ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި: މިނިސްޓަރު

އައިޖީއެމްއެޗްގެ ދެކުނުން އޮތް ބިމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް.: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އައިޖީއެމްއެޗްގެ ދެކުނުން އޮތް ބިމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށޭވަރުވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރާ އެކު އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ މައިގަނޑު ހުރިހާ މަސައްކަތެއް ހެން ވަނީ ނިމިފަ އެވެ. ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒްތައް ގެނެސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިއީ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނާނެ ހޮސްޕިޓަލެކެވެ.

މިދިޔަ އަންގާރަ ދުވަހު މިނިސްޓަރު އަމީން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތްތަކެއް ނިމި އަންނަ އަހަރުގެ މެދު ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުން ލިބޭނެ ހިދުމަތްތައް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް. އެތަނުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި.: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރާއްޖޭގެ ސިއްހީ ހިދުމަތްތަކަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ބަލައިގަންނަ ހިދުމަތްތަކަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ވަރަށް ގިނަ ވަސީލަތްތަކެއް ގާއިމުކުރެވިފައިވާ ކަން ފާހަގަ ކުރައްވައި، އަމީން ވިދާޅުވީ އައިޖީއެމްއެޗްގައި ހުރި ވަރަށް ގިނަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުވާނެ ކަމަށެވެ. އަދި ހިދުމަތްތަކަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ހިދުމަތްތަކަކަށް ވާން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އެ ވަސީލަތްތަކުގެ ޒަރިއްޔާ އިން މަތީ ފެންވަރުގެ އަވަސް ހިދުމަތެއް ލިބޭނެ،" އަމީން ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް.: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އައިޖީއެމްއެޗްގެ ހާލަތު ދަށް ކަން ފާހަގަ ކުރައްވައި، އަމީން ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލް އޮތީ މީހަކު ބަލިވެގެން އެޑްމިޓް ކުރާން ބަލާއިރު ޖާގަ ނުލިބޭ ހާލަތުގަ އެވެ. އެހެންވެ، މިހާރު އޮތް ހާލަތު ބަދަލު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އެޅި މި އިމާރާތުގެ ހުރިހާ މަސައްކަތެއް އަންނަ ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިނިސްޓަރު އަމީން ވިދާޅުވީ އަންނަ ފެބްރުއަރީ މަހު ހުރިހާ މަސައްކަތެއް ނިންމިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލާފައިވާއިރު، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމް ކުރާނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ހެދި ސްވިމިން ޕޫލް: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރާ ހިދުމަތްތަކުގެ ތެރޭގައި ރެސްޕިރޭޓަރީ، އަދި ޕަލްމޮނޮލޮޖީ ޑިޕާޓްމަންޓް، އޯތޯ ޑައިގްނޯސްޓިކް ސެންޓަރު، ނެޝަނަލް ޔޫރޯ ރެނެލް ސެންޓަރު، ޕީޑިއެޓްރިކް އައިސީޔޫގެ އިތުރުން މުޅިން އާ ގޮތަކަށް ޕްރައިވެޓް ކޮޓަރިތަކެއް ވެސް ހުންނާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ފަރުވާ ދޭ ނިޒާމު، ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރާއްޖޭން ބޭރަށް ސިއްހީ ފަރުވާ ހޯދަން ދާ ދިވެހިން މަދުކޮށް، މެޑިކަލް ޓޫރިޒަމް ތައާރަފް ކުރުމަށްޓަކައި ފެށި ބޮޑު އިންވެސްޓްމަންޓެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތެވެ. އެ ތަނަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަ ކުރާ އިރު، އެއީ އެފަދަ އިމާރާތަކާ އަޅައި ބަލާއިރު ދެ ގުނަ ބޮޑު އަގެއް ކަމަށް ބުނެ އެތައް ފާޑުކިއުންތަކެއް އަމާޒުވެފައިވެ އެވެ.

15 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝައުކަތު

06 December 2018

މަޖިލިސް އިންތިހާބުގެ ކުރިން ނުހުޅުވާނެ. ވަރަށް ވާހަކަ!

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

06 December 2018

އީޑީ އަމިން، ޕޮލްޕޮޓް، ހިޓްލަރާއި ކިމްޖޮންގއިލް، ޖޯސެފް ސްޓަރލިންގ ސަޑާމް ހޮސަން އާއި ފެޑަލް ކާސްޓްރޯ ފަދަ ހުދުމުޙުތާރު ވެރިން ނިމިގެންދިޔައިރު އެމީހުންގެ ރަމްޒެއްގެ ގޮތުންވެސް އެމީހުން ދޫކޮށްފައިވާ ސްޓެޗޫފަދަ ތަކެތިހުރި. * * ދައުލަތުގެ މާލީ ޤާނޫނުތަކާއި ދެފުށްނުފެންނަ ބިޑް ޕްރޮސެސިންގ އެއްގެތެރެއިން 150މ ޑޮލަރު ހަރަދުކުރިކަމަށްބުނާ މި ކޮތަރުކޮށްޓަކީ ޔާމީން ވެރިކަންކުރިގޮތުގެ ރަމްޒަކަށްފުދޭ.

