ސިނަމާލެ ބްރިޖުން ހުޅުމާލެއަށް ދާ ވެހިކަލްތަކެއް..---ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 ޑިސެމްބަރ 2018 - 16:54
ހުޅުލެ ލިންކް ރޯޑްގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މިއަދު ޒަހަމްވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ މާލެ އިން ހުޅުމާލެ އަށް ދާން އޮންނަ ލޭނުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެންނެވެ. ބްރިޖުން ފައިބައިގެން ހުޅުމާލެ އަށް ދާން އޮންނަ ލޭންގައި ހިނގި އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުވެގެން އެ ހޮސްޕިޓަލަށް ދެ މީހަކު ގެނައިއިރު، އެތަނުން އެކަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ. އަދި އަނެއް މީހާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާގައި ބޮޑެތި ޒަހަމްތަކެއް ލިބުނީ 42 އަހަރުގެ ފިރިހެނަކަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާގެ ބޮލަށް އަނިޔާވެ، ބޮލުގެ ނާށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
މާލެ އާއި ހުޅުލެ ގުޅުވާލަދޭ ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގެ އިތުރުން، ހުޅުލެ ލިންކް ރޯޑްގައި އެކްސިޑެންޓުތައް ދަނީ އިތުރު ވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާނު
11 December 2018
2 ރައްޓެއްސަކު ދުއްވާފައި ދާއިރު "ސިއްރުވާހަކަ" ދެއްކުމަކީ ތިޔަ ވިދާޅުވާމަގުގައި ދުއްވާއިރު ސިއްހަތަށް ގެއްލުން ހުރިކަމެކެވެ. އެ ދެ ރަހުމަތްތެރިންގެ ސަބަބަކުން ނޫނެވެ. ގޭޓް ލެއްޕުމުގެ ކުރިން އެތެރެވުމަށް ފަހަތުގައި ހުޅުޖަހައިގެންދާ "ވައިސޫރި"ތަކާއި ހުރެއެވެ.
ޢައިސަަ
11 December 2018
މަގުމަތީގައި ހުރިހާ މީހުންވެސް ގަވާއިދު ތަކަށް ބަލައިގެން އުޅުން ވަރަށް މުހިންމު ދުއްވާ އެއްޗެހީގަ އުޅޭމީހުން އެކަންޏެއްނޫން އަވަހަށް ތަންތަނަށް ދާންޖެހެނީއަކީ ޢެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމު ކުރަން ދިވެހީންގެ ގިނަމީހުނަށް އެބަދަސްކުރަންޖެހޭ
ޖާޑި
11 December 2018
ޢައިސާ ކޯސްތަކެއް ހިންގައިދީ ބަލަ. މިކަމާގުޅޭ މައުލޫމާތު ދިނުމަށް ބައްދަލުވުންތަކެއް ބާއްވައި ދިނުމަށް އައިސާއަށް ގޮވާލަން. އައިސާއަކި ވަރަށް ކެރޭ މީހެއް. މަގުތައްވެސް އަމިއްލަ ލޮލޮން ބަލާފަ އެކަމަށް ބަދަލު ގެނެސްދޭ މީހެއް. މިވަރުކަމެއް ނުދެކެން. އިބޫ ސޯލިހުގެ ކަމަކީ ސެލްފީ ނަގާ ގޮތްދެއްކުން
މީ ކާކު
10 December 2018
ބުރިޖް ތަޅައި ނަގާލައިފިނަމަ މައްސަލައަށް ހައްލެެއް ލިބޭނެކަމަށް ފެނޭ
އެއްމިލިއަންދެރުފިޔާ
11 December 2018
ހަމަތިގޮތައް ހުރިހާ ދުއްވާއެއްޗެތި ނައްތާލީމާވެސް އެކްސިޑިންޓެއްނުވާނެ.
އަލީ!
10 December 2018
މައްލަސަލަ އަކީ ލައިސަންސް އޮތަސް ގަވާއިދާއެއްގޮތަށް ނުދުއްވާތީ.. އޯވަރ ޓޭކްއެބަކުރޭ ދުއްވާފަދާއެތީގެ ވާތްފަރާތުން. މިއީ ވަރަށް ނުރަށްކާކަމެއް ހައިވޭއެއްގަ.!!
