ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް. --
09 ޑިސެމްބަރ 2018 - 20:57
ކ. ހުރާގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅު އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ. އެކަން ފުލުހުން ވެސް ކަށަވަރުކޮށް ދެއްވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ހައްޔަރު ކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރާގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ. އެކަމަކު، އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އަދި މިނިސްޓްރީން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ 45-50 އަހަރާއި ދެމެދުގެ މީހެކެވެ.
ހުރާ އިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައި ދިން ގޮތުގައި، ކުޑަ ކުއްޖާ އަށް ފިރިހެން މީހާ ޖިންސީ ގޯނާ ކުރީ މޫދަށް ދިޔަ ދުވަހެއްގަ އެވެ. އަދި އެ ކުއްޖާ އަށް އަނިޔާތަކެއް ލިބިގެން، ޑޮކްޓަރަށް ދައްކައި ޓެސްޓްތަކެއް ހެދި އިރު، ފުރަތަމަ އެ ކުއްޖާ އެކަން ސިއްރު ކުރީ ކަމަށް އޭނާ ބުންޏެވެ.
"ފިރިހެން މީހާއަކީ އެ ކުއްޖާ ދިރިއުޅޭ ގެއާ ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ މީހެއް. އެ ދުވަހު އެ ކުއްޖާގެ އިތުރުން، އެ މީހާގެ 12 އަހަރުގެ އަންހެން ދަރިފުޅު ވެސް ގޮވައިގެން ދިޔައީ. އެކަން ހިނގި ފަހުން އެ ކުއްޖާ އެމީހާ ކައިރީ ބުނި ކަމަށް ވަނީ ތަދުވާ ވާހަކަ. އެކަމަކު އެ ފިރިހެން މީހާ ބުނީ އެކަން އެނގޭނީ އެ ކުއްޖާއަށާއި ތިމަންނައަށޭ. އިތުރު ބަޔަކަށް އަންގާނެ ކަމެއް ނެތޭ،" މައުލޫމާތު އެނގޭ މީހާ ކިޔައި ދިނެވެ.
"ފަހުން، އަންހެން ކުއްޖާގެ ރައްޓެހިން ކުދި ބައެއްގެ ކައިރީގައި އެ ވާހަކަތައް ދެއްކީމަ، އެ ކުދިން ގޮސް ކުއްޖާގެ މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައި ދިނީ."
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވެފައިވާ އިރު، މިނިސްޓްރީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 418 މައްސަލައެއް ހުށަހެޅި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އެކަން ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުދަން
10 December 2018
މި މިހާ މިކަންތައް ކުރީ ސިޔާސަކަމުން. އެހެންވީމައި ވަނީ ސިޔާސީ ކުއްވެރިޔަކަށް.
ރާވެރިބެ
10 December 2018
މިސާލަކަށް ހޯރަ އިއްބެ ބައްލަވާ
ރާވެރިބެ
10 December 2018
ސިޔާސީ ކަމެއް
ވަހީދް
10 December 2018
ޢެމީހާ އެމް.ޑީ.ޕީ.އަށް ސަޕޯޓް ކުރަންވީ އޭރުން ކުށްވެރި ވާނީ އެކުއްޖާ ސިދާތާ ބުނާނެ ރައީސް ނިންމަވާ ކަން ކަމުގަ އެއްޗެއް ނުބުނެވޭނޭ ދެން އެމް ޑީ ޕީގެ ސަޕޯޓަރުނ ބުނާނެ އޭނަޢެކުއްޖާއާ އިންނަން އުޅޭވާހަކަ އަތް ޖަޙާލާ
ސޯދު
10 December 2018
އިންސާ ނިޔަތައްޓައި އޭނަ ދޫކޮއްލަން ފެނޭ
ރަބަރު
10 December 2018
12 އަހަރުގެ ކުޑަ ކުއްޖެއް. ބާލިޣުވެފަހުރިއްޔާ އަންހެންކުއްޖާއަށްވެސް އަދަބުދީ. ﷲ ގެ ގާނޫނުގައި ގޯހެއް ނޯންނާނެ.
ނާން
10 December 2018
ރައީސް އިބޫ އަކީ އިންސާނިއްޔަތަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރާ ބޭފުޅެއް... ޢިންސާނިއްޔަތަށްޓަކައި މި މީހާ ދޫކޮށްލާ...
ކޮސްގޮވާ
10 December 2018
ހޯރަ އިއްބެ ކޭހާ ތަފާތު ކޭހެއް ތިޔައީ. އެއާ ނުގުޅުވާ.
ނިއުމާާ
10 December 2018
ތަފާތުވީ ކިހިނެއް؟ އެދެމީހުން ކައިވެނިކޮށް ދަރިން ހޯދީމަ ހަމަހަމަ ވާނެ. އިއްބެވެސް ބެހުނީ ކުޑަކުއްޖަކާ. ކައިވެނިކޮށް ދަރިން ހޯދީ މައްސަލަ އޮއްބަންވެގެން
އައްޑޫ ޒުވާނުން
10 December 2018
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމަކީ އިންސާނިއްޔަތުކަންކަމަށް ޤަބޫލުކުރާ ފުރަތަމަ ސަރުކާރު މިއީ މުޅި ދުނިޔޭގައިވެސް
ހިންނަވަރު މޯޑް
10 December 2018
މިފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް ބައްލަވާ ހައްގު އަދަބު މިފަދަ މީހުންނަށް ދީގެން މެނުވީ މިކަމެއް ނުހުއްޓުވޭނެ. ވީމާ، މިކަން ވީ އެންމެ ރަނގަޅަކަށް ބައްލަވާދެއްވާ ފިޔަވަޅު އެޅުއްވުމަށް ހޯމް މިނިސްޓަރ އިމްރާން އަށާއި، މުޅި ސަރުކާރަށް ގޮވާލަން.
ވަހީދު
10 December 2018
އިމްރާނު ބުނީ ހަރުކަށިކަމެއް ނޫނޯ އިންސާނިޔަތު ކަމޯ އިސްކުރާނީ