The name is already taken The name is available. Register?

އަންތރީސް

06 December 2018

ސާބަސް... އެއްބަޔެއްގެ ކަމަކީ ޕޯޑިއަމްތަކައް އަރައި މީސްމީހުނައް އެއްޗެހިގޮވުން.. އަޑުގަދަ ނުކޮއް ކަންކަން ކޮއްބަލަ.. ނަތީޖާ ނެރެދީބަލަ.. ރޭވުންތެރިބަޔަކައް ކަންކަމުގެ ނަތީޖާނެރެވޭނީ..އެމީހުން ކަންކަންކުރާނީ ބަސްމަދުވާނެ... މިފަދަ ތަނެއް ދިވެހިންނައް މިންވަރުކުރެއްވީތީ ކުޑަމިނުން ޝުކުރުވެރިވެބަލަ..

The name is already taken The name is available. Register?

އަލިހަންޖާ

06 December 2018

ލަދެއް ނުގަނޭތަ ކަލޭ އަނގަ ހުޅުވަން؟ ހޮސްޕިޓަލެއް ކަލޭމެނަށް ދޫކޮށްފަ ދިޔައިރު... މި ފަސް އަހަރު ކިތަށް މިކަހަލަ އާ ތަންތަން ހެދޭތޯ ބަލަން މިތިބީ. ކޮތަރު ކޮށްޓޭ ކިޔާއިރު ކަލޭމެނަށް ހަމަ ރަނގަޅު އެއްްގޮތެއްވެސް ނެތް ދޯ؟

The name is already taken The name is available. Register?

40ބުރީގެނޭޝަނަލްބޯކޮށާއިމާރާތް

06 December 2018

ނިކަމެތި ރައްޔިތުންއަތުން 150 މިލިއަން ޑޮލަރު ނަގައިގެން 25 ބުރީގެ ހޮސްޕިޓަލެއް ހެދީމަ ފުލޯއަކަށް އެޖެހެނީ 6 މިލިއަން ޑޮލަރު.. އިމާރާތުގެ އެއްފުލޯގަ ސުވިމިންޕޫލެއް ހެދީމަ އެވަނީ 6 މިލިއަން ޑޮލަރުގެ ޕޫލަކަށް، ކުޅުދުއްފުށީ އެއާޕޯޓަށްވުރެ ދެގުނަ އަގުބޮޑު ޕޫލަކަށް އެވަނީ. ކުރިމަތީ އެއޮތީ ރަސްފަންނު.

The name is already taken The name is available. Register?

ހަސަނިކު

06 December 2018

ބަލަން ތިބެމާ

The name is already taken The name is available. Register?

ނަސީދު

06 December 2018

ޔާމީނެވެ. ހުރިހާ ކުށްވެރިން މާފުދީ ދޫކޮށްލާފައި ޖަލު ހުސްކުރިނަމަ ވޯޓެވެ. އަދީބު ކުރިކަމެއް އަދީބަށެވެ. އޭނާއަށްވެސް ޖަލުހުކުމްކޮށް މާފުދޭނީއެވެ. ހުދުކާފޫރު ގަނޑުކޮށް އުފައްދާ ގައުމެއްގައި ޔާމީނަށްވެސް އެވަރު ނުވީ ކީއްވެހެއްޔެވެ. މީސްތަކުން ބަންދުކުރުމަކީ ރައްޔތުން ރުޅިއަރާކަމެކެވެ.

The name is already taken The name is available. Register?

ނަގޫރޯޅި

06 December 2018

ކުއް ކުރީމަ ބޮޑު ކެކުރިއެއް ކުޑަކެކުރިއެއް ތަފާތު އޮވެގެން ނުވާނެ. ޒިންމާ ހަވާލުވެފަ އޮތީ އެގޮތައް، އެހެންވީމަ މަސައްކަތް ކުރީ އެގޮތައް. ހަމަ އެކަނި ދެވަނަދައުރަކައް ހޮވެން ވޯޓުހޯދަން އުޅުން ނަމަ މިހާރުގެ ސަރުކާރު ކަންކުރާގޮތައް ކަންކޮއްގެން ވެސް ފަރުޖެއްސެންވެސް އޮތް. ދެވަނަ ދައުރެއްގެ ބޭނުމުގަ އަދީބު، ޖަންގިޔާ ނާޒިމު، މައުމޫން، ގާސިމު، ޖާބިރު މެންނާއެކީ ޑީލް ހަދަން އުޅުންނަމަ އެގޮތް ވަރައް ފަށޭހައިން ވާގޮތައް އޮތީ. އެކަމު އޭއީ އިންސާފް ތޯ؟؟؟