ދޮންމަނިކުބެ
10 December 2018
ހިތަށްއެރި ބާރު މިނެއްގައި ދުއްވަނީ. ބުރިޖުމަތީގައާއި ހައިވޭގައި މަޑުކޮށްގެންތިބެ ފޯނުން ވާހަކަ ދައްކަނީ. ތިންހަތަރު މީހުން އެއްހަމައިގައިތިބެ ދުއްވަނި. އޯވަރޓޭކް ކުރުމުގައިވެސް ވަކި ފަޅިއެއްނެތް. ޤަވާޢިދު ނަގަހައްޓަން ތިބޭ ބައެއް މީހުންވެސް ދުއްވަނީ އެގޮތަށް. ލޯގަނޑު ނެތަސް ވަރިހަމަ. ޤަވާޢިދާ ޚިލާފަށް ދުއްވާ މިހުން ހުއްޓުވައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. ދިގުމުއްދަތަށް ލައިސަނސް ހިފަހައްޓަންޖެހޭ. ބޮޑެތި ޢަދަދުން ޖޫރިމާނާ ކުރަންޖެހޭ.
ޢަބްދުﷲނާފިޒް
10 December 2018
ސައިކަލު ދުއްވާއިރު ހެލްމެޓް އަޅައިގެން ދުއްވަން ސަރުކާރުން މަޖުބޫރުނުކޮށްގެން މިއުޅެނީ ކީއްވެގެންކަން، ސަރުކާރުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން "މިހާރު" ސާފުކޮށްދެއްވަފާނަންތޯ.
ރަދީފް
10 December 2018
އެއްވެސް ކަމެއްގަ މަޖުބޫރުކަމެއް ނުބޭއްވޭނެ.ދީނަށް ވެއްދުމުގަ ވެސް މަޖުބޫރުކަމެއް ނޯވޭ.އެހެންވީމަ ހެލްމެޓް އެއީ ކޯޗެއް.
ކަޅުކުރު
10 December 2018
ޤަވާޢިދާ ޚިލާފަށް ދުއްވާ މީހުން ހުއްޓުވައި، ފިޔަވަޅު ނޭޅިގެން އުޅެނީ ކީއްވެގެންތޯ؟ ކާކުދެކެ ބިރުންތޯ؟ މީ ހެލްމެޓްގެ ކުރިން ނިންމަންޖެހޭ ކަންކަން. ހެލްމެޓްވެސް އަޅަންވީ
ވަގު ކަދުރު
10 December 2018
މަންސަލައެކީ ދެސައިކަލް ޑަބަލްކޮށް ދުންވާތީ! ބައެއްފަހަރަށް ތިން ސައިކަލްވެސް އެއްހަމައެއްގައި ދުންވާ އެއީ ހާދަ ބިރު ހުރި ކަމެކޭ...
ލާމަސީލު
09 December 2018
ތިރޯރޑްގަ އެންމެ ކުޑަމިނުން އަލިކަމެއްވެސް ނުހުރޭ. ތިތަން ހުޅުވަން ހުއްދަދިން ބަޔަކުވެސް ތިބޭނެތާދޯ..
ބްރިޖޓޯ
10 December 2018
ދުވާލު ގަޑީގަ ހިނގި ކަމެއްތީ. ލައިޓިންގ މައްސަލަ ތޯ ދުއްވި މީހުންގެ ފަރުވާ ކުޑަކަމުންތޯ. ހައިވޭގަ ދުއްވަން އޮންނަ ސްޕީޑަށް ވުރެ މަޑުން ދުއްވީމަ ވެސް އެކްސިޑެންޓް ވުމުގެ ޗާންސް ބޮޑު
ނަންފުޅު
09 December 2018
ކޮން ހެލްމެޓެކޭ ކިޔާކަށްތަ. އެއޮންނަ ސްޕީޑްގައި ނުދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުމުގެ ނަތީޖާ މިއީ.