނީ އެ ތުހުމަތު ސާބިތުވެއްޖެ ނަމަ ސްޓޭޓް މިނިސްޓަރުކަމުން އަފްޒަލް އިސްތިއުފާ ދެއްވުމަށް އެދޭނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރަން އައި ސަރުކާރެއް ކަމަށް ބުނާތީ ހުރިހާ ވަޒީރުންނާއި ދައުލަތުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ބެލުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިކޮއް
03 December 2018
އަފްޒަލް މީ ޕީޕީއެމް މީހެއް. ޔާމިން ވެރިކަމުގައި އަފްޒަލް ޖެންޑަރ ކޯޑިނޭޓަރަކަށް ހުުންނެވި އިރު ހަމަ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވީ އަނބިކަނބަލުން. ކޮންމެ ސަރުކާރެއްގައިވެސް މަޤާމު ލިބޭނެ. މިވާގޮތަކީ އަނބިކަނބަލުން އާއިލާ އެމްޑީޕީ. ފިރިިކަލުން ޕީޕީއެމް. މިކަހަލަ ކިތަންމެ ބަޔެއް މިޤައުމުގައި އުޅޭ. މިފަދަ މީހުންނަށް ހުރިހާ ސަރުކާރަކުން ލިބޭ. ކިޔަވާައިގެން ތިބި ނިކަމަތިންނަށް ނުލިބޭނީ.
ބިތު ފަންގި
03 December 2018
10 މިލިއަން ރުފިޔާގެ ޙިޔާނާތެއް އެބަ ފެންމަތިވޭ ވަރަށް އަވަހަށް. ދިރި ތިބި ބަޔަކަށް ފެންނާނެ ވ އަވަހަށް.
ޞްހިރު
03 December 2018
ޑިލް އޮތީހެދިފަ
ސަމާސާމަރީ
02 December 2018
އެއީ އަބަދުވެސް ހޮޅިވާހަކަދައްކާ އުޅޭބައެއްކަން ރޭގެ ގައުމީ މަޖިލީހުން ރާއްޖެހެކިކުރުވި... ވ ވެދުން
ޥަރައްސަލާން
02 December 2018
މީގަ ވީ ގޮތަކީ ފަހުވަގުތު ޔާމީނައް ދޯކާދީފަ އެމްޑީޕީ ފަޅިޔައް އަރާ ‘ވޯޓު ކާމިޔާބު ކޮއްދިނުމުގަ’ ވަރައް ގަދަޔައް މަސްއްކަތް އެކިގޮތް ގޮތުން ކޮއްދިނޫ. ދެންފަހެ މަގާމު ދޭން މަޖުބޫރުވީ، ސިއްރުގިނަވީ. ގަބޫލް ނުކުރަންޔާ ބަލާލާ.
ޗިލީ
03 December 2018
އޭނައަށް ދިނީ ކޮން ދޯކާއެއްތަ؟
މިރުހެއް
02 December 2018
އެއްކަލަ އަބުރުފުޅުދޯ!
ވަހަިދު
02 December 2018
މޑޕން އަބަދު ވެސް މީހުންގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވާ. އެމީހުންގެ ސިޔާސީ އިސްފަރާތްތަކާއި މީޑިއާ މެދުވެރިކޮށް ދޮގެއް ހަގީގަތަކަށް ހަދާލުމަކީ ވަރަށް ފަސޭހައިން ކޮށްލާ ކަމެއް.
ކަލޯގެއާ
02 December 2018
އަބުރަކީ މިހާރު މިރާއްޖެ ދަންނަބަހެއްނޫން ކަލޯ! ކޮންމެ އެއްޗެއްކިޔަސް އޯކޭވާން މީ ފައްކާވެފަ އޮތް ޑިމޮކްރަސީ އޭ!
ޓެކްސް
02 December 2018
ސަރުކާރުން ޓެބްލެޓް ގަންނަން ރައްޔިތުންގެ ޓެކްސްފައިސާއިން އެތައް މިލިޔަނެއް ހަރަދުކުރި. މިހާރު އެއިން އެއްވެސް ބޭނުމެއް ހިފާތަ؟ ނޫނީ މިވެސް ހަމަ މެކޭނިކަލް ޕާކިންހެން ދިޔަ ކަމެއްތަ؟ ނޫސްވެރިން މިކަން ބަލާފަ ސާފުކޮށްދިނުމަކީ ރަނގަޅު ކަމެއްކަމަށް ފެނޭ.
އެޔާމީނު
02 December 2018
އަބުރޭ ނުކިޔާ، މިތާކު ނޯންނާނެ އަބުރެއް... ތުހުމަތުން ބަރީއަވާކަމަށް ހުކުމެއް ކުރިއަސް ދެން އަންނަ ވެރިކަމެއްގައި އެހުކުމް ބާތިލު ކޮށްލެވިދާނެ.