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

06 December 2018

ސިންގަޕޯރ Mount Elizebeth އާއި ތައިލެންޑް Bumrungard އަދި ޖަރުމަން Charité Universitätsmedizin ފަދަ ދުނިޔޭގެ އެންމެމަޝްހޫރު މެޑިކަލް ހޮސްޕިޓަލްތަކުގެ ޓަވަރުތަކުގެއެތެރޭގައި ބަލިމީހުނަށާއި އެހީތެރިންނަށް މިފަދަ ފަތާފެންގަނޑު ނެހެދީކީއްވެ؟؟! * * ސިއްހީހިދުމަތްދޭތަނެއްގެއެތެރޭގައި “ގައިންގަޔަށް ހާއްސަކޮށް ފެނުގެޒަރީއާއިން ފެތުރިދާނެ ބަލީގެހާއްޔެއް ހުރުމަކީ ދެކޮޅުޖެހޭކަމެއްނޫން” ތިތަންރައްކާތެރިކޮށްބެލެހެއްޓުމަކީ ދައުލަތުން ކުރެވޭ ބޭކާރު ހޭދައެއް.

The name is already taken The name is available. Register?

މޮރީ

06 December 2018

ބަލަ އެއީ ހުރިހާ ބަލިމީހުންނަށް އެކްސެސް ވެވޭގޮތަށް ހެދި ތަނެއް ނޫނޭ. ފިޒިޔޮތެރަޕީ ހަދާ ފަރާތްތަކަށް ހާއްސަކޮށް ހެދިތަނެއްއެއީ

The name is already taken The name is available. Register?

އަލިހަންޖާ

06 December 2018

އެ ފޫލަކީ ފިޒިއޮތެރަޕީ ގެ ބޭނުމަށް ހަދާފައިވާ ޕޫލެއް. ކަލޭމެން ދެއިރު ދެދަޅައަށް ފަތަންދާކަށް ނޫން. ތިބުނާ ހޮސްޕިޓަލް ތަކުގަ ނެތޭ ކިޔާފަ މިތާ އަޅާ މަލްޓި ސެޕެޝަލްޓީ އެއްގަ ހުންނަން ނުޖެހޭތަ؟

The name is already taken The name is available. Register?

ފޮސްކަލޯ

06 December 2018

ތީގެ ކުރެޑިޓުނަގަންވާނެ އިބޫ...މައުމޫނު ބުނާނެ ތިމަންނައޭ ތިތަން ކުރެހީ، އެލެކްސް ބުނާނެ ހޮސްޕިޓަލްގެ ޕްލޭން ކުރެހީ ތިމަންނައޭ، ވަހީދު ބުނާނެ ފައިނޭންސް ހޯދީ ތިމަންނައޭ ޔާނު ބުނަންވާނެ ތިމަންނައޭ ތިތަން ހަގީގަތަކަށް ހަދާލީ

The name is already taken The name is available. Register?

ރަދީފް ހުސެން

06 December 2018

މަ ހީކުރީ ޔާމިން ދާއިރު އޭނަޔާއެކީ ގެންދަން ހެދި ތަނެއްކަމައް.

The name is already taken The name is available. Register?

ކއވ787

06 December 2018

ޝުކުރިއްޔާ ރައީސް ޔާމިން... ބައެއްކަންކަން އިސްލާހުކުރިނަަމަ ވޯޓުދިނީމުސް...

The name is already taken The name is available. Register?

މުރާސިލް

06 December 2018

އަމީނެވެ. ތިމާއަށްވުރެ ބޮޑު މަޤާމެއް ލިބުނީމާ ދެން ހުރެގެން ޖޯކު ވިދާޅުވާން ނުހައްދަވާށެވެ. އައިޖީއެމްއެޗްގެ ހާލަތު ރައީސް ޔާމިންގެ ވެރިކަމުގައި އެތައް ގުނައެއް ރަނގަޅުކޮށް ބޭސްފަރުވާއަށް އިންޑިޔާއަށް ސަލާން ޖެހުން ހުއްޓްލިކަން އެއީ ދިވެހި ހުރިހާ ރައްޔިތުން ހެކިވާނެކަމެކެވެ. މިޤައުމުގެ ސިއްޚީދާއިރާއަށް އިންގިލާބީ ބަދަލު ގެނައީ ރައީސް ޔާމީނެވެ. ތިމާމެންގެ ފެންވަރު ނެތިގެން ކަންކަން ނުކުރެވެން ފެށީމާ އެހެންމީހުންގެ ގޮލުގައި އެކަން ނާޅޫވާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454